31 އޮކްޓޯބަރ

October 31, 2019
ދުވުންތެރިން އެންމެ ފަހުން ތަމްރީނަށް ފުރައިފި

ސްޕޯޓްސް މިނިސްޓަރީން ބަޖެޓް ދިނުމާ އެކު، ކުރިއަށް އޮތް ސައުތު އޭޝިއަން ގޭމްސް އަށް ތައްޔާރުވާން އެތުލެޓިކްސް އެސޯސިއޭޝަނުން ދުވުންތެރިންގެ ރާއްޖޭން ބޭރަށް ތަމްރީނަށް ފޮނުވައިފި އެވެ.

04 އޮކްޓޯބަރ

October 04, 2019 2
ފުރަތަމަ ދުވަހު ސާއިދާއި ހިމްނާ އަށް ދެ ރަން މެޑަލް

ނެޝަނަލް ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމާއި 400 މީޓަރު ދުވުމުން ހަސަން ސާއިދާއި އައިޝަތު ހިމްނާ ހަސަން މިއަދު ރަން މެޑަލް ހޯދިއިރު 1500 މީޓަރު ދުވުމުގައި ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) އަތުން ބަދަލު ހިފައި ހުސެއިން ރިޒާ (ކުޑަރިޒާ) އެ ރޭހުން ރަން މެޑަލް ހޯދައިފި އެވެ.

08 ސެޕްޓެމްބަރ

September 08, 2019 4
ސާއިދު ވޯލްޑް ޗެމްޕިއަންޝިޕަށް ނުދޭ، ބަދަލުގައި ހިމްނާ

ސައުތު އޭޝިއަން ގޭމްސް އަށް ތައްޔާރުވުމަށްޓަކައި ވޯލްޑް ޗެމްޕިއަންޝިޕުގައި ވާދަނުކުރަން ހަސަން ސާއިދު ނިންމުމުން، އެ މުބާރާތަށް އައިޝަތު ހިމްނާ ހުސެއިން ފޮނުވަން އެތުލެޓިކްސް...

September 08, 2019
އެންމެ މޮޅު އެތުލީޓުންނަކީ ސާއިދާއި ހިމްނާ

ގައުމީ އެތުލެޓިކްސް މުބާރާތުގެ ފިރިހެން ބައިގެ އެއް ވަނަ ކްލަބަކަށް ދިވެހި ސިފައިންގެ ކްލަބް އަދި އެއް ވަނަ އެތުލީޓަކަށް ހަސަން ސާއިދު ހޮވުނުއިރު އަންހެން ބައިގެ އެއް ވަނަ ކްލަބުގެ...

07 ސެޕްޓެމްބަރ

September 07, 2019 2
ސާއިދު ބަލިކޮށް ސާއިދުގެ ކްލަބް ފުރަތަމަ މެޑަލް ހޯދައިފި!

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ހިމެނުނު ދިވެހި ސިފައިންގެ ކްލަބުގެ ރިލޭ ޓީމު ފަހަތަށް ޖައްސާލައި ސާއިދުގެ ސާއިދު ސްޕޯޓްސް އިން ގައުމީ އެތުލެޓިކްސް މުބާރާތުގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން ރަން މެޑަލް މިއަދު ހޯދައިފި އެވެ.

06 ސެޕްޓެމްބަރ

September 06, 2019 1
ސާއިދަށް 3 ރަން، ހިމްނާ އާއި ފަޒީލަށް ވެސް ކާމިޔާބު

ގައުމީ އެތުލެޓިކްސް މުބާރާތުގައި މިއަދު ފިރިހެނުންގެ 200 މީޓަރު ދުވުމުން އެއް ވަނަ ހޯދައި ހަސަން ސާއިދު މުބާރާތުގައި އޭނާގެ ތިން ވަނަ ރަން މެޑަލް ހަމަކުރިއިރު އެ އިވެންޓުގެ އަންހެން ބައި ކާމިޔާބުކޮށް އައިޝަތު ހިމްނާ ހަސަން އަދި ފިރިހެނުންގެ 10،000 މީޓަރު ދުވުން ކާމިޔާބުކޮށް ހުސެއިން ފަޒީލް ހާރޫން ދެ ވަނަ ރަން މެޑަލް ކަރުގައި...

05 ސެޕްޓެމްބަރ

September 05, 2019 6
ފަޒީލް، ސާއިދު، ހިމްނާ އަދި މަރީ ވިދާލައިފި

މި އަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުގެ ފުރަތަމަ ދުވަހު ސްޕްރިންޓް ދެ ދުވުންތެރިން ކަމަށްވާ ހަސަން ސާއިދާއި އައިޝަތު ހިމްނާ ހަސަން އަދި މިޑްލް ޑިސްޓެންސް ދެ ދުވުންތެރިން ކަމަށްވާ ހުސެއިން ފަޒީލް ހާރޫނާއި މަރިޔަމް އަބްދުލްކަރީމް (މަރީ) ވިދާލައިފި އެވެ.

25 ޖުލައި

July 25, 2019
ރިލޭ އިން ލޯ މެޑަލް ހޯދައިފި، އުއްމީދެއްގެ ފެށުމެއް!

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އެތުލެޓިކްސްގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން ރާއްޖޭގެ ރިލޭ ޓީމު ޓީމު މިއަދު ލޯ މެޑަލް ހޯދައިފި އެވެ.

July 25, 2019 3
އައިއޯއައިޖީ: ސާއިދު 200 މީޓަރު ދުވުމުން ލޯ މެޑަލް ހޯދައިފި

ރާއްޖޭގެ އެންމެ ކާމިޔާބު ދުވުންތެރިޔާ ހަސަން ސާއިދު، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 200 މީޓަރު ދުވުމުން މިއަދު ލޯ މެޑެއްޔެއް ހޯދައިފި އެވެ.

22 ޖުލައި

July 22, 2019 5
އައިއޯއައިޖީ: ސާއިދަށް 100 މީޓަރު ދުވުމުން ހަތަރު ވަނަ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އެތުލެޓިކްސްގެ 100 މީޓަރު ދުވުމުން، އެންމެ ފަހުގެ ރަން މެޑަލް ހޯލްޑަރު ހަސަން ސާއިދު މި ފަހަރު ހަތަރު ވަނައިގައި ރޭސް ނިންމާލައިފި އެވެ.

19 މެއި

May 19, 2019 4
ސާއިދާ އެކު އައިއޯއައިޖީ އަށް 16 ދުވުންތެރިން

އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރަން މެޑަލް ހޯދި ދުވުންތެރިޔާ ހަސަން ސާއިދު ހިމަނައިގެން، މި އަހަރުގެ ގޭމްސްގައި ވާދަކުރަން އެތުލެޓިކްސް އިން 16 އެތުލީޓުންގެ ސްކޮޑެއް އިއުލާންކޮށްފި އެވެ.

04 މެއި

May 04, 2019 4
ސާއިދާއި ހިމްނާ އަށް ކާމިޔާބު ދުވަހެއް

މެދުކެނޑުމަކަށް ފަހު ބާއްވާ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ އޯޕަން ބައިގެ 100 މީޓަރު އަދި 200 މީޓަރު ދުވުމުގެ ރޭސް ހަސަން ސާއިދާއި އައިޝަތު ހިމްނާ ހަސަން ކާމިޔާބުކޮށްފި އެވެ.

23 އެޕްރީލް

April 23, 2019 13
ސާއިދަށް ފައިނަލުން ފުރުސަތު ނުލިބުނު

ގަތަރުގެ ދޯހާގައި ކުރިއަށްދާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ހަސަން ސާއިދަށް ފައިނަލުން ފުރުސަތެއް ނުލިބުނެވެ.

22 އެޕްރީލް

April 22, 2019 3
ސާއިދު ސެމީ އަށް، ފަޒީލް ގައުމީ ރެކޯޑް މުގުރާލައިފި

ގަތަރުގެ ދޯހާގައި މިއަދު ފެށި އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ހަސަން ސާއިދު ސެމީ ފައިނަލަށް ދަތުރުކުރިއިރު 10،000 މީޓަރު ދުވުމުން ރާއްޖޭގެ ހުސެއިން ފަޒީލް ހާރޫން ގައުމީ ރެކޯޑް މުގުރާލައިފި އެވެ.

06 އެޕްރީލް

April 06, 2019 8
ދުނިޔޭގެ ރޭންކިންގައި ސާއިދަށް ބޮޑު ކުރިއެރުމެއް

އިންޓަނޭޝަނަލް އެސޯސިއޭޝަން ފޯ އެތުލެޓިކްސް ފެޑެރޭޝަން (އައިއޭއޭއެފް) އިން އަލަށް އެކުލަވާލި ރޭންކިންގައި ހިމެނުނު ރާއްޖޭގެ ހަމައެކަނި ދުވުންތެރިޔާ ހަސަން ސާއިދު މެލޭޝިއަން އޯޕަންގައި ހޯދި ނަތީޖާއާ އެކު 43 ޕޮއިންޓުގެ ކުރިއެރުމެއް ލިބިއްޖެ އެވެ.

04 އެޕްރީލް

April 04, 2019 1
ސާއިދާ އެކު އޭޝިއަން ޗެމްޕިއަންޝިޕުގެ ސްކޮޑް ފައިނަލްކޮށްފި

އެންމެ ފަހުގެ މުބާރާތުގެ 100 މީޓަރު ދުވުމުން ހަތަރު ވަނަ ހޯދި ހަސަން ސާއިދު ހިމަނައިގެން މި އަހަރުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކުރާ ގައުމީ އެތުލެޓިކްސް ޓީމު ފައިނަލްކޮށްފި އެވެ.

29 ޖެނުއަރީ

January 29, 2019
ސައުތު އޭޝިއަން ގޭމްސް ސެޕްޓެމްބަރަށް ފަސްކޮށްފި

ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި މާޗު މަހު ބާއްވާ ގޮތަށް ކުރިން ހަމަޖެހިފައި އޮތް ސައުތު އޭޝިއަން ގޭމްސް އަންނަ ސެޕްޓެމްބަރު މަހަށް ފަސްކޮށްފި އެވެ.

09 ޖެނުއަރީ

January 09, 2019 2
އައިއޯއައިޖީގައި އެތުލެޓިކްސްގެ އަމާޒު ފަސް މެޑެއްޔަށް

މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އެތުލެޓިކްސްގެ އަމާޒަކީ މަދުވެގެން ފަސް މެޑަލް ހޯދުން ކަމަށާއި އެކަމުގެ ތައްޔާރީތައް ފަށާފައިވާ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެފި އެވެ.

27 އޮކްޓޯބަރ

October 27, 2018
ތިން ރަން މެޑެއްޔާ އެކު އެއް ވަނަ އެތުލީޓަކީ ފަޒީލް!

ތިން ރަން މެޑެއްޔާއި ގައުމީ ރެކޯޑަކާ އެކު ހުސެއިން ފަޒީލް ހާރޫން ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމް ހޯދައި، އޭނާގެ ކެރިއަރުގައި އެހެން ހަރުފަތަކަށް އަރަން އަޒުމް ކަނޑައަޅައިފި އެވެ.

25 އޮކްޓޯބަރ

October 25, 2018 9
ސިންތެޓިކް ޓްރެކުގައި ސާއިދު ތަފާތު ދައްކާލައިފި

ރާއްޖޭގައި ސިންތެޓިކް ޓްރެކެއްގައި ބާއްވާ ފުރަތަމަ އެތުލެޓިކްސް މުބާރާތް ކަމަށްވާ މި އަހަރުގެ ގައުމީ މުބާރާތުގައި މިއަދު، ދިވެއްސަކު ރާއްޖޭގައި ދުވި އެންމެ ބާރު ޓައިމިންގައި ދުވެ ހަސަން ސާއިދު 100 މީޓަރު ދުވުމުން އެއް ވަނަ ހޯދައިފި އެވެ.

25 އޯގަސްޓް

August 25, 2018 1
އޭޝިއަން ގޭމްސް: 100 މީޓަރުން ސާއިދު ސެމީ އަށް

އިންޑޮނީޝިއާގައި މިހާރު ކުރިޔަށްދާ އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ހަސަން ސާއިދު ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

19 އޯގަސްޓް

August 19, 2018
ސާއިދުގެ ވިސްނުން އަންނަ އަހަރުގެ ދެ މުބާރާތަށް

އޭޝިއަން ގޭމްސްގައި މަސައްކަތްކުރާނީ އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސް އަށް ރަނގަޅަށް ތައްޔާރުވުމަށް ކަމަށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ބުނެފި އެވެ.