29 ނޮވެމްބަރ

November 29, 2020 10
ދަގަނޑޭ އޭއެފްސީ ބްރެކެޓް ޗެލެންޖް ކާމިޔާބުކޮށްފި

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)، މިހާރު ކުރިއަށްދާ އޭއެފްސީ ކަޕުގެ މޮޅު ގޯލު ހޮވުމުގެ ބްރެކެޓް ޗެލެންޖް ސަޕޯޓަރުންގެ ވަރުގަދަ ކެމްޕެއިންތަކާ އެކު ކާމިޔާބު ކޮށްފި އެވެ.

25 ނޮވެމްބަރ

November 25, 2020 8
ފައިނަލުގައި ދަގަނޑޭ އަށް ވޯޓުލުން ފޯރީގައި ކުރިއަށް

މިހާރު ކުރިއަށްދާ އޭއެފްސީ ކަޕުގެ މޮޅު ގޯލު ހޮވުމުގެ ބްރެކެޓް ޗެލެންޖްގެ ފައިނަލުގެ ވޯޓުލުން މިއަދު ފެށުމާ އެކު ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) މޮޅުކޮށްދޭން އޭނާގަ ސަޕޯޓަރުން ފޯރީގައި މަސައްކަތް ފަށައިފި އެވެ.

22 ނޮވެމްބަރ

November 22, 2020 10
ދަގަނޑޭ ފައިނަލަށް، ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!

މިހާރު ކުރިއަށްދާ އޭއެފްސީ ކަޕުގެ މޮޅު ގޯލު ހޮވުމުގެ ބްރެކެޓް ޗެލެންޖްގެ ފައިނަލުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ފުރުސަތު ހޯދައިފި އެވެ.

19 ނޮވެމްބަރ

November 19, 2020 4
ސެމީ ފައިނަލްގެ ވޯޓުލުން ފަށައިފި، ދަގަނޑޭ ކުރީގައި

ސަޕޯޓަރުންގެ މެދުގައި ފޯރިގަދަކޮށް މިހާރު ކުރިއަށްދާ އޭއެފްސީ ކަޕުގެ މޮޅު ގޯލު ހޮވުމުގެ ބްރެކެޓް ޗެލެންޖްގެ ސެމީ ފައިނަލުގައި ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) އާއި ވިއެޓްނާމްގެ ހަނޯއީގެ ގުޔެން ހުއާންގެ ކުރިމަތިލުމުގެ ވޯޓުލުން ފެށިއްޖެ އެވެ.

29 އޮކްޓޯބަރ

October 29, 2020 7
މާލީ ގެއްލުމުގެ ބަދަލު އޭއެފްސީން ނުދިން!

ކޮވިޑް-19 ގެ ސަބަބުން މި އަހަރުގެ އޭއެފްސީ ކަޕް ކެންސަލް ކުރުމުން، ލިބުނު މާލީ ގެއްލުމުގެ ބަދަލު ހޯދަން ޓީމުތަކުން އޭއެފްސީގައި އެދުނު އެދުން ފުރިހަމަކޮށްދެވެން ނެތް ކަމަށް އެ އިދާރާ އިން ބުނެފި އެވެ.

10 އޮކްޓޯބަރ

October 10, 2020 1
ފިފްޕްރޯ އިން އޭއެފްސީ އަށް ފާޑުކިޔައިފި

ކޮވިޑް-19ގެ ދަތިކަމުގެ ތެރޭގައި އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީން އޭޝިއާގެ އެކި ގައުމުތަކުގައި ހާލު ޖެހިފައި ތިބި ފުޓްބޯޅަ ކުޅުންތެރިންނާ މެދު މާ ބޮޑު އަޅާލުމެއް ނުބާއްވާ ކަމަށް ބުނެ، ކުޅުންތެރިންގެ ހައްގުތައް ހިމާޔަތްކޮށްދޭ ޖަމިއްޔާއެއް ކަމަށްވާ ފިފްޕްރޯ އިން އޭއެފްސީ އަށް ފާޑުކިޔައިފި އެވެ.

13 ސެޕްޓެމްބަރ

September 13, 2020 14
މާޒިޔާއަށް ދެ މިލިއަން ރުފިޔާއަށް ވުރެ ބޮޑު ގެއްލުމެއް

ކޮވިޑް-19 ގެ ސަބަބުން މި އަހަރުގެ އޭއެފްސީ ކަޕް ކެންސަލް ކުރުމުން، މުބާރާތަށް ތައްޔާރުވި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އަށް ދެ މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ގެއްލުމަކާ ކުުރިމަތިލާން ޖެހިފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.

30 އޯގަސްޓް

August 30, 2020 4
އޭއެފްސީ ކަޕް ކެންސަލްކޮށްފާނެ ކަމަށް ބެލެވޭ: ބައްސާމް

ކޮވިޑް-19 ގެ ސަބަބުން އޭއެފްސީ ކަޕްގެ މެޗުތައް ބައެއް ސަރަހައްދުތަކުގައި ކުރިއަށްގެންދެވޭނެ ގޮތެއް ފެންނަން ނެތުމާ އެކު މުބާރާތް ކެންސަލްކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

27 އޯގަސްޓް

August 27, 2020 3
މާޒިޔާ އާއި ޓީސީ އަށް ޕްރެކްޓިސް ފަށަން ހުއްދަ ދީފި

ގައުމީ ފުޓްބޯޅަ ޓީމާއި އޭއެފްސީ ކަޕްގައި ކުޅޭ މާޒިޔާ އަދި ޓީސީ ސްޕޯޓްސް ކްލަބް ފަރިތަކުރުންތައް ފެށުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަދީފި އެވެ.

21 އޯގަސްޓް

August 21, 2020 4
ބަޝުންދުރާ އިން އޭއެފްސީ ކަޕަށް ޕްރެކްޓިސް ފަށަނީ

އަންނަ އޮކްޓޫބަރު މަހު މާލޭގައި ބާއްވާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕުގެ މެޗުތަކަށް ތައްޔާރުވާން ރާއްޖޭގެ މާޒިޔާ އާއި ޓީސީ އިން ޕްރެކްޓިސް ފެށޭނެ ދުވަހެއްގެ އިންތިޒާރުގައި ތިއްބައި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އިން ޕްރެކްޓިސް ފަށަން ތައްރުވެއްޖެ އެވެ.

18 ޖޫން

June 18, 2020 7
އެންމެ މަގުބޫލު ސޯލޯ ގޯލަކީ ދަގަނޑޭގެ ލަނޑު!

އޭއެފްސީ ކަޕުގައި ޖަހާފައިވާ ސޯލޯ ގޯލްތަކުގެ ތެރެއިން އެންމެ މަގުބޫލު ގޯލަކަށް ރާއްޖޭގެ އަލީ އަޝްފާގް (ދަގަނޑޭ) 2013 ވަނަ އަހަރުގެ މުބާރާތުގައި ޖެހި ގޯލެއް ހޮވިއްޖެ އެވެ.

08 ޖޫން

June 08, 2020 3
ރާއްޖޭގެ ޓީމުތަކަށް ބެންގަލޫރު ކޯޗު ތައުރީފުކޮށްފި

މިދިޔަ އަހަރުތަަކުގައި ފެނުނު މެޗުތަކަށް ބަލާއިރު ރާއްޖޭގެ ފުޓްބޯޅަ ޓީމުތަކުގެ ކުޅުމުގެ ފެންވަރު ރަނގަޅުވަމުން އަންނަ ކަމަށް އިންޑިއާގެ ބެންގަލޫރުގެ ކޯޗު ސްޕެއިނުގެ ކާލެސް ކުއަޑްރާޓް ބުނެފި އެވެ.

06 ޖޫން

June 06, 2020 1
އޭއެފްސީ ކަޕްގެ މެޗުތައް އެއް ދަނޑެއްގައި؟

ކޮވިޑް-19ގެ ސަބަބުން މެދުކަނޑާލާފައިވާ އޭއެފްސީ ކަޕްގެ މެޗުތައް އޮކްޓޫބަރުގައި އަލުން ފަށާއިރު، ރާއްޖޭގެ ދެ ކްލަބް ހިމެނޭ ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕްގެ މެޗުތައް އެއް ދަނޑެއްގައި ކުޅޭ ގޮތަށް މަޝްވަރާކޮށްފި އެވެ.

11 މާޗް

March 11, 2020 3
ފަހު ވަގުތު ޗެންނާއީން މާޒިޔާއާ އެއްވަރުކޮށްފި

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އިންޑިއާގެ އައި ލީގު ޗެމްޕިއަން ޗެންނާއީ ސިޓީ އެފްސީން ވަގުތު ވައްދާލި ގޯލާ ރާއްޖޭގެ ޗެމްޕިއަން މާޒިޔާއާ 2-2 އިން އެއްވަރުކޮށްފި އެވެ.

11 ފެބުރުއަރީ

February 11, 2020 4
ހުއްޓުވަންޖެހެނީ މާޒިޔާގެ އެޓޭކްތައް: އަބަހާނީ

އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރުގައި މާދަމާ ހަވީރު މާޒިޔާގެ އެޓޭކްތައް ހުއްޓުވުމުގައި ކާމިޔާބު ލިބިއްޖެނަމަ އަބަހާނީ ޑާކާ އަށް މުބާރާތުގެ ޕްލޭއޮފް ބުރަށް ދަތުރުކުރެވުމުގެ...

February 11, 2020 10
"މާޒިޔާ އަށް ރާއްޖޭގެ ސަޕޯޓަރުންގެ އެހީ މުހިއްމު"

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ލެގުގައި މާދަމާ ހަވީރު ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް މާޒިޔާ މާލޭގައި ކުޅޭއިރު ދިވެހި ފުޓްބޯޅަ ސަޕޯޓަރުންގެ އެހީބޭނުންވާ...

17 ނޮވެމްބަރ

November 17, 2019 2
ރާއްޖޭގެ ހަތް ކްލަބަކަށް އޭއެފްސީ ކްލަބް ލައިސަންސް

އޭއެފްސީން ބަލާ މިންގަނޑުތަކަށް ފައްތައި ރާއްޖޭގެ ހަތް ކްލަބަކަށް އަންނަ އަހަރު އޭއެފްސީ ކަޕްގައި ވާދަކުރުމަށް ބޭނުންވާ ކްލަބް ލައިސަންސް ލިބިފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް) އިން ބުނެފި އެވެ.

27 ޖޫން

June 27, 2019 9
ބަންގްލަދޭޝްގެ އަބަހާނީ އޭއެފްސީ ކަޕް ސެމީ އަށް

އިތުރު ވަގުތުގައި އަފްގާނިސްތާނުގެ މަސީހު ސައިގާނީ ވައްދާލި ގޯލުން އިންޑިއާގެ މިނެރްވާ ޕަންޖާބް 1-0 އިން ބަލިކޮށް އޭއެފްސީ ކަޕްގެ އިންޓަ ޒޯން ޕްލޭއޮފް ސެމީ ފައިނަލުގެ ޖާގަ ބަންގްލަދޭޝްގެ ޑާކާ އަބަހާނީން ހޯދައިފި އެވެ.

20 މެއި

May 20, 2019 1
އޭއެފްސީ ކަޕުގެ ސީދާ ޖާގަ ކްލަބް ލައިސަންސްއާ ގުޅިފައި

ރާއްޖެ އަށް ލިބެމުން އައި އޭއެފްސީ ކަޕްގެ ސީދާ ޖާގަ ދިފާއުކުރާނަމަ މި އަހަރު ހުރިހާ ކްލަބްތަކުން ވެސް އޭއެފްސީގެ ކްލަބް ލައިސަންސިން ކަންތައްތައް ފުރިހަމަކުރަންޖެހޭ ކަމަށް އެފްއޭއެމްގެ ކްލަބް ލައިސަންސިން މެނޭޖަރު އަބްދުﷲ ޝިބާއު (ޝިބާ) ބުނެފި އެވެ.

18 އެޕްރީލް

April 18, 2019 19
ޝެއިޚް އަހުމަދަށް މާޔަންގެ ބޮޑެތި ތުހުމަތުތަކެއް!

އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ އިންތިހާބަށް އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ރައީސް ކުވޭތުގެ އަހުމަދު އަލް-ސަބާހް ނުފޫޒު ފޯރުވިކަމުގެ ތުހުމަތުކުރައްވައި، އެ އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ރާއްޖޭގެ މަރިޔަމް މުހައްމަދު (މާޔަން) ފީފާ އަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.

03 އެޕްރީލް

April 03, 2019 6
ކްލަބްތައް ހަރުދަނާކުރަން އެފްއޭއެމްގެ ދައުރު ބޮޑުކުރަނީ

އޭއެފްސީގެ ކްލަބް ލައިސަންސް ނުލިބުމުން މި އަހަރު ރާއްޖޭގެ އެއްވެސް ކްލަބަކަށް އޭއެފްސީ ކަޕުން ފުރުސަތެއް ނުލިބުނެވެ. އެކަމުގެ ޒިންމާ ބައެއް ކްލަބްތަކުން އެފްއޭއެމްގެ ބޮލުގައި އެޅުވިއިރު، އަނެއްކޮޅުން އެފްއޭއެމުން ބުނީ ކްލަބްތަކުގެ އިހުމާލު އެބައޮތް ކަމަށެވެ. ރާއްޖޭގެ ކްލަބްތަކަށް މިދިމާވި މައްސަލަތަކުން އަރައިގަންނަން...