25 ސެޕްޓެމްބަރ

September 25, 2016 1
އޭ ދިލް ހެ މުޝްކިލް: އަހަރުގެ ލޯބީގެ ފިލްމަށް ވެދާނެ

ކަރަން ޖޯހަރް ޑައިރެކްޓްކޮށްފައިވާ "އޭ ދިލް ހެ މުޝްކިލް"ގެ ފުރަތަމަ ޓްރެއިލާ މިހާރު ވަނީ ރިލީޒްކޮށްފަ އެވެ. އަންނަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ރިލީޒްކުރަން ތައްޔާރުވަމުންދާ، ރަންބީރު ކަޕޫރާއި އައިޝްވަރިޔާ ރާއީ އަދި އަނުޝްކާ ޝަރުމާ އާއި ފަވާދު ޚާން ލީޑް ރޯލުތައް ކުޅެފައިވާ މި ފިލްމުގެ ފުރަތަމަ އިޝްތިހާރު ބެލުމަށްފަހު ގިނަ...

18 ސެޕްޓެމްބަރ

September 18, 2016
"ބުލޭޔާ" ލަވައިގައި ރަންބީރާއި އައިޝްވަރިޔާގެ ޖާދޫ

ކަރަން ޖޯހަރް ޑައިރެކްޓްކޮށްފައިވާ "އޭ ދިލް ހެ މުޝްކިލް"ގެ ދެވަނަ ލަވަ "ބުލޭޔާ" އިއްޔެ ރިލީޒްކޮށްފި އެވެ. މި ލަވައިގައި އެންމެ މުހިއްމު ރޯލެއް އަދާކޮށްފައިވާ ރަންބީރު ކަޕޫރާއި އައިޝްވަރިޔާ ރާއީ ވަނީ ބެލުންތެރިންގެ ހިތްތަކާ ކުޅެލާފަ އެވެ.

05 ސެޕްޓެމްބަރ

September 05, 2016 8
އައިޝްވަރިޔާ ދެކެ އަމީތާބު ރުޅިއައީތަ؟

ޑައިރެކްޓަރު ކަރަން ޖޯހަރްގެ އާ ފިލްމު "އޭ ދިލް ހެ މުޝްކިލް"ގެ ފުރަތަމަ ޓްރެއިލާއާ އެކު ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ފިލްމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރާ ދެ ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އައިޝްވަރިޔާ ރާއީގެ ގައިގޯޅި މަންޒަރުތަކެވެ. އިޝްތިހާރު ފެނުނު ގިނަ މީހުންނަށް ވެސް އައިޝްވަރިޔާ މިފަދަ މަންޒަރުތަކެއް...

30 އޯގަސްޓް

August 30, 2016
"އޭ ދިލް ހެ މުޝްކިލް" އަށް ފިލްމީ ތަރިންގެ ތައުރީފު

ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރްގެ އާ ފިލްމު "އޭ ދިލް ހެ މުޝްކިލް"ގެ ފުރަތަމަ ޓީޒާ މިއަދު ހެނދުނު ނެރެފި އެވެ. އެއާ އެކު ގިނަ ބަޔެއްގެ ތައުރީފު އެ ފިލްމަށާއި ފިލްމުގެ ތަރިންނަށް ދަނީ އޮހެމުންނެވެ.

14 އޯގަސްޓް

August 14, 2016 1
އައިޝްވަރިޔާގެ ލޯބިވެރިޔަކަށް ޝާހްރުކް

ޝާހްރުކް ޚާނާއި އައިޝްވަރިޔާ ރާއީގެ ޖޯޑަށް ތާއީދުކުރާ މީހުންނަށް މިއީ އުފާވެރި ޚަބަރެކެވެ. ކަރަން ޖޯހަރް މިހާރު ޑައިރެކްޓް ކުރާ ފިލްމު "އޭ ދިލް ހެ މުޝްކިލް"ގައި ޝާހްރުކް ޚާން ބައިވެރިވާ ގޮތަށް ހަމަޖެހުމެވެ. މި ފިލްމުގައި ޝާހްރުކަކީ އައިޝްވަރިޔާގެ ކެރެކްޓާގެ ލޯބިވެރިޔާ އެވެ. މިއީ ވަރަށް ކުޑަ ރޯލެއް ނަމަވެސް ފިލްމަށް ވަރަށް...

06 އޯގަސްޓް

August 06, 2016 14
އައިޝްވަރިޔާގެ ގައިގޯޅި މަންޒަރުތަކާ އަމީތާބު ނުރުހިފައި

ޑައިރެކްޓަރު ކަރަން ޖޯހަރް މިހާރު ތައްޔާރުކުރަމުންދާ "އޭ ދިލް ހެ މުޝްކިލް"ގައި ރަންބީރު ކަޕޫރާ އެކު އައިޝްވަރިޔާ ވަރަށް ގައިގޯޅި މަންޒަރުތަކެއް ކުޅެފައިވާތީ އޭނާގެ ބަފައިބެ އަދި މަޝްހޫރު ފިލްމީ ތަރި އަމީތާބު ބައްޗަން ރުޅިއައިސްގެން އުޅޭކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.

20 ޖޫން

June 20, 2016 10
އައިޝްވަރިޔާ އަބަދު އާރާދިޔާ އުރައިގެން އުޅެނީ ކީއްވެ؟

ފިލްމީ ތަރިން ކަމަށްވާ އައިޝްވަރިޔާ ރާއީ އާއި އަބީޝެކް ބައްޗަންގެ ހަތަރު އަހަރުގެ ދަރިފުޅު އާރާދިޔާ އަކީ އޭނާގެ އުމުރުގެ ކުދިންނަށް ވުރެ ވެސް ތަންކޮޅެއް ދިގުކޮށް ހުންނަ ކުއްޖެކެވެ. ނަމަވެސް އާރާދިޔާ އަބަދުވެސް ފެންނަނީ އޭނާގެ މަންމަގެ އުރުގައި އިންނަ ތަނެވެ. އެހާ ބޮޑު ކުއްޖަކު އުރައިގެން އަބަދު އުޅޭތީ ގިނަ ބަޔަކު އައިޝްވަރިޔާ...

27 މެއި

May 27, 2016
ސޯނަމް އައިޝްވަރިޔާއާ ހަސަދަވެރި ވަނީތަ؟

ދާދިފަހުން އޮތް ކޭންސް ފިލްމު ފެސްޓިވަލުގައި އައިޝްވަރިޔާ އެއް ދުވަހަކު ތުންފަތުގައި ދަނބުކުލަ ޖެއްސުމުން ގިނަ ބަޔަކު އޭނާއަށް ވަރަށް މަލާމާތްކުރި އެވެ. ނަމަވެސް އައިޝްވަރިޔާ ބުނަނީ އެއީ އޭނާ ބޭނުންވެގެން ކުރި ކަމެއް ނޫން ކަމަށާއި އޭނާ ތަމްސީލުކުރީ ކޮސްމެޓިކް ބްރޭންޑުން ބޭނުންވެގެން ޖެއްސި ކުލައެއް ކަމަށެވެ.

23 މެއި

May 23, 2016
އާރާދިޔާ ހޯދީ އަމިއްލައަށް ބަލަން: އައިޝްވަރިޔާ

މިޒަމާނުގައި އަންހެނުން ވެސް އެމީހަކު އެ ކުރާ މަސައްކަތެއްގައި އެންމެ އުހަށް އެރުމަށް މަސައްކަތް ކުރެ އެވެ. ގޭގައި ވެސް އަދި ޕްރޮފެޝަނަލް މަސައްކަތުގައި ވެސް މި ޒަމާނުގެ އަންހެނުންނަކީ ފާހަގަ ކޮށްލެވޭ ބައެކެވެ.

21 މެއި

May 21, 2016
އަބީޝެކް އައިޝްވަރިޔާ ދެކެ ރުޅިއައީތަ؟

މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭ އޮތް އައިޝްވަރިޔާ ރާއީގެ އާ ފިލްމު "ސަރަބްޖީތު"ގެ ޕްރެމިއާގައި އައިޝްވަރިޔާގެ މައިންބަފައިންނާއި ބޭބެގެ އިތުރުން ފިރިމީހާ އަބީޝެކް ބައްޗަން އާއި މައިދައިތަ ޖާޔާ ބައްޗަން އަދި ބަފައިބެ އަމީތާބް ބައްޗަން ވެސް ބައިވެރިވި އެވެ.