މަޖިލީހުގެ ޖަލްސާއެއް: މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ވެސް ސަރުކާރަށް ވަނީ ސުޕަ މެޖޯރިޓީއެއް ލިބިފައި --ފޮޓޯ/މަޖިލިސް
09 މާޗް 2020 - 10:52
ކޮވިޑް-19 ރާއްޖޭގައި ފެތުރުން ހުއްޓުވަން، އެ ބަލި ފެތުރޭ ގައުމުތަކުން ރާއްޖެ އަށް މީހުން އައުން ވަގުތީ ގޮތުން ހުއްޓުވާފައި އޮތް އޮތުމާ ދެކޮޅު ހަދައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅުއްވައި، އެ ގަރާރާ އެއްކޮޅަށް ބައެއް މެންބަރުން ވާހަކަ ދައްކަވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ޖާބިރު ހުށަހެޅުއްވި ގަރާރުގައި ވަނީ ކޮވިޑް-19 ބާރަށް ފެތުރެމުންދާ ގައުމެއް ކަމަށްވާ އިޓަލީން ރާއްޖެ އަށް މީހުން އައުން ވަގުތީ ގޮތުން މަނާކޮށްފައި އޮތުމުގެ ސަބަބުން އިގުތިސާދަށްް ގެއްލުންވާ ކަމަަށެވެ. އެ މައްސަލަ ހައްލުކުރުމަށް، ކޮވިޑް-19 އާ ގުޅިގެން ކުރަން ޖެހޭ ކަންތައްތައް ސިފައިންނާ ހަވާލުކުރަން ވެސް އެ ގަރާރުގައި ގޮވާލައިފައިވެ އެވެ.
ޖާބިރު ހުށަހެޅުއްވި ގަރާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ކުރި ބަހުސްގައި އެމްޑީޕީގެ ގިނަ މެމްބަރުން ވާހަކަ ދެއްކެވީ ގަރާރާ އެއްކޮޅަށެވެ. އެގޮތުން ބައެއް މެމްބަރުން ވިދާޅުވީ ކޮވިޑް-19 އަކީ އެހާ ނުރައްކާތެރި ބައްޔެއް ނޫން ކަމަށާއި އެކަމާ ގުޅިގެން ދަތުރުތައް ހުއްޓައިލުމަކީ ރަަނގަޅު ފިޔަވަޅެއް ނޫން ކަމަށެވެ. އެކަމަކު އެ ވާހަަކައާ ދެކޮޅަށް ވެސް ބައެއް މެމްބަރުން ވާހަކަ ދެއްކެވި އެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ދިފާއުކުރައްވައި މަރަދޫ ދާއިރާގެ އިބްރާހީމް ޝަރީފް ވިދާޅުވީ ރާއްޖޭން އަޅާފައިވާ ފިޔަވަޅުތަކީ އެހެން ގައުމުތަކުން ވެސް އެ ގައުމުތަކުގެ ރައްޔިތުން ސަލާމަތްކުރަން އެޅި ފަދަ ފިޔަވަަޅުތަކެއް ކަަމަށެވެ. ޖާބިރު ހުށަހެޅުއްވި ގަރާރަކީ ރައްޔިތުންނަށް ކަނޑައެޅިގެން އޮޅޭ ގޮތަށް ހުށަހަޅުއްވާފައިވާ ގަރާރެއް ކަަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
"އިޓަލީގައިި ހަލުވިކޮށް، ބާރަށް މި ބަލި ފެތުރެމުން ދާތީ ޚުދު އިޓަލީގެ ލޮމްބާޑީ ސަރަހައްދުގެ 16 މިލިއަން މީހުން ކަރަންޓީނުކޮށްފައި އެ އެތީ. އިޓަލީގެ އެހެން ސަރަހައްދުތަކަށް ވެސް ދިއުން މަނާކޮށްފައި އެ އޮތީ. އެހެންވީމާ ދިވެހިރާއްޖޭން މި އެޅި ފިޔަވަޅަކީ ވެސް ހަމަ އެކަހަލަ ފިޔަވަޅެއް،" އޭނާ ވިދާޅުވި އެވެ.
ޕީއެންސީއަށް ނިސްބަތްވާ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަޒުލު ރަޝީދު ވެސް ވިދާޅުވީ ރާއްޖެ އަށް އިޓަލީ އާއި ޗައިނާ އިން ޓޫރިސްޓުން އައުން ހުއްޓުވައިލީ ރަނގަޅު ސަބަބުތަކަށް ޓަކައި ކަމަށް ގަބޫލުކުރައްްވާ ކަމަށެެވެ.
ކޮވިޑް-19 އެންމެ ބޮޑަށް ފެތުރު ޗައިނާ އިން މީހުން އައުން ރާއްޖޭން މަނާކުރުމަށް ފަހު އިޓަލީން މީހުން އައުން މަނާކޮށް، އެ ގައުމުން ރާއްޖެ އަށް ކުރާ ދަތުރުތައް ހުއްޓާލީ އެ ގައުމަކީ މިހާރު އެންމެ ބާރަށް ބަލި ފެތުރެމުންދާ ގައުމަށް ވާތީ އެވެ. ރާއްޖޭގެ ރިސޯޓަކުން އެންމެ ފުރަތަމަ ބަލި ޖެހުނު ދެ މީހުންނަށް ވެސް ވައިރަސް ފޯރި ކަމަށް ބެލެވިފައި ވަނީ އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ.
މިހާތަނަށް މުޅި ދުނިޔެ އިން މި ބަލި 110،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ޖެހިފަ އެވެ. އޭގެ ތެރެއިން 3،661 މީހަކު ވަނީ މަރުވެފަ އެވެ. އެކަމަކު އޭގެ ތެރޭގައި ގިނައި ދާއިމީ ބަލިތަކަށް ފަރުވާކުރަމުން ދިޔަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނެވެ. ބަލި ޖެހުމަށް ފަހު 62،283 މީހަކު ރަނގަޅުވެފައި ވާތީ މިހާރު ތިބީ މި ބަލި ޖެހިފައިވާ 43،974 މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވަހީދު
10 March 2020
ރައްޔިތުންގެ މަޖުލިސްގެ އެމެންބަރުންނަށް މިބަލި ނުޖެހޭނެ ކަމަށް ހީކުރަނީ ބާ؟
ރީތި މޫސަ
10 March 2020
މަޖުލީސް މެންބަރުންނަކީ އަމިއްލައެދުމުން ފޯވެފަތިބިބަޔެއް ފައިސާލިބިއްޖިއްޔާނިމުނީ ރައްޔިތުން ހަނާވިސް އޯކޯ
މަޖިލިސް
09 March 2020
ކޮވިޑް ގެ ހުރިހައ ކަމެއް ބަލަހއްޓަންވީ މަޖިލީހުން. މަޖިލީހުގެ މިކަމަށް ކަނޑައަޅާ ޓާސްކްފޯސްގެ ޗެއަރމަނަކަށް ޖާބިރު
ޣޣ
09 March 2020
އެމްޑީޕީގެ މަޖުލީހުގެ މެންބަރުން މިދުވަސްކޮޅު ވެސް އިޓަލީން މީހުން ގެންނަން ބޭނުން ވާތީ ހަމަ އަޖައިބް ވެއްޖައިން.... ކިހާ ދެރަކަމެއް.. އަނިޔާވެރި ބައެއްް މި ޖަބިރުއާ އެމްޑީޕީން މި ކަމަށް ތާއީދު ކުރި މެމްބަރުންނަކީ.... މި ވެރިންގެ ނުލަފާ ގޮތް ފެނި ހަމަ އަޖައިބް ވެއްޖައިން.... ދެރަ
ބާބާ
09 March 2020
އާނ. ބޮޑުމީހާ ރޭގައިވެސް މަގުމަތީ އުޅުނީ ކުރީގައާއި ފަހަތުގައި ބޮޑީގާޑުންނާއެކު 2 ކާރު ބާއްވައިގެން. ކަޅުބިއްލޫރީގެ އެތޭގައި ފޯނާކުޅެން އިނަސް މަގުމަތީގައި ކެއސާ ކިބިހިއަޅާމީހުންގެ ރޯގާގެ އަސަރެއް އޭނަޔަށް ނުކުރާނެ.
އަލީގ
09 March 2020
ސީދާ އެހެން ނުބުނެ ރާއްޖެއައް އަންނަން ތިބި މީހުންނައް ވިސްނައިދޭންވީ މިދުނިޔޭގަ ޗުއްޓީއެއް ހަދާލަން ދާންއެންމެ ރައްކާތެރި ތަނަކީ ރާއްޖެކަން. މިގޮތުން މިބަލި ބޮޑައް ފެތުރޭތަންތަނުން މީހުން ރާއްޖެއައުން ވަގުތީގޮތުން މަނާކުރުމަކީވެސް ކުރަންޖެހިދާނެކަމެއް އެއީ މިގައުމަކީ އެންމެ ރައްކާތެރި ތަންކަން ދެން އަންނަން ތިބި މީހުންނައް ވިސްނޭނީ އޭރުން.
ވިލްސް
09 March 2020
ރައްޔިތުން މަރުވެ ހުސްއިޔަސް އަމިއްލަ ވިޔަފާރި ކުރިއަރަނިކޮށް އެ ނިމުނީ. އެކަން ވަރަށް ސާފު
ޒަލު
09 March 2020
އަހަރެމެން ނިކަމެތިންނަށް އެބަލި ނުޖައްސަވާނދޭވެ އަދި މަޖިލީހުގަ ތިބި ލާރިކާ ވިޔަފާރިވެރިންގެ ކިބައިން މިޤައުމު ސަލާމަތް ކުރައްވާނދޭވެ
އެސްކޮބާރ
09 March 2020
ރާއްޖެއަށް މިވަގުތު ގެންނަންވީ އިޓަލީ ޓޫރިސްޓަކީ ކާށިދޫއާއި ގާފަރާއި ދެމެދު ކޭބަލްކާރު އަޅަން ގެންނަ ކޮންސަލްޓެންޓް. މިއީ ރިސޯޓު ނުހިންގިގެން އުޅެންވީ ވަގުތެއް ނޫން. މިއީ ވަޒީފާ އަދާކުރަންވީ ވަގުތެއްވެސް ނޫން. ހުރިހާ ރިސޯޓު މުވައްޒަފުން ވަޒީފާ ދޫކޮށްފައި ރަށަށްދޭ. ރަށުގައި މަސްބާނާލައިގެން ބަބުކެޔޮކޮޅަކާ ކާށިކޮޅަކާ ކާލައިގެން މިވައިރަސް ދުނިޔެއިން މަތަވަންދެން މަޑުކޮށްލަން ޖެހެނީ. މާލޭގައި ތިބި ރާއްޖެތެރޭ މީހުންވެސް ދާންވީ ރަށަށް.
ދޭސީ
09 March 2020
ރައްޔިތުންގެ މަޖިލިސް ކިޔުން ހުއްޓާލާފަ ކިޔަންވީ މުއްސަނދިންގެ މަޖިލިސް. ރިސޯޓު އޯނަރުންނާއި ބޮޑެތި ވިޔަފާރިތައް ތަމްސީލް ކުރާ ބައެއްތީ.