11 މެއި

May 11, 2020 1
މިއީ ލޮކްޑައުންގައި ހުނަރުވެރިންގެ ޝުއޫރުތައް

ލޮކްޑައުންގައި ގޭގައި އިނދެ ފޫހިވެގެން ހެދީ ފޭސްބުކް ގްރޫޕެކެވެ. މި މަހު ދެ ވަނަ ދުވަހު ހެދި ގްރޫޕަށް ރައްޓެހިން އިތުރުކޮށް، އެހެން މީހުންނަށް ވެސް ދައުވަތު ދެމުން ގޮސް މިހާރު 1،400 އަށް ވުރެ ގިނަ މެމްބަރުން އެބަ ތިއްބެވެ. ބޭނުމަކީ މި ދުވަސްވަރު ގޭގައި ނުވަތަ އެކަނި ކޮންމެވެސް އެހެން ތަނެއްގައި ތިބެގެން ވަގުތު ހޭދަކުރާއިރު އަމިއްލަ...

04 ފެބުރުއަރީ

February 04, 2020 11
އާޓިސްޓުންގެ ކުރެހުންތައް މަޖިލީހުގައި!

ރާއްޖޭގެ އާޓިސްޓުންގެ ތެރޭގައި ހިމެނޭ ކުރެހުންތެރިންގެ ހުނަރުތައް ރައްޔިތުންގެ މަޖިލީހުގައި ދައްކައިލުމުގެ ފުރުސަތު މަޖިލީހުން ފުރަތަމަ ފަހަރަށް ދީފި އެވެ.

04 ޖެނުއަރީ

January 04, 2020 42
ރިނބުދޫ ތަފާތު ކޮށްލައިފި، ހިތްގައިމު ކުރެހުންތަކެއް!

ސޯޝަލްމީޑިއާގައި މިހާރު އެންމެ ހިނގަނީ ދ. ރިނބުދު އެވެ. ރާއްޖޭގެ ރީތި ކަމާއި ސަގާފީ އެކި މަންޒަރުތަކުން އެ ރަށުގެ ފާރުތައް ޗާލުކޮށް، ރަށަށް ހިތްގައިމު ބަދަލެއް ގެނެސްދީފި އެވެ.

26 ނޮވެމްބަރ

November 26, 2019
އެމްއެމްއޭސީ:މިޔުޒިކާއި އާޓުގެ ކާމިޔާބު ސެންޓަރެއް

ރާއްޖޭގައި ހުނަރުވެރި ކުދިންގެ އަދަދު މަދެއް ނޫނެވެ. ނަމަވެސް އެ ކުދިންނަށް އެ ހުނަރު ކުރިއަރުވައި، އެ ހުނަރެއްގެ ރަނގަޅު ބޭނުން ހިފޭނެ ފުރުސަތުތައް ރާއްޖޭގައި ވަރަށް މަދެވެ. މިފަދަ ކުދިންނަށް ހުނަރު ކުރިއެރުވުމަށް ފުރުސަތު ހޯދައިދިނީ މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓާ (އެމްއެމްއޭސީ) އިންނެވެ.

28 ސެޕްޓެމްބަރ

September 28, 2019 5
އާޓިސްޓުންގެ ހައްގުތައް ހިމާޔަތް ކުރަންޖެހޭ: ޔުމްނާ

ރާއްޖޭގެ އާޓިސްޓެއްގެ ކުރެހުމެއް ބޭރު މީހަކު "ވަގަށް" ނަގައި ބޭނުންކުރި މައްސަލައިގައި އާޓްސް އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

September 28, 2019 13
އާރޮން ކާޓާ "ވަގަށް ނެގި" ކުރެހުން ޑިލީޓްކޮށްފި

ރާއްޖޭގެ ޑިޖިޓަލް އާޓިސްޓު އަލީ ޝިމްހާގުގެ ކުރެހުމަކީ އަމިއްލަ އެއްޗެއް ކަމަށް ހަދައި ބޭނުންކުރި އެމެރިކާގެ އާޓިސްޓް އާރޮން ކާޓާ އަށް ފާޑުކިއުން އަމާޒުވުމުން އެ ކުރެހުން އޭނާ...

September 28, 2019 24
ޝިމްހާގްގެ ކުރެހުން ބޭރު މީހަކު ވަގަށް ނަގައިފި!

ރާއްޖޭގެ އާޓިސްޓުންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ އިންޓަނެޓްގެ ތެރެއިން އެ މީހުންގެ މަސަައްކަތްތައް ބައެއް މީހުން ފޭރިގަތުމެވެ. އަމިއްލަ އަށް އެތައް މަސައްކަތަކުން...

24 އޯގަސްޓް

August 24, 2019 4
ޑރ. ނާއިލާ، މިފަހަރު ކުރެހުންތެރިއެއްގެ ގޮތުގައި!

ރާއްޖޭގެ ކަނޑު އަޑީގެ މަންޒަރުތައް ކުރައްސަވާފައި ވަނީ ބިއްލޫރިގަނޑެއްގަ އެވެ. "ރިވާސް ޕެއިންޓިން" ނުވަތަ ލޯގަނޑެއްގައި އިދިކޮޅަށް ކުރެހުންތެރިޔާ ކުރަހާފައި އެވާ ތަސްވީރު އޭގެ އަސްލު ފޮޓޯއެކޭ އެއްފަދަ އެވެ. ކަނޑު އަޑީގެ ދިރުންތައް ފެންނަހެން ހީވަނީ އޭގެ ގުދުރަތީ ކުލަތަކުގަ އެވެ. މުރަކަތަކާއި މަސްތަކުގެ ސިފަ ވަރަށް ވެސް އަސްލެވެ....

21 ޖޫން

June 21, 2019 4
އަމީނިއްޔާގެ މައުރަޒުން ފެނުނު އަމީން ދީދީގެ ކޮލާޖު

ރާއްޖޭގެ ތައުލީމީ ދާއިރާގައި އެންމެ މުހިއްމު އެއް ބައިވެރިޔާ، އަމީނިއްޔާ ސްކޫލުގެ އަލިމަސްޔޫބީލާ ގުޅިގެން އަންނަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން އެ ސްކޫލުގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެރިންގެ އިތުރުން ކުރީގެ ދަރިވަރުންނަށް ހުޅުވާލައިގެން މިއަދު ފެށި މައުރަޒުގައި ގިނަ...

09 ޖޫން

June 09, 2019 18
މޯދީ އަށް ހަދިޔާކުރެއްވި ގުޅިން ފަންނުވެރިޔާ އުފަލުން

ގަލުގައި ދިވެހި ޒަމާންވީ ކުރެހުންތައް ކަނޑައިނެގުމުގެ މަސައްކަތްކުރާ، މުހައްމަދު އިމްރާނުގެ އުފެއްދުންތައް އަބަދުވެސް ރައީސް އޮފީހުގައި ހުރެ އެވެ. އެއީ ހަދިޔާގެ ގޮތުގައި ބޭރުގެ އިއްޒަތްތެރިންނަށް އެރުވުމަށެވެ. އިއްޔެ ރާއްޖެ ވަޑައިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ހަދިޔާގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު...

18 ނޮވެމްބަރ

November 18, 2017 15
ކުރެހުމުން ނަފާ ހޯދަން ފެށި ދަތުރު ނިމުނީ މާފުއްޓަށް

ލިބިފައިވާ ހުނަރު އެހެން މީހުންނަށް ދައްކާލުމަކީ އުމުރުން 20 އަހަރުގެ ހަސަން ރިފާޒުގެ އަބަދުވެސް އަމާޒެވެ. އެހެންވެ، އަމިއްލަ ގޭގައި އިނދެގެން ކުރެހުމުގެ ބަދަލުގައި އޭނާ އެންމެ ފުރަތަމަ ފެށީ މީހުންގެ ގޭގޭގެ ފާރުތަކުގައި ކުރަހައިދޭށެވެ. ހިތާނުކޮށްގެން އުޅޭ ގޭގެ ޑެކަރޭޓްކުރުމާއި ރަށުގައި ބާއްވާ އެކި ހަފުލާތަކަށް ތަން...

09 މާޗް

March 09, 2017 6
ތަމްސީލުގެ ތެރޭން އައި "އިލްނޮއިސް"ގެ ތިން އެކްޓަރުން

ތަމްސީލެއް ކުޅޭ ނަމަ އެކަކު މަދު ވަގުތުކޮޅެއްގެ ތެރޭގައި ކިތަންމެ ކެރެކްޓާއަކަށް ބަދަލު ވާންޖެހެ އެވެ. ރޯ ނަމަ ނުވަތަ ހޭ ނަމަ ހަގީގަތުގައި ވެސް އެކަމެއް ކުރަން ޖެހެ އެވެ. އެކަމަކު މިއީ ވަރަށް ކުޅަދާނަ ބަޔަކަށް ނޫނީ ނުކުރެވޭނެ ކަމަކެވެ. މިފަދަ މެތޮޑް އެކްޓިން ރާއްޖޭން ވަރަށް މަދުން ނޫނީ ނުފެންނައިރު، މި އެކްޓަރުންގެ ކުޅަދާނަކަން މި...

09 ފެބުރުއަރީ

February 09, 2017 14
ޒުވާނެއްގެ ހަޔާތުގެ ސިއްރުތައް ޅެން ފޮތަކުން

ކިތަންމެ ހަގު އުމުރެއްގައި ވެސް ހުވަފެނެއް ހަގީގަތަކަށް ހެދިދާނެ އެވެ. ޒުވާން ނޫސްވެރިޔާ ހުސެން އަލީ އޭނާގެ ޅެންވެރިކަމުގެ ހުނަރު ހާމަކޮށްދެމުން ފޮތެއް ނެރެން އެ އުޅެނީ އުމުރުން 20 އަހަރުގަ އެވެ.

11 ޑިސެމްބަރ

December 11, 2016 46
ފޮށުމާ ދެކޮޅު ލިޔުމަކާ ހެދި ހަމަނުޖެހުން ހިނގައިފި

ޒުވާނުންގެ ފަންނުވެރިކަން ދައްކައިލުމަށް ބިލަބޮންގް ސްކޫލުގައި އޮތް "ކައްޓި ހިއްވަރު" ފެސްޓިވަލަށް ރޭ ބަޔަކު ވަދެ، ހަމަނުޖެހުން ހިންގީ މަގުމަތިން މީހުންނާ ފޮށޭ މައްސަލާގައި، އެތަނުގައި ބަހައްޓާފައި ހުރި ޗާޓަކާ ގުޅިގެން ކަން އެނގިއްޖެ އެވެ.

10 ނޮވެމްބަރ

November 10, 2016 43
"ހަބޭސް" މިހާރު މާ ހަބޭސް

ހަބޭސް ބޮޑުބެރު ގްރޫޕުން ވިދާލި އެތައް ލަވަކިޔުންތެރިންނަކާއި ބެރުޖެހުންތެރިންނެއް އެ ގްރޫޕު ދޫކޮށް ހިނގައްޖެ އެވެ. ނަމަވެސް އާ ބައިވެރިންނާ އެކު ރާއްޖޭގެ އެއް ނަމްބަރު ބޮޑު ބެރު ގްރޫޕްގެ ގޮތުގައި އަދިވެސް ދަނީ ކުރިއަށެވެ.

20 ސެޕްޓެމްބަރ

September 20, 2016 27
ފަރުހާދުގެ ހުނަރުން މިސްކިތްތަކަށް ޒީނަތްތެރިކަން

ޓީޗަރަކަށް އުޅުނުއިރު ލިބޭ ޗުއްޓީގައި އޭނާ ވަންނާނީ ކޮންމެވެސް ގެސްޓް ޝޮޕަކަށެވެ. ނޫނީ ފެންނާނީ ކޮންމެވެސް ތާރީހީ އިމާރާތެއް ވަށައި އެނބުރެނިކޮށެވެ. ކުރާނެ އިތުރު ކަމެއް ނެތިގެންނެއް ނޫނެވެ؛ ޝައުގުވެރިވާ ދާއިރާ އިން ކުރިއަށް ދާން ހިތުގައި ބިންވަޅު ނެގިފައި އޮތްލެއް ބޮޑުކަމުންނެވެ. އެއީ މާޒީ އެވެ.