ދޮންކޮއްކޮ އާއި ފާތުމާފުޅު.-- ފޮޓޯ: އަބްދުﷲ އައުރާފް/ މިހާރު
09 ނޮވެމްބަރ 2019 - 23:57
ލިބުނު 12 ދަރިން ވެސް ގޮތް ނޭނގޭ ބަލިތަކެއްގައި މަރުވި ހއ. ހޯރަފުށީ ދެމަފިރިންގެ ތެރެއިން އަންހެން މީހާ މިއަދު މަރުވެއްޖެ އެވެ.
ފާތުމާފުޅު، 79، މަރުވީ މުސްކުޅި ބަލީގައި އުޅޭތާ މަސްތަކެއް ފަހުންނެވެ. އޭނާ މަރުވިއިރު ފިރިމީހާ ދޮންކޮއްކޮ، 85، އުޅެނީ މުސްކުޅި ބަލީގަ އެވެ.
ހޯރަފުށިން ވާހަކަ ދެއްކި މީހަކު ބުނީ އެ ބަލީގައި ފާތުމާފުޅު ދޭތެރެ ދޭތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކުރާތާ ހައެއްކަ މަސްވެދާނެ ކަމަށެވެ.
"މިހާރު ދުވަސްކޮޅެއް ވެއްޖެ ނުތެދުވެ އުޅޭތާ. އެހެން އޮވެ އެ ނިޔާވީ،" ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެ ދެމަފިރިންނަށް ލިބުނު ދަރިންގެ ތެރެއިން ދުނިޔޭގައި އެންމެ ގިނަ ދުވަހު ހުރީ، އެންމެ ހަގަށް ލިބުނު މުހައްމަދު ފާއިޒެވެ. މީގެ ސާޅީހަކަށް އަހަރު ކުރިން އެ ކުއްޖާ މަރުވި ފަހުން އެ ދެމަފިރިންނަށް ކުއްޖަކު ލިބިފަައެއް ނުވެ އެވެ.
އެހެން ދަރިން މަރުވި ސީދާ އުމުރު ނޭނގުނަސް އެ ރަށުގެ ބައެއް މީހުން ބުނާ ގޮތުގައި، އެ ދެ މީހުންގެ ގިނަ ކުދިން މަރުވި ކަމަށް ލަފާކުރެވެނީ އަހަރެއް ނުވަތަ ދެ އަހަރުގަ އެވެ.
މީގެ ދެ އަހަރުކުރިން އެ ދެމަފިރިން "މިހާރު" އަށް ދިން އިންޓަވިއުގައި ބުނެފައިވަނީ އެންމެ އުއްމީދުކުރަނީ ހައްޖުގެ މަތިވެރި އަޅުކަން ކުރެވޭނެ ދުވަހަކަށް ކަމަށެވެ. ފާތުމާފުޅު މަރުވިއިރު ވަނީ ހައްޖުގެ އަޅުކަން އަދާކޮށްފަ އެވެ.
ހޯރަފުށީ މީހުން ބުނިގޮތުގައި ފާތުމާފުޅާއި ދޮންކޮއްކޮ އަކީ އެކަކު އަނެކަކަށް ވަރަށް އަޅާލާ، ވަރަށް އޯގާތެރި ދެމަފިރިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަރީނާހ
10 November 2019
މަރުވީ އޭ ކިޔަނީ ކީއްވެތަ
ހިތާމަކުރަން
10 November 2019
މަރުޙޫމާއަށް ސުވަރުގޭގެ ނިއުމަތް މިންވަރު ކުރައްވާށި. ޚަބަރު ލިޔުނު ފަރާތުގައި ބުނެލަން ބޭނުން. މުސްކުޅިބަލިކިޔާ ބައްޔެއް ނޯވޭ. މުސްކުޅިވުމުން އެކމީހުންނަށް އާއްމުކޮށް ދިމާވާ ބަލިތައްވެސް ތަފާތު.
ޑޯރީ
10 November 2019
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
ޝައްފަ
10 November 2019
ވަރަށް ދެރަވެއްޖެ. ފާތުމާފުޅަށް ސުވަރުގޭގެ ނިޔްމަތް ލައްވަވާށި !
ހެޔޮހިތުން
10 November 2019
ފާތުމާފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރަށްވާށި. އަދި ދޮންކޮއްކޮ އަށް ހެޔޮ ރަހުމަތް ލައްވާށި.
ނަން
10 November 2019
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
ހެޔޮޮ
10 November 2019
ސުވަރުގޭގަ އެ ބާރަ ތުއްތު ކުދިން އުދުހޭނެ އިންޝާ ﷲ
ވާލުސޮރު
10 November 2019
ދައްތައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާށި. ދުނިޔޭގައި ހުރި ދޮންކޮއްކޮބެ އަށް ރަށުގެ ރައްޔިތުންގެ އެހީތެރިކަމާ ލޯބިދޭނެ ކަމަށް އުއްމީދުކުރަން
ޙަމް
10 November 2019
ސިހުރޭ ފަންޑިތައޭ އެޒަމާނު ކިޔަނީ ތެލެސީމިއާ އަކީ ކޯއްޗެއްކަން ނޭނގޭ އިރު. ދިވެހިން ލޯ ހުޅުވާދިނީ ސައިންސް.
ޢިބޫ
10 November 2019
ހަމްއަށް ކިހިނެއް އިނގުނީ ތެލެސީމިއާކަން
މޯޑް
10 November 2019
ދޮން ކޮއްކޮ ބޭއަށް ކެއްތެރިކަން ދެށްވާ ފާތިމާފުޅު ދައްތަގެ ފުރާނައަށް ރަހުމަތްލަށްވާ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރަށްވާށި. އާމީން