24 އޯގަސްޓް

August 24, 2018 4
އޭޝިއަން ގޭމްސް: ޒަޔާން ދެ ވަނަ ބުރަށް

އިންޑޮނީޝިއާގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގެ ބެޑްމިންޓަން އިވެންޓުގެ ފިރިހެން ސިންގަލްސް ބައިގައި މިއަދު ރާއްޖޭގެ ޒަޔާން ޒަކީ ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

20 އޯގަސްޓް

August 20, 2018
ކުއާޓާގައި ބެޑްމިންޓަން ޓީމު ޗައިނާ އަތުން ބަލިވެއްޖެ

އޭޝިއަން ގޭމްސްގެ ބެޑްމިންޓަންގެ ޓީމް އިވެންޓް ބައިގައި ރާއްޖޭގެ ގައުމީ އަންހެން ބެޑްމިންޓަން ޓީމު ކުއާޓާ ފައިނަލުގައި މިއަދު ވަރުގަދަ ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެއްޖެ އެވެ.

19 އޯގަސްޓް

August 19, 2018 6
ބެޑްމިންޓަން ޓީމު ކުއާޓާ އަށް، ފެތުމުން ރެކޯޑްތަކެއް

އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ އޭޝިއަން ގޭމްސްގެ ބެޑްމިންޓަންގެ ޓީމް އިވެންޓް ބައިން ރާއްޖޭގެ ގައުމީ އަންހެން ބެޑްމިންޓަން ޓީމު ކުއާޓާ ފައިނަލުން ފުރުސަތު ހޯދިއިރު، ރާއްޖޭގެ ފެތުންތެރިން ގައުމީ ރެކޯޑްތަކެއް މުގުރާލައިފި އެވެ.

17 ޖުލައި

July 17, 2018 4
އެމްސީބީގެ މަރުހަބާ ބެޑްމިންޓަން ކުޅުންތެރިންނަށް

މޮރީޝަސްގައި މިދިޔަ މަހު ބޭއްވި ބެޑްމިންޓަން މުބާރާތުން ވަނަ ހޯދި ދިވެހި ކުޅުންތެރިންނަށް މަރުހަބާ ކިޔަން ހާއްސަ ރަސްމިއްޔާތެއް މޮރީޝަސް ކޮމާޝަލް ބޭންކުން (އެމްސީބީ) އިއްޔެ ބާއްވައިފި އެވެ.

10 ޖޫން

June 10, 2018 13
ބެޑްމިންޓަނުން ދެ ރިހި މެޑަލް ހާސިލްކޮށްފި!

މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުން ދެ އިވެންޓަކުން ރިހި މެޑަލް ހޯދައިފި އެވެ. މިއީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިވެންޓެއްގައި ރާއްޖެ އަށް ލިބުނު ބޮޑު ކާމިޔާބެކެވެ.

09 ޖޫން

June 09, 2018 9
ދެ އިވެންޓަކުން ރާއްޖެ ފައިނަލަށް، ބޮޑު ކާމިޔާބެއް!

މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުން ދެ އިވެންޓަކުން ފައިނަލުގެ ޖާގަ ހޯދައިފި އެވެ. އެއީ އަންހެން ޑަބަލްސް އާއި މިކްސް...

June 09, 2018 2
ތިން އިވެންޓަކުން ރާއްޖެ ކުއާޓާ އަށް

މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގައި ރާއްޖޭގެ ގައުމީ ޓީމުން ތިން އިވެންޓަކުން ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

22 މެއި

May 22, 2018 5
ޒަޔާންގެ ކެރިއަރު: ގޮންޖެހުން، ބުރަ މަސައްކަތް، ކާމިޔާބު!

ބެޑްމިންޓަނަށް އުމުރުން ތިން އަހަރުގައި ހިތްދޫވި، ޒަޔާން ޒަކީ ކުޅެން ގެންދިޔަ ފުރަތަމަ ދުވަހު ކޯޗު އޭނާ ގާތު ބުނީ ބޫޓަށް އަރާށާ ނާޑުވާ އައްސަން އަމިއްލައަށް ދަސްކޮށްގެން އައުމަށެވެ. ކުޑަކުޑަ ޒަޔާން އެކަން ދަސްކުރި އެވެ. އެހެން ކޯޗަކު ޒަޔާނާ ދިމާލަށް ބުނީ އޭނާގެ ކިބައިގައި އެއްވެސް ހުނަރެއް ނެތް ކަމަށާއި އެހެން ކުޅިވަރެއް...

04 މެއި

May 04, 2018 1
ދުނިޔޭގެ ރޭންކިންގައި ރާއްޖޭގެ ބެޑްމިންޓަނަށް ކުރިއެރުން

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ދާދި ފަހުން އާންމުކުރި ރޭންކިންގައި ރާއްޖޭގެ ކުޅުންތެރިންނަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ އެވެ.

26 ފެބުރުއަރީ

February 26, 2018 1
ޔޫގެންޑާ މުބާރާތުގެ ތިން ވަނަ ނަބާހާ ހޯދައިފި

އެފްރިކާގެ ގައުމެއް ކަމަށްވާ ޔޫގެންޑާގައި އިއްޔެ ނިމުނު ޔޫގެންޑާ އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސް ބައިގެ ތިން ވަނަ ރާއްޖޭގެ ޒުވާން ކުޅުންތެރިޔާ ފާތިމަތު ނަބާހާ ހޯދައިފި އެވެ.

25 ފެބުރުއަރީ

February 25, 2018 2
ސެމީން ޖާގަ ހޯދައި ނަބާހާ އަށް ބޮޑު ޝަރަފެއް

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) މުބާރާތެއްގެ ސިންގަލްސް ބައިން ރާއްޖޭގެ ކުޅުންތެރިޔަކު ފުރަތަމަ ފަހަރަށް ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

24 ފެބުރުއަރީ

February 24, 2018 1
ޔޫގެންޑާ މުބާރާތުގައި ރާއްޖެ އަށް ރަނގަޅު ފެށުމެއް

އެފްރިކާގެ ގައުމެއް ކަމަށްވާ ޔޫގެންޑާގައި މިހާރު ކުރިއަށްދާ ޔޫގެންޑާ އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގައި ވާދަކުރާ ގައުމީ ބެޑްމިންޓަން ޓީމުން ފެށުން ރަނގަޅުކޮށްފި އެވެ.

10 ޑިސެމްބަރ

December 10, 2017

09 ޑިސެމްބަރ

December 09, 2017 1
ދެކުނު އޭޝިއާ ފެޑެެރޭޝަނުގެ އިސް މަގާމަކަށް މޫސަ

ދެކުނު އޭޝިއާގެ ބެޑްމިންޓަން ފެޑެރޭޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު އައްޔަންކޮށްފި އެވެ.

08 ޑިސެމްބަރ

December 08, 2017 2
އޯޕަން އިވެންޓަކުން ރާއްޖެ އަށް ފުރަތަމަ ރިހި މެޑަލް!

އިންޑިއާގެ ގުވަހާޓީގައި މިއަދު ނިމުނު ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތުގެ ވިމެން ޑަބަލްސް އިވެންޓައި ރާއްޖޭގެ ދެބެން ކަމަށްވާ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާ ރިހި މެޑަލް ހޯދައިފި އެވެ. މިއީ ސަރަހައްދީ ފެންވަރުގައި އޯޕަން އިވެންޓަކުން ބެޑްމިންޓަނުގައި ރާއްޖެ އަށް ލިބުނު ފުރަތަމަ މެޑެއްޔެވެ.

05 ޑިސެމްބަރ

December 05, 2017 4
ޒަޔާން އާއި ނަބީހާ ބެޑްމިންޓަން ޗެމްޕިއަންކަން ހޯދައިފި

މައިލޯ ބެޑްމިންޓަން ގައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަން ފިރިހެން ޗެމްޕިއަންކަން ޒަޔާން ޒަކީ އަދި އަންހެން ޗެމްޕިއަންކަން އައިމިނަތު ނަބީހާ ރޭ ހޯދައިފި އެވެ.

30 ނޮވެމްބަރ

November 30, 2017
ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން މިފަހަރު ވެސް އާކަށް

ގައުމީ ބެޑްމިންޓަން މުބާރާތުގެ ޓީމް އިވެންޓް ބައިން ފިރިހެން ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) ޖެހިޖެހިގެން ހަ ވަނަ ފަހަރަށް ހޯދައިފި އެވެ.

18 އޮކްޓޯބަރ

October 18, 2017 2
ތަޖުރިބާ ހޯދައި ނިބާލާއި އަރްސަލާންގެ ވިސްނުން ކުރިއަށް

އިންޑޮނޭޝިއާގައި ބޭއްވި ބެޑްމިންޓަން ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕުން ލިބުނު ތަޖުރިބާގެ އަލީގައި ކުރިއަށްދާން ހިތްވަރު ލިބިއްޖެ ކަމަށް މި މުބާރާތުގައި ވާދަކުރި ގައުމީ ބެޑްމިންޓަން ޓީމުގެ ޖޫނިއާ ދެ ކުޅުންތެރިން ކަމަށްވާ ނިބާލް އަހުމަދާއި މުހައްމަދު އަރްސަލާން ބުނެފި އެވެ.

14 އޮކްޓޯބަރ

October 14, 2017 3
ނިބާލާއި އަރްސަލާން ދުނިޔޭގެ ބެޑްމިންޓަން މުބާރާތަށް

މި މަހު 16 އިން 22 އަށް އިންޑޮނޭޝިއާގައި އޮންނަ ބެޑްމިންޓަން ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕްގައި ވާދަކުރަން ގައުމީ ބެޑްމިންޓަން ޓީމުގެ ދެ އުއްމީދީ ކުޅުންތެރިން ކަމަށްވާ ނިބާލް އަހުމަދާއި މުހައްމަދު އަރްސަލާން އެ ގައުމަށް ފުރައިފި އެވެ.

12 ސެޕްޓެމްބަރ

September 12, 2017
ސާއިނާއާ އެކު ފިލްމުގެ ތަމްރީނުތައް ޝްރައްދާ ފަށައިިފި

އިންޑިޔާގެ ބެޑްމިންޓަން ޗެމްޕިއަން ސައިނާ ނެހްވާލްގެ ބައޮޕިކްގެ ތައްޔާރީތައް ފިލްމީ ބަތަލާ ޝްރައްދާ ކަޕޫރު ފަށައިފި އެވެ. އެގޮތުން ޝްރައްދާ ވަނީ ހައިދަރްއާބާދަށް ގޮސް ސައިނާއާ ބައްދަލުކޮށް އޭނާއާ އެކު ބައެއް ތަމްރީނުތަކުގައި ބައިވެރިވެފަ އެވެ.

20 އޯގަސްޓް

August 20, 2017 3
ދުނިޔޭގެ ބެޑްމިންޓަން މުބާރާތުގެ އޮފިޝަަލަކަށް ޝިހާމް

މާދަމާ ސްކޮޓްލޭންޑްގެ ގްލާސްގޯގައި ފަށާ ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގައި އޮފިޝަލްކަން ކުރުމުގެ ފުރުސަތު ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ރެފްރީ އަހުމަދު ޝިހާމް (ޕުޗު) އަށް ލިބިއްޖެ އެވެ.