30 ޖުލައި

July 30, 2018 1
އިނިއެސްޓާ އާއި ރޮނާލްޑޯ ނެތުމަކީ ގެއްލުމެއް: ވަލްވޭޑޭ

ބާސެލޯނާ (ޖުލައި 30) - ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އަންދްރެސް އިނިއެސްޓާ ނެތުމަކީ ބާސެލޯނާ އާއި ރެއާލް މެޑްރިޑަށް އޭގެ އަސަރުކުރާނެ ކަމެއް ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.

23 ޖުލައި

July 23, 2018 8
ރޮނާލްޑޯގެ ވާހަކަތަކަށް އިނިއެސްޓާ ޖަވާބުދީފި

ޓޯކިޔޯ، ޖަޕާން (ޖުލައި 23) - ޔުވެންޓަސް އަށް ބަދަލުވުމަށް ފަހު ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ އުމުރުގެ ކުޅުންތެރިންނާ ބެހޭގޮތުން ދެއްކި ވާހަކައަށް، ދާދި ފަހުން ޖަޕާނުގެ ވިސެލް ކޯބޭ އަށް ބަދަލުވި ސްޕެއިނުގެ މިޑްފީލްޑަރު އަންދްރެސް އިނިއެސްޓާ ޖަވާބު ދީފި އެވެ.

02 ޖުލައި

July 02, 2018 2
އިނިއެސްޓާ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

މޮސްކޯ (ޖުލައި 2) - ސްޕެއިނަށް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ލަނޑު ޖެހި ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރެސް އިނިއެސްޓާ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

07 ޖޫން

June 07, 2018
ސްޕެއިން ސަރުކާރުގެ ޝަރަފްވެރި އެވޯޑް އިނިއެސްޓާ އަށް

ބާސެލޯނާ (ޖޫން 7) - ކުޅިވަރަށް ހިދުމަތްކޮށްދޭ ފަރާތްތަކަށް ސްޕެއިން ސަރުކާރުންދޭ އެންމެ ޝަރަފްވެރި އެވޯޑް ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު އަންދްރެސް އިނިއެސްޓާ އަށް ދީފި އެވެ.

24 މެއި

May 24, 2018 4
އިނިއެސްޓާ ޖަޕާން ލީގަށް

ޓޯކިޔޯ، ޖަޕާން (މެއި 24) - ބާސެލޯނާގެ ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާ ޖަޕާނުގެ ކްލަބެއް ކަމަށްވާ ވިސެލް ކޯބޭ އަށް ސޮއިކޮށްފި އެވެ.

21 މެއި

May 21, 2018 4
އިނިއެސްޓާގެ ވަދާއީ މެޗުން ބާސެލޯނާ މޮޅުވެއްޖެ

ބާސެލޯނާ (މެއި 21) - ބާސެލޯނާގެ މިޑްފީލްޑަރު އަންދްރެސް އިނިއެސްޓާގެ ވަދާއީ މެޗުން އެ ޓީމު ރޭ ރެއާލް ސޮސިއެޑާޑް އަތުން 1-0 އިން މޮޅުވެއްޖެ އެވެ.

18 މެއި

May 18, 2018 8
ބެލޮންޑިއޯ އެވޯޑާ މެދު ހިތް ސާފު: އިނިއެސްޓާ

ބާސެލޯނާ (މެއި 18) - އަންދްރެސް އިނިއެސްޓާ އަށް ބެލޮންޑިއޯ އެވޯޑެއް ހައްގުވާ ކަމަށާއި އެކަން ފުރިހަމަ ނުވެ އޮތުމުން މައާފަށް އެދޭ ކަމަށް އެ އެވޯޑްދޭ "ފްރާންސް ފުޓްބޯލް" މަޖައްލާ އިން ބުނެފައިވާއިރު އިނިއެސްޓާ ބުނީ "ހިތް ސާފު" ކަމަށެވެ.

28 އެޕްރީލް

April 28, 2018 12
ބާސެލޯނާއާ ދެކޮޅަށް ދުވަހަކު ވެސް ނުކުޅޭނަން: އިނިއެސްޓާ

ބާސެލޯނާ (އޭޕްރިލް 28) – މުޅި ދުނިޔޭގެ ލޯބި ހޯދާފައިވާ ބާސެލޯނާގެ ފުޓްބޯޅަ ތަރި އަންދްރެސް އިނިއެސްޓާ މި ވަނީ 22 އަހަރަށް ފަހު، މި ސީޒަން ނިމުމުން ކްލަބް ދޫކޮށްލާނެކަން އިއްޔެ އިއުލާންކޮށްފަ އެވެ. އެ ހިސާބުން އެންމެންގެ ސުވާލަކަށްވީ އޭނާ ދެން ފެންނާނީ ކޮން ތަނަކުންބާވަ އެވެ؟ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާއާ އަލުން ގުޅެން ޕްރިމިއާ ލީގުގެ...

11 އެޕްރީލް

April 11, 2018 9
އިނިއެސްޓާ އަށް ދެ ހިތާމައެއް

ރޯމް، އިޓަލީ (އޭޕްރީލް 11) - ޔުއެފާ ޗެމްޕިއަންސް ލީގުން ރޭ ބާސެލޯނާ ކެޓުމުން އެ ޓީމަށް ކުޅޭ ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރެސް އިނިއެސްޓާ ދެ ހިތާމައަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

09 މާޗް

March 09, 2018 2
އިނިއެސްޓާ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް؟

ބާސެލޯނާ (މާޗް 9) – ބާސެލޯނާގެ ކެޕްޓަން އަދި މުހިއްމު މިޑްފީލްޑަރު އަންދްރޭ އިނިއެސްޓާ އަށް ލިބިފައިވާ އަނިޔާ އިން އެނބުރި އަންނާނެ މުއްދަތެއް ކްލަބުން ހާމަކޮށްފައިނުވާއިރު ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ޗެލްސީއާ ދެކޮޅަށް ނުކުޅެވޭނެ ކަމަށް ބެލެވިއްޖެ އެވެ.

07 އޮކްޓޯބަރ

October 07, 2017 6
ބާސާއާ އެކު އިނިއެސްޓާ އުމުރުދުވަހުގެ ކޮންޓްރެކްޓެއް

ބާސެލޯނާ (އޮކްޓޯބަރު 7) – ބާސެލޯނާގެ ކެޕްޓަން އަންދްރެސް އިނިއެސްޓާ އެ ކްލަބާ އެކު "އުމުރުދުވަހުގެ" ކޮންޓްރެކްޓެއްގައި ސޮއިކޮށްފި އެވެ.

15 ސެޕްޓެމްބަރ

September 15, 2017 2
ސިޓީ އަށް އިނިއެސްޓާ ގެންނަން ގާޑިއޯލާ ބޭނުންވެއްޖެ

މެންޗެސްޓާ (ސެޕްޓެމްބަރު 15) - ބާސެލޯނާ އަށް ކުޅޭ ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރެސް އިނިއެސްޓާ މެންޗެސްޓާ ސިޓީ އަށް ގެންނަން އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބޭނުންވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

31 މެއި

May 31, 2017
ސްޕެއިނުގެ އެހެން ކްލަބަކަށް ނުކުޅޭނަން: އިނިއެސްޓާ

ބާސެލޯނާ (މެއި 31) – ބާސެލޯނާ ދޫކޮށްލުމަށް ފަހު ސްޕެއިނުގެ އެހެން ކްލަބަކަށް ނުކުޅޭނެ ކަމަށާއި އެކަމަކު އެހެން ގައުމެއްގެ ކްލަބަކުން ފެނިދާނެ ކަމުގެ އިޝާރާތެއް އަންދްރޭސް އިނިއެސްޓާ ދީފި އެވެ.

09 މެއި

May 09, 2017
ލީގު ލިބިއްޖެނަމަ އިނިއެސްޓާ ބާސެލޯނާ ދޫކޮށްލަނީ؟

ބާސެލޯނާ (މެއި 9) - މި ފަހަރުގެ ސްޕެނިޝް ލީގު ކާމިޔާބުވެއްޖެ ނަމަ ބާސެލޯނާގެ ކެޕްޓަން އަންދްރެސް އިނިއެސްޓާ އެ ޓީމު ދޫކޮށްލަން ވިސްނަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

18 މާޗް

March 18, 2017 5
"ޔުވެންޓަސްގައި އޮތީ ދުނިޔޭގެ ފެންވަރުގެ ސްކޮޑެއް"

ބާސެލޯނާ (މާޗް 18) – މެޗެއް ކޮންމެ ވަގުތަކު ވެސް ބަދަލުކުރެވޭ ފެންވަރުގެ ކުޅުންތެރިން ޔުވެންޓަސްގައި އެބަތިބި ކަމަށާއި އެ ޓީމާ ދެކޮޅަށް ކުޅެން ވަރަށް އުނދަގޫވާނެ ކަމަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޔުވެންޓަސްއާ ދެކޮޅަށް ނުކުންނަ ބާސެލޯނާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ ބުނެފި އެވެ.

31 ޑިސެމްބަރ

December 31, 2016 1
ބާސެލޯނާ ކުޅުންތެރިޔަކު ޗައިނާ އަށް ނުދާނެ: އިނިއެސްޓާ

ބާސެލޯނާ (ޑިސެމްބަރު 31) - ޗައިނާ ކްލަބްތަކުން ފައިސާ އޮއްސިޔަސް ބާސެލޯނާގެ ކުޅުންތެރިޔަކު އެ ގައުމަށް ނުދާނެ ކަަމަށް ބާސެލޯނާގެ ކެޕްޓަން އަންދްރެސް އިނިއެސްޓާ ބުނެފި އެވެ.

30 ނޮވެމްބަރ

November 30, 2016
ރެއާލް މެޑްރިޑާ ދެކޮޅަށް އިނިއެސްޓާ އަށް ކުޅެވޭނެ

ބާސެލޯނާ (ނޮވެމްބަރު 30) – ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗަށް ބާސެލޯނާގެ ކެޕްޓަން އަންދްރޭ އިނިއެސްޓާ ފިޓްވެއްޖެ ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރިކޭ ބުނެފި އެވެ.

02 އޮކްޓޯބަރ

October 02, 2016
އިނިއެސްޓާގެ 600 ވަަނަ މެޗު ބާސާ އަށް ވެސް ހާއްސަ

ބާސެލޯނާ (އޮކްޓޫބަރު 2) - ސްޕެނިޝް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ސެލްޓަ ވިގޯއާ ދެކޮޅަށް ބާސެލޯނާ ކުޅޭ މެޗަކީ އެ ޓީމުގެ މިޑްފީލްޑަރު އަންދްރެސް އިނިއެސްޓާ އެ ކްލަބަށް ކުޅެދޭ 600 ވަަނަ މެޗެވެ. ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނީ މިއީ އެ ކްލަބަށް ވެސް ހާއްސަ މެޗެއް ކަމަށެވެ.

23 ސެޕްޓެމްބަރ

September 23, 2016
ކެރިއަރު ނިންމާލާނީ ބާސެލޯނާގައި: އިނިއެސްޓާ

ބާސެލޯނާ (ސެޕްޓެމްބަރު 23) - ބޭނުންވަނީ ބާސެލޯނާގައި ހުރެ ރިޓަޔާކުރަން ކަމަށާއި އެ ޓީމުގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏަސް ކްލަބް ބަދަލުނުކުރާނެ ކަމަށް އަންދްރޭ އިނިއެސްޓާ ބުނެފި އެވެ.

27 ޖޫން

June 27, 2016
ޒިކޯ އާއި މަރަޑޯނާ ފަދައިން އިނިއެސްޓާ ހުއްޓުވަން ޖެހޭ

އިޓަލީން 1982 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރީ ނިސްބަތުން އާދައިގެ ސްކޮޑަކާ އެކު އެވެ. ގްރޫޕް ސްޓޭޖުން ކިރިޔާ ސަލާމަތްވިއިރު މަންޒަރު ބަދަލުވީ ދެ ވަނަ ބުރުގައި އޭރުގެ ގަދަ ދެ ބާރު އާޖެންޓީނާ އާއި ބްރެޒިލް އަތުން މޮޅުވި ހިސާބުންނެވެ. އެ ދެ މެޗުން އިޓަލީ މޮޅުވުމުގެ ބޮޑު ހިއްސާއެއް އޮތީ ބްރެޒިލްގެ ޒިކޯ އަދި އާޖެންޓީނާގެ ޑިއޭގޯ...