#ޑރ. މަޖީދު

9
މޭ

ދީނީ ބޮޑު އިލްމުވެރިޔާ ޑރ. މަޖީދު އަވަހާރަވުން

ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޑރ. މަޖީދު ސްރީ ލަންކާއަށް ވަޑައިގަތީ ބައްދަލުވުމަކަށެވެ. އެކަމަކު މޭ 18 ގައި ސްޓޮރޯލެއް ޖެހި ހޮސްޕިޓަލްގައި އެޑްމިޓްކުރި އެވެ. ހަތަރު ދުވަސް ފަހުން އަވަހާރަވީ ހޭފުޅުނާރާ އޮވެ އެވެ.

އެމްޑީޕީ ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ފުރަތަމަ ޑިގްރީ އާއި މާސްޓާސް އަދި ޕީއެޗްޑީ ވެސް ހާސިލް ކުރެއްވީ މަދީނާ ޔުނިވާސިޓީންނެވެ. ޕީއެޗްޑީ ހާސިލް ކުރެއްވި އިރު ފާސްވީ (މަރްތަބަތުއް ޝަރަފުލް އޫލާ) އެއް ވަނަ ދަރަޖައިގަ އެވެ. އޭނާ އަވަހާރަވި އިރު ހުންނެވީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ސީނިއާ ލެކްޗަރާގެ މަގާމުގަ އެވެ.

"އަޅުގަނޑުމެންގެ ބައްޕަ އަބަދުވެސް ދެކެވަޑައިގެންނެވި ގޮތުގައި ބައްޕައަކީ މުދައްރިސެއް، ބައްޕަ އެންމެ ކުރައްވާ ހިތުން ކުރެއްވި މަސައްކަތަކީ އިލްމީ ދިރާސާކުރުމާއި އިލްމު އުނގަންނައިދިނުމުގެ މަސައްކަތް. ދީނީ އިލްމު އުނގަންނައިދިނުމާއި ދީނުގައި ކަން އޮންނަ ގޮތް އަންގައިދިނުމަކީ ބައްޕަ މުޅި ހަޔާތް އެކަމަށްޓަކައި ހޭދަކުރެއްވި ބައްޕަގެ އެންމެ އަގުހުރި މަސައްކަތް."

ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީގެ ދަރިކަލުން އަހުމަދު ފިރާސް

އެކްސް

22 މެއި 2018 15:06

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ‎. މާތްﷲ ޑރ. މަޖީދުގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އާމީން. ގެއްލިގެން މިދިޔައީ އަގުހުރި ދިވެހި ދަރިއެއް، އަދި ފުންނާބުއުސް ޢިލްމުވެރިއެއް.