18 ސެޕްޓެމްބަރ

September 18, 2019 2
ރިޒޭ އާއި ސެންޓޭގެ ޖޫރިމަނާ އީގަލްސް އިން ދައްކައިިފި

ވޯލްޑް ކަޕް ކޮލިފައިންގައި މި މަހު ފަސް ވަނަ ދުވަހު ގުއާމާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗަށް ނުދިއުމުން އެފްއޭއެމުން ޖޫރިމަނާކުރި އީގަލްސްގެ އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު ރިޒުވާން (ރިޒޭ) ގެ ޖޫރިމަނާ ފައިސާ މުސާރައިން ކެނޑޭ ގޮތަށް ކްލަބުން ދައްކައިދީފި އެވެ.

16 ސެޕްޓެމްބަރ

September 16, 2019 13
ގައުމީ ޓީމާ އެކު ނުދިއުމުން ރިޒޭ އާއި ސެންޓޭ ޖޫރިމަނާ

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި މި މަހު ފަސް ވަނަ ދުވަހު ގުއާމާ ދެކޮޅަށް ކުޅުނު މެޗަށް ގައުމީ ޓީމާ އެކު، އަމިއްލަ ސަބަބެއްގައި ނުދިޔަ ކްލަބް އީގަލްސްގެ ދެ ކުޅުންތެރިން ކަމަށްވާ އަހުމަދު ރިޒުވާން (ރިޒޭ) އާއި އަލީ ފާސިރު (ސެންޓޭ) ޖޫރިމަނާކުރަން އެފްއޭއެމުން ނިންމައިފި އެވެ.

28 މެއި

May 28, 2019 4
ސެންޓޭ އީގަލްސް އަށް ސޮއިކޮށްފި

ނިއު ރޭޑިއަންޓާއި ގައުމީ ޓީމުގެ ފޯވާްޑް އަލީ ފާސިރު (ސެންޓޭ) ކުރިއަށް އޮތް ސީޒަނަށް ކްލަބް އީގަލްސް އަށް ސޮއިކޮށްފި އެވެ.

25 މެއި

May 25, 2019 2
ސެންޓޭ ދެ ކްލަބަކާ މަޝްވަރާކުރަނީ

އަންނަ ސީޒަނުގައި ވެސް ފެންނާނެ ކަމަށާއި ދެ ކްލަބަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ބުނެފި އެވެ.

03 އޮކްޓޯބަރ

October 03, 2018 2
ސެންޓޭ ނިއު އަށް 100 ލަނޑު ކާމިޔާބުކޮށްދީފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ހެދި ހެޓްރިކާ އެކު ނިއު ރޭޑިއަންޓްގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އެ ޓީމަށް 100 ލަނޑު ހަމަކޮށްފި އެވެ.

14 ޖުލައި

July 14, 2018 4
ނިއު ލީޑުކުރުމުގެ ޒިންމާ ސެންޓޭ އަށް

މިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓުގެ ވިދުންގަދަވީ ސީޒަނުގެ ފަހު ތިން މުބާރާތުގަ އެވެ. އޭރު އެ ޓީމުން ތިން މުބާރާތް ކާމިޔާބުކުރިއިރު، ފޯވާޑް ލައިނުގައި ތިބީ އަލީ އަޝްފާގު (ދަގަނޑޭ) އާއި ސްޕެއިނުގެ ފޯވާޑް އެޑްރިއަން ގަލާޑޯ އެވެ. މި ފަހަރު ސީޒަނުގެ ފަހު ތިން މުބާރާތަށް ނުކުންނައިރު، ދަގަނޑޭ އާއި ގަލާޑޯ ނެތެވެ. އެއާ އެކު ފޯވާޑް ލައިނުގެ...

28 މެއި

May 28, 2018 27
ސެންޓޭގެ ހެޓްރިކާ އެކު ނިއު ޗެމްޕިއަންކަމާ ގާތަށް

އަލީ ފާސިރު (ސެންޓޭ) ގެ ހެޓްރިކާ އެކު ކްލަބް އީގަލްސް އަތުން 4-1 އިން މޮޅުވެ އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދުމާ ތިން ޕޮއިންޓް ގާތަށް ނިއު ރޭޑިއަންޓް މިރޭ ޖެހިލައިފި އެވެ.

07 މެއި

May 07, 2018 2
އެވޯޑް ލިބުމުން ސެންޓޭ އަށް ލިބުނީ ބޮޑު ހިތްވަރެއް

މިހާރު އެވޯޑްސްގައި ހޮވި މިދިޔަ އަހަރުގެ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށްދޭ ރަންބޫޓުގެ މަގާމް ލިބުމުން އިތުރަށް ކުރިއަށްދާން ހިތްވަރެއް ލިބިއްޖެ ކަަމަށް ނިއު ރޭޑިއަންޓުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ބުނެފި އެވެ.

14 މާޗް

March 14, 2018 5
ކޯޗުގެ ރޭވުމުގެ ތަފާތު ކުޅުންތެރިން ދައްކާނެ: ސެންޓޭ

ނިއު ރޭޑިއަންޓްގެ ކޯޗު އޮސްކާ ބްރުޒޮންގެ ރޭވުންތެރިކަމުގެ ތަފާތު އެ ޓީމުގެ ކުޅުންތެރިން ދައްކާނެ ކަމަށް އެ ޓީމުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ބުނެފި އެވެ.

17 ޑިސެމްބަރ

December 17, 2017 3
މޮޅު ކުޅުންތެރިޔާގެ އެވޯޑް ސެންޓޭ ދިފާއުކޮށްފި

މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ހޮވި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ދިފާއުކޮށްފި އެވެ.

01 ޑިސެމްބަރ

December 01, 2017 8
އޮސްކާގެ ގޭމްޕްލޭނުގެ ތެރެއިން ސެންޓޭ އަލުން ފޯމަށް

މޮޅު ކުޅުންތެރިއާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމު މިދިޔަ އަހަރު ޓީސީ ސްޕޯޓްސް ކްލަބުގައި ހޯދުމަށް ފަހު އަލީ ފާސިރު (ސެންޓޭ) މި ސީޒަނުގައި ނިއު ރޭޑިއަންޓަށް ބަދަލުވުމުން ގިނަ ބަޔަކު ތިބީ ސެންޓޭގެ އެ ކުޅުން ތަކުރާރުވާނެ ކަމަށް އުއްމީދު ކޮށްގެންނެވެ. އެހެން ނަމަވެސް ސީޒަންގެ ފުރަތަމަ ފަސް ވަރަކަށް މަހު ސެންޓޭގެ...

12 އެޕްރީލް

April 12, 2017 5
އިތުރު ތިން އަހަރު ނިއު އަށް ކުޅެން ސެންޓޭ ސޮއިކޮށްފި

ނިއު ރޭޑިއަންޓުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) އެ ކްލަބުގައި ކުރިއަށް އޮތް ތިން އަހަރު މަޑުކުރަން ނިންމައިފި އެވެ.

03 މާޗް

March 03, 2017 4
ނިއުއާ އެކު ކާމިޔާބީ ތަކުރާރު ކުރަން ބޭނުން: ސެންޓޭ

މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބުގައި ހުރެ ހޯދި ކާމިޔާބީތައް މި އަހަރު ނިއު ރޭޑިއަންޓާ އެކު ތަކުރާރުކުރަން ބޭނުންވާ ކަމަށް އަލީ ފާސިރު (ސެންޓޭ) ބުނެފި އެެވެ.

05 ފެބުރުއަރީ

February 05, 2017 1
ސެންޓޭގެ ގޯލްޑް ނައިޓުގައި އޭނާ ފައިސާ ހަދިޔާކޮށްފި

ބ. އޭދަފުށިން: ތޯރިގް އަބްދުއްރަހްމާން

29 ޖެނުއަރީ

January 29, 2017 6
ސެންޓޭ ނެތްތަން ޓީސީ އަށް ފޫބެއްދޭނެތަ؟

މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް ތަފާތު މޮޅު ކުޅުމެއް ދެއްކި އަލީ ފާސިރު (ސެންޓޭ) މި އަހަރު އެ ކްލަބުގައި ނެތަސް، އެތަން ފޫބެއްދޭނެ ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

17 ޖެނުއަރީ

January 17, 2017 13
އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ސެންޓޭ އަށް

މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ހޮވި ރާއްޖޭގެ މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު އަލީ ފާސިރު (ސެންޓޭ) ހޯދައިފި އެވެ.

25 ޑިސެމްބަރ

December 25, 2016 4
ނިއު އަކީ އަބަދުވެސް ހާއްސަ ކްލަބެއް: ސެންޓޭ

މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް މޮޅު ކުޅުމެއް ދެއްކި އަލީ ފާސިރު (ސެންޓޭ) ނިއު ރޭޑިއަންޓަށް ބަދަލުވެފައިވާއިރު، މިއީ އޭނާ އެ ޓީމަށް ކުޅެން ސޮއިކުރި ތިން ވަނަ ފަހަރެވެ. ކުރިއަށް އޮތީ ސެންޓޭ ނިއު އަށް ކުޅޭނެ ފަސް ވަނަ ސީޒަނެވެ.

21 ޑިސެމްބަރ

December 21, 2016 9
އިމްރާނާއި ސެންޓޭ އެނބުރި ނިއު ރޭޑިއަންޓަށް

ނިއު ރޭޑިއަންޓުން 2013 ވަނަ އަހަރު ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ކާމިޔާބުކުރިއިރު މުުހިއްމު ދައުރެއް އަދާކުރި ގޯލްކީޕަރު އިމްރާން މުހައްމަދާއި އަލީ ފާސިރު (ސެންޓޭ) އަލުން އެ ކްލަބާ ގުޅިއްޖެ އެވެ.

17 ނޮވެމްބަރ

November 17, 2016 2
ފަހު މުބާރާތް: ސެންޓޭގެ ހުރިހާ ވިސްނުމެއް ތަށްޓަށް!

މިދިޔަ ހަތަރު ވަރަކަށް އަހަރަށް ބަލާއިރު އަލީ ފާސިރު (ސެންޓޭ) ވަނީ މޮޅު ކުޅުމެއް ދައްކައި ކްލަބާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. މި އަހަރު ސެންޓޭގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނުނު ނަމަވެސް އަދި ތަށްޓެއްގައި އަތްލެވޭ ގޮތެއް ނުވެ އެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕުގެ ދެ ވަނަ ހޯދިއިރު ދެން މިއޮތީ ސީޒަނުގެ ފަހު...

28 އޮކްޓޯބަރ

October 28, 2016 4
މޮޅު ކުޅުންތެރިޔާ ހުއްޓުވުނީ އެންމެ މޮޅު ކީޕަރަށް!

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މި ފަހަރު އެންމެ ވިދާލި ދެ ކުޅުންތެރިންނަކީ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޓީސީ ސްޕޯޓްސް ކްލަބުގެ އަލީ ފާސިރު (ސެންޓޭ) އާއި އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދި ކްލަބް އީގަލްސްގެ ސުޖަން ޕެރޭރާ އެވެ. ލީގުގައި ސެންޓޭ ލަނޑުގެ އީދެއް ގެނައިއިރު، އޭނާ އަށް ގޯލެއް ވައްދާނުލެވުނީ ހަމައެކަނި ސުޖަން...