#އުމުރުން ދުވަސްވީ މީހުން

8
މޭ

116 އަހަރުގެ ހޫރުކާފަގެ މަރު

އޭނާގެ މަޝްހޫރު ނަމަކީ ޑިސްކޯ އަލިބެ އެވެ. މި އަހަރުގެ މޭ 16 ގައި އަލިބެ މަރުވި އިރު، އޭނާ ކުރިން ބުނެފައިވާ ގޮތުން ނަމަ، އުމުރަކީ 116 އަހަރެވެ. އޭނާގެ ހަ ކުދިންނާއި ކާފަކުދިންނާއި ހޫރުކާފަ ކުދިންގެ އަދަދު އެއްކޮޅުމުން އާއިލާގެ މެމްބަރުންގެ އަދަދު 100 އަށް އަރަ އެވެ.

އަލިބެގެ އެންމެ ދޮށީދަރިފުޅު ސިއްތި. އޭނާގެ އުމުރުން ވެސް 80 ވަރަކަށް އަހަރު ވެދާނެ

އަލިބެ މަރުވީ އެއްވެސް ބައްޔެއްގައެއް ނޫނެވެ. އެންމެ ފަހު ދުވަހާ ހަމައަށް ވެސް ބޭރަށް ނުކުމެ، އަމިއްލަ އަށް ހިނގާބިނގާވެ އުޅުނެވެ. އޭނާގެ އެންމެ ދޮށީ ދަރިފުޅުގެ އުމުރު 80 އެވެ. އެހެންކަމުން އަލިބެއަކީ ރާއްޖޭގައި އޭރު ހުރި އެންމެ ދުވަސްވީ މީހާ ކަމަށް ބެލެވެ އެވެ. "މިހާރު"ގެ އިންޓަވިއުގައި އޭނާ ބުނެފައިވާ ގޮތުގައި ޒުވާން އިރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ރައިވަރުން މުއާމަލާތްކުރުމެވެ. ރާއަރަން ދަމުން އެކަން އަނބިމީހާއަށް އަންގަނީ ވެސް ރައިވަރަކުން ކަމަށް އޭނާ ބުންޏެވެ.

"ވަރަށް އުފާވޭ އެހާ ގިނަ ދަރިންތަކެއް ތިބީމައި. އެ ކުދިން ފެންނާތީ."

ށ. ފޯކައިދޫ އަލީ އާދަމް، 2017 ގައި "މިހާރު" އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.