02 ޖޫން

June 02, 2018
އައިޝްވާރިޔާގެ "ފޭން ހާން" ފަސްކޮށްފި

އަންނަ މަހުގެ 13 ގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް އައިޝްވާރިޔާ ރާއީ އާއި އަނިލް ކަޕޫރްގެ ފިލްމް "ފޭން ހާން" ފަސްކޮށްފި އެވެ.

21 މެއި

May 21, 2018 1
ޝާހްރުކްގެ "ސެލިއުޓް" ގައި އައިޝްވާރިޔާ ނޫނީ ދީޕިކާ

ސެޕްޓެމްބަރު މަހު ޝޫޓިން ފަށާ، ޝާހްރުކް ހާން ކުޅޭ ފުރަތަމަ ބައޮޕިކްގެ ބަތަލާގެ ރޯލުން ފެނުމުގެ ފުރުސަތު ބޮޑީ އައިޝަވާރިޔާ ރާއީ ނުވަތަ ދީޕިކާ ޕަދްކޯން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

09 މެއި

May 09, 2018 4
އައިޝްވާރިޔާ އަނެއްކާ ވެސް ޒުވާން އެކްޓަރަކާ އެކު

އައިޝްވާރިޔާ ރާއީ އަށް މި ފަހުން ކުޅެން ލިބޭ ކޮންމެ ފިލްމެއްގައިހެން އެކުގައި މަސައްކަތް ކުރަން ޖެހެނީ އޭނާ އަށް ވުރެ ހަގު އެކްޓަރުންނާ އެކުގަ އެވެ.

07 މެއި

May 07, 2018 6
ސޯނަމްގެ ކައިވެންޏަށް އައިޝްވަރިޔާއަށް ކާޑެއް ނުފޮނުވާ

ބަތަލާ ސޯނަމް ކަޕޫރްގެ ކައިވެނީގެ ހަފުލާ މާދަމާ މުމްބާއީގައި އޮންނާނެ އެވެ. މިއަދު ކުރިއަށް ދަނީ އެ ހަފުލާ އަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ރީނދޫ ހޭކުމާއި ހީނާފަތް އެޅުމުގެ ކަންތައްތަކެވެ. މުޅި ބޮލީވުޑް އެއްކޮށްހެން ސޯނަމްގެ ކައިވެނީގެ ހަފުލާގައި ބައިވެރި ވާނެ ކަމަށް ބެލެވެ އެވެ.

30 އެޕްރީލް

April 30, 2018 1
ކަންގަނާ ވެސް މި ފަހަރު ކާންސް އަށް

ފްރާންސްގައި ބާއްވާ ކާންސް ފިލްމް ފެސްޓިވަލްގައި ބައިވެރިވާ ބޮލީވުޑްގެ ތަރިން އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން އަންނަ އިރު، މި އަހަރު ބާއްވާ 71 ވަނަ ކާންސް ފިލްމް ފެސްޓިވަލްގައި ބަތަލާ ކަންގަނާ ރަނާވަތުގެ އަލަށް ބައިވެރިވާނެ އެވެ.

20 އެޕްރީލް

April 20, 2018 4
އަބިޝެކް މައިންބަފައިންނާ އެކު އުޅޭތީ މަލާމާތްކުރަނީ

އަބިޝެކް ބައްޗަންއަކީ އަބަދު ވެސް ވަރަށް ގިނަ ބައެއްގެ މަލާމާތް ރައްދުވާ މީހެކެވެ. ގިނަ ބަޔަކު އެންމެ ބޮޑަށް އޭނާއާ ދިމާކުރަނީ އަމީތާބް ބައްޗަންގެ ދަރިއަކަށް ވިޔަސް، އެކްޓް ކުރުމުގައި މާ ގާބިލު މީހަކަށް ނުވާތީ، ކުޅޭނެ ރަނގަޅު ފިލްމެއް ވެސް ނުލިބޭތީ އެވެ.

08 އެޕްރީލް

April 08, 2018
ރަޖްނީކާންތުގެ "2.0" އިން އައިޝްވާރިޔާ ފެންނާނެ

މިދިޔަ އަހަރުން ފެށިގެން ރިލީޒް ކުރާނެ އެކި ތާރީހުތައް އިއުލާން ކުރަމުން އަންނަ، ރަޖްނީކާންތުގެ ސައިސް ފިކްޝަން ފިލްމް "2.0" ގެ ރޯލަކުން މި ފަހަރު ވެސް އައިޝްވާރިޔާ ރާއީ ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

04 އެޕްރީލް

April 04, 2018 2
އައިޝްވާރިޔާ އަށް ދެ ރިމެކިންއެއް

ޖުލައިގައި ރިލީޒްކުރާ ފިލްމް "ފޭން ހާން" އަށް ފަހު، އައިޝްވާރިޔާ ރާއީ ދެން ކުޅޭނެ ފިލްމެއް ރަސްމީކޮށް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު އޭނާ އަށް ގިނަ ހުށަހެޅުންތަކެއް ލިބެމުން އަންނަ އިރު، މީގެ ތެރޭގައި ކުރީގެ ވަރަށް ކާމިޔާބި ދެ ފިލްމެއްގެ ރިމެކިން ވެސް ހިމެނެ އެވެ.

20 މާޗް

March 20, 2018
ދީޕިކާއާ އެކު ފިލްމެއް ކުޅެން ވަރަށް ބޭނުން: ރާޖްކުމާރް

ފިލްމް ކުޅެން ފަށައިގަތް އިރު، އެކްޓަރު ރާޖްކުމާރް ރާއޯއަކީ ކުޅޭނެ މާ ރަނގަޅު ފިލްމްތަކެއް ލިބުނު އެކްޓަރެއް ނޫނެވެ. އަދި އޭނާއަކީ މަޝްހޫރު ބަތަލާއިންނާ އެކު ވެސް ފިލްމް ކުޅެން ފުރުސަތު ލިބުނު އެކްޓަރެއް ނޫނެވެ.

18 މާޗް

March 18, 2018 2
ކުޑަ ރޯލެއް ކުޅޭކަށް ޖެހިލުމެއް ނުވޭ: އައިޝްވާރިޔާ

ކަރަން ޖޯހަރު 2016 ގައި ގެނެސްދިން ކާމިޔާބު ފިލްމް "އޭ ދިލް ހޭ މުޝްކިލް" ގައި އައިޝްވާރިޔާ ރާއީ ކުޅުނު ރޯލް ކުޑަވެގެން އޭނާގެ ފޭނުންނަށް އޭރު މައްސަލައަކަށް ވި އެވެ. އެކަމަކު ކުރީގެ ރީތީގެ ރާނީ އަދި ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ބަތަލާއިންގެ ތެރޭގައި ހިމެނޭ އައިޝްވާރިޔާ ބުނަނީ ކުޅެން ޖެހޭ ރޯލްގެ ދިގު މިނަކީ އޭނާ މިހާރު އެހާ ބޮޑަށް...

16 މާޗް

March 16, 2018 1
އަމީތާބާއި ޖާޔާގެ މިލްކިއްޔާތުގައި 1،000 ކްރޯޑް

އަމީތާބް ބައްޗަން އާއި އޭނާގެ އާއިލާގެ ތަނަވަސްކަމުގެ ވާހަކަ ދެއްކުމަކުން އެއްގޮތަކަށް ވެސް ހައިރާން ވާނެ ކަމެއް ނެތެވެ. ހުސް ސެލެބްރިޓީން ތިބި މި އާއިލާ އަށް ވަންނަ އާމްދަނީއަކީ އާދައިގެ މީހަކަށް އަންދާޒާ ވެސް ކޮށްލަން ދަތިވާހާ ބޮޑު އަދަދަކަށް ވާނެ އެވެ.

03 މާޗް

March 03, 2018
"ފޭން ޚާން" ރިލީޒްކުރުން ފަސްކޮށްފި

އައިޝްވަރިޔާ ރާއީ އާއި އަނިލް ކަޕޫރު އަދި ރާޖްކުމާރު ރާއޯ ތަރިންގެ ގޮތުގައި ބައިވެރިވާ "ފޭން ޚާން" ރިލީޒްކުރުން ފަސްކޮށްފި އެވެ. ކުރިން ހަމަޖެހިފައި އޮތީ މިއަހަރުގެ ޖޫން 15 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށެވެ. ނަމަވެސް މިހާރު ހަމަޖެހިފައިވާ ގޮތުން ފިލްމު ރިލީޒްކުރާނީ ޖުލައި 13 ގަ އެވެ.

05 ފެބުރުއަރީ

February 05, 2018
އައިޝްވަރިޔާ އާއި އަބީޝެކްގެ ފިލްމު ލަސްވަނީ

ބޮލީވުޑްގެ އެންމެ މަގުބޫލު އެއް ޖޯޑު ކަމަށްވާ އައިޝްވަރިޔާ ރާއީ އާއި އަބީޝެކް ބައްޗަން އަށް އަހަރަށް ފަހު އެކުގައި ކުޅެން ހަމަޖެހުނު ފިލްމު ވެސް ފެށުން ލަސް ވެއްޖެ އެވެ. ބޮލީވުޑް ބައެއް ރިޕޯޓްތައް ބުނަނީ މި ފިލްމު އަލުން ފެށިދާނެ ކަމާ މެދު ވެސް މިހާރު ޝައްކު ކަމަށެވެ.

19 ޖެނުއަރީ

January 19, 2018 3
"ޖޭސްމީން" އަށް ބޭނުމީ އައިޝްވަރިޔާ: ޑައިރެކްޓަރު

އައިޝްވަރިޔާ ރާއީ އަށް ރަނގަޅު ފިލްމުތަކެއް އަންނަނީ ލިބެމުންނެވެ. ބޮލީވުޑް ފިލްމުތައް ލިޔާ ލިޔުންތެރިންކަމަށްވާ ސިދާރްތު އާއި ގަރީމާ ވެސް ބޭނުންވަނީ ސަރަގަސީއާ ބެހޭ ގޮތުން އެމީހުން ހަދާ ފިލްމު "ޖޭސްމީން"ގެ ބަތަލާކަން ވެސް އައިޝްވަރިޔާ އަށް ދޭށެވެ.

10 ޖެނުއަރީ

January 10, 2018 1
އައިޝްވަރިޔާ އާއި އަބީޝެކް އަމީތާބު ދޫކޮށެއް ނުލާނެ

އަމީތާބު ބައްޗަންގެ "ޖަލްސާ" ބަންގްލޯ ދޫކޮށް އަބީޝެކް ބައްޗަން އާއި އަންހެނުން އައިޝްވަރިޔާ ރާއީ އެމީހުންގެ ދަރިފުޅު ގޮވައިގެން އެހެން ގެއަކަށް ބަދަލުވާން އުޅޭކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި އެވެ.

07 ޖެނުއަރީ

January 07, 2018 3
އައިޝްވަރިޔާ ފިލްމު ކުޅެދޭ އަގު 100 މިލިއަނަށް؟

މިދިޔަ އަހަރު އެއްގޮތަކަށް ވެސް އައިޝްވަރިޔާ ރާއީ ފިލްމަކުން ނުފެނެ އެވެ. ނަމަވެސް މިއީ އައިޝްވަރިޔާގެ ވަރަށް ތަފާތު ފިލްމުތަކެއް ފެންނާނެ އަހަރެކެވެ. މިހާރު އޭނާ ކުޅެމުން އަންނަ ތިން ފިލްމެއް އެބަ އޮތެވެ. އެއީ އަނިލް ކަޕޫރާއި ރާޖްކުމާރު ރާއޯއާ އެކު "ފޭން ޚާން" އާއި "ރާތު އައުރު ދިން"ގެ ރިމޭކް އަދި އޭނާ ޑަބަލް ރޯލް ކުޅޭ ފިލްމެކެވެ.

28 ޑިސެމްބަރ

December 28, 2017
ނަރްގިސްގެ ފަހު ފިލްމު އައިޝްވަރިޔާ އަލުން ކުޅެނީ

ކުރީ ޒަމާނުގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ ނަރްގިސްގެ އެންމެ ފަހު ފިލްމު "ރާތު އައުރު ދިން" ރިމޭކްގައި ނަރްގިސްގެ ރޯލު ކުޅުމުގެ ފުރުސަތު އައިޝްވަރިޔާ އަށް ލިބިއްޖެ އެވެ. މިއީ ތުރިލާ އެކެވެ. ފިލްމު ޕްރޮޑިއުސްކުރަނީ ޕްރޭރްނާ އަރޯރާ ސިދާރްތު އާނަންދް އެވެ. މި ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޕްރޮޑިއުސަރު ޕްރޭރްނާ ބުނީ ފިލްމު...

12 ނޮވެމްބަރ

November 12, 2017
ސަލްމާނާއި އައިޝްވަރިޔާގެ ކުރިމަތިލުމެއް

ކުރީގެ ދެ ލޯބިވެރިން ކަމަށްވާ ސަލްމާން ޚާނާއި އައިޝްވަރިޔާ ރާއީގެ ފިލްމުތައް ބޮކްސް އޮފީހުގައި ބޮޑު ކުރިމަތިލުމަކަށް ދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

04 ނޮވެމްބަރ

November 04, 2017 4
އައިޝްވަރިޔާ އަށް ބަލާ ފޫހި ނުވޭ: އަކްޝޭ ކަންނާ

ބޮލީވުޑްގައި މަސައްކަތްކުރާ ބަަތަލާއިންގެ ތެރެއިން އަދިވެސް އެންމެ ރީތީ އައިޝްވަރިޔާ ރާއީ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ޚާއްސަކޮށް އައިޝްވަރިޔާއާ އެކު ލޯބީގެ ފިލްމުތައް ކުޅެފައިވާ އެކްޓަރުންނަށް އޭނާގެ ރީތިކަން މާ ބޮޑަށް ފާހަގަ ކުރެވެ އެވެ. މި ވާހަކަ މީޑިއާގައި ބުނެލަން ކެރޭ މަދު އެކްޓަރުންގެ ތެރޭގައި އަކްޝޭ ކަންނާ ވަނީ...

02 ނޮވެމްބަރ

November 02, 2017 5
އައިޝްވަރިޔާ ހިކެން ތެލެއް ބޭނުންކުރަނީތަ؟

"ފެނީ ޚާން"ގެ ޝޫޓިން ފަށަން އައިޝްވަރިޔާ ރާއީ ތައްޔާރުވަމުން އަންނައިރު އެ ފިލްމުގައި އޭނާ ފެންނަލެއް މިހާރަށް ވުރެ ވެސް ހިކިކޮށް ފިޓްކޮށް ދެއްކުމަށް ސްލިމިން އޮއިލް ބޭނުންކުރި ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ބުނެފަ އެވެ. ނަމަވެސް މިއީ އައިޝްވަރިޔާ ދޮގުކުރާ ވާހަކައެކެވެ.