17 ނޮވެމްބަރ

November 17, 2019 11
ރިޕޯޓް އާއްމުވި މައްސަލަގައިގައި ޝުމްބާއާ ސުވާލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ ތަހުގީގުކޮށް، ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓް އާއްމުވި މައްސަލަ އެ ކޮމިޝަނުން ބަލަން ފަށައިފި އެވެ.

07 ޖުލައި

July 07, 2019 15
ޝުމްބާ ރާއްޖެ ގެނައި މައްސަލަ ތަހުގީގުކޮށްދޭން އެދިއްޖެ

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ) ސްރީލަންކާގައި ހުއްޓައި ހައްޔަރުކޮށްގެން ރާއްޖެ އަށް ގެނައި މައްސަލަ ތަހުގީގުކޮށް، ކުރީ ސަރުކާރުގެ ބައެއް އިސްވެރިންގެ މައްޗަށް ދައުވާކޮށްދޭން އޭނާ އެދިއްޖެ އެވެ.

01 ޖުލައި

July 01, 2019 22
ރަހީނުކުރި މައްސަލާގައި ދައުވާކުރާނަން: ޝުމްބާ

ސްރީ ލަންކާގައި ދިރިއުޅެނިކޮށް އެ ގައުމުގެ ގާނޫނާ ޚިލާފަށް ކުރީގެ ސަރުކާރުން އޭނާ ރަހީނުކޮށްގެން ރާއްޖެ ގެނެސް، ގޭ ބަންދުކުރި މައްސަލައިގައި އިހުމާލުވީ ފަރާތްތަކަށް ދައުވާކުރާނެ ކަމަށް ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ) ރޭ ބުނެފި އެވެ.

24 ޑިސެމްބަރ

December 24, 2018 13
ޝުމްބާ ގޭ ބަންދުން ދޫކޮށްލައިފި

ގޭ ބަންދުގައި ހުރި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) މިއަދު ބަންދުން ދޫކޮށްލައިފިި އެވެ.

01 މާޗް

March 01, 2017 15
ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި

ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒަށް ބިރު ދެއްކި ކަމަށް ބުނެ ހައްޔަރުކޮށްފައިވާ، ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) މިއަދު ގޭބަންދަށް ބަދަލުކޮށްފި އެވެ. އެނގިފައިވާ ގޮތުގައި ޝުމްބާ ގޭބަންދަށް ބަދަލުކުރީ، އެ މައްސަލަ ބައްލަވާ ގާޒީގެ އެންގެވުމަކަށެވެ.

27 ފެބުރުއަރީ

February 27, 2017 9
ޝުމްބާގެ ޝަރީއަތް ތާވަލް ކުރުމަށް ފަހު ކެންސަލްކޮށްފި

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) ގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ނުބާއްވާތާ އަހަރެއްހާ ދުވަސް ފަހުން، އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވަން ތާވަލް ކުރުމަށް ފަހު ކެންސަލްކޮށްފި އެވެ.

08 ފެބުރުއަރީ

February 08, 2017 35
ޝުމްބާ މަންމަގެ އާދޭސް: ބަދަލު ނުހިފައި ދޫކޮށްލާ!

ޝޯޝަލް މީޑިއާ އެކްޓިވިސްޓު، އަހުމަދު އަޝްރަފް (ޝުމްބާ ގޮންގު) ސްރީ ލަންކާ އިން ހައްޔަރުކުރީ މީހަކަށް ބިރު ދެއްކި ކަމުގެ ތުހުމަތުގަ އެވެ. އެ ތުހުމަތާ އެކު ޝަރީއަތް ނިމެންދެން، އޭނާ މާފުށީ ޖަލުގައި ބަހައްޓާފައި ހުންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

03 ޖެނުއަރީ

January 03, 2017 13
ޝުމްބާއާ ދޭތެރޭ އަމަލުކުރަނީ ބޭއިންސާފުން: އާއިލާ

މީގެ އަހަރެއްހާ ދުވަސް ކުރިން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހްމަދު އަޝްރަފް (ޝުމްބާ ގޮންގު) ގެ ޝަރީއަތް ކުރިއަށް ނުގެންގޮސް، އޭނާއާ ދޭތެރޭ ބޭއިންސާފުން އަމަލުކުރަމުން ދާ ކަމަށް ބުނެ އާއިލާ އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.