08 ޑިސެމްބަރ

December 08, 2019 1
ޓޭޕު އަޅާފައިވާ ކެޔޮވަކެއް 120،000 ޑޮލަރަށް

އާޓްވޯކްތައް އެކި މީހުންނަށް މާނަކުރެވޭނީ އެކި ގޮތަށެވެ. ވަރަށް އާދައިގެ އުފެއްދުމަކުން ވެސް ފުން މާނައެއް ނެގިދާނެ އެވެ. އަދި ކުރެހުންތެރިއަކު ދޫކޮށްލާ، އެއްވެސް އެއްޗަކަށް ނުވާ ކަހަލަ އުފެއްދުމަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓި އޭގެ ވާހަކަ ވަރަށް ގަދައަށް ދެކެވޭ ފަހަރު ވެސް އާދެ އެވެ.

24 އޯގަސްޓް

August 24, 2019 4
ޑރ. ނާއިލާ، މިފަހަރު ކުރެހުންތެރިއެއްގެ ގޮތުގައި!

ރާއްޖޭގެ ކަނޑު އަޑީގެ މަންޒަރުތައް ކުރައްސަވާފައި ވަނީ ބިއްލޫރިގަނޑެއްގަ އެވެ. "ރިވާސް ޕެއިންޓިން" ނުވަތަ ލޯގަނޑެއްގައި އިދިކޮޅަށް ކުރެހުންތެރިޔާ ކުރަހާފައި އެވާ ތަސްވީރު އޭގެ އަސްލު ފޮޓޯއެކޭ އެއްފަދަ އެވެ. ކަނޑު އަޑީގެ ދިރުންތައް ފެންނަހެން ހީވަނީ އޭގެ ގުދުރަތީ ކުލަތަކުގަ އެވެ. މުރަކަތަކާއި މަސްތަކުގެ ސިފަ ވަރަށް ވެސް އަސްލެވެ....

21 ޖޫން

June 21, 2019
އަމީނިއްޔާގައި އާޓް އެގްޒިބިޝަނެއް

އަމީނިއްޔާ ސްކޫލްގެ އަލިމަސްޔޫބީލް ފާހަގަކުރުމަށް އާޓް އެގްޒިބިޝަނެއް ބާއްވަން ނިންމައިފި އެވެ.

04 އޮކްޓޯބަރ

October 04, 2018 13
ޝައްފާންގެ "އަހުރެން": ހަގީގަތަކަށް ވި ކުރެހުން

ހިނގަމުންދާ މުޖުތަމައުގެ ސިޔާސީ ހާލަތާއި ހައްގުތަކުގެ ވާހަކަތަކާއި އެ ކަންކަމުގެ އިހުސާސްތައް ގަލަމުން ތިލަކުރެވެ އެވެ. ޓްވީޓްކުރެވެ އެވެ. ޖޯކް ޖެހެ އެވެ. ދެން ނުކުރެހެންވީ ކީއްވެ ހެއްޔެވެ؟ ގާނޫނުން މަނާކުރަނީ ހެއްޔެވެ؟ ނޫނެކެވެ. ގާނޫނުން ވެސް ހުއްދަ ލިބެ އެވެ. ދެން މައްސަލަ އަކީ ކޮބާ ހެއްޔެވެ؟

04 ސެޕްޓެމްބަރ

September 04, 2018
"އަންވެއިލިން ވިޝަންސް" އާޓް އެގްޒިބިޝަން ހުޅުވައިފި

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (އެމްއޭސީ) އިން ބާއްވާ "އަންވެއިލިން ވިޝަންސް: މޯލްޑިވްސް ކޮންޓެންޕޮރަރީ އާޓް އެގްޒިބިޝަން 2018" ރޭ ހުޅުވައިފި އެވެ.

24 ޖުލައި

July 24, 2018 122
ސިއްރުފެންފުށީގެ މޫދުގައި ހެދި އާދަޔާހިލާފު "ގެލަރީ"

މިދިޔަ އޭޕްރީލް މަހު ހުޅުވި ފެއާމޮންޓް ސިއްރު ފެންފުށީގެ ހާއްސަކަން މީގެ ކުރިން މީހުން ސިފަ ކުރަނީ އެ ރިސޯޓުގައި ހުންނަ 200 މީޓަރުގެ ދިގު ސްވިމިންޕޫލާ ގުޅުވައިގެންނެވެ. އެކަމަކު 120 ލަގްޒަރީ ވިލާގެ މި ރިސޯޓުގެ މޫދުގައި މިހާރު އެއަށް ވުރެ ހާއްސަ ތަނެއް ހުރެ އެވެ. ދުނިޔޭގެ ފުރަތަމަ މޫދު ސްކަލްޕްޗާ ގެލަރީ މިދިޔަ އާދިއްތަ ދުވަހު ހުޅުވި...

26 ފެބުރުއަރީ

February 26, 2018 2
ފަންނާނުންގެ މަސައްކަތް ހިލޭ އިޝްތިހާރުކޮށްދެނީ

ރާއްޖޭގެ ފަންނުވެރިންނާއި އެ މީހުންގެ މަސައްކަތްތައް ހިލޭ ޕްރޮމޯޓްކޮށް، އިޝްތިހާރުކޮށްދޭން މަސައްކަތް ކުރަމުން އަންނަ ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ބުނެފި އެވެ.

09 ޖެނުއަރީ

January 09, 2018 3
ކަޑިންމަ ރިސޯޓަށް ކުލައިގެ އީދެއް!

ރާއްޖޭގެ ރިސޯޓެކޭ ބުނުމުން ކޮންމެ މީހަކަށް ވެސް ސިފަވާނީ ސާފު ހުދު ވެއްޔާއި ވިލު ނޫކުލައި މޫދެވެ. އެކަމަކު ކަނޑިންމަ ރިސޯޓުން އަހަރު ނިންމުމާ ދިމާކޮށް، ރާއްޖޭގެ ރިސޯޓަކުން މިހާތަނަށް ނުބާއްވާ ފެންވަރުގެ ކުލަ ގަދަ އާޓް ފެސްޓިވަލެއް ބާއްވައި ހުރިހާ ކުލަތަކެއް ވަނީ ދައްކާލައިފަ އެވެ. އެއީ ކުލައިގެ ބޮޑު އީދެކެވެ.

12 ފެބުރުއަރީ

February 12, 2017
ފެސްޓިވަލް އޮފް އާޓްސް: ފަންނުވެރިންނަށް އާ ފުރުސަތެއް

އާޓިސްޓުން އަބަދުވެސް ކުރާ ޝަކުވާ އަކީ އެ މީހުންގެ މަސައްކަތް ގިނަ ބަޔަކަށް ދައްކާލެވޭނެ ގޮތެއް ނެތުމާއި ކުރާ މަސައްކަތަށް އެކަށިގެންވާ އާމްދަނީ އެއް ނުލިބުމެވެ. މި ޝަކުވާއާ އެކު، ރާއްޖޭގައި ތިބި ފަންނުވެރިންނަށް ފުރުސަތު ހޯދައިދިނުމަށް މީގެ ހަތަރު އަހަރު ކުރިން ޝުވެޝް އާއި ނޭޝަަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އާއި...

26 ޖެނުއަރީ

January 26, 2017
ފަންނާނަކު ޓްރަމްޕަށް ލެއިން ވަރުގަދަ މެސެޖެއް ދީފި

ޑޮނަލްޑް ޓްރަމްޕް ރައީސްކަމަށް ހުވާ ކުރުމުގެ މުނާސަބަތާ ދިމާކޮށް އެކިއެކި ކަންތައްތައް އެމެރިކާގައި ހިނގި އެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވި އެއް ކަމަކީ އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ހިނގާލުންތަކާއި މުޒާހަރާތަކެވެ. ސިޔާސީ އެކިއެކި މެސެޖްތައް ދިނުމަށް އެމެރިކާގެ ރައްޔިތުން އެކިއެކި ގޮތްތައް ޚިޔާރުކުރި އެވެ....

11 ޑިސެމްބަރ

December 11, 2016 1
ކައްޓި ހިތްވަރު، ޒުވާނުންގެ އާ ހިތްވަރެއް!

ފަންނުވެރިކަމާ ގުޅޭ ގޮތުން މާލޭގައި އެންމެ އާއްމުކޮށް ބާއްވަނީ އެކި ކަހަލަ ކުރެހުންތައް ދައްކާލުމުގެ އާޓް އެގްޒިބިޝަންތަކެވެ. އެކަމަކު ކައްޓި ހިތްވަރުގެ ނަމުގައި 2012 ވަނަ އަހަރު ބާއްވަން ފެށި، ފެސްޓިވަލުން ފަންނުވެރިކަމުގެ ހުރިހާ ހުނަރެއް އެއްތަނަކުން ފެނެ އެވެ. ކުރެހުމާއި ފޮޓޯގްރަފީ އާއި މިއުޒިކާއި ޅެންވެރިކަމާއި...

22 ނޮވެމްބަރ

November 22, 2016
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ކުރެހުން ހެދުމުގައި

އިމާދުއްދީން ސްކޫލުގައި ކިޔަވާ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ކުރެހުންތައް، ހެދުމުގައި ޕްރިންޓްކޮށްގެން ވިއްކުމަށް ޕްރޮޖެކްޓެއް ތައާރަފްކޮށްފި އެވެ.

25 އޮކްޓޯބަރ

October 25, 2016
ލެކިއުޓުން ކޮންމެ މަހަކު އާޓް އެގްޒިބިޝަނެއް ބާއްވަނީ

އަރަމުން އަންނަ ދިވެހި ފަންނުވެރިންގެ މަސައްކަތް ދައްކާލައި އެ ފަރާތްތަކުގެ މަސައްކަތް ވިއްކޭނެ ފުރުސަތު ހޯދައިދިނުމަށް ކޮންމެ މަހަކު އާޓް އެގްޒިބިޝަނެއް ބާއްވަން ލެކިއުޓުން ފަށައިފި އެވެ.

19 އޯގަސްޓް

August 19, 2016 2
ކޮފީ އާއި ފަންނުވެރިކަން އެކުވެ ރީތި މަންޒަރުތަކެއް

މިހާރު ކޮފީ އަކީ ދިރިއުޅުމުގެ އެއްބައި ކަމަށް ވެއްޖެ އެވެ. ކޮފީ ބުއިމުގައި ހޭދަކުރާ ވަގުތު ގިނަ އެވެ. އެކަމަކު ކޮފީ އަކީ ހަމައެކަނި ރަހައިގެ ގޮތުން ހާއްސަ އެއްޗެއް ނޫންކަން ފަންނާނުން ސާބިތުކޮށްދެ އެވެ. ކުރެހުންތެރިން އެ މީހުންގެ ފިހިތަކުން ދައްކުވައިދެނީ ކޮފީން ކުލަ ޖެހިފައިވާ ހިތްގައިމު މަންޒަރުތަކެވެ.