14 ފެބުރުއަރީ

February 14, 2020 7
ރޮނާލްޑޯ ފަހު ވަގުތު ޔުވެންޓަސް ސަލާމަތްކޮށްދީފި

މިލާން (ފެބްރުއަރީ 14) – ފަހު ވަގުތު ކްރިސްޓިއާނޯ ރޮނާލްޑޯ ޕެނަލްޓީއަކުން ވައްދާލި ގޯލުން ޔުވެންޓަސް އިން އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ އޭސީ މިލާނާ 1-1 އިން އެއްވަރުކޮށްފި އެވެ.

10 ފެބުރުއަރީ

February 10, 2020 6
ފަހަތުން އަރައި މިލާން ބަލިކޮށް އިންޓަ އެއް ވަނަ އަށް

މިލާން (ފެބްރުއަރީ 10) – ވާދަވެރި އޭސީ މިލާން 2-0 އިން ކުރީގައި އޮއްވާ ފަހަތުން އަރައި 4-2 އިން އެ ޓީމު ބަލިކޮށް އިންޓަ މިލާނުން އިޓާލިއަން ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.

03 ފެބުރުއަރީ

February 03, 2020 2
ތިން ވަނަ ޖީލުގެ މަލްޑިނީ ކުޅެން ނުކުމެއްޖެ

މިލާން (ފެބްރުއަރީ 3) – އޭސީ މިލާނުގެ ކުރީގެ ކެޕްޓަން ޕައޮލޯ މަލްޑިނީގެ ދަރިފުޅު އުމުރުން 18 ޑެނިއަލް މަލްޑިނީ، އެ ޓީމަށް ފުރަތަމަ ފަހަރަށް ރޭ ކުޅެ އޭނާގެ ބައްޕަ އާއި ކާފަ ސެޒާ މަލްޑިނީގެ ލެގަސީ ދިރުވައިފި އެވެ.

29 ޖެނުއަރީ

January 29, 2020
ކޯބީގެ ހަނދާން އާކުރި މެޗުން މޮޅުވެ މިލާން ސެމީ އަށް

މިލާން (ޖެނުއަރީ 29) – ހެލިކަޕްޓަރެއް ވެއްޓި ހޯމަ ދުވަހު މަރުވި އެމެރިކާގެ ބާސްކެޓްބޯޅަ ކުޅުންތެރިޔާ ކޯބީ ބްރަޔަންޓްގެ ހަނދާންތައް އާކުރި މެޗުން، ޓޮރިނޯ 4-2 އިން ބަލިކޮށް އޭސީ މިލާނުން އިޓާލިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

07 ޖެނުއަރީ

January 07, 2020
ރޮނާލްޑޯ އަށް ހެޓްރިކެއް، އިންޓަ ލީގުގެ ކުރީގައި

ޓިއުރިން (ޖެނުއަރީ 7) – ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކުން ކަލިއާރީ އަތުން 4-0 އިން މޮޅުވެ ޔުވެންޓަސް އިޓާލިއަން ލީގުގެ ތާވަލުގެ އެއް ވަނަ އަށް އިއްޔެ ހަވީރު އެރި ނަމަވެސް ރޮމެލޫ ލުކާކޫގެ ދެ ލަނޑާ އެކު ނަޕޯލީ 3-1 އިން ބަލިކޮށް އިންޓަ މިލާން ރޭ އަލުން އެއް ވަނަ އަށް އަރައިފި އެވެ.

21 ނޮވެމްބަރ

November 21, 2019 3
އިބްރަހިމޮވިޗް އެނބުރި މިލާނަށް؟

މިލާން (ނޮވެމްބަރު 21) – އޭސީ މިލާނުން ސްވިޑަން ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް އަލުން ގެނައުމަށް އޭނާގެ އޭޖެންޓާ އެކު މަޝްވަރާތައް ފަށައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

10 އޮކްޓޯބަރ

October 10, 2019
މިލާނުގެ އާ ކޯޗަކަށް ޕިއޮލީ ހަމަޖައްސައިފި

މިލާން (އޮކްޓޯބަރު 10) – މާކޯ ޖިއަމްޕައޮލޯ ވަކިކޮށް އޭސީ މިލާނުން އެ ޓީމުގެ އާ ކޯޗަކަށް ސްޓެފާނޯ ޕިއޮލީ ހަމަޖައްސައިފި އެވެ.

09 އޮކްޓޯބަރ

October 09, 2019
މިލާނުގެ ކޯޗުކަމުން ޖިއަމްޕައޮލޯ ވަކިކޮށްފި

މިލާން (އޮކްޓޯބަރު 9) – ސީޒަނުގެ ފުރަތަމަ ހަތް މެޗުގައި ނަތީޖާތައް ދަށްވުމުން އޭސީ މިލާނުން އެ ޓީމުގެ ކޯޗު މާކޯ ޖިއަމްޕައޮލޯ މަގާމުން ވަކިކޮށްފި އެވެ.

27 ސެޕްޓެމްބަރ

September 27, 2019 3
ވާދަވެރި ދެ ކްލަބް ގުޅިގެން ބިލިއަން ޑޮލަރުގެ ސްޓޭޑިއަމެއް

މިލާން (ސެޕްޓެމްބަރު 27) – ސެން ސީރޯގެ ބަދަލުގައި އޭސީ މިލާނާއި އިންޓަ މިލާނުން 1.34 ބިލިއަން ޑޮލަރުގެ އާ ސްޓޭޑިއަމް ޕްރޮޖެކްޓެއް އިއްޔެ އިއުލާންކޮށްފި އެވެ.

20 ޖޫން

June 20, 2019 1
މިލާނުގެ ކޯޗަކަށް މަލްޑިނީގެ ހޮވުމަކީ ޖިއަމްޕައޮލޯ

މިލާން (ޖޫން 20) – އިޓަލީގެ އޭސީ މިލާނުގެ އާ ކޯޗަކަށް ސަމްޕްޑޯރިއާގެ ކުރީގެ ކޯޗު ސްވިޒަލެންޑުގެ މާކޯ ޖިއަމްޕައޮލޯ ހަމަޖައްސައިފި އެވެ.

14 ޖޫން

June 14, 2019
ފީފާ ދޫކޮށް ބޮބާން އެނބުރި މިލާނަށް

ފީފާގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ކްރޮއޭޝިއާގެ ވޮނިމިރް ބޮބާން އެ އިދާރާ ދޫކޮށް އޭނާ ކުރިން ކުޅުނު އިޓަލީގެ އޭސީ މިލާނުގެ ޗީފް ފުޓްބޯލް އޮފިސަރުގެ މަގާމާ ހަވާލުވަން ނިންމައިފި އެވެ.

20 މެއި

May 20, 2019 1
އެޓަލާންޓާ ޗެމްޕިއަންސް ލީގާ ގާތަށް

ނޭޕްލްސް (މެއި 20) – އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސްއާ 1-1 އިން އެއްވަރުވި ނަމަވެސް އެޓަލާންޓާ އިން ޗެމްޕިއަންސް ލީގުގެ ފުރުސަތު ބޮޑުކުރިއިރު ނަޕޯލީ އަތުން 4-1 އިން ބަލިވެ އިންޓަ މިލާނަށް ފަހު މެޗަށް އިންތިޒާރުކުރަން ޖެހިއްޖެ އެވެ.

07 އެޕްރީލް

April 07, 2019 1
ޔުވެންޓަސް ލީގާ ތިން ޕޮއިންޓް ގާތަށް

ޓިއުރިން (އޭޕްރިލް 7) – ފަހަތުން އަރައި 2-1 އިން އޭސީ މިލާން ބަލިކޮށް ޔުވެންޓަސް އިން އިޓާލިއަން ލީގު ޖެހިޖެހިގެން އަށް ވަނަ ފަހަރަށް ކާމިޔާބުކުރުމާ ތިން ޕޮއިންޓް ގާތަށް ޖެހިލައިފި އެވެ.

28 މާޗް

March 28, 2019 6
ސެންސީރޯ ދޫކޮށްލައި މިލާނާއި އިންޓަ އާ ސްޓޭޑިއަމަކަށް

މިލާން (މާޗް 28) – އޭސީ މިލާނާއި އިންޓަ މިލާނުން މިހާރު ބޭނުންކުރާ ސެންސީރޯ ސްޓޭޑިއަމް މަރާމާތުކުރުމުގެ ހިޔާލު ދޫކޮށްލައި، ދެ ކްލަބް ގުޅިގެން ބޭނުންކުރަން އާ ސްޓޭޑިއަމެއް އެޅުމަށް އެއްބަސްވެއްޖެ އެވެ.

18 މާޗް

March 18, 2019 4
ޔުވެންޓަސް ބަލިވިއިރު، މިލާނުގެ މައްޗަށް އިންޓަ ކުރި ހޯދައިފި

މިލާން (މާޗް 18) – ކްރިސްޓިއާނޯ ރޮނާލްޑޯ ނެތި ކުޅުނު ޔުވެންޓަސް އިއްޔެ ޖެނޯއާ އަތުން 2-0 އިން ބަލިވެ މި ސީޒަނުގެ އިޓާލިއަން ލީގުގައި ފުރަތަމަ ފަހަރަށް މެޗަކުން ބަލިވިއިރު ވާދަވެރި އޭސީ މިލާން 3-2 އިން ބަލިކޮށް އިންޓަ މިލާނުން ތާވަލުގެ ތިން ވަނަ އަށް އަލުން އަރައިފި އެވެ.

03 މާޗް

March 03, 2019 1
އިންޓަ ފަހަތަށް ޖައްސާލައި މިލާން ތިން ވަނަ އަށް

މިލާން (ފެބްރުއަރީ 3) – ސަސުއޮލޯ އަތުން އުނދަގުލުން 1-0 އިން ހޯދި މޮޅާ އެކު، ވާދަވެރި އިންޓަ މިލާން ފަހަތަށް ޖައްސާލައި އޭސީ މިލާނުން އިޓާލިއަން ލީގުގެ ތިން ވަނަ އަށް އަރައިފި އެވެ.

23 ފެބުރުއަރީ

February 23, 2019
ޕިއޮންޓެކްގެ ގޯލުން މިލާން މަގާމް ވަރުގަދަކޮށްފި

މިލާން (ފެބްރުއަރީ 23) – ކްރިޒްޓޮފް ޕިއޮންޓެކް ހަ މެޗުން ޖެހި ހަތް ވަނަ ގޯލާ އެކު އެމްޕޮލީ އަތުން 3-0 އިން މޮޅުވެ އޭސީ މިލާނުން އިޓާލިއަން ލީގުގެ ހަތަރު ވަނައިގައި މަގާމް ވަރުގަދަކޮށްފި އެވެ.

30 ޖެނުއަރީ

January 30, 2019 3
ޕިއޮންޓެކްގެ ދެ ގޯލުން މިލާން ސެމީ އަށް

މިލާން (ޖެނުއަރީ 30) – ނަޕޯލީ 2-0 އިން ބަލިކޮށް އޭސީ މިލާނުން އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ރޭ ހޯދައިފި އެވެ.

22 ޖެނުއަރީ

January 22, 2019 3
ރޮނާލްޑޯ އަތުން ޕެނަލްޓީ ބޭކާރު، އެކަމަކު ޔުވެންޓަސް މޮޅުވެއްޖެ

ޓިއުރިން (ޖެނުއަރީ 22) – ކްރިސްޓިއާނޯ ރޮނާލްޑޯ އަތުން ޕެނަލްޓީއެއް ބޭކާރުވި ނަމަވެސް، ތާވަލުގެ ފުލުގައި އޮތް ކިއެވޯ އަތުން 3-0 އިން މޮޅުވެ ޔުވެންޓަސް އިން އިޓާލިއަން ލީގުގެ ކުރީގައި ނުވަ ޕޮއިންޓުގެ ލީޑު އަނެއްކާ ވެސް ނަގައިފި އެވެ.

13 ޖެނުއަރީ

January 13, 2019 2
ހިގުއައިން މިލާން ދޫކޮށްލަން ނިންމައިފި

ޖެނޯއާ (ޖެނުއަރީ 13) – ޗެލްސީން ހޯދަން މަސައްކަތްކުރަމުން އަންނަ އާޖެންޓީނާ ފޯވާޑް ގޮންޒާލޯ ހިގައިން، އޭސީ މިލާން ދޫކޮށްލަން ނިންމައިފިކަން އެ ޓީމުގެ ކޯޗު ޖެނާރޯ ގަޓޫސޯ...

January 13, 2019
ޔުވެންޓަސް އާއި މިލާން ކުއާޓާ ފައިނަލަށް

ޖެނޯއާ (ޖެނުއަރީ 13) – ބޮލޯނިއާ 2-0 އިން ބަލިކޮށް ޔުވެންޓަސް އިން އަދި ހަމަ އެ ނަތީޖާ އިން ޖެނޯއާ ބަލިކޮށް އޭސީ މިލާނުން އިޓާލިއަން ކަޕުގެ ކުއާޓާ ފައިނަލުން ރޭ ޖާގަ ހޯދައިފި އެވެ.