#ސިއްހަތު

3
މާޗު

ތާރީޚީ އޮޕަރޭޝަނެއް، ޑރ. ޝިފާނަށް ތައުރީފް

ކާއެއްޗެހި ހަޖަމްކުރާ މައިދާއަށް ކެންސަރު ޖެހުމުން އެ ގުނަވަން އެކުގައި ނަގަން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކާމިޔާބު އޮޕަރޭޝަނެއް، ކެންސަރުގެ އޮޕަރޭޝަންތަކަށް ހާއްސަވެވަޑައިގެން ދާދި ފަހުން އައިޖީއެމްއެޗުގައި މަސައްކަތް ފެއްޓެވި ޑރ. މުހައްމަދު ޝިފާން، ކުރެއްވި އެވެ. އުމުރުން 70 އަހަރުގެ ފިރިހެނެއްގެ މި އޮޕަރޭޝަނަށް ހަ ގަޑިއިރު ހޭދަވި އެވެ. ތާރީޚީ އޮޕަރޭޝަނާ އެކު ޑރ. ޝިފާނަށް ތައުރީފްގެ ބަސްތައް އޮހުނެވެ.

"އަޅުގަނޑުގެ ކުޑައިރުގެ ރަހުމަތްތެރިޔާ ޝިފާނަށްޓަކައި ފަހަރުވެރިވަމެވެ."

އަހުމަދު މިގުދާދު - އެތެރެހަށީގެ ޑޮކްޓަރު

އިއްޔެ އައިޖީއެމްއެޗުގައި ކުރި އޮޕަރޭޝަނަށް ފަހު ނަގާފައިވާ މައިދާ

މުޅި މައިދާ ނެގުމަކުން މި އޮޕަރޭޝަން އަދި ފުރިހަމައެއް ނުވެ އެވެ. އޭގެ އިތުރުން ކަރުން ފެށިގެން މައިދާއާ ގުޅިފައިވާ ހޮޅި، ހިމަ ގޮހޮރަށް ލެއްވުމުގެ އުނދަގޫ ބައި ވެސް އޮވެ އެވެ.

ޑެއިޒީ

14 މާޗް 2018 15:02

އަލްޙަމްދުލިﷲ.ޑރ.ޝިފާންއަށާއި ތިއޮޕަރޭޝަންގަ ބައިވެރިވި އެންމެހާ ފަރާތްތަކަށް މަރުހަބާ...އިންސާނިއްޔަތަށްޓަކައި ތިކުރައްވާ މަސައްކަތުގަ މާތްﷲ ބަރަކާތް ލައްވާށި.އަދި ބަލިމީހާއަށް އަވަސް ޝިފާއަކަށް އެދެން.