18 އޯގަސްޓް

August 18, 2016 5
އަބުރުގެ ގަވާއިދު އަވަހަށް ނިންމާނަން: އޭޖީ

ހިޔާލު ފާޅުކުރުން ހުއްޓުވާ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދާއި އުސޫލުތައް ހެދުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމާނެ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް މިއަދު ވިދާޅުވެއްޖެ އެވެ.

27 ޖުލައި

July 27, 2016 5
ޕަބްލިކް ޑިފެންޑާސް އޮފީސް: ބޭނުންތެރި ކަމެއް

ދައުލަތުގެ ޚަރަދުގައި ވަކީލުން ހަމަޖައްސަން އުޅެ، އެކަން ހަމަ ނުޖެހިގެން އެތައް ދުވަސްތަކެއް ވަންދެން ތިބެންޖެހޭ ޖެހުމަކީ މިއަދާ ހަމައަށް ވެސް ހައްލެއް ނުލިބިފައި އޮތް ކަމެކެވެ. އެކި ފޯރަމްތަކާއި އެކި ހަފުލާތަކުގައި ދަައުލަތުގެ ކަމާބެހޭ އިދާރާތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެ ވާހަކަ ދެއްކިޔަސް އަދި އެކަން ހައްލުކުރަން...

24 ޖުލައި

July 24, 2016 4
މަރުގެ އަދަބުގެ ގަވާއިދު އޮތީ ރަނގަޅަށް: އޭޖީ

މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ ގަވާއިދުގެ އެއްވެސް މާއްދާއެއް ބާތިލް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށާއި މަރުގެ އަދަބު ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެންޖެހޭ ސަބަބެއް ވެސް ނެތް ކަމަށް ދައުލަތުން ހައި ކޯޓުން މިއަދު ބުނެފި އެވެ.

20 ޖުލައި

July 20, 2016 1
ދިފާއީ ވަކީލުންނާ ބެހޭ ހާއްސަ އޮފީހެއް ގާއިމު ކުރަނީ

ރާއްޖޭގައި މަސައްކަތް ކުރާ ދިފާއީ ވަކީލުންގެ ކަންކަން ބަލަހައްޓަން ޕަބްލިކް ޑިފެންޑާސް އޮފީހެއް ގާއިމު ކުރަން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް މިއަދު...

July 20, 2016 9
ވަކީލުން ލިބުމުގެ ދަތިކަން އެބަަހުރި: އުއްތަމަފަނޑިޔާރު

ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ގާނޫނީ ވަކީލުން ނުލިބުމުގެ މައްސަލަ އެބަ ހުރި ކަމަށާއި "ދެރަވަރު" މީހުންނަށް ގާނޫނީ ވަކީލުންގެ މުހިންމުކަން ބޮޑު ކަމަށް އުއްތަމަ ފަނޑިޔާރު...

17 ޖުލައި

July 17, 2016 8
ގާނޫނުތައް އުވިގެންނެއް ނުދޭ، ހުސް ކަމެއް ނެތް: އޭޖީ

އާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފެށިތާ އިއްޔެ އެއް އަހަރު ފުރުމާ އެކު، ބޮޑެތި ކުށްތަކަށް އަދަބު ކަނޑައަޅާ ބައެއް ގާނޫނުތައް އުވި ގާނޫނީ ހުސް ކަމަކަށް ހިނގައިދާނެ ކަމުގެ ބިރު ހީވިޔަސް އެއިން އެއްވެސް ގާނޫނެއް ނުއުވޭނެ ކަމަށާއި ގާނޫނީ ހުސް ކަމަކަށް ނުދާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

11 ޖުލައި

July 11, 2016 31
އޭޖީގެ ނިންމުމަކީ ހަމަހަމަކަމާ ޚިލާފް ނިންމުމެއް: ކޯޓު

ހަވީރުގެ ކުރީގެ މުވައްޒަފުންނަށް ސިވިލް ކޯޓުން ކުރި އަމުރު އިސްތިއުނާފް ކުރަން އެޓާނީ ޖެނެރަލް ނިންމި ނިންމުމަކީ ހަމަހަމަކަމާ އެކު އެޅި ފިޔަވަޅެއް ނޫން ކަމަށާއި ކޯޓުގެ ހުކުމްތަކަށް ތަބާނުވާން އެޓާނީ ޖެނެރަލް ހިތްވަރު ދޭ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ސިވިލް ކޯޓުން މިއަދު ބުނެފި އެވެ.

08 ޖުލައި

July 08, 2016 17
އަނިލްގެ ނިންމެވުމަށް ޝިފާގްގެ ތައުރީފު

"ހަވީރު" ނޫހުގެ ކުރީގެ މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ އަމުރު ދައުލަތުން އިސްތިއުނާފު ކުރަން ބަންޑާރަ ނައިބު މުހައްމަދު އަނިލް ނިންމަވާފައިވާތީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ނައިބު ރައީސް ޝިފާގު މުފީދު ތައުރީފު ކުރައްވައިފި އެވެ.

07 ޖުލައި

July 07, 2016 45
ހަވީރުގެ މުވައްޒަފުންނަށް އައީ ޣައިރު ގާނޫނީ އަމުރެއް

"ހަވީރު" ނޫހުގެ ކުރީގެ މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ކޮށްފައިވާ އަމުރަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފު، ޣައިރު ގާނޫނީ އަމުރެއް ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެ އަމުރުގައިވާ މުވައްޒަފުންގެ ބައި ދައުލަތުން އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.