30 ޑިސެމްބަރ

December 30, 2017 4
އީރާނުގެ ރޫހާނީ ލީޑަރާ ދެކޮޅު މުޒާހަރާތައް ފުޅާވަނީ

އީރާންގެ ތަފާތު ސަހަރުތަކުގައި އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ އެ ގައުމުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ އާއި ރައީސް ހަސަން ރޫހާނީއާ ދެކޮޅަށް އަޑު އުފުލައި މުޒާހަރާތައް ކުރަން ފަށައިފި އެވެ.

28 ޑިސެމްބަރ

December 28, 2017 1
ޔަމަންގެ ހިސޯރު އުވައިލުމަށް ފްރާންސުން ގޮވާލައިފި

ޔަމަނާ ދެކޮޅަށް ސައޫދީ އާއި އެ ގައުމާ ގުޅިފައިވާ އަސްކަރީ ލަޝްކަރުން ކޮށްފައިވާ ހިސޯރު އުވައިލުމަށް ފަރަންސޭސި ވިލާތުން ސައޫދީ އަރަބިއްޔާ އަށް ގޮވާލައިފި އެވެ.

26 ޑިސެމްބަރ

December 26, 2017 2
ސައޫދީ ހަމަލާތަކުގައި ޔަމަންގެ 71 މީހަކު މަރާލައިފި

ސައޫދީ އަރަބިއްޔާ އާއި އެ ގައުމާ ގުޅިފައިވާ ލަޝްކަރުގެ މަތިންދާބޯޓުތަކުން ދިން ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ދިން ހަމަލާތަކުގައި ޔަމަންގެ އާންމުންގެ 71 މީހަކު މަރުވެއްޖެ އެވެ.

25 ޑިސެމްބަރ

December 25, 2017 2
ހޫތީންގެ ބާރު ޔަމަނުން ނެތި ދަނީ

ޔަމަނަށް އަަތް ގަދަކޮށްގެން އުޅޭ ހޫތީ ހަނގުރާމަވެރިންގެ ބާރު އެ ގައުމުން މަޑުމަޑުން ނެތެމުންދާ ކަމަށް ޔަމަން ސަރުކާރުން ބުނަން ފަށައިފި އެވެ.

21 ޑިސެމްބަރ

December 21, 2017
އިންސާނީ އެހީތަކަށް ޔަމަންގެ ބަނދަރު ހުޅުވައިދީފި

ޔަމަނަށް ބޭނުންވާ އިންސާނީ އެހީތެރިކަމުގެ ސާމާނު އެތެރެ ކުރުމަށްޓަކައި، ރަތްކަނޑުގައި އޮންނަ ޔަމަންގެ ހުދައިދާ ބަނދަރު ސައޫދީ އަރަބިއްޔާ އިން އެއް މަސްދުވަހަށް ހުޅުވައިދީފި އެވެ.

20 ޑިސެމްބަރ

December 20, 2017 4
ހޫތީން ސައޫދީ އަށް ހަމަލާ ދެނީ އީރާނުގައި އުފައްދާ މިސައިލުން

ޔަމަންގައި ވަކި ވެރިކަމެއް ގާއިމުކުރުމަށް ހަނގުރާމަ ކުރަމުންދާ ހޫތީ ހަނގުރާމަވެރިން، ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒަށް އިއްޔެ ފޮނުވައިލި މިސައިލްގައި ވެސް ހުރީ، އީރާނުގައި އުފައްދާ އެފަދަ ހަތިޔާރުގައި ހުންނަ ފަދަ ފާހަގަތަކެއް ކަމަށް އެމެރިކާ އިން ބުނެފި އެވެ.

13 ޑިސެމްބަރ

December 13, 2017
ޔަމަނުގައި ތިބި ރަޝިޔާގެ ޑިޕްލޮމޭޓުން ސައޫދީ އަށް

ރަޝިޔާ އިން ޔަމަންއާ އެކު ގާއިމުކޮށްފައި އޮތް ޑިޕްލޮމެޓިކް ގުޅުން މެދުކަނޑާލައި ޔަމަންގައި ތިބި ރަޝިޔާގެ ޑިޕްލޮމޭޓުން އެ ގައުމުން އިއްޔެ ބާލައިފި އެވެ.

05 ޑިސެމްބަރ

December 05, 2017 5
ސޯލިހު އަވަހާރަކޮށްލީ ޣައްދާރުވުމުން: ހޫތީން

ސަންއާ (ޑިސެމްބަރު 5) - ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސޯލިހު އަވަހާރަކޮށްލީ ޣައްދާރުވުމުން ކަމަށް ހޫތީންގެ ލީޑަރު އަބްދުލް މާލިކް އަލް ހޫތީ ބުނެފި އެވެ.

04 ޑިސެމްބަރ

December 04, 2017 1
ޔަމަނުގެ ކުރީގެ ރައީސް އަވަހާރަކޮށްލައިފި

ސަންއާ (ޑިސެމްބަރު 4) - ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސޯލިހު އަވަހާރަކޮށްލައިފި ކަމަށް ހޫތީން ހިންގާ ރޭޑިއޯ ސްޓޭޝަނުން ބުނެފި އެވެ.

03 ޑިސެމްބަރ

December 03, 2017 2
ޔޫއޭއީއަށް މިސައިލެއް ފޮނުވާލައިފި ކަމަށް ހޫތީންް ބުނެފި

ސަންއާ (ޑިސެމްބަރު 3) - ޔޫއޭއީގެ އަބޫ ދާބީގެ ނިއުކްލިއާ ޕްލާންޓަކަށް އަމާޒުކޮށް ކްރޫޒް މިސައިލެއް ފޮނުވާލާފައިވާ ކަމަށް ޔަމަނުގެ ހޫތީން މިއަދު ބުނެފި އެވެ.

December 03, 2017
ޔަމަނުގެ ކުރީގެރައީސްގެ ހުށަހެޅުމަށް ކޯލީޝަނުން މަރުހަބާ

ރިޔާޒް (ޑިސެމްބަރު 3) - ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސޯލިހު މަޝްވަރާ އަށް ހުށަހެޅުއްވުމުން ސަައުދީ ކޯލީޝަނުން މަރުހަބާ ކިޔައިފި އެވެ.

02 ޑިސެމްބަރ

December 02, 2017
ހޫތީންގެ މިސައިލް ހަމަލާއެއް ސައުދީން ހުއްޓުވައިފި

ރިޔާޒް (ޑިސެމްބަރު 2) - ޔަމަނުގެ ހޫތީން ސައުދީ އަށް އަމާޒުކޮށް ދޭން އުޅުނު މިސައިލް ހަމަލާއެއް އަނެއްކާވެސް ހުއްޓުވާފައިވާ ކަމަށް ރިޔާޒުން ބުނެފި އެވެ.

25 ނޮވެމްބަރ

November 25, 2017
އެހީގެ ފްލައިޓްތައް ޔަމަނަށް ދާން ފަށައިފި

ސަންއާ (ނޮވެމްބަރު 25) - ޔަމަނަށް އެހީ ގެންދަން ހުރި ހުރިހާ ދޮރުތަކެއް ސައުދީ ކޯލީޝަނުން ބަންދުކޮށްފައި ދުވަސްކޮޅަކު ބޭއްވުމަށް ފަހު އަލުން އެހީގެ ފްލައިޓްތައް ޖެއްސުމުގެ ހުއްދަ ދީފި އެވެ.

23 ނޮވެމްބަރ

November 23, 2017 1
ޔަމަނަށް އެހީދިނުން ސައުދީ ކޯލީޝަނުން ހުޅުވާލައިފި

ރިޔާޒް (ނޮވެމްބަރު 23) - ޔަމަނުގައި ހޫތީންގެ ބާރުގެ ދަށުގައިވާ ހިސާބުތަކަށް ވެސް އެހީ ދިނުމަށް ސަންއާ އެއާޕޯޓާއި ހުދައިދާހު ބަނދަރު ހުޅުވާލަން ސައުދީ ކޯލީޝަނުން ނިންމައިފި އެވެ.

15 ނޮވެމްބަރ

November 15, 2017 5
ޔަމަނުގެ މައި އެއާޕޯޓަށް ސައުދީ ކޯލީޝަނުން ބޮންއަޅައިފި

ސަންއާ (ނޮވެމްބަރު 15) - ޔަމަނުގެ ވެރިރަށް ސަންއާގެ މައި އެއާޕޯޓަށް ސައުދީ ކޯލީޝަނުން ބޮން އަޅާފައިވާ ކަމަށް ހޫތީން ބުނެފި އެވެ.

11 ނޮވެމްބަރ

November 11, 2017 5
ހޫތީންގެ ޑިފެންސް މިނިސްޓްރީ އަށް ސައުދީން ބޮންއަޅައިފި

ސަންއާ (ނޮވެމްބަރު 11) - ޔަމަނުގެ ހޫތީން ކޮންޓްރޯލްކުރާ ޑިފެންސް މިނިސްޓްރީ އަށް ސައުދީ ކޯލީޝަނުން ބޮން އަޅައިފި އެވެ.

09 ނޮވެމްބަރ

November 09, 2017 7
ސައުދީން ބޯޑަރު ބަންދުކުރުމުން ޔަމަން ބަނޑަށް ޖެހިއްޖެ

ސަންއާ (ނޮވެމްބަރު 9) - ޔަމަނަށް އެހީ ފޯރުކޮށްދެވެން ހުރި ހުރިހާ މަގުތައް ސައުދީ އަރަބިއާ އިން ބަންދުކޮށްލުމުން ޔަމަން ބަންޑަށް ޖެހި އެތައް މިލިއަން މީހުން ބަނޑުހައިހޫނުކަމުގެ ހާލަތަށް ވެއްޓިދާނެކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް އދ.ގެ އޮފިޝަލަކު އިންޒާރު ދެއްވައިފި އެވެ.

08 ނޮވެމްބަރ

November 08, 2017 1
ސައުދީ ޕްރިންސުންނަށް ހިމާޔަތް ދޭން ހޫތީން ހުށަހަޅައިފި

ސަންއާ (ނޮވެމްބަރު 8) - ސައުދީ ސަރުކާރުން ހައްޔަރު ކުރަން އުޅޭ ޕްރިންސުންނަށް ސިޔާސީ ހިމާޔަތް ދޭން ތައްޔާރު ކަމަށް ޔަމަނުގެ ހޫތީން ބުނެފި އެވެ.

November 08, 2017 3
ޔަމަނަށް އެހީދެވެން ހުރި މަގުތައް ސައުދީން ބަންދުކޮށްފި

ރިޔާޒް (ނޮވެމްބަރު 8) - އެއްގަމާއި ކަނޑާ އަދި ވައިގެ މަގުން ސައުދީ ކޯލީޝަނުން ޔަމަން ބަންދުކޮށްލުމާ ގުޅިގެން ހަނގުރާމައިގެ ސަބަބުން ހީނަރުވެފައިވާ ގައުމަށް އެހީފޯރުކޮށް ދިނުމަށް...

07 ނޮވެމްބަރ

November 07, 2017 5
ސައުދީ އަށް ހަމަލާ ދިން މިސައިލް ފޯރުކޮށްދިނީ އީރާނުން

ރިޔާޒް (ނޮވެމްބަރު 7) - ޔަމަނުގެ ހޫތީން ސައުދީ އަރަބިއާގެ ވެރިރަށް ރިޔާޒަށް ހަމަލާ ދިން މިސައިލް ފޯރުކޮށްދިން ބަޔަކީ އީރާން ކަމަށް ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ތުހުމަތު...

November 07, 2017 6
ޔަމަނުގެ ރައީސް ސައުދީގައި ގޭބަންދުކޮށްފި

ރިޔާޒް (ނޮވެމްބަރު 7) - ޔަމަނުގެ ރައީސް އަބްދުއް ރައްބޫ މަންސޫރު ހާދީ ސައުދީ އަރަބިއާ އިން "ގޭބަންދުކޮށްފި" އެވެ.

08 އޮކްޓޯބަރ

October 08, 2017 4
ސައުދީ ކޯލީޝަން ބްލެކްލިސްޓް ކުރުމުން ރިޔާޒުން ދެކޮޅު

ރިޔާޒް (އޮކްޓޯބަރު 8) - ޔަމަނަށް ހަމަލާދޭ ސައުދީ ކޯލީޝަން އދ. އިން ބްލެކްލިސްޓް ކުރި ކުރުމާ ރިޔާޒުން ދެކޮޅު ހަދައިފި އެވެ.

07 އޮކްޓޯބަރ

October 07, 2017 47
ސައުދީގެ ކޯލިޝަނުން ރާއްޖެ ވަކިވުމަށް ގޮވާލައިފި

ސައުދީ އަރަބިއްޔާއިން އިސްވެ ޔަމަނުގައި ކުރިއަށް ގެންދަނީ ގަތުލު އާންމެއް ކަމަށާއި ސައުދީ އަރަބިއްޔާއިން އެކުލަވާލާފައިވާ އަސްކަރީ ކޯލިޝަން އދ. އިން ބްލެކް ލިސްޓު ކުރުމާއެކު ދިވެހިރާއްޖެ ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނުން މިހާރުން މިހާރަށް ވަކިވުމަށް އެމްޑީޕީން ގޮވާލައިފި އެވެ.