28 ޖެނުއަރީ

January 28, 2019
ރެކޯޑް ތަށްޓާ އެކު ޖޮކޮވިޗްގެ ހާއްސަ އަމާޒެއް

މެލްބަން، އޮސްޓްރޭލިއާ (ޖެނުއަރީ 28) - އޮސްޓްރޭލިއަން އޯޕަން ފިރިހެން ސިންގަލްސް ފައިނަލުގައި ރަފައެލް ނަޑާލް ބަލިކޮށް ރެކޯޑް އަދަދެއް ކަމަށްވާ ހަތް ވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލުމަށް ފަހު ހާއްސަ އަމާޒެއް އެބައޮތް ކަމަށް ނޮވަކް ޖޮކޮވިޗް ބުނެފި އެވެ.

25 ޖެނުއަރީ

January 25, 2019
ނަޑާލް ތަފާތު، ސިޓްސިޕާސްގެ ހުވަފެން ނިމުމަކަށް!

މެލްބަން (ޖެނުއަރީ 25) - އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި ހުވަފެނީ ކާމިޔާބުތަކެއް ހޯދަމުން އައި ޒުވާން ޓެނިސް ކުޅުންތެރިއާ ސްޓެފަނޯސް ސިޓްސިޕާސް ބަލިކުރުމަށް ފަހު އާދަޔާހިލާފު ފޯމެއްގައި ހުރި ސްޕެއިނުގެ ރަފައެލް ނަޑާލް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

23 ޖެނުއަރީ

January 23, 2019 2
ފެޑެރާ ބަލިކުރެވުނަސް ސިޓްސިޕާސް ހުރީ ހަމަބިމުގައި

މެލްބަން، އޮސްޓްރޭލިއާ (ޖެނުއަރީ 23) - އޮސްޓްރޭލިން އޯޕަން ސެމީ ފައިނަލުން ފުރުސަތު ލިބުނުއިރު އެންމެ ބޮޑު ކާމިޔާބީ އަކީ ރޮޖާ ފެޑެރާ އަތުން ހޯދި މޮޅު ކަމަށާއި އެކަމަކު ކުރިއަށް އޮތް ސެމީ ފައިނަލަށް ނުކުންނާނީ އެކަން ސިކުނޑީގައި ބަހައްޓައިގެން ނޫން ކަމަށް އުއްމީދީ ޓެނިސް ކުޅުންތެރިއާ ސްޓެފަނޯސް ސިޓްސިޕާސް ބުނެފި އެވެ.

22 ޖެނުއަރީ

January 22, 2019
ދުނިޔޭގެ އެއް ވަނަ ސިމޯނާ ބަލިކޮށް ސެރީނާ ކުއާޓާ އަށް

މެލްބަން، އޮސްޓްރޭލިއާ (ޖެނުއަރީ 22) - ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް އަންހެން ޓެނިސް ކުޅުންތެރިއާ ސިމޯނާ ހަލެޕް ބަލިކޮށް މަޝްހޫރު ޓެނިސް ތަރި ސެރީނާ ވިލިއަމްސް އޮސްޓްރޭލިއަން އޯޕަންގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

11 ޖެނުއަރީ

January 11, 2019
އަނިޔާގެ ސަބަބުން މަރޭ ކުޅުން ހުއްޓާލަނީ

މެލްބަން (ޖެނުއަރީ 11) - އަނިޔާގެ ސަބަބުން ވަރަށް އަވަހަށް ކުޅުން ހުއްޓާލަން ޖެހިދާނެ ކަމަށް އިނގިރޭސި މަޝްހޫރު ޓެނިސް ކުޅުންތެރިއާ އެންޑީ މަރޭ ބުނެފި އެވެ.

29 ޖެނުއަރީ

January 29, 2018 2
20 ވަނަ ތަށްޓާ އެކު ވެސް ފެޑެރާ ހިތެއް ނުފުރޭ

މެލްބަން (ޖެނުއަރީ 29) - އޮސްޓްރޭލިއަން އޯޕަންގެ ޗެމްޕިއަންކަން ހޯދައި 20 ވަނަ ގްރޭންޑް ސްލޭމް ތަށި ލިބުނަސް އަދިވެސް އުއްމީދަކީ ކުރިއަށްދިއުން ކަމަށް ތަޖުރިބާކާރު ޓެނިސް ކުޅުންތެރިޔާ ރޮޖާ ފެޑެރާ ބުނެފި އެވެ.

27 ޖެނުއަރީ

January 27, 2018 1
36 އަހަރުގައި ވެސް ފެޑެރާ އަށް ބަދަލެއްނާދޭ: ލޮއިޑް

މެލްބަން (ޖެނުއަރީ 27) - އުމުރުން 36 އަހަރުގައި ވެސް ރޮޖާ ފެޑެރާގެ ހިތްވަރަށް ބަދަލެއް ނާންނަ ކަމަށާއި އަދިވެސް އޭނާ ފެންނަނީ ޒުވާންކޮށް ކަމަށް ކުރީގެ ޓެނިސް ކުޅުންތެރިޔާ ޖޯން ލޮއިޑް ބުނެފި އެވެ.

23 ޖެނުއަރީ

January 23, 2018
ޖޮކޮވިޗް ކަޓުވާލައި ޗަން އެންމެން ހައިރާކޮށްލައިފި

މެލްބަން، އޮސްޓްރޭލިއާ (ޖެނުއަރީ 23) - އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުން މަޝްހޫރު ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް ކަޓުވާލުމަށް ފަހު ދެކުނު ކޮރެއާގެ ޒުވާން ކުޅުންތެރިޔާ ޗަން ހިއުން އެއްމެން ހައިރާންކޮށްލައިފި އެވެ.

15 ޑިސެމްބަރ

December 15, 2017
އޮސްޓްރޭލިއަން އޯޕަން އިން ސެރީނާ ފެނިދާނެ

މެލްބަން، އޮސްޓްރޭލިއާ (ޑިސެމްބަރު 15) - އަންނަ މަހު އޮންނަ އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންގައި މަޝްހޫރު ޓެނިސް ކުޅުންތެރިއާ ސެރީނާ ވިލިއަމްސް ކުޅުމުގެ ފުރުސަތު އެބައޮތް ކަމަށް އެ މުބާރާތުގެ ޑައިރެކްޓަރު ކްރެއިގް ޓިލޭ ބުނެފި އެވެ.

29 ޖެނުއަރީ

January 29, 2017 1
ފެޑެރާ 18 ވަަނަ ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފި

މެލްބަން (ޖެނުއަރީ 29) - އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގައި މިއަދު ސްޕެއިނުގެ ރަފައެލް ނަޑާލް ބަލިކޮށް ސްވިޒަލެންޑުގެ ރޮޖާ ފެޑެރާ އޭނާގެ ކެރިއަރުގެ 18 ވަނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފި އެވެ.

28 ޖެނުއަރީ

January 28, 2017
ރެކޯޑް ތަށްޓާ އެކު ސެރީނާ ރޭންކިން އެއް ވަނަ އަށް

މެލްބަން (ޖެނުއަރީ 28) - އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލުން މޮޅުވެ، ކެރިއަރުގައި ހޯދި ރެކޯޑް 23 ވަނަ ގްރޭންޑް ސްލޭމް ތަށްޓާ އެކު ސެރީނާ ވިލިއަމްސް...

January 28, 2017 1
ހަ އަހަރަށް ފަހު ނަޑާލާއި ފެޑެރާގެ ފުރަތަަމަ ފައިނަލް

މެލްބަން (ޖެނުއަރީ 28) - އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުން މަޝްހޫރު ދެ ކުޅުންތެރިން ކަމަށްވާ ރަފައެލް ނަޑާލާއި ރޮޖާ ފެޑެރާ ޖާގަ ހޯދައި، ހަ އަހަރު ތެރޭ ފުރަތަމަ...

26 ޖެނުއަރީ

January 26, 2017
ތިން އަހަރަށް ފަހު ނަޑާލް ބޮޑު މުބާރާތެއްގެ ސެމީ އަށް

މެލްބަން (ޖެނުއަރީ 26) - ކުއާޓާ ފައިނަލުގައި މިލޯސް ރައޮނިޗް ބަލިކުރުމަށް ފަހު އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުން މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ރަފައެލް ނަޑާލް ޖާގަ ހޯދައިފި އެވެ.

25 ޖެނުއަރީ

January 25, 2017
ފޯމުގައި ހުރި ކޮންޓާ ބަލިކޮށް ސެރީނާ ސެމީ އަށް

މެލްބަން (ޖެނުއަރީ 25) - ރަނގަޅު ފޯމެއްގައި ހުރި އިންގްލެންޑުގެ ޖޮއާނާ ކޮންޓާ ބަލިކުރުމަށް ފަހު އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ސެމީ ފައިނަލުން ސެރީނާ ވިލިއަމްސް ޖާގަ ހޯދައިފި އެވެ.

24 ޖެނުއަރީ

January 24, 2017
ބޯޅައިން ޖެހުނު ކުއްޖާގެ ސިޓީއަށް ސޮންގާގެ ޝުކުރު

މެލްބަން (ޖެނުއަރީ 24) - މިދިޔަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ މެޗެއްގައި ބޯޅައެއްގެ "ހަމަލާ" އަމާޒުވި ބޯޅަހޮވާ އަންހެން ކުއްޖާ ޖިއުލިއާނާ ފޮނުވި ސިޓީއަށް މަޝްހޫރު ޓެނިސް...

January 24, 2017
މޮޅު ކުޅުމަކާ އެކު ނަޑާލް ކުއާޓާ އަށް

މެލްބަން (ޖެނުއަރީ 24) - އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންގެ ކުއާޓާ ފައިނަލުން ރަފައެލް ނަޑާލް މޮޅު ކުޅުމަކާ އެކު ޖާގަ ހޯދައިފި އެވެ.

23 ޖެނުއަރީ

January 23, 2017 2
އަނިޔާއިން ރަނގަޅުވެ ފެޑެރާ ތަފާތު ދައްކަނީ

މެލްބަން (ޖެނުއަރީ 23) - ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވެ ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ރޮޖާ ފެޑެރާ މިހާރު ކުރިޔަށްދާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

22 ޖެނުއަރީ

January 22, 2017 4
އޮސްޓްރޭލިއާގައި މަރޭ އަށް އުފަލެއް ނެތް!

މެލްބަން (ޖެނުއަރީ 22) - އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ހަތަރު ވަނަ ބުރުން ދުނިޔޭގެ އެއް ވަަނަ ކުޅުންތެރިޔާ އެންޑީ މަރޭ ކަޓައިފި އެވެ.

19 ޖެނުއަރީ

January 19, 2017 2
ބޮޑު ބައްޔަކާ އެކު ޖޮކޮވިޗަށް ޝޮކެއް!

މެލްބަން (ޖެނުއަރީ 19) - އޮސްޓްރޭލިއަން އޯޕަންގެ ދެ ވަނަ ބުރުން، ދުނިޔޭގެ 117 ވަނައިގައި އޮތް އުޒްބެކިސްތާންގެ ޑެނިސް އިސްޓޮމިން އަތުން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން ނޮވަކް ޖޮކޮވިޗް ކަޓައިފި އެވެ.