17 އެޕްރީލް

April 17, 2019 4
ޔަމަނުގެ ހަނގުރާމައަށް އެހީވުން ހުއްޓުވުން ޓްރަމްޕް ވީޓޯކޮށްފި

ވޮޝިންޓަން (އެޕްރީލް 17) - ސައުދީން އިސް ނަގައިގެން ޔަމަނުގައި ކުރިއަށް ގެންދާ ހަނގުރާމަ އަށް އެމެރިކާ އިން އެއްވެސް އެހީތެރިކަމެއް ނުދިނުމަށް ކޮންގްރެސް އިން ފާސްކުރި ބިލް ރައީސް ޑޮނަލްޑް ޓްރަމްޕް ވީޓޯ ކުރައްވައިފި އެވެ.

27 މާޗް

March 27, 2019 1
ޔަމަނުގެ ހޮސްޕިޓަލަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި

ސަންއާ (މާޗް 27) - ޔަމަނުގެ ހުޅަނގު އުތުރުގެ ހޮސްޕިޓަލަކާ ކައިރި ސަރަހައްދަކަށް ވައިގެ ހަމަލާދީ ހަތް މީހުން މަރާލާފައިވާ ކަމަށް ސޭވް ދަ ޗިލްރަން އިން ބުނެފި އެވެ.

10 ފެބުރުއަރީ

February 10, 2019 1
ޔަމަނުގެ އެއްހަށިގަނޑުން ގުޅިފައިވާ ދެ ކުދިން މަރުވެއްޖެ

ސަންއާ (ފެބްރުއަރީ 10) - އެއްހަށިގަނޑުން ގުޅިފައިވާ ޔަމަނުގެ ދެބެއިންނަށް އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަބަބުން އެ ދެ ކުދިން އިއްޔެ މަރުވެއްޖެ އެވެ.

05 ފެބުރުއަރީ

February 05, 2019
ޔަމަންގައި އުދުހުނު އީރާންގެ ޑްރޯންއެއް ވައްޓާލައިފި

ޔަމަންގެ ވެރިރަށް ސަންއާ ކައިރިން އުދުހުނު އީރާންގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށް، ޔަމަންގައި ހަނގުރާމަކުރާ އަރަބި ގައުމުތަކުގެ ކޯލިޝަނުން ބުނެފި އެވެ.

02 ޖެނުއަރީ

January 02, 2019 28
ޔަމަންގެ މީހާއާ ގުޅޭ ކަންކަން ސީރިއަސް: އިމްރާން

ދިވެހި އަންހެނަކާ ކައިވެނި ކޮށްގެން ރާއްޖޭގައި ދިރިއުޅެމުން އަންނަނިކޮށް، ދައުވާއެއް ވެސް އަދި ޝަރީއަތެއް ވެސް ކުރުމަކާ ނުލައި މިދިޔަ އަހަރުން ފެށިގެން ހައްޔަރު ކޮށްފައި ހުންނަ ޔަމަނު މީހާއާ ގުޅޭ ސީރިއަސް މައްސަލަތަކެއް ހުރި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

31 ޑިސެމްބަރ

December 31, 2018 1
ވިސާ ނުދޭން ލަސްކުރި މަންމަގެ ދަރިފުޅު މަރުވެއްޖެ

ކެލިފޯނިއާ (ޑިސެމްބަރު 31) - ރައީސް ޑޮނަލްޑް ޓްރަމްޕުގެ "މުސްލިމް ބޭން"ގެ ދަށުން އެމެރިކާ ވިސާ ދިނުން ލަސްކުރި ޔަމަނުގެ މަންމަގެ ދެ އަހަރުގެ ދަރިފުޅު ކެލިފޯނިއާގައި މަރުވެއްޖެ އެވެ.

20 ޑިސެމްބަރ

December 20, 2018 1
ވިސާ ދިނުން ލަސްކުރި މަންމަ އެންމެފަހުން ކެލިފޯނިއާއަށް

ކެލިފޯނިއާ (ޑިސެމްބަރު 20) - ވެންޓިލޭޓަރުގައި އޮތް ބަލި ކުއްޖާ ދެކިލުމަށް އެމެރިކާ އަށް ދިއުމަށް އެތައް މަސައްކަތެއް ކުރި ނަމަވެސް ވިސާ ދޭން ދެކޮޅު ހެދުމަށް ފަހު އެންމެ ފަހު ވަގުތު ވިސާ ދިން އެ ކުއްޖާގެ ޔަމަންގެ މަންމަ ކެލިފޯނިއާ އަށް މިއަދު ހިނގައްޖެ އެވެ.

19 ޑިސެމްބަރ

December 19, 2018
ހާލުގައި އޮތް ދަރިފުޅު ދެކިލަން އެމެރިކާ ވިސާ ދީފި

ގާހިރާ (ޑިސެމްބަރު 19) - ހާލު ދެރަވެގެން ވެންޓިލޭޓަރުގައި އޮތް ދަރިފުޅު ދެކިލަން އެމެރިކާ އަށް ވަނުމުގެ ހުއްދަ އެ ކުއްޖާގެ ޔަމަންގެ މަންމަ އަށް ނުދީ އެތައް ދުވަހަކު ހިފެހެއްޓުމަށް ފަހު އެންމެ ފަހުން އިއްޔެ ވިސާ ދީފި އެވެ.

02 ސެޕްޓެމްބަރ

September 02, 2018 2
ޔަމަނުގެ ސްކޫލް ބަހަށް ހަމަލާ ދިނުމުގައި ގޯސް ހެދުނު: ކޯލިޝަން

ރިޔާޒް (ސެޕްޓެމްބަރު 2) - ޔަމަނުގެ ސްކޫލް ބަހަކަށް ވައިގެ ހަމަލާ ދިނުމުގައި ގޯސް ހެދިފައިވާ ކަމަށް ސައުދީ ކޯލިޝަނުން އެއްބަސްވެއްޖެ އެވެ.

27 އޯގަސްޓް

August 27, 2018 34
ހައްޔަރުކުރި ޔަމަނު މީހާގެ ހާލަތާ މެދު ކަންބޮޑުވެއްޖެ

ދިވެހި އަންހެނަކާ ކައިވެނި ކޮށްގެން ރާއްޖޭގައި ދިރިއުޅެމުން އަންނަނިކޮށް، ދައުވާއެއް ވެސް އަދި ޝަރީއަތެއް ވެސް ކުރުމަކާ ނުލައި މިދިޔަ އަހަރުން ފެށިގެން ހައްޔަރު ކޮށްފައި ހުންނަ ޔަމަނު މީހާ ބަންދުގައި ހުންނަ އިރު އޭނާ އަށް ހައްގުތައް ނުލިބޭ ކަމަށް ބުނެ އާއިލާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

11 އޯގަސްޓް

August 11, 2018 1
ޔަމަނަށް ދިން ވައިގެ ހަމަލާ ތަހުގީގު ކުރާނަން: ސައުދީ

ރިޔާޒް (އޮގަސްޓް 11) - ޔަމަނަށް ދިން ވައިގެ ހަމަލާއެއްގައި ސްކޫލް ބަހެއްގައި ތިބި 29 ކުދިން މަރުވި މައްސަލަ ތަހުގީގު ކުރާނެ ކަމަށް ސައުދީ ކޯލިޝަނުން ބުނެފި އެވެ.

09 އޯގަސްޓް

August 09, 2018 6
ސައުދީ ކޯލީޝަނުން ޔަމަނުގެ ބަހަކަށް ދިން ހަމަލާގައި 29 ކުދިން މަރު

ސަންއާ (އޮގަސްޓް 9) - ސައުދީ ކޯލީޝަނުން ޔަމަނުގެ ސްކޫލް ބަހަކަށް މިއަދު ދިން ވައިގެ ހަމަލާގައި 29 ކުދިން މަރުވެ 30 އަށް ވުރެ ގިނަ ކުދިން ޒަޚަމްވެފައިވާ ކަމަށް ރެޑް ކްރޮސް އިން ބުނެފި އެވެ.

27 ޖުލައި

July 27, 2018 2
އަބޫ ދާބީ އެއާޕޯޓަށް ވަނީ ޑްރޯނަކުން ހަމަލާދީފައި: ހޫތީ

އަބޫ ދާބީ (ޖުލައި 27) - ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ އަބޫ ދާބީ އިންޓަނޭޝަނަލް އެއާޕޯޓަށް ޑްރޯނަކުން ހަމަލާދީފައިވާ ކަމަށް ޔަމަނުގެ ހޫތީން ބުނެފި އެވެ.

26 ޖުލައި

July 26, 2018 3
ސައުދީގެ ތެޔޮ ޓޭންކަރަކަށް ހޫތީން ހަމަލާ ދީފި

ރިޔާޒް (ޖުލައި 26) - ސައުދީ އަރަބިއާގެ ތެޔޮ ޓޭންކަރަކަށް ރަތް ކަނޑުގައި ޔަމަނުގެ ހޫތީން ހަމަލާދީފައިވާ އޮފިޝަލުން ބުނެފި އެވެ.

25 ޖޫން

June 25, 2018 1
ހޫތީން ފޮނުވާލި ދެ މިސައިލް ރިޔާޒް މަތިން ވައްޓާލައިފި

ރިޔާޒް (ޖޫން 25) - އަވަށްޓެރި ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިން ފޮނުވާލި ދެ މިސައިލެއް ވެރިރަށް ރިޔާޒުގެ މަތިން ވައްޓާލާފައިވާ ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.

20 ޖޫން

June 20, 2018
ހުދައިދާ އެއާޕޯޓަށް ޔަމަން ސިފައިން ވަދެއްޖެ

ސަންއާ (ޖޫން 20) - ޔަމަނުގެ ހޫތީންގެ ބާރުގެ ދަށުގައި އޮތް ހުދައިދާ އެއާޕޯޓަށް އެ ގައުމުގެ ސިފައިން ވަދެގެންފި އެވެ.

19 ޖޫން

June 19, 2018 1
ހުދައިދާ އޮތީ އިންސާނީ ކާރިސާއެއްގެ ތުންފަތް މަތީގައި

ޔަމަނަށް އަތް ގަދަކޮށްގެން ތިބި ހޫތީ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް، ބަނދަރުމަތީ ރަށެއް ކަމަށްވާ ހުދައިދާ މިނިވަން ކުރުމަށް ސައޫދީ އަރަބިއްޔާ އާއި އެމިރޭޓްސްގެ ގުޅިފައިވާ ލަޝްކަރުން ފަށާފައިވާ ހަނގުރާމައިގެ ސަބަބުން، އެ ރަށް މިހާރު އޮތީ އިންސާނީ ކާރިސާއެއްގެ ތުންފަތް މަތީގައި ކަމަށް، އދ. މަޖިލީހުގެ އިންސާނީ ހައްގުތަކާ...

18 ޖޫން

June 18, 2018
ހުދައިދާގެ އެއާޕޯޓް އަދިވެސް ހޫތީންގެ ބާރުގެ ދަށުގައި

ޔަމަންގެ ބަނދަރުމަތީ ރަށެއް ކަމަށްވާ ހުދައިދާގެ ވައިގެ ބަނދަރަށް ވެރިވެގަނެގެން އުޅުު ހޫތީ ހަނގުރާމަވެރިންގެ އަތްދަށުން އެ ބަނދަރު މިނިވަންކުރެވިފައިވާ ކަމަށް ޔަމަން ސަރުކާރުގެ ސިފައިން ބުނި ނަމަވެސް، އެ ބަނދަރު އަދިވެސް އޮތީ ހޫތީންގެ ބާރުގެ ދަށުގައި ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ބުނެފި އެވެ.

17 ޖޫން

June 17, 2018
ހުދައިދާ އިން ބޯފެނާއި ކާނާ ހުސްވިތާ 3 ދުވަސް

ޔަމަންގެ ބަނދަރު ރަށެއް ކަމަށްވާ ހުދައިދާ އޮތީ އެގައުމަށް އަތް ގަދަކޮށްގެން އުޅޭ ހޫތީ ހަނގުރާމަވެރިންގެ ބާރުގެ ދަށުގަ އެވެ. އެ ރަށުން ހޫތީ ހަނގުރާމަވެރިން ފައްސައިލުމަށްޓަކައި ނުވަތަ ބަލިކޮށްލުމަށްޓަކައި، ސައޫދީ އަރަބިއްޔާގެ ގުޅިފައިވާ ލަޝްކަރާއި ޔަމަން ސަރުކާރުގެ ސިފައިން އެ ރަށް ހިސޯރު ކޮށްގެން އުޅޭތާ އެތައް ދުވަހެއް ވެއްޖެ...

16 ޖޫން

June 16, 2018
ޔަމަން ސިފައިން ހުދައިދާ އެއާޕޯޓް ހިފައިފި

ޔަމަންގެ ބަނދަރުމަތީ ރަށެއް ކަމަށްވާ ހުދައިދާ އަށް އަތް ގަދަކޮށްގެން ތިބި ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދީ ބަލިކުރުމަށް ފަހު، ޔަމަން ސަރުކާރު ސިފައިންގެ ބާރުގެ ދަށަށް ހުދައިދާގެ ވައިގެ ބަނދަރު ގެނެސްފި އެވެ.