#ކުއްކުރުން

7
އެޕްރީލް

މިލިއަނެއްހާ ރުފިޔާ ފޭރިގަތީ ޕެޕާ ސްޕްރޭ ޖަހައިގެން

ވައްކަންކުރުމާއި ފޭރުމުގެ ވައްޓަފާޅި ވެސް ރާއްޖޭގައި އަންނަނީ ބަދަލުވަމުންނެވެ. މި އަހަރުގެ އެޕްރީލް މަހު އޭގެ ދެ ހާދިސާއެއް ހިނގި އެވެ. ފުރަތަމަ ފޭރުން އަމާޒުކުރީ އެޕްރީލް 2 ވަނަ ދުވަހުގެ ރޭ ވިޔަފާރިވެރިޔާ އަބްދުﷲ ޖަލީލް (ކޭންސޭޓް) އަށެވެ. ގާތްގަނޑަކަށް 1.1 މިލިއަން ރުފިޔާ ހިފައިގެން ގެޔަށް ވަންނަނިކޮށް ބަޔަކު ގޮސް މޫނަށް ޕެޕާ ސްޕްރޭ ޖެހުމަށް ފަހު ފައިސާ ދަބަސް ހިފައިގެން ފިލީ އެވެ.

އޭގެ ދެވަނަ ފޭރުމުގައި އެޕްރީލް 25 ވަނަ ދުވަހު ޕެޕާ ސްޕްރޭ ޖަހައި ރޯނާކޮށްލީ ވެސް ވިޔަފާރިވެރިއެކެވެ. އެކަމަކު އޭނާގެ ނަން ހާމައެއްނުކުރެ އެވެ. ހެނދުނު 0730 ހާއިރު އޭނާ މާފަންނުކޮޅު ކުޑަ ގޯޅިއަކުން ދަނިކޮށް ދިމާކޮށްލީ ހަތަރު މީހުންގެ ގްރޫޕަކުންނެވެ. އޭގެ ތެރެއިން އެކަކު އޭނާގެ މޫނަށް ޕެޕާ ސްޕްރޭ ޖެހުމުން އޭނާއަށް ދެން ވީ ގޮތެއް ވެސް ނޭނގުނެވެ. އޭނާގެ އަތުން ފޭރުނު ފައިސާގެ އަދަދު މިލިއަނަކަށް އަރާނެ ކަމަށް ވެސް ބުންނެވެ.

"ބަޔަކު ވަރަށް ބޮޑަށް ޕްލޭން ކޮށްގެން ކޮށްފައި އޮތް ކަމެއް ކަމަށް ބެލެވެނީ."

ވަގުންގެ ނުރައްކާ ކުރިމަތިވި މީހާ