19 ޖެނުއަރީ

January 19, 2020
ޕްރަދީޕްގެ ހުށަހެޅުން ދީޕިކާ ދޫކޮށްލައިފި

މީގެ އަހަރެއްހާ ދުވަސް ކުރިން ބަތަލާ ދީޕިކާ ޕަދްކޯނަށް ހުށަހަޅައި އޭނާ އެއްބަސްވާނެކަމުގެ ފެހި ސިގްނަލް ވެސް ދީފައިވާ، ޑައިރެކްޓަރު ޕްރަދީޕް ސަރްކާރުގެ ފިލްމު އެންމެ ފަހުން ދޫކޮށްލައިފި އެވެ.

06 ޖެނުއަރީ

January 06, 2020 3
ކައިވެނީގެ ފުރުސަތު އަދިވެސް އެބައޮތް: ސަލްމާން

އިންޑިއާގެ މަޝްހޫރު ތަރި ސަލްމާން ޚާންގެ ކައިވެންޏާ ގުޅޭ ގޮތުން އަބަދުވެސް އެތައް ބަޔަކު ސުވާލު ކުރެ އެވެ. އަދި ބޮލީވުޑްގައި އެންމެ ގިނަ ބަޔަކު ޝައުގުވެރިވާ އެއް ވާހަކަ އަކީ ވެސް އެއީ އެވެ. ސުވާލު އުފައްދަނީ ވެސް އެކަމާ އެވެ.

03 ޖެނުއަރީ

January 03, 2020
އައިޝްވާރިޔާގެ "ޕޮނިޔިން ސެލްވަން" އިއުލާންކޮށްފި

އައިޝްވާރިޔާ، ބަތަލާގެ ރޯލް ކުޅޭތާ ރީޚީ ބޮޑު ފިލްމު "ޕޮނިޔިން ސެލްވަން" ރަސްމީކޮށް އިއުލާންކޮށް، ފިލްމުގެ ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.

18 ޑިސެމްބަރ

December 18, 2019
"ބަންޓީ އޯރް ބަބްލީ 2" އިއުލާންކޮށްފި

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން މީގެ 14 އަހަރު ކުރިން ގެނެސްދިން ކާމިޔާބު ރޮމޭންޓިކް ކޮމެޑީ "ބަންޓީ އޯރް ބަބްލީ" ގެ ދެވަނަ ބައި ގެނެސްދޭން އުޅޭ ވާހަކަ މީޑިއާތަކުގައި ދެކެވޭތާ އެތައް ދުވަހެއް ފަހުން އެ ފިލްމު ރަސްމީކޮށް އިއުލާންކޮށްފި އެވެ.

30 އޮކްޓޯބަރ

October 30, 2019 2
"އޭ ދިލް ހޭ މުޝްކިލް" އަކީ އެންމެ ލޯބި މަސައްކަތް

މިހާތަނަށް ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނު ފިލްމަކީ މީގެ ތިން އަހަރު ކުރުން ރިލީޒްކުރި "އޭ ދިލް ހޭ މުޝްކިލް" ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު ކަރަން ޖޯހަރު ބުނެފި އެވެ.

27 އޮކްޓޯބަރ

October 27, 2019
"ދޫމް 4" އަށް އަކްޝޭ ކުމާރު؟

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ކާމިޔާބު ފްރެންޗައިޒް "ދޫމް 4" އާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަތައް ދެކެވިއްޖެ އެވެ. އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކައަކީ މި ފިލްމުން ސަލްމާން ޚާން ނުވަތަ ޝާހްރުކް ޚާން ފެނިދާނެ ކަމަށް ބުނާ ވާހަކަތަކެވެ.

17 އޮކްޓޯބަރ

October 17, 2019
ފިލްމަކަށް ސޮއިކުރިކަން އައިޝްވާރިޔާ ކަށަވަރުކޮށް ދީފި

ޑައިރެކްޓަރު މަނީ ރަތުނަމްގެ އާ ފިލްމަށް ސޮއިކުރިކަން ބަތަލާ އައިޝްވާރިޔާ ރާއީ ކަށަވަރުކޮށް ދީފި އެވެ.

16 އޮކްޓޯބަރ

October 16, 2019 3
ބޮލީވުޑްގެ ކާމިޔާބު ކައިވެނިތައް

ފިލްމީ ތަރިންނަށް ކާމިޔާބު ކައިވެނީގެ ހަޔާތެއް ބިނާކުރުމަކީ ގޮންޖެހުން ބޮޑު ކަމެކެވެ. ހާއްސަކޮށް އެކްޓަރުންނަށް ޕްރޮފެޝަނަލް ކެރިއަރާ އެކު ޒާތީ ދިރިއުޅުން ބެލެންސްކުރަން އެހާ ފަސޭހައެއް ނޫނެވެ. މިކަހަލަ މައްސަލަތަކުގައި ރޫޅުނު ކައިވެނިތައް އެހާރާއި މިހާރު ވެސް މަދެއް ނޫނެވެ.

14 އޮކްޓޯބަރ

October 14, 2019
"ބަންޓީ އޯރް ބަބްލީ 2.0" އަށް މަދަވަން

ރާނީ މުކަރްޖީ އާއި އަބީޝެކް ބައްޗަން ލީޑް ރޯލް ކުޅުނު ފިލްމު "ބަންޓީ އޯރް ބަބްލީ" ގެ ދެ ވަނަ ބައިން ސައިފް އަލީ ޚާނަށް ދިން ރޯލް އޭނާ ދޫކޮށްލާފައިވާތީ އެ ރޯލަށް އާރް މަދަވަން ހަމަޖައްސާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

03 އޮކްޓޯބަރ

October 03, 2019
އެންޖެލީނާ ޖޮލީގެ އަޑަށް އައިޝްވާރިޔާ ރާއީ

ހޮލީވުޑްގެ ބޮޑެތި ފިލްމުތައް އިންޑިއާގައި ރިލީޒްކުރާ އިރު، ބޮލީވުޑްގެ މަޝްހޫރު ތަރިން ލައްވައި ހިންދީ ބަހުން އަޑުއަޅުވައިގެން ރިލީޒްކުރުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ. ދާދި ފަހުން ޑިޒްނީން ގެނެސްދިން "ލަޔަން ކިންގް" ގެ މައި އެއް ކެރެކްޓާ އަށް ހިންދީ ބަހުން އަޑުއަޅައި ދިނީ ޝާހްރުކް ޚާނެވެ.

27 ސެޕްޓެމްބަރ

September 27, 2019
އައިޝްވާރިއާ އަށް ޑަބަލް ރޯލެއް

ޑައިރެކްޓަރު މަނީ ރަތުނަމްގެ ފިލްމަކަށް އައިޝްވާރިޔާ ރާއީ ސޮއިކޮށްފައިވާ ކަމަށް ވާހަކަ ދެކެވޭތާ މިހާރު ދުވަސްކޮޅެއްވެއްޖެ އެވެ. އެކަމަކު އެ ފިލްމާ ބެހޭ އެއްވެސް ވާހަކައެއް އެ ދެ މީހުން މިހާތަނަށް ރަސްމީކޮށް ހިއްސާއެއް ނުކުރެ އެވެ.

24 ސެޕްޓެމްބަރ

September 24, 2019 1
ސައިފް ވައިއާރްއެފްގެ ފިލްމެއް ދޫކޮށްލައިފި

ސައިފް އަލީ ޚާނަށް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ލިބުނު 2004 ގެ ފިލްމު "ހަމް ތުމް" ގެނެސްދިން ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމަކަށް އެއްބަސްވުމަށް ފަހު، އެންމެ ފަހު ވަގުތު އޭނާ އެ ފިލްމު ދޫކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

22 އޯގަސްޓް

August 22, 2019 4
ޓީބީ އަށް ފަރުވާ ކުރިން: އަމީތާބް

ޓިއުބަކްލޮސިސް (ޓީބީ) ޖެހިފައިވާކަން ނޭނގި އަށް އަހަރު އުޅުނު ކަމަށާއި ބަލިޖެހިފައިވާކަން އެނގުނު ހިސާބުން ފެށިގެން ފަރުވާކޮށް، އެކަމުން މިހާރު ސަލާމަތްވެފައިވާ ކަމަށް ބޮލީވުޑްގެ ސުޕަސްޓާރު އަމީތާބް ބައްޗަން ބުނެފި އެވެ.

16 އޯގަސްޓް

August 16, 2019 3
އަޖޭގެ "ތާނަޖީ" ގެ ރޯލަކުން އައިޝްވާރިޔާ ފެންނާނެ

އައިޝްވާރިޔާ ރާއީ މިހާރު ސްކްރީނުން ނުފެންނާތީ ދެރަވެފައި ތިބި ފޭނުން ބައިވަރެވެ. އޭނާ އެންމެ ފަހުން ފެނުނު ފިލްމަކީ ކުޑަ ރޯލެއް ކުޅުނު، މިދިޔަ އަަހަރުގެ ފްލޮޕް ފިލްމު "ފަނޭ ހޭން" އެވެ. އޭގެ ފަހުން މިހާތަނަށް އޭނާ އެއްވެސް ފިލްމަކަށް ސޮއިކުރި ކަމުގެ އަޑެއް ނާރަ އެވެ.

19 ޖުލައި

July 19, 2019 5
އައިޝްވާރިޔާ އާ ވިޔަފާރިއެއް ފަށައިފި

މީގެ 10 ވަރަކަށް އަހަރު ކުރިން މަހާރަޝްތުރާ ސްޓޭޓްގައި ވައިން ހަކަތަ އުފެއްދުމުގެ މަޝްރޫއަކަށް އިންވެސްޓްކޮށްފައިވާ ބޮލީވުޑްގެ މަޝްހޫރު ބަތަލާ އައިޝްވާރިޔާ ރާއީ އަނެއްކާވެސް އާ ވިޔަފާރިއެއް ފަށައިފި އެވެ.

31 މެއި

May 31, 2019 1
މި ފަހަރު "ބަންޓީ އޯރް ބަބްލީ އެގެއިން"

ރާނީ މުކަރްޖީ އާއި އަބީޝެކް ބައްޗަން 2005 ގައި ކުޅުނު ކާމިޔާބު ފިލްމު "ބަންޓީ އޯރް ބަބްލީ" ގެ ދެވަނަ ބައި ހަދަން އުޅޭ ވާހަކަ މީޑިއާތަކުގައި ދައުރުވާތާ މިހާރު ދުވަސްތަކެއްވެއްޖެ އެވެ. އެ ފިލްމާ ބެހޭ އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން ޝާދު އަލީ ޑައިރެކްޓް ކުރި ފިލްމުގެ ދެވަނަ ބައިގެ ޝޫޓިން އަންނަ މަހު ފެށުމަށް މިހާރު އަންނަނީ...

22 މެއި

May 22, 2019 2
އައިޝްވާރިޔާއަށް ވިވެކް ނިސްބަތްކުރި ޓްވީޓް ޑިލީޓްކޮށްފި

އިންޑިއާގެ އާންމު އިންތިހާބު ނިމުމާ ދިމާކޮށް އެކްޓަރު ވިވެކް އޮބެރޯއީ ކުރީގެ ލޯބިވެރިޔާ އައިޝްވާރިޔާ ރާއީ އަށް ނިސްބަތްކޮށް ހޯމަ ދުވަހު ކުރި ޓްވީޓެއްގެ ސަބަބުން އޭނާ އެތައް ބައެއްގެ ފާޑު ކިޔުންތައް އަމާޒުވުމުން އެ ޓްވީޓް އަންގާރަ ދުވަހު ޑިލީޓްކޮށްލައިފި އެވެ.

19 މެއި

May 19, 2019 3
އަމީތާބު އިމްރާނާ އެކީ ފިލްމުކުޅެން އައިޝްވާރިޔާ ދެކޮޅު

ބޮލީވުޑްގެ ބަތަލާ އައިޝްވާރިޔާ ރާއީ މި ވަގުތު ހުރީ ބަފާބެ އަމީތާބް ބައްޗަން ދެކެ ހިތްހަމަނުޖެހިފައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

20 އެޕްރީލް

April 20, 2019 1
އައިޝްވާރިޔާގެ ދެމަފިރިން ނިޔަމަ ރިސޯޓްގައި

މީގެ ކުރިން ވެސް އެތައް ފަހަރަކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ އައިޝްވާރިޔާ ރާއީ އާއި އަބީޝެކް ބައްޗަން ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަ ދެ އެވެ.

28 މާޗް

March 28, 2019
އައިޝްވާރިޔާ ބަލިވެ އިން ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

މިހާރު ކުޅޭނެ އެއްވެސް ފިލްމެއް އަތުގައި ނެތް ބޮލީވުޑްގެ ބަތަލާ އައިޝްވާރިޔާ ރާއީ އިނީ ދެވަނަ ދަރިއަކަށް ބަލިވެ ކަމަށް ބުނެ ބައެެއް މީޑިއާތަކުން ފެތުރި ވާހަކަތައް ދޮގުކޮށްފި އެވެ.