19 ފެބުރުއަރީ

February 19, 2020 1
މޫސުމީ ބަދަލާ ދެކޮޅަށް ބެޒޯސް 10 ބިލިއަން ޑޮލަރުދެނީ

މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކަށް، ދުނިޔޭގެ އެންމެ މުއްސަނދި މީހާ އަދި އެމެޒޯންގެ ވެރިޔާ 10 ބިލިއަން ޑޮލަރުގެ ފަންޑެއް ހަމަޖައްސައިފި އެވެ.

12 ފެބުރުއަރީ

February 12, 2020
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ވަރަށް ރީތި ލަވަތަކެއް ގެނެސްދީފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ އަދުނާން ސާމީ އާ ލަވައެއް ވީޑިއޯއާ އެކު ހަދައިފި އެވެ.

04 ފެބުރުއަރީ

February 04, 2020
އެންމެ ބޮޑު މަހުޖަނަށް ލޯބިވެރިޔާގެ ބޭބެގެ ދައުވާކޮށްފި

ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ، އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސް އާއި ލޯބިވެރިޔާ ލޯރެން ސަންޗޭޒްގެ ގައިގޯޅި ފޮޓޯތަކާއި އެ ދެ މީހުންގެ މެދުގައިކޮށްފައިވާ ޓެކްސްޓް މެސެޖްތަކުގެ މުއާމަލާތްތަކެއް އެމެރިކާގެ ޓެބްލޮއިޑް ނޫސް ނެޝަނަލް އިންކްއަރާ އަށް ދީ މާލީ މަންފާތަކެއް ހޯދި ކަމަށް ބުނެ ކޮށްފައިވާ ތުހުމަތާ ގުޅިގެން ލޯރެންގެ...

22 ޖެނުއަރީ

January 22, 2020
އިންޑިއާ އަށް އިލެކްޓްރިކް "ކުރޮޅި"

އިންޑިއާގައި އެންމެ ފުޅާކޮށް އޮންލައިން ވިޔަފާރީގެ ހިދުމަތްދޭ އެމެރިކާގެ އެމެޒޯނުން އިންޑިއާގައި މުޅިން އަލަށް ޑެލިވަރީގެ ހިދުމަތަށް އިލެކްޓްރިކް ރިކްޝާ ބޭނުންކުރަން ފަށައިފި އެވެ.

21 ޖެނުއަރީ

January 21, 2020 2
ޕޭމަންޓް ކާޑުގެ ބަދަލުގައި އަތްތިލަ

އެމެޒޯން އިން ވިސާއާ ގުޅިގެން ޕޭމަންޓް ސިސްޓަމެއް ގާއިމުކުރަން އެބަ އުޅެ އެވެ. އެއީ ޕޭމަންޓް ކާޑް ނުވަތަ ފައިސާ ކާޑެއްގެ ބަދަލުގައި، ފައިސާ ދެއްކުމަށް އަތްތިލަ ބޭނުންކުރެވޭ ނިޒާމެކެވެ.

16 ޖެނުއަރީ

January 16, 2020 2
އެމެޒޯންގެ ސީރީޒަކަށް ޕްރިޔަންކާ އާއި ރިޗަޑް

"އެވެންޖާޒް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ދެ ޑައިރެކްޓަރުން ކަމަށްވާ ރުޒޯ ދެބޭން އެމެޒޯން ޕްރައިމް ވީޑިއޯ އަށް ހަދާ ސީރީޒްގެ ލީޑް ރޯލަށް ޕްރިޔަންކާ ޗޯޕްޅާ އާއި ރިޗަޑް މެޑެން ސޮއިކޮށްފި އެވެ.

13 ޖެނުއަރީ

January 13, 2020 1
އެންމެ މުއްސަނދި މީހާ އަންނަ ހަފުތާގައި އިންޑިއާ އަށް

ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ އެމެޒޯން ކުންފުނީގެ ވެރިޔާ ޖެފް ބެޒޯސް އަންނަ ހަފުތާގައި އިންޑި އަށް ދާ ގޮތަށް ހަމަޖެހިއްޖެ އެވެެ.

12 ޖެނުއަރީ

January 12, 2020
ގޫގުލް ވައްކަންކުރާ ކަމަށް ބުނެ ސޮނޮސް ކޯޓަށް

ސޯނޮސް އަކީ ގެވެހި އިލެކްޓްރޯނިކްސް އުފައްދާ އެމެރިކާ ކުންފުންޏެކެވެ. މި ކުންފުނި އެންމެ ބޮޑަށް މަޝްހޫރުވެފައި ވަނީ، ސޮނޮސްގެ ނަމުގައި އުފައްދާ ސްމާޓް ސްޕީކަރުތަކުގެ ސަބަބުންނެވެ.

04 ޖެނުއަރީ

January 04, 2020 1
މުކޭޝް އަމްބާނީ އޮންލައިން ވިޔަފާރި އަށް

އޮންލައިން ވިޔަފާރީގައި އިންޑިއާގައި ވަކި ހިއްޕާލާފައިވާ އެމެރިކާގެ މަޝްހޫރު ކުންފުނި އެމެޒޯން ވައްޓައިލުމަށްޓަކައި އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީ، އޮންލައިން އެ ވިޔަފާރީގެ ތެރެއަށް ނުކުމެއްޖެ އެވެ. އޭނާ މިހާރު ވަނީ ތަޖުރިބާ ކުރުމުގެ ގޮތުން އޮންލައިން ވިޔަފާރި ފަށައިފަ އެވެ.

03 ޖެނުއަރީ

January 03, 2020 1
ޖެފް، އަނެއްކާވެސް އެންމެ މުއްސަނދި މީހާ އަށް

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސް އަށް އަލުން ލިބުނާތާ ދެ މަހެއްހާ ދުވަސް ވެސް ނުވަނީސް އެ މަގާމު އޭނާ އަށް ގެއްލި، އަލުން އަނެއްކާ ވެސް އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސް އަށް އެންމެ މުއްސަނދި މީހާގެ މަގާމު ލިބިއްޖެ އެވެ.

14 ޑިސެމްބަރ

December 14, 2019
ކުޑަކުދިންގެ ސްމާޓްގަޑިތަކެއްގައި ސެކިއުރިޓީ މައްސަލައެއް

ކުޑަކުދިންނަށް ހާއްސަކޮށްގެން އެމެޒޯން އިން ވިއްކާ ސްމާޓްގަޑިތަކަކާ ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް އުފެއްދިއްޖެ އެވެ.

17 ނޮވެމްބަރ

November 17, 2019 4
ބިލް ގޭޓްސް އަލުން އެންމެ މުއްސަނދި މީހާގެ މަގާމަށް

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމުގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް، އެމެރިކާގެ މައިކްރޮސޮފްޓް ކުންފުނީގެ ބާނީ ބިލް ގޭޓްސް މިދިޔަ ޖުލައި މަހުގެ ތެރޭގައި، ތިން ވަނަ އަށް އެންމެ މުއްސަނދި މަގާމަށް ވެއްޓުމަށް ފަހު އަނެއްކާވެސް އެންމެ މުއްސަނދި މީހާ އަށް ވެއްޖެ އެވެ.

10 އޮކްޓޯބަރ

October 10, 2019
އެމެޒޯން ކިންޑްލް ކުޑަކުދިންނަށް

ކުޑަކުދިންނާ ގުޅޭ ގޮތަށް، ކިންޑްލްގެ އާ ވައްތަރެއް، އެމެޒޯން އިން އުފައްދައިފި އެވެ. ކިޔުންތެރިކަމާ ގުޅޭ ގޮތުން ދިރާސާކުރާ މީހުން ދެކޭ ގޮތުގައި، ފޮތުގެ ބަދަލުގައި، ކިންޑްލް ކަހަލަ "އީބުކް ރީޑާ"އެއް ކުޑަކުދިންނަށް ހޯދައިދިނުމަކީ މުޅިން ރަނގަޅު ވިސްނުމަކަށް ނުވެދާނެ އެވެ.

21 ސެޕްޓެމްބަރ

September 21, 2019
އެމެޒޯންގެ 30،000 ވަޒީފާ އަށް 200،000 މީހުން

އެމެރިކާގެ މަޝްހޫރު ކުންފުނި އެމެޒޯން އިން ވަޒީފާތަކަށް މީހުން ހޯދަން އިއުލާންކުރުމާ އެކު، ކުރިމަތިލި އެތައް ހާސް މީހުންނާ އެކު އެ އެކުންފުނީގެ ވަޒީފާތަކަށް މީހުންގެ ޝައުގުވެރިކަން އޮތް މިންވަރު ވަރަށް ބޮޑަށް ހާމަވެއްޖެ އެވެ.

11 ސެޕްޓެމްބަރ

September 11, 2019 2
އަގު ހެޔޮ އެޕަލް ޓީވީ ޕްލަސް، ބޮޑު ބަދަލެއްގެ ފެށުން

އެޕަލްގެ ސްޓްރީމިން ސާވިސް، އެޕަލް ޓީވީ ޕްލަސް ތައާރަފްކޮށް އަގު ހެޔޮކޮށްލުމާ އެކު ސްޓްރީމިން ސާވިސްތަކުގެ ވާދަވެރިކަން ބޮޑުވެއްޖެ އެވެ.

06 ސެޕްޓެމްބަރ

September 06, 2019
އެމެޒޯން އިން ވެސް ޕްލާސްޓިކް ހުއްޓާލަނީ

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކާ ދެކޮޅަށް، އަންނަ މަހު އިންޑިއާ އިން ބޮޑު ކެމްޕޭނެއް ފަށަން ނިންމައި، ޕްލާސްޓިކް މަދުކުރަން އޮންލައިން ވިޔަފާރިތަކަށް ވެސް އެންގުމާ...

September 06, 2019 1
އަތުގެ އިޝާރާތުން ފައިސާ ދެއްކޭ ގޮތް ހަދަނީ

އެމެޒޯންގެ ދަށުން ހިންގާ ސުޕަމާޓް ކުންފުނި ހޯލް ފުޑްސްގެ އައުލެޓްތަކުގައި ކަސްޓަމަރުން ފައިސާ ދައްކަން، ތަފާތު ޓެކްލޮޖީއެއް ބޭނުންކުރަން ނިންމައި، ޓެސްޓްކުރަން ފަށައިފި އެވެ.

24 އޯގަސްޓް

August 24, 2019
އެމެޒަންގެ އަލިފާން ނިއްވަން ބްރެޒިލް ސިފައިން ފޮނުވަނީ

ސައޮޕޯލޯ (އޮގަސްޓް 24) - ދުނިޔޭގެ އެންމެ ބޮޑު ޖަންގަލި، އެމެޒަންގައި ރޯވެ އަނދަމުންދާ ބޮޑު އަލިފާންގަނޑު ނިއްވާލުމަށް ބްރެޒިލް ސިފައިން ނެރުމަށް އެ ގައުމުގެ ރައީސް ޖައިރް ބޮލްސޮނަރޯ އަމުރު ކުރައްވައިފި އެވެ.

August 24, 2019 10
ރައީސްގެ ގޮވާލުން: އެމެޒަން ޖަންގަލި ސަލާމަތްކޮށްދީ!

ދުނިޔޭގެ އެންމެ ބޮޑު ޖަންގަލި، އެމެޒަންގައި ރޯކޮށް އަންދަމުން ދާތީ އެކަން ހުއްޓުވައިދިނުމަށް ދުނިޔެއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ގޮވާލައްވައިފި އެވެ.

August 24, 2019
އެމެޒޯންގެ އެންމެ ބޮޑު އިމާރާތް އިންޑިއާގައި

އެމެރިކާގެ މަޝްހޫރު އޮންލައިން ވިޔަފާރި ކުންފުނި އެމެޒޯން އިން އެ ކުންފުނީގެ އެންމެ ބޮޑު އިމާރާތް އިންޑިއާގެ ހައިދަރުއާބާދުގައި ބުދަ ދުވަހު ހުޅުވައިފި އެވެ.

23 އޯގަސްޓް

August 23, 2019 1
އެމެޒަންގެ އަލިފާންގަނޑު: ބައިނަލްއަގުވާމީ ކަމަކަށް

ސައޮޕޯ (އޮގަސްޓް 23) - ބްރެޒިލްގެ އެމެޒަން ޖަންގަލީގައި ރޯވެފައިވާ ބޮޑު އަލިފާންގަނޑު ބައިނަލްއަގުވާމީ މައްސަލައަކަށްވެ ފާޑުކިޔުންތައް އަމާޒުވާން ފަށައިފި އެވެ.

03 އޯގަސްޓް

August 03, 2019
ސިރީ ގާތު ދައްކާ ވާހަކަތައް މިހާރު އަޑެއް ނާހާނެ

އެޕަލްގެ ވާޗްއަލް އެސިސްޓަންޓް "ސިރީ" ގާތު ކަސްޓަމަރުން ދައްކާ ވާހަކަ އެޕަލް އިން އަޑު އަހާ މައްސަލަ ފެންމަތިވެ، ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން އެކަން މިހާރު ހުއްޓާލާފައިވާ ކަމަށް އެޕަލް އިން ބުނެފި އެވެ.

30 ޖުލައި

July 30, 2019 2
އެމެޒޯން، އެޕަލް، ފޭސްބުކް އަދި ގޫގުލް ތަހުގީގުކުރަނީ

އެމެރިކާ އަށް ނިސްބަތްކުރެވޭ، އެމެޒޯން، އެޕަލް، ފޭސްބުކް އަދި ގޫގުލް ފަދަ ކުންފުނިތަކުގެ ވިޔަފާރި މާ ބޮޑަށް ފުޅާވުން ބިރަކަށް ވެފައިވާ ކަމަށް، އެ ގައުމުގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފި އެވެ. އެހެންވެ، އެ ކުންފުނިތައް ހިންގާ ގޮތް ބަލައި، ތަހުގީގުކުރަން ޖެހިފައިވާ ކަމަށް އެ ޑިޕާޓްމަންޓުން ބުންޏެވެ.