29 ޖުލައި

July 29, 2020 3
ކުއްޖާގެ ރޭޕްގެ ތުހުމަތުގައި ޅިޔަނަށް ދައުވާ އުފުލައިފި

އުމުރުން 15 އަހަރުގެ ކުއްޖަކު އަންހެންކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ޅިޔަނުގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފި އެވެ.

25 ޖުލައި

July 25, 2020 19
ކުއްޖާ އެބޯޓްކުރީ ޑޮކްޓަރުންގެ ލަފައާއެކު

ރޭޕްގެ ސަބަބުން ބަނޑުބޮޑުވި އުމުރުން 15 އަހަރުގެ އޯޓިސްޓިކް ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނަގައި އޭނާގެ ބަނޑުގައި އޮތް ދަރިފުޅު އެބޯޓުކުރީ ޑޮކްޓަރުންގެ ލަފައާއެކު ކަމަށް "މިހާރު" އަށް އެނގިއްޖެ އެވެ.

04 ޖުލައި

July 04, 2020 33
ރޭޕްގެ މައްސަލާގައި ޅިޔަނު ޝަރީއަތް ނިމެންދެން ބަންދު

އުމުރުން 15 އަހަރުގެ އޯޓިޒަމް ކުއްޖަކު ރޭޕްކޮށް، ބަނޑުބޮޑުވި މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރި އެ ކުއްޖާގެ ޅިޔަނު، ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން އަމުރު ކޮށްފި އެވެ.

July 04, 2020 22
އޯޓިސްޓިކް ކުއްޖަކު ރޭޕްކޮށް ބަނޑުބޮޑުވި މައްސަލަބަލަނީ

އުމުރުން 14 އަހަރުގެ ކުއްޖަކު ރޭޕްކޮށް، ބަނޑުބޮޑުވި މައްސަލައިގެ ތުހުމަތަށް އެ ކުއްޖާގެ ޅިޔަނަކު ހައްޔަރުކޮށް ފުލުހުން މައްސަލަ ތަހުގީގު ކުރަމުން އެބަދެ އެވެ.

08 ޖޫން

June 08, 2020
"ފަލަސްތީނުގެ އޯޓިސްޓިކް މީހާގެ މަރަކީ ހިތާމައެއް"

ގުދުސް (ޖޫން 8) - އިޒްރޭލް ސިފައިން ބަޑިޖަހައި ފަލަސްތީނުގެ އޯޓިސްޓިކް މީހަކު މަރާލުމަކީ "ބޮޑު ހިތާމައެއް" ގެ ގޮތުގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސިފަކުރައްވައިފި އެވެ.

14 މާޗް

March 14, 2020 2
އޯޓިޒަމް މީހުންނަށް ހާއްސަ ބޫޓް ކަލެކްޝަނެއް

އޯޓިޒަމް ހުންނަ މީހުންނަކީ އާދައިގެ ދިރިއުޅުމެއް އުޅެން އުނދަގޫ ބައެކެވެ. އެގޮތުން ސޯޝަލައިޒްވާން ގޮންޖެހުންތައް ހުރުމާއި މިޒާޖަށް އަންނަ ބަދަލުތަކާއި ގަދަ އަޑާއި ގަދަ ކުލަ ފަދަ ކަންކަމަކީ ވެސް އެފަދަ މީހުންނަށް އުނދަގޫކުރާ ކަންކަމެވެ. ހާއްސަކޮށް، އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ (އޭއެސްޑީ) ހުންނަ ނަމަ އެވެ.

24 ޖެނުއަރީ

January 24, 2020 2
އޯޓިސްޓިކް ކުދިންނަށް ނިއުލެގޫންއިން ފަތަން ދަސްކޮށްދެނީ

އޯޓިސްޓިކް ކުދިންނަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ނިއު ލެގޫން ސްވިމިން ކްލަބުން މިއަދު ފަށައިފި އެވެ.

13 ނޮވެމްބަރ

November 13, 2019 15
މޮޅު ކުއްޖެއް، އެކަމަކު ސިއްހީ ހާލަތު ދަށަށް!

އަބްދުﷲ ޖިނާހު އަލީ ފެންނަ އިރު އެހެން ކުދިންނާ މާ ބޮޑު ތަފާތެއް ފާހަގަނުވެދާނެ އެވެ. ތައުލީމީ ގޮތުން ހޯދި ކާމިޔާބީތަކަށް އެކަނި ވިސްނައިފި ނަމަ އޭނާގެ ދިރިއުޅުމުގައި ހުރި ވޭންތައް ނޭނގިދާނެ އެވެ. މިދިއަ އަހަރުގެ އޯ ލެވެލްގެ ގަދަ 10 ގައި އޭނާ ހިމެނުނެވެ. އެކަމަކު ހަގީގަތަކީ ހަމައެކަނި އޯޓިޒަމްގެ ކުއްޖަކަށް ވުމެއް ނޫނެވެ: އޭނާގެ ދެ...

23 ޖުލައި

July 23, 2019 2
އޯޓިސްޓިކް ލިޔުންތެރިއެއް ކިޔައިދޭ ލޯބީގެ ވާހަކަ

ދޭދޭ މީހުންގެ މެދުގައި ކުރެވޭ ކުދިކުދި މުއާމަލާތްތަކުން ވެސް ހެލެން ހޮއާން އަށް އުދަނގޫ ވަނީ ކީއްވެ ކަމެއް ކުރިއަކުން ނޭނގެ އެވެ. އެމެރިކާގެ މި ލިޔުންތެރިޔާ އަށް އޭރު ފަސޭހައީ ކޮންމެވެސް ކަނަކަށް ވަދެ ވާހަކަ ކިޔަން އިނުމެވެ. އުމުރުން ބާރަ އަހަރުގައި އެއް ހަފުތާގެ އިންޓަވަލް ފައިސާ ރައްކާކޮށް، އެއިން ލޯބީގެ ފުރަތަމަ ވާހަކަ ގަތެވެ....

02 މެއި

May 02, 2019
އުމުރުން 14 މަހުގައި ވެސް އޯޓިޒަމަށް ޓެސްޓްކުރެވިދާނެ

މިހާރު ކަނޑައަޅާފައި އޮންނަ އުމުރަށް ވުރެ ކުރިން ވެސް ދަރިން އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ (އޭއެސްޑީ) އަށް ސްކްރީން ކުރެވޭނެ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

02 އެޕްރީލް

April 02, 2019 3
އޯޓިޒަމަށް ސްކްރީންކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ތުއްތު ކުދިން އޯޓިޒަމަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް އޯޓިޒަމް އެސޯސިއޭޝަނުން މިއަދު ފަށައިފި އެވެ.

18 އޯގަސްޓް

August 18, 2018
އޯޓިސްޓިކް ކުދިންނަށް ޚާއްސަ އައިނެއް

ތަފާތު ބަލިބަލީގެ މީހުންނަށް މުޖުތަމައަށް ނުކުމެ އުޅުމުގައި އެކި ކަހަލަ އުނދަގޫތަކާ ކުރިމަތިލާންޖެހެއެވެ. ނަމަވެސް ޓެކްނޮލޮޖީގެ އެހީގައި މި ދަތިތަކުން ސަލާމަތްވުމުގެ ފުރުސަތު މިހާރު އެބައޮތެވެ.

28 މެއި

May 28, 2018 28
އަޝްހަމަށް ހާފިޒްކަމުގެ ސަނަދު ނަގަން ހުރަސްތަކެއް!

ގުރުއާން ހިތުދަސް ކުރި އުމުރުން ފަސް އަހަރުގެ މުހައްމަދު އަޝްހަމް އަލީ އަށް ހާފިޒުކަމުގެ ސަނަދު ނަގަން މި ވަގުތު ގޮންޖެހުންތަކެއް އެބަހުރި ކަމަށް ގުރުއާނާ ބެހޭ މަރުކަޒުން މިއަދު ބުނެފި އެވެ.

15 މާޗް

March 15, 2018
އޯޓިސްޓިކް މީހުންނަށް ފޭސްބުކުން އުފާވެރިކަން ލިބޭ

އޯޓިޒަމް ހުންނަ މީހުންނަށް ފޭސްބުކަކީ ރަހުމަތްތެރިއެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

25 ނޮވެމްބަރ

November 25, 2017 2
އޯޓިޒަމްއާ ދަރިން ލިބޭ ދުރުމިނާ ގުޅުމެއް ހުރެދާނެތަ؟

އޯޓިސްޓިކް ކުއްޖަކު ލިބެން މެދުވެރިވަނީ ކީއްވެގެންކަން ޔަގީންކަމާ އެކު ބުނެދެވޭ ވަރުގެ ހޯދުމެއް ނެތެވެ. މިއީ އެކަމާ ބެހޭ ގޮތުން ކުރަމުން އަންނަ ދިރާސާތަކުގެ ތެރެއިން އެއް ދިރާސާއެއްގައި ލަފާކުރާ ކަމެއްގެ ވާހަކަ އެވެ.

01 ނޮވެމްބަރ

November 01, 2017 5
މި މަންޒަރުން އެތައް ބަޔަކު ރުޅިގަދަވެއްޖެ

އަންހެނަކު ކުޑަ ކުއްޖެއްގެ ގައިގައި ވާގަނޑެއް ޖަހައިގެން އިންގްލެންޑްގެ ލިވަޕޫލް ސިޓީ ސެންޓާގެ ޕޭވްމަންޓް މަތިން ދަމާފައި ގެންދާ މަންޒަރު މީހަކު ވީޑިއޯކޮށް ސޯޝަލް މީޑިއާއަށް ލުމާ އެކު މި ވީޑިއޯ ވައިރަލްވެ ގިނަ ބަޔަކު މި އަންހެންމީހާ އަށް ނުރުހުމުގެ ބަސްތައް އަމާޒުވި އެވެ. އެކަމަކު އޭނާ މިހާރު އަންނަނީ އެއީ އޭނާ ގޯސްކޮށް ކުރި...

19 ސެޕްޓެމްބަރ

September 19, 2017 4
އޯޓިޒަމް މުބާރާތަކުން އެއްވަނަ ދިވެހި ކުއްޖަކަށް

އޯޓިސްޓިކް ކުދިންގެ ހުނަރު ދައްކާލުމަށް ކޮންމެ އަހަރަކު ވެސް ހޮންކޮންގްގައި ބާއްވަމުން އަންނަ އޯޓިޒަމް ގާލާއިން އަނެއްކާ ވެސް ދިވެހި ދަރިވަރަކު އެއްވަނަ ހޯދައިފި އެވެ.

25 އޯގަސްޓް

August 25, 2017 1
މަންމައަކު މަރާލި އޯޓިސްޓިކް ދަރީގެ ބައިތައް ހޯދައިފި

އަމިއްލަ ދަރިފުޅު މަރާލިކަމުގެ ދައުވާ އެމެރިކާގެ މިސޯރީގެ އަންހެނެއްގެ މައްޗަށް އެ ރަށުގެ ފުލުހުން ކޮށްފި އެވެ. އެ އަންހެންމީހާ މަރާލާފައިވާ ކުއްޖާއަކީ ވަރަށް ތުއްތުއިރު މީހަކަށް އެޑޮޕްޓްކުރުމަށް ދީފައިވާ ކުއްޖެކެވެ. ސަވާނާ ލެކީ ކިޔާ މި އަންހެންކުއްޖާއަކީ އޮޓިސްޓިކް ކުއްޖެކެވެ. އަންހެންމީހާ ދިރިއުޅޭ ގޭގެ ބިއްދޮށުގައި އޮތް ހުސް...

25 ޖުލައި

July 25, 2017 2
އޯޓިޒަމް ކުދިންނަށް ހާއްސަ އިމާރާތެއް ހުޅުވައިފި

އޯޓިޒަމް ކުދިންނަށް ފަރުވާ ދިނުމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސެއިން އުފައްދަވާފައިވާ ޖަމިއްޔާއިން ހުޅުމާލޭގައި ފަސް ބުރީގެ އިމާރާތެއް ހުޅުވައިފި އެވެ.

16 ޖުލައި

July 16, 2017
ބަހެއްގެ ތެރޭ ގިނައިރުވެ އޮޓިސްޓިކް ޒުވާނެއް މަރުވެއްޖެ

ޖަޕާނުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުން ބަލަހައްޓާ ސެންޓަރެއްގެ ބޭރުގައި އޮތް މިނީ ބަހެއްގެ ތެރޭގައި 19 އަހަރުގެ އޮޓިސްޓިކް ޒުވާނަކު ބައިންދާފައި އިންދާ އޭގެ ތެރެ ހޫނުވެ ޒުވާނާ މަރުވެއްޖެ އެވެ.

10 މެއި

May 10, 2017 2
އޯޓިސްޓިކް ކުދިންނާއެކު ކުޑަކުދިންގެ ދުވަސް

ޗަމްޕާ ސެންޓްރަލް ހޮޓެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން، މި އަހަރުގެ ކުޑަކުދިންގެ ދުވަސް އޯޓިސްޓިކް ކުދިންނާއެކު މިއަދު ފާހަގަކޮށްފި އެވެ.