21 މާޗް

March 21, 2020 5
އޮޕަރޭޝަނަށް ފަހު އަސަދުﷲ ވަރުގަދަ އަޒުމެއްގައި

ކަކުލަށް ލިބުނު ބޮޑު އަނިޔާ އަށް ފަރުވާ ހޯދަން މާޒިޔާ އާއި ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް އަސަދުﷲ އަބްދުﷲ (އަސައްކޮ) ވަނީ ބުރާސްފަތި ދުވަހު އޮޕަރޭޝަން ކޮށްފަ އެވެ. މިއީ ތިން އަހަރު ތެރޭ އަސަދުﷲ ކުރި ދެ ވަަނަ އޮޕަރޭޝަނެވެ. ކުރީ ފަހަރަކޭ އެއްގޮތަށް މި ފަހަރު ވެސް އޭނާ ހުރީ އަލުން ވަރުގަދަކޮށް، އެނބުރި ކުޅެން އައުމުގެ އުއްމީދުގަ އެވެ.

24 ފެބުރުއަރީ

February 24, 2020 4
އަސަދުﷲގެ ކަކުލަށް އަނެއްކާ ވެސް ސީރިއަސް އަނިޔާއެއް

އޭއެފްސީ ކަޕްގެ ޕްލޭއޮފްގެ ފުރަތަމަ ލެގުގައި މިދިޔަ ހަފުތާގައި އިންޑިއާގެ ބެންގަލޫރު އަތުން 2-1 އިން މާޒިޔާ މޮޅުވި މެޗުގައި އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲގެ ކަނާތު ކަކުލަށް ލިބުނު އަނިޔާ ހީކުރި ވަރަށް ވުރެ ސީރިއަސް ކަމަށާއި ކަކުލުގެ ލިގަމެންޓް އިރައިގެން ގޮސްފައިވާ ކަމަށް މާޒިޔާ އިން ބުނެފި އެވެ.

04 ފެބުރުއަރީ

February 04, 2020 8
އަސަދުﷲ ބޮޑު ހިތްހަމަޖެހުމަކީ ސްކޮޑު ވަރުގަދަވުން

މި ފަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިން މެޗުތަކަށް ނުކުންނައިރު ލިބޭ އެންމެ ބޮޑު ހިތްހަަމަ ޖެހުމަކީ ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިންނާ އެކު ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިންތަކެއް ހިމެނޭ ގޮތަށް ވަރުގަދަ ސްކޮޑެއް މާޒިޔާގައި އޮތުން ކަމަށް އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނެފި އެވެ.

06 ޖޫން

June 06, 2019 3
ޓީމު ވަރުގަދަ، އަސަދުﷲ ބޮޑު އިތުބާރެއްގައި

މިދިޔަ ސީޒަން ތަށްޓެއް ނުލިބި ހުސްއަތާ ނިންމާލަން ޖެހުމުން މި ސީޒަނާ މާޒިޔާ އިން ކުރިމަތިލީ ހާއްސަ އަމާޒެއްގަ އެވެ. ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނެސް ކުރިއަށް ވުރެ ވަރުގަދަކުރި އެވެ. މި ސީޒަނަށް އެންމެ ދުރާލާ ތައްޔާރުވެ، އެންމެ ފުރަތަމަ ޕްރެކްޓިސް ވެސް ފެށީ މާޒިޔާ އިންނެވެ. ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲގެ ނަޒަރުގައި މިއީ...

20 މާޗް

March 20, 2019 4
ކެޕްޓަން އަސަދުﷲ ވެސް މާޒިޔާގައި މަޑުކޮށްފި

ފާއިތުވި އަހަރުތަކުގައި މާޒިޔާގެ ކެޕްޓަން ބޭންޑް އަޅައިގެން މޮޅު ކުޅުމެއް ދެއްކި ގައުމީ ޓީމުގެ ފޯވާޑް އަސަދުﷲ އަބްދުﷲ (އަސައްކޮ) ވެސް މާޒިޔާއާ އެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފި އެވެ.

21 އޯގަސްޓް

August 21, 2018 4
އަސަދުﷲ ފައިނަލް ސްކޮޑުގެ ޖާގައެއްގެ އުއްމީދުގައި

މިދިޔަ އަހަރުގެ އޮގަސްޓް މަހު ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވެ، މާޒިޔާގެ ފޯވާޑް އަސަދުﷲ އަބްދުﷲ (އަސައްކޮ) ކުޅުމަށް އެނބުރި އައީ މިދިޔަ މޭ މަހު އެވެ. ގައުމީ ޓީމުގެ ކޯޗުކަމާ ކްރޮއޭޝިއާގެ ޕީޓަ ސެގާޓް ހަވާލުވުމަށް ފަހު ކުޅުނު ފުރަތަމަ ދެ މެޗުގައި އަސަދުﷲ ހުރީ ކުޅި ބަލާށެވެ. އޭރު އޭނާ ދިޔައީ ރިކަވަރީ ކުރިއަށްގެންދަމުންނެވެ....

07 މެއި

May 07, 2018 3
ގިނަ ދުވަހު ކުޅުމާ ދުރުގައި ހުރި ކަމުގެ އިހުސާސް ނުކުރެވޭ: އަސަދުﷲ

އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ނުވަ މަސް ދުވަސް ހޭދަކުރަން ޖެހުނު ނަމަވެސް އިތުބާރު ނުގެއްލޭ ކަމަށާއި އެކަމުގެ ހުރިހާ ވެސް ޝުކުރެއް ހައްގުވަނީ ކްލަބާއި ގާތް މީހުންނަށް ކަމަށް...

May 07, 2018 2
އަސަދުﷲ އެނބުރި އައި މެޗުން މާޒިޔާ އަށް މޮޅެއް

އަނިޔާގެ ސަބަބުން ނުވަ މަސް ދުވަހު ކުޅުމާ ދުރުގައި ހުރެފައި ކެޕްޓަން އަސަދުﷲ އަބްދުﷲ އެނބުރި އައިސް ގޯލް ޖެހި މެޗުން، މިރޭ ކްލަބް ވެލެންސިއާ އަތުން 5-0 އިން މާޒިޔާ މޮޅުވެއްޖެ އެވެ.

09 އެޕްރީލް

April 09, 2018 3
މަހެއްހާ ދުވަސްތެރޭ އަސަދުﷲ އެނބުރި އަންނާނެ

ކަކުލަށް މިދިޔަ އަހަރު ލިބުނު އަނިޔާއަކަށް ފަރުވާ ހޯދަމުން އަންނަ މާޒިޔާގެ ކެޕްޓަން އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް އަސަދުﷲ އަބްދުﷲ ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭ ކުޅުމުގެ ތެރެއަށް އެނބުރި އަންނާނެ ކަމަށް މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.

01 މާޗް

March 01, 2018 3
އަސަދުﷲ އެނބުރި އަންނަން މާގިނަ ދުވަހެއް ނެތް

އަނިޔާ އަށް ފަހު މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވަމުން އަންނަ ކަމަށާއި ގިނަ ދުވަސްތަކެއް ނުވެ އޭނާ އެނބުރި އަންނާނެ ކަމަށް އެ ޓީމުގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.

20 ޖެނުއަރީ

January 20, 2018 3
މާޒިޔާގައި މަޑުކުރަން ނިންމައި އަސަދުﷲ ޕްރެކްޓިހަށް

މި ސީޒަނުގައި ވެސް މާޒިޔާގައި މަޑުކުރަން ނިންމައި ގައުމީ ޓީމުގެ ފޯވާޑް އަސަދުﷲ އަބްދުﷲ (އަސައްކޮ) އަނިޔާ އިން ފިޓްވުމަށްޓަކައި އެ ކްލަބާ އެކު މިއަދު ފަރިތަކުރުންތަކުގައި ބައިވެރިވެއްޖެ އެވެ.

08 ޖެނުއަރީ

January 08, 2018 19
އަސަދުﷲ އާއި ޝިއުރާގެ ކައިވެންޏަށް މަރުހަބާ!

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަސަދުﷲ އަބްދުﷲ އާއި ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް އަންހެން ކުޅިވަރު ތަރި އައިމިނަތު ޝިއުރާގެ ކައިވެނި އެންމެ ފަހުން އާއްމުކޮށްފި އެވެ.

28 ސެޕްޓެމްބަރ

September 28, 2017 9
އެނބުރި އަންނާނީ ކުރިއަށް ވުރެ ވަރުގަދަކޮށް: އަސަދުﷲ

ކަކުލަށް ލިބުނު ބޮޑު އަނިޔާ އަށް ފަރުވާ ހޯދަން މާޒިޔާ އާއި ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް އަސަދުﷲ އަބްދުﷲ ވަނީ އަންގާރަ ދުވަހު އޮޕަރޭޝަން ކޮށްފަ އެވެ. އަނިޔާއާ އެކު އަސަދުﷲގެ ސީޒަން ނިމިފައިވާއިރު، އޭނާ އަށް ކުޅުމަށް އެނބުރި އާދެވޭނެ ތާރީހެއް ސީދާ ބުނަން ނޭނގެ އެވެ. އެކަމަކު އަސަދުﷲ ބުނީ އެނބުރި އަންނާނީ ކުރިއަށް ވުރެ ވަރުގަދަ...

14 ސެޕްޓެމްބަރ

September 14, 2017 2
މާޒިޔާގެ ފޯވާޑްލައިން ދެން ބައްޓަންވާނީ ކިހިނެއް؟

ފާއިތުވި ފަސް އަހަރު މާޒިޔާގެ އެޓޭކުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއަކީ އެ ޓީމުގެ ކެޕްޓަން އަދި ގައުމީ ޓީމުގެ ފޯވާޑް އަސަދުﷲ އަބްދުﷲ އެވެ. މާޒިޔާ އަށް ސަތޭކައަށް ވުރެ ގިނަ ލަނޑު އަސަދުﷲ ކާމިޔާބު ކޮށްދީފައިވާއިރު، އެ ޓީމުން ހޯދި ކާމިޔާބީތަކުގައި އޭނާގެ ދައުރު ބޮޑެވެ. އެކަމަކު ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން...

12 ސެޕްޓެމްބަރ

September 12, 2017 9
އަސަދުﷲ އަށް މި ސީޒަނުގައި ދެން ނުކުޅެވޭނެ

މާޒިޔާ އާއި ގައުމީ ޓީމުގެ ފޯވާޑް އަސަދުﷲ އަބްދުﷲގެ ކަކުލަށް ލިބިފައިވާ އަނިޔާ ރަނގަޅުކުރަން އޮޕަރޭޝަނެއް ކުރަން ޖެހި އޭނާ އަށް މި ސީޒަނުގައި ކުޅެވުމުގެ ފުރުސަތު ގާތްގަނޑަކަށް ގެއްލިއްޖެ އެވެ.

16 ޖުލައި

July 16, 2017 3
ފޯމަށް އެޅެން އަސަދުﷲ އަށް ބޭނުންވަނީ އެންމެ ލަނޑެއް

ފާއިތުވި ތިން އަހަރަށް ބެލިޔަސް ލަނޑު ޖެހުމުގައި މާޒިޔާގެ ފޯވާޑް އަސަދުﷲ އަބްދުﷲ ވަރެއް ނެތެވެ. އޭނާ ވަނީ މިދިޔަ ތިން އަހަރު ތެރޭގައި ދެ ފަހަރު ރަން ބޫޓު ހޯދައިފަ އެވެ. އެކަމަކު މިހާރު ކުރިއަށްދާ އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ބުރު ފެށިގެން މިހާތަނަށް މާޒިޔާ އަށް އެންމެ ރަނގަޅު ނަތީޖާތަކެއް ނެރެވިފައިނުވާއިރު، އަސަދުﷲގެ ލަނޑު...

27 ޖޫން

June 27, 2017 2
"ހާލަތު ބަދަލުކޮށް މަގާމު ދިފާއުކުރުން މުހިއްމު"

ޖެހިޖެހިގެން ތިން މެޗުން ބަލިވެ ޓީމު އުނދަގޫ ހާލަތަކަށް ވެއްޓުމުގެ ކުރިން މަގާމު ދިފާއުކުރުން މުހިއްމު ކަމަށް މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނެފި އެވެ.

29 މެއި

May 29, 2017 5
ބޮޑު މެޗަށް އަސަދުﷲ ފިޓްވެ މާޒިޔާއަށް ހިތްހަމަޖެހުމެއް

އޭއެފްސީ ކަޕުގެ ދެ ވަނަ ބުރުން ޖާގަ ހޯދުމަށް އަންނަ ބުދަ ދުވަހު ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅޭ ބޮޑު މެޗަށް ކެޕްޓަން އަސަދުﷲ އަބްދުﷲ ފިޓްވެ، މާޒިޔާ އަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ އެވެ.

17 މެއި

May 17, 2017
ފުރުސަތު ދަމަހައްޓަން އަބަހާނީ ބަލިކުރަންޖެހޭ: އަސަދުﷲ

އޭއެފްސީ ކަޕުގެ ދެ ވަނަ ބުރަށް ދިއުމަށް އޮތް ފުރުސަތު ދަމަހައްޓަން މިއަދު މާލޭގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ލިމިޓެޑް ބަލިކުރަން ޖެހޭ ކަމަށް މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނެފި އެވެ.

04 މެއި

May 04, 2017 5
ފަހުރުވެރި މޮޅެއް، މީގެ ފައިދާ ވަރަށް ބޮޑު: އަސަދުﷲ

އޭއެފްސީ ކަޕްގައި އިއްޔެ މާލޭގައި އިންޑިއާގެ މޯހަން ބަގާން އަތުން 5-2 އިން މާޒިޔާ ހޯދީ ފަހުރުވެރި މޮޅެއް ކަމަށާއި އޭގެ ފައިދާ ވަރަށް ބޮޑު ކަމަށް އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނެފި އެވެ.

03 މެއި

May 03, 2017 1
ފައިދާ ނެގޭނީ ސަޕޯޓަރުންގެ އެހީ ލިބިގެން: އަސަދުﷲ

އޭއެފްސީ ކަޕްގައި މިއަދު ހަވީރު މޯހަން ބަގާނާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުމުގެ ފައިދާ ނެގޭނީ ސަޕޯޓަރުންގެ އެހީ އެންމެ ފުރިހަމަ އަށް ލިބިގެން ކަމަށް މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނެފި އެވެ.