29 ސެޕްޓެމްބަރ

September 29, 2019 7
ކޮޅުވެއްޓީގެ ރޭމްޕުގައި ޖެހި ޒަހަމްވި އެކަކު މަރުވެއްޖެ

ކޮޅުވެއްޓިއެއްގެ ރޭމްޕުގައި ޖެހިގެން އަނިޔާވި ތިން ބިދޭސީންގެ ތެރެއިން އެކަކު މިއަދު މަރުވެއްޖެ އެވެ.

28 ސެޕްޓެމްބަރ

September 28, 2019 14
ކޮޅުވެއްޓިއެއްގެ ބައެއްގައި ޖެހި ބަޔަކު ޒަހަމްވެއްޖެ

ކޮޅުވެއްޓިއެއްގެ ދަގަނޑު ބައެއްގައި ޖެހި ތިން ބިދޭސީއަކު މިއަދު ވަރަށް ބޮޑަށް ޒަޚަމްވެއްޖެ އެވެ.

13 އޯގަސްޓް

August 13, 2019
މެދު ރާއްޖެ އަށް މޫސުން ގޯސްވެ، ޔެލޯ އެލާޓް ނެރެފި

ރާއްްޖެ އަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މިއަދު މޫސުން ގޯސްވެ، ވައިބާރުވާނެ ކަަމަށް ލަފާ ކުރެވޭތީ މޫސުމާ ބެހޭ އިދާރާ އިން ޔެލޯ އެލާޓް ނެރެފި އެވެ.

04 ޖޫން

June 04, 2019 10
ދިވެހިން ގޮސް ގެސްޓްހައުސްތައް ފުރާލައިފި!

އީދަށް އެކި ރަށްރަށަށް ދާ މީހުންނާ އެކު، ރާއްޖޭގެ ގިނަ ގެސްޓް ހައުސްތައް ފުރިއްޖެ އެވެ.

10 އެޕްރީލް

April 10, 2019 7
އދ. އަތޮޅު ފަޅުރަށެއްގައި ރޯވެ އަނދަނީ

އދ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ އަރިޔަދޫގައި މިއަދު މެންދުރު ފަހު އަލިފާން ރޯވެ އަނދަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

12 ނޮވެމްބަރ

November 12, 2018 1
އުރީދޫގެ ސުޕަނެޓް، މާމިގިއްޔަށް ތައާރަފްކޮށްފި

އުރީދޫ ބްރޯޑްބޭންޑްގެ ހަލުވި ސްޕީޑްތަކުގެ ހިދުމަތް އދ. މާމިގިއްޔަށް ތައާރަފުކޮށްފި އެވެ.

14 ސެޕްޓެމްބަރ

September 14, 2018 3
ރައްޔިތުން މިފަހަރު އިންސާފުވެރި އިންތިހާބެއް ހޯދާނެ

މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިހާބަކީ، މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް މިފަހަރު ހަދާނީ ރައްޔިތުން ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު އދ. ދިގުރަށުގައި ވިދާޅުވެއްޖެ އެވެ.

September 14, 2018 12
ވައްޑެ، ރައީސް ޔާމީނަށް: ސޫރަ ބަލާކަށް ބޭނުމެއް ނޫން

އެމަނިކުފާނުގެ އަސްލު ސޫރަ ރައްޔިތުންނަށް ފެންނާނީ މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމާ ގުޅިގެން...

September 14, 2018 5
މާމިގިއްޔަށް އިބޫގެ ގިނަ ވައުދުތަކެއް

އިދިކޮޅު އިއްތިހާދަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވިއްޖެ ނަމަ، އދ. މާމިގިލީގައި ހުރި ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވެ، އިދިކޮޅު ކޯލިޝަންގެ...

13 ސެޕްޓެމްބަރ

September 13, 2018 15
އިސްލާމިކް ޓޫރިޒަމް ތައާރަފްވާންޖެހޭ: އިބޫ

މާލެ އާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސަފާރީ މެރީނާތައް ގާއިމުކުރުމާއި ކަލްޗަރަލް، މެޑިކަލް އަދި އިސްލާމިކް ޓޫރިޒަމް ތައާރަފްކުރުމުގެ ވައުދާއެކު، އިދިކޮޅު އިއްތިހާދުގެ...

September 13, 2018 14
އިބޫގެ އުފަން ރަށާއި ތިން އަތޮޅަކަށް ފުރާވަޑައިގެންފި

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ އުފަން ރަށް، ޅ. ހިންނަވަރާއި ތިން އަތޮޅެއްގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރު މިއަދު ފައްޓަވައިފި އެވެ.

03 ސެޕްޓެމްބަރ

September 03, 2018 25
އަރިއަތޮޅުގެ މެޖޯރިޓީ ދޭންވީ ރައީސް ޔާމީނަށް: ތޯރިގް

ރިޔާސީ އިންތިޚާބުތަކުގައި، ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމްގެ ވިސްނުމާ އެއްގޮތަށް، އަރިއަތޮޅުގެ ރައްޔިތުން ވޯޓު ދިނުން ހުއްޓާލައި ރައީސް އަބްދުﷲ ޔާމީނަށް އެ އަތޮޅުގެ...

September 03, 2018 16
ރައީސް، އއ. އާއި އދ. އަދި ކުޑަހުވަދު އަށް

ރައީސް އަބްދުﷲ ޔާމީން، އއ. އާއި އދ. ގެ ބައެއް ރަށްރަށަށް އަދި ދ. ކުޑަހުވަދު އަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.

21 އޯގަސްޓް

August 21, 2018 12
ދަނގެތީގައި މަލްޓި ސްޕެޝަލިޓީ ކްލިނިކެއް ހުޅުވައިފި

ފުއްޕާމޭގެ ބަލިތަކާ ގުޅޭ ޚާއްސަ ޑޮކްޓަރު މޫސާ ހުސެއިންގެ ޚަރަދުގައި އޭނާގެ އަމިއްލަ ރަށް އދ. ދަނގެތީގައި ހެދި މަލްޓި ސްޕެޝަލިޓީ ކްލިނިކް މިއަދު ހުޅުވައިފި އެވެ.

30 ޖުލައި

July 30, 2018 11
ރިޝްވަތަކީ އާންމު އެއްޗަކަށް ހެދުން ގަބޫލެއް ނުކުރަން

ރިޝްވަތަކީ އާންމު އެއްޗަކަށް ހަދަން ސަރުކާރުން މަސައްކަތް ކުރުމަކީ ގަބޫލު ކުރެއްވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރަނިންމޭޓު ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

02 ޖުލައި

July 02, 2018 6
ފެންފުށިން ގެއްލުނު މީހާ ފެނިއްޖެ

އދ. ފެންފުށިން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ގެއްލިގެން ހޯދަމުން އައި ޒުވާނާ ކަނޑުމަތިން ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފި އެވެ.

22 އެޕްރީލް

April 22, 2018 1
ފުށިދިއްގާ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރަން ނުޖެހޭނެ

އދ. ފުށިދިއްގާގައި ރިސޯޓެއް ހެދުމުގެ އެއްބަސްވުމުގައި އަމިއްލަ ފަރާތަކާ އެކު ސޮއިކުރަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް، އެ އެއްބަސްވުމުގައި ސޮއިކުރަން ދައުލަތަށް ލާޒިމް ނުވާ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

20 ޖެނުއަރީ

January 20, 2018 39
ވިލާގެ ރިސޯޓުތަކުގެ ދިފާއުގައި މުޒާހަރާ ކުރަން ފަށައިފި

ވިލާ ގުރޫޕްގެ ރިސޯޓްތަކަށް ދައުލަތުގެ ބައެއް މުއައްސަސާތަކުގެ އޮފިޝަލުން އަރައި ބަލައި ފާސްކުރަމުން ދާތީ އެކަމާ ދެކޮޅަށް މާމިގިލީގައި މުޒާހަރާ ކުރަން ފަށައިފި އެވެ.

12 ޖެނުއަރީ

January 12, 2018 57
ޖަނަވާރުން ވެސް ގެންގުޅުނު މީހާ ދަނޭ: ގާސިމް

ޖަނަވާރުން ވެސް އެސޮރު ގެންގުޅެ ބަލައި ބޮޑުކުރި މީހާ ދަންނަ ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބަހުގެ ހަމަލައެއް...

January 12, 2018 23
އިދިކޮޅުން ވަނީ އއ. އާއި އދ. އަށް އިހުމާލުވެފައި

އއ. އާއި އދ. އަތޮޅު ތަރައްގީ ވިޔަނުދީ ބޭއްވީ އަމިއްލަ ވިޔަފާރީގެ ހިމާޔަތުގައި ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރޭ...

07 ނޮވެމްބަރ

November 07, 2017 20
މާމިގިލީ ބަނދަރު ހަދަނީ މަޝްވަރާއެއް ނެތި: ކައުންސިލް

އދ. މާމިގިލީގައި ސަރުކާރުން ބައިނަލްއަގުވާމީ ބަނދަރެއް ހެދުމުގެ މަސައްކަތް ކުރަނީ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށް ބުނެ، އެ ރަށު ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

31 އޯގަސްޓް

August 31, 2017 13
ދިގުރަށުން ފެނުނީ ގޮވާ ޒާތުގެ އެއްޗެއް ނޫން: ސިފައިން

އދ. ދިގުރަށުގެ ގޮނޑުދޮށުން މިއަދު ފެނުނީ ގޮވާ ޒާތުގެ އެއްޗެއް ނޫން ކަމަށް އެމްއެންޑީއެފުން ދެންމެ ބުނެފި އެވެ.

18 މެއި

May 18, 2017 3
ހަންޏާމީދޫ ކައިރިއަށް ދޯންޏެއް އަޑިއަށް ހިނގައްޖެ

އދ. ހަންޏާމީދޫ ކައިރިއަށް ދޯންޏެއް ދިޔަވެ މިއަދު އަޑިއަށް ހިނގައްޖެ އެވެ. ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

26 އެޕްރީލް

April 26, 2017 8
ފެންފުށީގައި ނަރުދަމާ ނިޒާމު ގާއިމުކުރަން ބަޔަކަށް ދީފި

އދ. ފެންފުށީގައި ނަރުދަމާގެ ނިޒާމް ގާއިމު ކުރުމަށް 2.2 މިލިއަން ޑޮލަރަށް (34 މިލިއަން ރުފިޔާ) އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ލަކީ އެކްސްޕޯޓާ މިއަދު ހަވާލުކޮށްފި އެވެ.

22 އެޕްރީލް

April 22, 2017 13
ގާސިމް މިނިވަންކުރަން ގޮވާލައި މާމިގިލީގައި މުޒާހަރާއެއް

ފުލުހުންގެ ބެލުމުގެ ދަށުން މިހާރު ހައްޔަރު ކޮށްފައި ހުރި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިނިވަން ކުރުމަށް ގޮވާލައި މާމިގިލީގައި މިއަދު ސިލްސިލާ މުޒާހަރާއެއް ފަށައިފި އެވެ.