މުހައްމަދު އިބްތިހާލް. އޭނާ މަރުވި ހާދިސާގައި އިހުމާލުގެ ދައުވާކުރަނީ ދައުލަތުގެ ފަސް މުވައްޒަފަކަށް - ފޮޓޯ: އައްސަދު ފޮޓޯގްރަފީ
29 ޖެނުއަރީ 2017 - 15:01
ވ. ރަކީދޫގައި އަނިޔާކޮށް މަރާލި މުހައްމަދު އިބްތިހާލް މަރުވުމުގެ މަހެއްހާ ދުވަސް ކުރިން އޭނާ އަށް އަނިޔާ ކުރި މައްސަލައެއް ހުށަހެޅުމުން ވެސް، އެ މައްސަލައިގައި އިހުމާލުވުމުގެ ދައުވާ ލިބޭ މީހުން އެކަމަށް ފިޔަވަޅު އަޅާފައިނުވާ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
ޖެނުއަރީ، 2015 ގައި އިބްތިހާލަށް އޭނާގެ މަންމަ އަނިޔާކޮށް މަރައިލި މައްސަލައިގައި އިހުމާލުވި ކަމަށް ބުނެ ދައުލަތުން ދައުވާ ކުރަނީ އޭރު ވ. އަތޮޅުގެ ފެމިލީ އެންޑް ޗިލްރަންސް ސާވިސް ސެންޓަރުގައި މަސައްކަތްކުރި އައިމިނަތު ޝިޔާޒާ އާއި އަހުމަދު ޝުޒާދާއި ޖެންޑާ މިނިސްޓްރީގެ ދެ މުވައްޒަފެއް ކަމަށްވާ މުހައްމަދު ޝަކީބާއި މުހައްމަދު ރަޝީދުގެ އިތުރުން އޭރު ވ. އަތޮޅުގެ ޕޮލިސް ކޮމާންޑްގެ އެކްޓިން ކޮމާންޑަރު ލިސާން އަބޫބަކުރުގެ މައްޗަށެވެ.
އެ މައްސަލައިގެ ޝަރީއަތް މިއަދު ފަށައި، ވަކިވަކިން ދައުލަތުން އިއްވި ދައުވާގައިވާ ގޮތުން ޑިސެމްބަރު، 2014 ގައި އިބްތިހާލަށް އޭނާގެ މަންމަ އަނިޔާކުރި މައްސަލައެއް ޖެންޑާ ސާވިސް ސެންޓަރަށް ހުށަހެޅުމުން އެ ފަސް މީހުން އެ ކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައެއް ނުވެ އެވެ. އޭގެ ސަބަބުން، ޖެހިގެން އައި ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އިބްތިހާލަށް އަނެއްކާ ވެސް އަނިޔާ ކުރުމުން އޭނާ މަރުވެފައިވާތީ އެ މީހުންނަށް ދައުވާ ކުރީ ކަމަށް ދައުވާގައިވެ އެވެ.
ދައުވާގައިވާ ގޮތުން ޝަކީބާއި ރަޝީދަކީ ޖެންޑާ މިނިސްޓްރީގައި އެފަދަ މައްސަލަތައް ބެލުމުގެ ޒިންމާ އޮތް ދެ މީހުންނެވެ. އެކަމަކު އެ މައްސަލައިގެ މައުލޫމާތު ޖެންޑާ މިނިސްޓްރީ އަށް ލިބުމުން އެ މީހުން އެކަމަށް ފިޔަވަޅު ނާޅާ ކަމަށް ދައުވާގައިވެ އެވެ.
ވ. އަތޮޅުގެ ޖެންޑާ ސާވިސް ސެންޓަރަށް އެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ ބަލަން ޝިޔާޒާ އާއި ޝުޒާދު ރަކީދޫ އަށް ދިޔަ ކަމަށާއި އެކަމަކު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އެ ދެ މީހުން އިހުމާލުވެފައިވާ ކަމަށް ދައުވާގައިވެ އެވެ. އަދި ފުލުހުންނަށް އެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ލިސާން ނުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އިހުމާލުވީ ކަމަށް ދައުވާގައިވެ އެވެ.
ވަކިވަކިން ބޭއްވި ތިން އަޑުއެހުމުގައި ދައުވާ އިއްވުމުން ރަޝީދާއި ޝުޒާދު ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. ބާކީ ތިބި ތިން މީހުން ބުނީ ޖަވާބުދާރީވާނީ ވަކީލަކާ އެކު ކަމަށެވެ. އެހެންވެ، ކޯޓުން ވަނީ އެ ފުރުސަތު އެ މީހުންނަށް ދީފަ އެވެ.
ޝުޒާދު މިއަދުގެ އަޑުއެހުމަށް ހާޒިރުވީ ވަކީލަކާ އެކު އެވެ. އޭނާގެ ވަކީލް އަބްދުﷲ ސައީދު ވިދާޅުވީ ޝުޒާދަކީ އޭރު ޕްރޮބޭޝަންގައި ހުރި މުވައްޒަފެއް ކަމަށާއި އޭނާގެ ވަޒީފާގެ އެއްބަސްވުމެއް ވެސް އޭރު ނެތް ކަމަށެވެ. ޝިޔާޒާއާ އެކު ރަކީދޫއަށް ޝުޒާދު ދިޔައީ ޝިޔާޒާ އަންގާ ގޮތަކަށް އަމަލު ކުރުމަށް ކަމަށާއި އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް ގެނައީ ވެސް ޝުޒާދު އަމިއްލައަށް ކަމަށެވެ.
ގާޒީ އަހުމަދު ޝަކީލް ބައްލަވާ އެ މައްސަލައިގެ ދެން އޮންނަ އަޑުއެހުން އަންނަ މަހުގެ ތެރޭގައި ބާއްވާނެ އެވެ. އެދުވަހު އޮންނާނީ ވަކީލަކާ އެކު ޖަވާބުދާރީވެ، ހެކި ހުށަހެޅުމެވެ.
އެ މައްސަލާގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރަނީ ހަތް ވަކީލުންގެ މައްޗަށް އެކުލެވޭ ޓީމަކުންނެވެ. އެ ޓީމުގައި އިސްކޮށް ހުންނަވަނީ ކުރީގެ ގާޒީ އަދި މިހާރުގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތެވެ.
އެ ފަސް މީހުންގެ މައްޗަށް ދައުވާކުރަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާ ހަވާލާދީ ގާނޫނުލް އުގޫބާތުގެ ދަށުން އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ.
އިބްތިހާލަށް އަނިޔާކުރި މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް މިހާރު ދަނީ ޝަރީއަތް ހިންގަމުންނެވެ. އޭނާ ވަނީ އިބްތިހާލަށް އަނިޔާކުރި ކަމަށް ކޯޓުގައި އެއްބަސްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢީބްރާޙީމް
14 February 2017
ޝާކީބަށް ހީވެފާއި އޮންނަނީ އޭނަ މިސަރުކާރަށް ތަާއީދުކުރާތީ އެއްވެސްކަމެއް އޭނަާއަށް ނުވާނެޔޭ؟ އެނާ ގޮތައް އެނަގެ ބޭބެ ޝަކީބުވެސް އޮފީހުގެ ކަންކަމުގައި އިހުމާލުވާކަން ފާހަގަ ކުރަމެވެ. މިފާޑުގެ މީހުން ބޭރުކުރުން ނޫން ކަމެއްކުރާނެކަމެއް ނެތް. ސަރުކާރުގެ އަގު ވެއްޓޭ އެއްވެސް މީހަކު ބަހައްޓަނެ ކަމެއްނެތް. ވަގުތުން ބޭރުކުރަން ގޮވާލަން....
ކަމަނަ. ބ.
30 January 2017
މިސާލަކަށް ނުކުޅެދޭ ކުއްޖަކަށް ޖިންސީ އަނިޔާ ކުރީ ދައުލަތުގެ އިއްޒަތްތެރިއެއް. އެކަން ތަހްޤީޤް ކުރަން އެގެޔަށް ދާކަށް ސިވިލްސާވަންޓުން ނަކަށް ފުރުސަތެއް ނުދޭ އޭނާ. ދެން އެކުއްޖާ އަށް އެ އަނިޔާ ލިބުނީ ޔޯ. ދެން ވެސް ހައްޔަރުކުރަންވީ ސިވިލްސާވަންޓުން ތޯ؟؟؟؟ 5 ހެކި ނުލިބުނޭ ކިޔާފަ ވެރިޔާ ހުނަންނީ ބޮދުމުސާރަ ދީފަ ގޭގަ. މިކަން އެނގޭތޯ ދައުލަތަށް؟؟؟
އަޅި
30 January 2017
ކުއްކުރާ މީހުން ތިބީ ގޭގަ އަދިވެސް. ބޮޑު މުސާރަދީފަ ؟؟؟ މިކަންކަމާ ހާސްވެގެން އުޅޭ ބަޔަކު ނޫޅޭ؟؟
އަހުމދު
30 January 2017
ކުއްޖާއަށއަނިޔާކުރީ މަންމަ މަރުވީ މަންމަދިންއަނިޔާގެ ސަބަބުބް. ޢަދި މރުނުވިޔަސް ކިތައްމީހުން ދަރިންނަށްއަނިޔާދެނި ކޮންމެހެން ތަނތނުގެ މުއައްޒަފުންނަށް ދއުވާ ކުރާނެކަމެއްނެތް.ދައުވާކުރަންވީ އނިޔާދޭ މީހުނަށް.
ވެރިޔާ
29 January 2017
ޒިންމާ ނަގަންޖެހޭނެ ކަމާބެހޭ ވެެރިން- އާދައިގެ މުވައްޒަފު އެކަންޏެއްނޫން
މެެންޓަލިސްޓް
29 January 2017
ވަރަށް ރަގަޅުކަމެށް ރާއްޖޭގައި ކުރީންނޯންނަކަމެށްތިޔައީ ،، އިހްމާލްވާ މީހުންނަށް ފިޔަވަޅުއެޅުން ،،، ތިޔަކަން ކުރީމައި ވަޒީފާގެ ޒިންމާ ރަގަޅަށް އުފުލަން މީހުން ބޮޑަށްމަސައްކަތްކުރާނެ ، ، ހަމަ މިމޭރުމުން ދަންނަވާލަން ޖެހެނީ އެމް،އެމް،ޕީއާރސީގެ 1.2 ބިލިއަން ރުފިޔާގެ މައްސަލާގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާވެސް އޮތީ އިހްމާލްވެފައިއޭ ،،، އެއީ 2 އަހަރުވަންދެން ދައުލަތަށް ވަންނަންޖެހޭ ފައިސާ ޕްރައިވެޓް އެކައުންޓްއަކަށް ވައްދާ އެފައިސާ މުޅިޕާޓީގެ އެންމެނަށް ބަހާ ހަދާ ،،،، އަދި އޯޑިޓަރޖެނެރަލް އެވާހަކަ ހެއްކާޢިއެކު ދެއްކީމައި އެކަމަށް އަޅާނުލާ އެންމެ ފަހުން އޯޑިޓަރ ބޭރުކުރީމައި ،، ވީމައި ކޮންމެވެސް ޒަމާނަކުން މިހާރުގެ ރައީސުލްޖުމްހޫރިއްޔާއަށް އެބޮޑު ވައްކަމުގައި އިހްމާލް ވުމުގެ ދައުވާ ކުރާނެކަމީ ޔާގީންކަމެށް ،،، ވަރަށްވެދުން
އިންޞާފު
29 January 2017
ޖެންޑާރ ހިންގުމާއި ޙަވާލުވެހުރި ފަރާތަށް ދަޢުވާނުކޮށް ދެރަ ނިކަމެތީންގެ މައްޗަށް ދަޢުވާކުރުން ކޮންގޮތެއް؟ އިބްތިހާލު މަރުވިއިރު ރާއްޖޭގެ ރައީސްއަކަށް ހުރި ފަރާތާއި ފުލުހުންގެ ވެރިއަކަށް ހުރި ފަރާތާއި ޖެންޑަރ ގެ ވެރިއަކަށް ހުރި ފަރާތާއި ހޯމް މިނިސްޓަރާ މި އެންމެގެ ޒިންމާއަށް ފަހު ދެން އޭގެ ދަށުަގއި ތިބި މުވައްޒަފުންގެ ޒިންމާ އޮންނާނީ
ޏަމްނަމް
30 January 2017
ތިކަމާބެހޭ އެންމެ އިސްވެރިޔަކަށް ޖެންޑަރގައި ހުރީ ޑެޕިޔުޓީ މިނިސްޓަރުގެ މަގާމްގައިހުރި ޝިދާތާ ކިޔާ މީހެއް. މިމައްސަލަ ނުބައިވެ ގޯސްވުމާއެކު އޭނަ އިސްތިއުފާ ދީފި. މިހާރު އެއީ ސިޔާސީ ލީޑަރެއް. އޮފީސްއޮފީހުގެ މަގާމްތަކާއި މަސްއޫލިއްޔަތު ބަހާފައި އޮންނަ ހައިރާކީ ނޭނގިތިބެ ކޮންމެކަމަކަށް މިނިސްޓަރުބާނުވަން ޖެހޭތަ. ކަންކަން ކުރުމަށް ޒިންމާދާރުވާންޖެބޭބަޔަކު ކޮންމެ އޮފީހެއްގައިވެސް ވާނެ.
އަހަރެން
29 January 2017
ކުދިންނަށް އަނިޔާކުރާ މައިންބަފައިން ވަރަށް ގިނަ. ދެން މިހުރިހާ ކަމަކާ ޒިންމާވާންވީ ނިކަމެތި ސިވިލް ސާވަންޓް ތޯ؟؟. އަޖައިބެއް.
ނަމެއްނެތި
29 January 2017
އިބްތިހާލުގެ މައްސަލައިގަ ނިކަމެތި ސިވިލް ސަރވަންޓުން ކޯޓަށް ދެމިޔަސް އެމްޑީޕީއާއި އަދާލަތަށް އެންމެ ރަނގަޅެވެ. އެކަމަކު އެ ސިވިލް ސަރވަންޓުން އަދާކުރަމުންސިޔަ މަސްއޫލިއްޔަތުގެ އެންމެ އިސް ވެރިޔާ ސިދާތާގެ އިހުމާލުގެ ވާހަކަ ދައްކަންފެށީމާ މިބައި މީހުނަށް މިހާރު ގޯސްވެއްޖެއެވެ. އަދިވެސް ނިކަމެތި ސިވިލް ސަރވަންޓުންގެ ޙައްޤުގައި ބަހެއް ބުނާތަން ނުފެނެއެވެ. މިކަމުން ދޭހަވަނީ އިބްތިހާލުގެ މައްސަލައިގަވެސް ބާރުވެރި ވަކިބަޔަކު ހިމާޔަތް ލިބެންޖެހޭކަމަށް އެމްޑީޕީއާއި އަދި އިންދިކޮޅު ފަރާތްތަކުން ޤަބޫލުކޮށް ނިކަމެތި ސިވިލް ސަރވަންޓް އިތުރަށް ނިކަމެތި ވިޔަސް އެންމެ ރަނގަޅުކަމަށް މި މީހުން ދެކޭކަމެވެ.
އޯނޯއޯނޯ
29 January 2017
އިބްތިހާލަށް އަނިޔާކުރިކަން އެނގޭ، އެކަމަކު ކަމާއި ބެހޭ ފަރާތްތަކުން ފިޔަވަޅެއް ނާޅާ މުވައްޒަފުން މިހާރުވެސް މިނިސްޓްރީގައި ވަޒީފާ ގައި ތިބޭ ނަމަ އެމެންނަށް މަގާމްގެ ނުފޫޒު ބޭނުން ކޮށް ގެން މިމައްސަލަ އިންސިއުލޭޓް ކޮށް އެމެން ބޭނުންވާ ވައްތަރެއްގެ އިންސިއުލޭޝަން އެއް މިމައްސަލައިގައި ލާ އެމެން މީގެއިން ސަލާމަތް ވާނެ މަގު ހޯދާނެއެވެ. ސާރވެންޓުން އަދި ޕޮލިހުން ގެ ރަށްފުށުގައި ހުންނަ ޕޮލިސް ސްޓޭޝަންސް ތައް އަދި ރަށް ރަށުގެ ކައުންސިލު ތައްް ފަރުވާ ކުޑަ ކަން އެއީ ފާހަގަ ކުރަން ޖެހޭ ކަންކަމެވެ. ވާވު ރަކީދޫ އަކީ އެއީ 50 މީހުން ހަމަ ނުވާ ރަަށަކަށް ވާއިރު ކީއްވެގެންތޯ އެރަށު ކައުންސިލަރުން ނަށް މިކުޑަ ކުޑަ ކުއްޖާ އަށް ހިމާޔަތް ނުދެވުނީ. ތަމެން މަހަށް ދާންވީ އެއް ނޫން ކޮންމެހެން ތުނބުޅި އެއް ބަހައްޓައިގެން ތިމަންނާ މެން މީ މާ ތެދުވެރިން ކަމަށް ދައްކަން ނަހަދާ. ދިސް ކިޑްސް ސްޓޯރީ އިޒް ބަރިޑް ވިދް ނެގްލިގެންސީ އެން އަންޓޯލްޑް. ސަމްވަން އޯރ ދޭ ހޭވް ޓޭކެން ހިޒް ލައިފް. އޯނޯ، އޯނޯ، އޯނޯ..
ޙަސަން އަޙްމަދު
29 January 2017
ޙައްގު ތެދު! އެ ކުއްޖާގެ މައްސަލަ ކަމާ ބެހޭ ކޮންމެސް މުއައްސަސާ އަކަށް ހުށަހެޅިގެން އެކުއްޖާގެ ކަންތައް ބެލި ބަޔަކު ނެގި ފޮޓޯގައި ވެސް ވަނީ އެއްލޯ ވަށައިގެން ކަޅު ވެފަ. އެކުއްޖާގެ އެ ހާލަތަށް އެކަނި ބަލާފައި ވެސް ދުނިޔޭގެ އެހެން ގައުމެއްގައި ނަމަ އެ އާފިޔާ އަކު ކުއްޖާ އާ ސަތޭކަ ފޫޓު ހުންނަ ހިސާބަށް ވައި އެޅުނަ ވެސް ނުދިނީސް. އެކަމަކު އެދުވަހު ވެސް ނަސޭހަތް ދީފައި ކަމަށް ބުނެ ކުއްޖާ ހަވާލު ކުރީ މުޖުރިމުންނާ.