#ރިޔާސީ އިންތިހާބް

21
ނޮވެމްބަރު

ވަރުގަދަ ތަގުރީރަކަށް ފަހު އިބްރާހިމް މުހައްމަދު ސޯލިހު، ރައީސް ކަމަށް

މާލެ ފިޔަވައި، ރާއްޖޭގެ އެހެން ރަށަކަށް ނިސްބަތްވި އެއްވެސް މީހަކު ރާއްޖޭގެ ރައީސްކަމާ އޭގެ ކުރިން ހަވާލުވެފައެއް ނުވެ އެވެ. އެކަމަކު ޅ. ހިންނަވަރަށް އުފަން، އަދި ރައްޔިތުންގެ މަޖިލިހުގައި ހިންނަވަރު ދާއިރާ ތަމްސީލްކުރެއްވުމުގައި 24 އަހަރު ހޭދަކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު، މިއަދު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެން، ތާރީޚުން ޖާގަ ހޯއްދެވި އެވެ.

އެމަނިކުފާނު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ގަލޮޅު ދަނޑުގައި އޮތީ އެތައް ހާސް ބައެއްގެ ހާޒިރުގަ އެވެ. މިއީ ރައީސްކަމުގެ ހުވާ ކުރަން ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ރަސްމިއްޔާތެވެ. އެއީ ހިތްގައިމު މާހައުލެކެވެ.

ރައީސްގެ ފުރަތަމަ ތަގުރީރު ވެސް އެހާމެ ފުރިހަމަ އެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވެވަޑައިގެންނެވި ވައުދުތަކުގެ މަތިން ދުވަހަކު ވެސް ހަނދާން ނުނެތޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވި އެވެ.

"ރައްޔިތުން ވޯޓު ދެއްވީ އިންސާފުގެ މަގަށް މި ރާއްޖެ ގެންދަން. އަމާން ވެއްޓެއް ގާއިމުކުރުމަށް. ކޮރަޕްޝަނާއި ވައްކަން ނައްތާލުމަށް. ނުލިބިވާ އެންމެ އަސާސީ ހިދުމަތްތައް ކަމުގައިވާ ބޯހިޔާވަހިކަމާއި، ފެނާއި ނަރުދަމާގެ ނިޒާމު ހޯދައިދިނުމަށް އަޅުގަނޑު ވީ ވަޢުދުތަކުގެ މައްޗަށް. މީގެ ތެރެއިން އެއްވެސް ވައުދަކީ، އަޅުގަނޑު ހަނދާން ނައްތާލާނެ ވައުދެއް ނޫން."

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު