#ހިތާމަވެރި ހާދިސާ

5
އެޕްރީލް

މޫދަށް އެރުނީ އެކުގައި، ދެ ރަހުމަތްތެރިން އޮޔާ ދަމައިގަތީ ކުއްލިއަކަށް

އުމުރުން 16 އަހަރުގެ ރާއިފް އާއި އޭނާގެ ދެ އެކުވެރިން ކަމަށް ވާ 14 އަހަރުގެ މަޔާމިން އަލީ އާއި އަލީ ފަހުމީ ހިތަދޫ ފުއްޓަރު ފަރާތު މޫދަށް އެރުނު އިރު ދިޔަވަރު އޮތީ ހިކިފަ އެވެ. އެކަމަކު ރާޅު ނަގާ ހިސާބަށް ދިޔަ ތަނުން އައި ބޮޑު ރާޅަކާ އެކު މަޔާމިން ދަމައިގަތެވެ. އޭނާ ސަލާމަތްކުރަން ފަހުމީ އާއި ރާއިފް މަސައްކަތްކުރި އެވެ. އެކަމަކު ރާއިފް ބުނާ ގޮތުން ދެން ނެގި ރާޅުގައި އޭނާ އާއި ފަހުމީ ވެސް އަޑިއަށް ދަމައިގަތީ އެވެ. އެ ހިސާބުން ރާއިފަށް އޭނާގެ ދެ އެކުވެރިން ގެއްލުނެވެ.

"[ދެ ރަހުމަތްތެރިން] ދިރިތިއްބާ ފެންނާނެ ކަމަށް އުންމީދު ކުރަން."

އަލީ ރާއިފް، ސ. ހިތަދޫ، ބުލޫގޭ

ރާއިފް ސަލާމަތްކުރީ އެވަގުތު އަތިރިމަތީގައި ހުރި އަދި އެ މަންޒަރު ފެނުނު ހަސަންދީދީ، ހިތަދޫ، ބްލޫރޫމް އެވެ. ރާއިފް ނަގައިގެން އެއްގަމަށް ލާފައި، ހަސަންދީދީ މޫދަށް އެރިގެން އެ ހިސާބަށް ދިޔައިރު އިރު ފަހުމީ އާއި މަޔާމިން ފެންކާށް ނެތެވެ. އެ ދެ ކުދިންގެ ހަށިގަނޑު އަދިވެސް ނުފެނެ އެވެ.