14 އޮކްޓޯބަރ

October 14, 2020
ހަ ރަށެއްގެ 22 ގެސްޓު ހައުސްއެއް މާދަމާ ހުޅުވާނެ

މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގެ ގެސްޓު ހައުސްތައް މާދަމާ އިން ފެށިގެން އަލުން އޮޕަރޭޝަނަށް ނެރޭއިރު، މިހާތަނަށް މާދަމާ އަށް ހުއްދަ ދީފައި ވަނީ ހަ ތަނަކަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

17 ސެޕްޓެމްބަރ

September 17, 2020
ހުސައިންގެ ތައުބީން ޖަލްސާގައި ރައީސް ވާހަކަ ދައްކަވާނެ

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ ހުސައިން މުހައްމަދުގެ ހަނދާނުގަައި ބާއްވާ ތައުބީންގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވާނެ ކަމަށް...

September 17, 2020 17
އއ. އަތޮޅުންވެސް ޑޮކްޓަރަށް ދައްކަން ކުޅުދުއްފުއްޓަށް

ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގައި، ރަށްރަށާއި މާލެއާ ދެމެދު ދަތުރުކުރުން އުނދަގޫވުމުން ސިއްހީ ބޭނުންތަކަށް ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް މާލެ...

16 ސެޕްޓެމްބަރ

September 16, 2020 4
ހުސެއިންގެ ހަނދާނުގައި ތައުބީނުގެ ޖަލްސާ މާދަމާ ރޭ

މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން މުހައްމަދު (ހުސެންބެ) ގެ ހަނދާނުގައި މާދަމާ ރޭ ތައުބީނުގެ ޖަލްސާއެއް ބާއްވަން، އޭނާ އެންމެ ފަހުން ހުންނެވި ޖުމްހޫރީ ޕާޓީން ނިންމައިފި އެވެ.

04 ސެޕްޓެމްބަރ

September 04, 2020 9
ރައީސް: ކޯލިޝަންގެ ކާމިޔާބީގެ އެއް ސިއްރަކީ ހުސެއިން

މިދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ޖުމްހޫރީ ޕާޓީގެ އެހީތެރިކަން ހޯއްދެވުމަށް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މަތިވެރި ދާއިރާގެ އޭރުގެ މެމްބަރު ހުސައިން މުހައްމަދުގެ ގެއަށް ގިނިކަންޏާ ވަޑައިގެން ބައްދަލުކުރެއްވީ ޚާއްސަ ސަބަބެއް އޮވެގެންނެވެ. އޭރުގެ ސިޔާސީ މަސްރަހު އޮތް ގޮތުން، ޖުމްހޫރީ ޕާޓީ،...

September 04, 2020 2
ހުސައިން މުހައްމަދު: ރުޅިވެރިކަމެއް ނެތް ބޭފުޅެއް

މިދިޔަ އަހަރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ކުޑަ ދުވަސްކޮޅެއް ފަހުން ހުސައިން މުހައްމަދާ ދިމާވެ، އޭނާގެ އާންމު އުސޫލުން ހިނިތުންވެ ހުންނަވައިގެން، އަޅުގަނޑާ ދިމާއަށް...

September 04, 2020 20
ކުރީގެ މެންބަރު ހުސައިން މުހައްމަދު އަވަހާރަވެއްޖެ

މަތިވެރި ދާއިރާގެ ކުރީގެ މެންބަރު ހުސައިން މުހައްމަދު ރޭ އަވަހާރަވެއްޖެ އެވެ.

16 މާޗް

March 16, 2020 5
މަތިވެރިން ޝައްކު ކުރެވުނީ ޓޫރިސްޓް ދެ ކުދިންނަށް

ހަލުއިކަމާ އެކު މިހާރު ފެތުރެމުންދާ ކޮވިޑް-19 އަށް އއ. މަތިވެރިން ޝައްކު ކުރެވުނީ ޓޫރިސްޓް ކުޑަ ދެ ކުދިން ކަމަށް "މިހާރަ"ށް އެނގިއްޖެ އެވެ.

March 16, 2020
ގިލި ލަންކަންފުއްޓާއި މަތިވެރި މޮނިޓަރިން ހާލަތަށް

ކޮރޯނާވައިރަހުން ޖައްސާ ކޮވިޑް-19 އަށް ޝައްކު ކުރެވޭ ދެ މީހަކު ފެނިގެން ގިލި ލަންކަންފުއްޓާއި އއ. މަތިވެރި މޮނިޓާރިން ހާލަތަށް މިއަދު މެންދުރު ފަހު ގެނެސްފި އެވެ.

26 ޖެނުއަރީ

January 26, 2020 9
"ޑްރީމް ލޭންޑް" އާއި "ބީޗް ކްލަބް" ހުޅުވަނީ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އއ. މަތިވެރީގައި ތަރައްގީ ކުރާ "ހަލާލް" ގެސްޓް ހައުސް ޖުލައި 26ގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.

30 ސެޕްޓެމްބަރ

September 30, 2019 32
ޖާބިރަށް ގެސްޓް ހައުސް ދިނުމުން ބޮޑު އަރައިރުމެއް

އއ. މަތިވެރީގައި ހުރި އެންމެ ބޮޑު ގެސްޓް ހައުސް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރުގެ ރިޗް ކްލަބް...

September 30, 2019 21
މަތިވެރީގެ ބޮޑު ގެސްޓްހައުސެއް 50 އަހަރަށް ޖާބިރަށް

އއ. މަތިވެރީގައި ހިންގާ އެންމެ ބޮޑު ގެސްޓް ހައުސް، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރުގެ ކުންފުންޏެއް...

11 އޯގަސްޓް

August 11, 2019 17
ގެސްޓްހައުސްތަކަށް ވެސް ބޮޑު އީދެއް!

ގެސްޓް ހައުސްގެ ވިޔަފާރި ތައާރަފުވުމާ އެކު ވަރަށް ގިނަ ކަންތައްތައް ބަދަލުވެއްޖެ އެވެ. ހާއްސަކޮށް، ނުދަންނަ ރަށްރަށަށް ދިއުމުގައި އޮތް ސަގާފަތް މުޅިން ނެތިގެން ހިނގައްޖެ އެވެ. ގެސްޓް ހައުސްއެއް ހުރިއްޔާ އެ ރަށުގެ މީހުން ނުދަތަސް، އާއިލާއާ އެކު ޗުއްޓީ ހޭދަކުރަން އެ ރަށްރަށަށް ގޮސް އުޅޭ މީހުން މިހާރު އަންނަނީ ގިނަވަމުންނެވެ.

09 އެޕްރީލް

April 09, 2019 14
މަތިވެރީގައި ރޯވި ގެސްޓްހައުސް އިން ރާފުޅިތަކެއް ފެނުނު

އއ. މަތިވެރީގައި އާދިއްތަ ދުވަހުގެ ރޭ ރޯވި ގެސްޓްހައުސް ތެރެއިން ތިން ފުޅި ރާ ފެނުނުކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

08 އެޕްރީލް

April 08, 2019 5
އަލިފާނުގެ ހާދިސާ ފުލުހުން ތަހުގީގުކުރަނީ

އއ. މަތިވެރީގެ ގެސްޓްހައުސްއެއްގައި ރޭ އަލިފާން ރޯވި ހާދިސާ ތަހުގީގުކުރަން ފުލުހުންގެ ޓީމެއް އެ ރަށަށް ހިނގައްޖެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

07 އެޕްރީލް

April 07, 2019 11
މަތިވެރީގެ ގެސްޓު ހައުސްއެއްގައި ރޯވެއްޖެ

އއ. މަތިވެރީގެ ގެސްޓު ހައުސްއެއްގައި މިރޭ ރޯވެ، ވަރަށް ބޮޑަށް އަނދައިފި އެވެ.

April 07, 2019 26
މުހައްމަދު ހުސެއިނަށް ބޮޑު ނާކާމިޔާބެއް!

ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެމްބަރު، މުހައްމަދު ހުސައިނަށް މިފަހަރު ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެއްޖެ އެވެ.

14 ފެބުރުއަރީ

February 14, 2019 32
ތިޖޫރި ހިފައިގެން ނިކުމެވުނީ ފުލުހުންގެ ކުރިމައްޗަށް

އއ. މަތިވެރީގައި ރޭ ދަންވަރު ރަށުތެރެ ބަލަން އުޅުނު ފުލުހުންނަށް، އެ ރަށު އެސްޓީއޯ ބޭސް ފިހާރައިގެ ތިޖޫރި ވަގަށް ނަގައިގެން ދެ މީހަކު ދަނިކޮށް ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

13 ސެޕްޓެމްބަރ

September 13, 2018 21
ސުނާމީއާ ގުޅިގެން ދޫކުރި ލޯނުތައް މާފުކުރާނަން: އިބޫ

ސުނާމީ ހާދިސާގައި ރާއްޖެއަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށް ރައްޔިތުންނަށް ދޫކުރި ލޯނުތައް މާފުކޮށްދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަދި އެމްޑީޕީ...

September 13, 2018 14
އިބޫގެ އުފަން ރަށާއި ތިން އަތޮޅަކަށް ފުރާވަޑައިގެންފި

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ އުފަން ރަށް، ޅ. ހިންނަވަރާއި ތިން އަތޮޅެއްގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރު މިއަދު ފައްޓަވައިފި އެވެ.

16 އޯގަސްޓް

August 16, 2018 27
ނުހައްގުން މީހަކު ޖަލަކަށް ނުލާނަން: ފައިސަލް

ގައުމަށް މިއަދު ކުރިމަތިވެފައިވާ އިޖުތިމާއީ އެންމެ ބޮޑު މައްސަލަ އަކީ އިންސާފާއި އަދުލުވެރިކަން ނެތުން ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބު އިދިކޮޅު ކޯލިޝަނަށް ކާމިޔާބު ވެއްޖެ ނަމަ، ނުހައްގު ގޮތުގައި ދުވަހަކު ވެސް މީހަކު ޖަލަށް ނުލާނެ ކަމަށް ކޯލިޝަންގެ ރަނިންމޭޓު ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.

05 ޖުލައި

July 05, 2018 6
ދެ ރަށެއްގައި ނަރުދަމާ އާއި ފެނުގެ ނިޒާމު ގާއިމުކުރަނީ

އއ. މަތިވެރީގައި ނަރުދަމާ ނިޒާމު ގާއިމު ކުރުމާއި ފ. ނިލަންދޫގައި ސާފު ބޯފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތް ލަންކާގެ ކުންފުންޏެއް ކަމަށްވާ އެޑްވާޑް އެންޑް ކްރިސްޓީއާ މިއަދު ހަވާލުކޮށްފި އެވެ.

15 އެޕްރީލް

April 15, 2018 13
މަތިވެރީގައި ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލަނީ

އއ. މަތިވެރީގައި ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމުގެ މަސައްކަތްތައް އެ ރަށު ކައުންސިލުން ފަށައިފި އެވެ.

12 ޖެނުއަރީ

January 12, 2018 57
ޖަނަވާރުން ވެސް ގެންގުޅުނު މީހާ ދަނޭ: ގާސިމް

ޖަނަވާރުން ވެސް އެސޮރު ގެންގުޅެ ބަލައި ބޮޑުކުރި މީހާ ދަންނަ ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބަހުގެ ހަމަލައެއް...

January 12, 2018 23
އިދިކޮޅުން ވަނީ އއ. އާއި އދ. އަށް އިހުމާލުވެފައި

އއ. އާއި އދ. އަތޮޅު ތަރައްގީ ވިޔަނުދީ ބޭއްވީ އަމިއްލަ ވިޔަފާރީގެ ހިމާޔަތުގައި ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރޭ...

13 އޯގަސްޓް

August 13, 2017 86
މޫނު ބުރުގާ އަޅާތީ ޓީޗަރަކު ވަޒީފާއިން ވަކިކޮށްފި

މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭތީ އއ. މަތިވެރީ ސްކޫލުގެ ޓީޗަރަކު ވަޒީފާއިން ވަކިކޮށްފި އެވެ.

30 ޖެނުއަރީ

January 30, 2017 53
މަތިވެރީ ޓީޗަރަށް ކިޔަވައި ނުދެވުމުން ދަރިވަރުން ގެއަށް

މޫނު ބުރުގާ އަޅާފައި ހުރުމުން އއ. މަތިވެރީ ސްކޫލުގެ ޓީޗަރަކަށް ކިޔަވައި ނުދެވޭނެ ކަމަށް އެންގުމުން އެ ސްކޫލުގެ ބެލެނިވެރިން މިއަދު ބައެއް ދަރިވަރުން އަނބުުރާ ގެ އަށް ގެންގޮސްފި އެވެ.

29 ޖެނުއަރީ

January 29, 2017 70
މޫނު ނިވާކޮށްގެން ކިޔަވައިދޭން ނުދެވޭތީ ރުޅިގަދަވެއްޖެ

އއ. މަތިވެރީ ސްކޫލުގައި ކިޔަވައިދޭ މޫނު ބުރުގާ އެޅި ޓީޗަރަކު، މޫނު ނިވާކޮށްގެން ކިޔަވައި ނުދެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އެންގުމުން ބެލެނިވެރިން ރުޅިގަދަވެއްޖެ އެވެ.