20 ނޮވެމްބަރ

November 20, 2016 1
ނޯޓް 7 އެނދިޔަސް އެޕަލް އާއި ގޫގުލް އަށް މޮޅެއްނުވި

ގެލަކްސީ ނޯޓް 7 އަށް ދިމާވި ހާދިސާއިން އެޕަލް އާއި ގޫގުލް ރަނގަޅު ފައިދާއެއް ނަގާނެ ކަމަށް ބެލެވުނު ނަމަވެސް އެކަން އެ ގޮތަށް ނުވި ކަމަށް މާކެޓް ދިރާސާ ފާމް، ގާޓްނާ ބުނެފި އެވެ. ސެމްސަންގް އަށް ކުރިމަތިވި ހިތާމަވެރި ހާދިސާއިން އެންމެ ރަނގަޅު ފައިދާއެއް ހޯދީ ޗައިނާ ސްމާޓްފޯން ކުންފުނިތަކުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

16 ނޮވެމްބަރ

November 16, 2016 2
މޮބައިލް އޮޕަރޭޓިން ސިސްޓަމްތަކުގެ ވާދަވެރިކަން

އެންމެ ބާރުގަދަ މޮބައިލް އޮޕަރޭޓިން ސިސްޓަމަކީ ކޮބައިތޯ އަހައިފި ނަމަ ބޮޑު މައްސަލައަކަށް ވާނެ އެވެ. އެކަށީގެން ވަނީ ދެ މީހަކަށް އެއް ޖަވާބަކަށް އެއްބަސްނުވެވުމެވެ. ޝައުގުވެރިކަން ކަފިވުމުގެ ސަބަބުންނެވެ. ސްމާޓްފޯން މާކެޓްގައި އެންމެ ގިނައީ އެންޑްރޮއިޑް ފޯނެވެ. މާނަ އަކީ އެންމެ ބާރުގަދަ މޮބައިލް އޮޕަރޭޓިން ސިސްޓަމަކަށް...

07 ނޮވެމްބަރ

November 07, 2016
އިންޑިއާއިން ސެލެބްރައިޓް ޓެކްނޮލޮޖީ ގަންނަނީ

އައިފޯނެއް ނުހުޅުވިގެން އެފްބީއައި އުޅުނު ވާހަކަ ގިނަ ބަޔަކު ވާނީ އަހާފަ އެވެ. އެ އިދާރާއިން ކުރި ތަހުގީގަކަށް ބޭނުންވާ މައުލޫމާތު އެ ފޯނުގައި ހުރި ކަމަށް ބުނެ، އައިފޯނެއް ހުޅުވަން އެޕަލް ގާތުގައި ވެސް އެފްބީއައި އާދޭސްކުރި އެވެ. އެޕަލް އިން އެކަން ކޮށްދޭކަށް ބޭނުމެއް ނުވި އެވެ.

02 ނޮވެމްބަރ

November 02, 2016 1
މީހެއްގެ ނަން "އައިފޯން 7" އަށް ބަދަލުކޮށްފި

އައިފޯނެއް ކިތަންމެ ބޭނުންވިޔަސް އޭގެ އަގު ބޮޑުކަމުން ނުލިބިފައި ތިބި އެތައް ބަޔަކު އުޅެ އެވެ. އައިފޯނު ގަންނަން ކިޑްނީ ވިއްކި މީހުން ވެސް އުޅެ އެވެ. ޔުކްރެއިން ޒުވާނަކު އޭނާގެ ނަން "އައިފޯން 7" އަށް ބަދަލުކޮށްގެން އޭގެ ފޯނެއް ހޯދައިފި އެވެ.

01 ނޮވެމްބަރ

November 01, 2016 1
އައިފޯން 8 އަށް ވަޔަލެސް ޗާޖިން ޓެސްޓްކުރަނީ

އައިފޯނުގައި، އެހެން ފޯނެއްގައި ނެތް، ގިނަ ސިފަތަކެއް އެބަ ހުއްޓެވެ. ވާދަވެރިންގެ ފޯނުތަކުގައި ހުރި ކިތައްމެ ސިފައެއް، އައިފޯނަށް ވެސް ގެންނަން ޖެހެ އެވެ. އައިފޯނު ޑިސްޕްލޭ ޓެކްނޮލޮޖީ ބަދަލުކުރަން ޖެހެ އެވެ. ވަޔަލެސް ޗާޖިން ގެންނަން ޖެހެ އެވެ. މިއީ ވަފާތެރިން އެންމެ ބޮޑަށް ބޭނުންވެގެން އުޅޭ ދެ ފަސޭހަ އެވެ.

30 އޮކްޓޯބަރ

October 30, 2016 2
މީ މިކްސް: މުޅި ފޯނުގައި ސްކްރީން؟

މިއީ ޝޯމީ "މީ މިކްސް" އެވެ. ބަލާބެލުމަށް ހީވަނީ އެއްގޮތަކަށް ވެސް ސްކްރީންގައި ދާރަ ނެތް ފޯނެއްހެންނެވެ. ޝޯމީން "މީ މިކްސް" އިސްތިހާރުކުރަނީ ވެސް ސްކްރީންގައި ކައިރިފަށް ނެތް ފޯނެއްހެން ހީވާ ގޮތަށެވެ. އެކަމަކު އެއީ ދޮގެކެވެ.

24 އޮކްޓޯބަރ

October 24, 2016
އެޕް ސްޓޯރަށް އެންމެ ގިނައިން ފައިސާ ލިބެނީ ޗައިނާއިން

އެމެރިކާ މީހުންނަށް ވުރެ ޗައިނާ މީހުން މުއްސަނދިވެއްޖެ އެވެ. ސަބަބު މިއޮތީ އެވެ. އެޕަލް އެޕް ސްޓޯރަށް ބެލި ނަމަވެސް، އެމެރިކާ އަށް ވުރެ ގިނަ ފައިސާ އެޕް ސްޓޯރަށް ޗައިނާއިން ލިބެ އެވެ.

15 އޮކްޓޯބަރ

October 15, 2016
އެޕަލް އައިފޯން 4 ނައްތާލަނީ

އެޕަލް އިން އައިފޯނު 4 ނައްތާލަނީ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އައިފޯނު 4 އަށް އެޕަލް އިން އަޅާލާނެ އެންމެ ފަހު ތާރީޚަކީ އޮކްޓޯބަރު 30 އެވެ. އެ އަށް ފަހު އައިފޯނު 4 އަށް ހާޑްވެއާ ބައިތައް އުފެއްދުމާއި ސަޕޯޓްދިނުން ހުއްޓާލާނެ އެވެ.

12 އޮކްޓޯބަރ

October 12, 2016
ޔޫކޭ ކެބިނެޓް ބައްދަލުވުންތަކުގައި އެޕަލް ވޮޗް މަނާ

އިނގިރޭސި ސަރުކާރުން ބަޔަކު ކިޔާހާ އެއްޗަކަށް ނުބަލަ އެވެ. ކެބިނެޓް ބައްދަލުވުންތަކަށް އެޕަލް ވޮޗް ވެއްދުން މިހާރު ވަނީ މަނާކޮށްފަ އެވެ. އެއީ ރަޝިއާ ހެކަރުންގެ ކިބައިން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ވަނީ ބުނެފަ އެވެ.

11 އޮކްޓޯބަރ

October 11, 2016 6
ފެން ނުވަންނަ ފޯނުތަކުގެ އައިޕީ ރޭޓިން އަކީ ކޯއްޗެއް؟

ސްމާޓްފޯނުތަކަށް ފެން ނުވަންނަ ގޮތް ހެދުމަކީ ކުންފުނިތަކުގެ މެދުގައި ބޮޑުވަމުން އަންނަ ވާދައެކެވެ. އެކަމަކު މީގެ ތިން އަހަރު ކުރިން ސޮނީން މާކެޓަށް ނެރުނު "އެކްސްޕީރިއާ ޒީ" ވާދަވެރިކަމުގެ ތެރޭގައި މިހާރަކު ނެތެވެ. އެއީ ފެން ނުވަންނަ ގޮތަށް އުފެއްދި ފުރަތަމަ ފޯނެވެ. އޮހޮރޭ ފެނުން ރައްކާތެރިކޮށްދޭ މިންގަނޑުން ސޮނީ "އެކްސްޕީރިއާ ޒީ"...

10 އޮކްޓޯބަރ

October 10, 2016 5
އައިފޯން 7 އަށް ހެޑްފޯން ޖެކް އަނބުރާ ގެންނަނީ

އެޕަލްގެ އެންމެ ފަހުގެ ފޯނު ކަމަށްވާ އައިފޯން 7 ގައި އެންމެ ތަފާތު އެއް ކަމަކީ ހެޑްފޯން ޖެކް ޖަހާނެ ތަނެއް ނެތުމެވެ. ވަޔަލެސް ހެޑްފޯނަށް ބަދަލުވުމެވެ. އެކަމަކު ކުރިން ވެސް ބޭނުންކުރި...

October 10, 2016
އެޕަލް ދެމިއޮތުމަށް ކުރެވެން އޮތީ ކޮން ކަމެއް؟

ސްޓީވް ޖޮބްސް ނެތް ހަޔާތެއްގައި އެޕަލް ދެމިނޯންނާނެ ކަމަށް ބުނާ މީހުން ދައްކާނެ ހުއްޖަތެއް ނެތެވެ. ޖޮބްސް މަރުވި ފަހުން ފަސް އަހަރު ފާއިތުވެ ދިޔައިރު ވެސް އެޕަލްގެ މުއްސަނދިކަމަށް...

04 އޮކްޓޯބަރ

October 04, 2016 1
އައިފޯނަށް އޯލެޑް ޑިސްޕްލޭ

"ރެޓީނާ ޑިސްޕްލޭ" އަކީ "ހައި ރެޒޮލޫޝަން" އާލަތްތަކާއި ޑިސްޕްލޭ ސްކްރީންތައް މާކެޓްކުރަން އެޕަލް އިން ބޭނުންކުރާ ލަފުޒެކެވެ. އެ މީހުން ދެކޭ ގޮތުގައި، "ރެޓިނާ ޑިސްޕްލޭ"ތަކަށް، ވާދަވެރި މާކެޓްގައި ޖާގަ އެބަ އޮތެވެ.

28 ސެޕްޓެމްބަރ

September 28, 2016 4
އައިފޯން 7 ގައި ހެޑްފޯން ޖެކަށް ލޯވަޅެއް ނާޅާތި

އައިފޯން 7 ގެ އެންމެ ހާއްސަ ކަމަކީ އާދައިގެ ހެޑްފޯން ޖެކް ޖަހަން އިންނަ ޖާގަ ނެތުމެވެ. ވަޔަލެސް ހެޑްފޯނެއް އެޕަލް އިން ތައާރަފްކުރިޔަސް އެއްބަޔަކަށް މިކަން ވެފައި ވަނީ އުނދަގޫ ކަމަކަށެވެ. އާ އައިފޯނަށް ވާގަނޑުލީ ހެޑްފޯން ޖަހަން ބޭނުން ނަމަ އިތުރު އެކްސަސަރީއެއް ބޭނުންވެ އެވެ.

27 ސެޕްޓެމްބަރ

September 27, 2016 12
ފޯނެއް ހުޅުވުމަކީ މި މީހުންނަށް އެއްވެސް ކަމެއް ނޫން

މިދިޔަ އަހަރު އެމެރިކާގެ ސަން ބާނާޑިއޯގައި ބަޑިން ހަމަލާދީ އެތައް ބަޔަކު މަރާލުމުގެ ޖަރީމާ ހިންގި މީހާގެ އައިފޯން ހުޅުވައިދޭން އެޕަލް އިން ދެކޮޅު ހަދަމުން ދަނިކޮށް އެފްބީއައި އަށް...

September 27, 2016 5
އައިފޯން 7 އިން ސްކްރީންޝޮޓެއް ނަގާނީ ކިހިނެއް؟

އައިފޯނުން، އާދައިގެ ހާލަތްތަކުގައި ސްކްރީންޝޮޓް ނަގަނީ އެއްފަހަރާ ދެ ބަޓަނަކަށް އޮބާލައިގެންނެވެ. އެއީ "ޕަވާ ބަޓަން" އާއި "ހޯމް ބަޓަން" އެވެ. އެކަމަކު ތިޔަ ބުނާ ކަހަލަ ހޯމް ބަޓަނެއް...

22 ސެޕްޓެމްބަރ

September 22, 2016 47
އައިފޯން 7 ރާއްޖޭގައި ނެރެފި، ކިއޫ ވެސް ދަމާލައިފި

އެޕަލް ކުންފުނީގެ އައިފޯން 7 މިއަދު ހެނދުނު ރާއްޖޭގައި ނެރުނުއިރު، ފޯން ގަންނަން ގިނަ އަދަދެއްގެ މީހުން ކިޔޫ ޖެހިއްޖެ އެވެ.

21 ސެޕްޓެމްބަރ

September 21, 2016 1
އައިފޯންގައި ބެރޯމީޓަރެއް، ކީއްކުރާ އެއްޗެއް؟

އެޕަލް އިން އައިފޯނަށް ބެރޯމީޓަރު ތައާރުފުކުރީ އައިފޯން 6 އާ ހިސާބުންނެވެ. އޭގެ ކުރިން އެއްވެސް އައިފޯނެއްގައި ބެރޯމީޓަރު ހިމަނާފައެއް ނުވެ އެވެ. ވާދަވެރި ފޯނުތަކުގައި ބެރޯމީޓަރަކީ އާ އެއްޗެއް ނޫނެވެ. ޒަމާން ފެށުނީއްސުރެ އެ ފޯނުތަކުގައި ބެރޯމީޓަރު އިނދެ އެވެ. އެހެން ނަމަވެސް، އައިފޯނުގައި ބެރޯމީޓަރު ހިމެނުމުން އެ ވަނީ ސިނާއަތަށް...

20 ސެޕްޓެމްބަރ

September 20, 2016 1
އައިފޯން 7ގެ 100 މިލިއަން ފޯނު މިއަހަރު ވިކޭނެ

އެޕަލްގެ ވާދަވެރި ސެމްސަންގުން އެންމެ ފަހުން ބާޒާރަށް ނެރުނު ނޯޓް 7 ގެ ބެޓެރީ ހޫނުވެ ގޮވުމަށް މެދުވެރިވާ ސަބަބާ ހެދި އެ ފޯނުތައް ވިއްކުން ހުއްޓާލުމުން އެޕަލްގެ އައިފޯންގެ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި މި އަހަރު ނިމޭއިރު 100 މިލިއަން އައިފޯން 7 ވިކުން އެކަށީގެންވާ ކަމަށް ދެކުނު ކޮރެއާގެ އެނަލިސްޓުން ބުނެފި އެވެ.

19 ސެޕްޓެމްބަރ

September 19, 2016 10
ހެޑްފޯން ޖެކް ޖެހި ތަނުގައި މިހާރު އޮތީ ކޯއްޗެއް؟

އައިފޯން 7 ޑިޒައިންކޮށްފައި ހުރި ގޮތުން ފުލުގައި ދެ ސްޕީކަރު އިންނަހެން ހީވެ އެވެ. އެކަމަކު ހަގީގަތަކީ ކޮބައިތޯ ބަލަން "އައިފިކްސްއިޓް" އިން އާރޯތާނާ އައިފޯން 7 ރޫޅައި ކުދިކޮށްފި...

September 19, 2016 2
އައިފޯން ހެކްކުރި ބަޔަކު ހޯދަން ދައުވާކޮށްފި

އައިފޯން ހެކް ކުރުމަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ހޯދީ ކޮން ބައެއްގެ އެހީއެއްތޯ އާއި ފޯނު ހެކްކޮށްދިން މީހުންނަށް ޚަރަދުކުރީ ކިހާ...

17 ސެޕްޓެމްބަރ

September 17, 2016 2
އައިފޯން ހޯދަން ތައިލެންޑުން ސިޑްނީއަށް، ނިދީ މަގުމަތީ

އެޕަލްގެ ވަފާތެރި ސަޕޯޓަރުންނަށް މި ދިޔައީ ހާއްސަ ހުކުރެކެވެ. ކުންފުނީގެ އާ ފޯނު ބާޒާރަށް ނެރުމާ އެކު ވީހާވެސް އަވަހަކަށް ގަންނަން ތިބީ ކެތްމަދުވެފަ އެވެ. އެންމެ ކުރިން ދުވަސް ފެށޭ ގައުމަކީ އޮސްޓްރޭލިއާ ކަމަށް ވާތީ ބައެއް މީހުން މާދުރުން އެ ގައުމަށް ދަތުރުކޮށް އެޕަލްގެ ފިހާރަތަކުގެ ބޭރުގައި ކިއޫގައި ޖެހުނެވެ. އޭގެ ތެރެއިން އެކަކީ...

15 ސެޕްޓެމްބަރ

September 15, 2016
ހެޑްފޯން ޖެކް މުހިންމެއް ނޫން

މި އޮތީ ހުތް މޭބިސްކަދުރަށް ވެފަ އެވެ. އެޕަލުން ހެޑްފޯން ޖެކް ނައްތާލަން އުޅުނުއިރު ކަންބޮޑުވި މީހުން މިހާރު ތިބީ އުފަލުންނެވެ. ހަގީގަތުގައި ވެސް 3.5އެމްއެމް ހެޑްފޯން ޖެކަކީ ޒަމާނަށް ފެތޭ އެއްޗެއް ނޫން ކަމަށް އެ މީހުން ބުނެފި އެވެ.