#ރައީސް މައުމޫން

4
އެޕްރީލް

އަޅުގަނޑު ބަންދުން ދޫކޮށް ދެއްވާ

ފެބްރުއަރީ 1 ގެ ސުޕްރީމް ކޯޓުގެ އަމުރުން ސަރުކާރަށް އެރި ގުޑުން ކުޑަކޮށް، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ދިފާއުކުރުމުގެ އެންމެ ބޮޑު ރޯލެއް ކުޅުނީ ފުލުހުންނާއި ސިފައިންނާއި ޕްރޮސެކިއުޓަ ޖެނެރަލް އަދި ރާއްޖޭގެ ކޯޓުތަކުންނެވެ.

އެންމެ މަތީ ކޯޓުގެ އަމުރަށް ތަބާއަވުމުގެ ބަދަލުގައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މައުމޫން ފަދަ ބޭފުޅުން ހައްޔަރުކުރި އެވެ. އަ އެކި ތުހުމަތުތަކުގެ ޝަރީއަތްތައް ފެށި އެވެ. އެގޮތުން މައުމޫންގެ އިތުރުން އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްސަލައިގެ އަޑުއެހުން ވެސް އޮތީ އެކުއެކީގަ އެވެ.

އޭރުގެ ރައީސް އަބްދުﷲ ޔާމީން ތުހުމަތުކުރައްވާ ގޮތުގައި ހުކުމްތަކުގައި ތިއްބެވި ސިޔާސީ ހުރިހާ ބޭފުޅުން ދޫކުރަން ސުޕްރީމް ކޯޓުން ހުކުމް ނެރުނީ މައުމޫންގެ އަތެއް އޮވެގެންނެވެ.

"އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑު އެދެނީ އަޅުގަނޑު ބަންދުން ދޫކޮށް ދެއްވުމަށް. އެއީ އަޅުގަނޑަކީ ބަންދުގައި ހުންނަންޖެހޭ މީހެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެކަމަކު އެކަން ކޮށްދެވެން ނެތިއްޔާ އެންމެ ކުޑަމިނުން ގޭ ބަންދަށް ބަދަލުކޮށް ދެއްވާ."

ރައީސް މައުމޫން އަބްދުލްގައްޔޫމް

ނަސީރު އަޙްމަދު

10 އެޕްރީލް 2018 19:38

މަށަކީ ދުވަހަކުވެސް މައުމޫނަށް ތާއީދު ކުރި މީހެއް ނޫން އަދި ކުރާނެވެސް މީހެއް ނޫން. އެކަމަކު އޭނާ އަށް މިހާރު ތިޔަ ޖައްސާ ހާލާ މެދު އެކަން ކުރަމުންދާ އެންމެންދެކެ އިންތިހާއަށް ފޫހިވެ ރުޅި އެބައާދޭ. ރާއީސް ޔާމީނަށް ވޯޓު ލާނަމޭ ހިތުގަ އޮތް. އެކަމަކު އޭނާގެ ގޮތް ދޫނުކުރުމާ ރަހުމް ކުޑަކަން ފެނިފަ ދެން ހަމަ ހިލާ މަށެއްވެސް އަދި މަގޭ ޢައިލާ މީހަކުވެސް ވޯޓެއް ނުދޭނެ. މައުމޫން ކުށެއް ކުރިނަމަ އޭނާ އެހާލުގައި ނުބައިންދާވެސް އަދަބު ދެވުނީސް. މިއީ ލާއިންސާނީ ކަމުގެ އިންތިހާ.