15 ސެޕްޓެމްބަރ

September 15, 2019 3
ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތަށް ތަރުހީބު ބޮޑު!

މެދުކެނޑުމަކަށް ފަހު މިއަހަރު ރާއްޖޭގައި ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތްތައް ބާއްވާއިރު މި މަހަށް ތާވަލުކޮށްފައިވާ ދެ މުބާރާތަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

14 ޖޫން

June 14, 2019 5
ބެޑްމިންޓަން ޓީމަށް ދުނިޔޭގެ ފެންވަރުގެ ކޯޗެއް

ދެކުނު ކޮރެއާގެ ގައުމީ ބެޑްމިންޓަން ޓީމަށް 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގައި އިރުޝާދުދިން ކޯޗު ސުން ހަން ކުކްގެ ބެލުމުގެ ދަށުން ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމު އަންނަ މަހު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރީތައް ކުރިއަށްގެންދަން ހަމަޖެހިފައިވާ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް...

08 އެޕްރީލް

April 08, 2019 8
މުޅި ރާއްޖެ އަށް ބެޑްމިންޓަން ފުޅާކުރެވޭނެ: މޫސަ

ކުޅިވަރުގެ ސިޔާސަތު ބައްޓަންކުރަން ޖެހޭނީ މުޅި ރާއްޖޭގެ ބައިވެރިވުން އެންމެ ބޮޑަށް އޮންނަ ގޮތަކަށް ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބެޑްމިންޓަން ފުޅާކުރެވޭނެ ކަމުގެ އުއްމީދު ބޮޑުވެފައިވާ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ރައީސް މޫސާ ނާޝިދު ވިދާޅުވެއްޖެ އެވެ.

02 އެޕްރީލް

April 02, 2019
ބައިނަލްއަގްވާމީ ތިން މުބާރާތެއް ރާއްޖޭގައި ބާއްވަނީ

ބެޑްމިންޓަންގެ ބައިނަލްއަގްވާމީ ތިން މުބާރާތެއް މި އަހަރު ރާއްޖޭގައި ބާއްވަން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނިންމައިފި އެވެ.

24 މާޗް

March 24, 2019 1
އިންޑިއާގެ ޓޮސް އެކެޑަމީއާ ރާއްޖެ ގުޅާލަނީ

އިންޑިއާގެ ޓްރިވެންޑްރަމްގައި ފުޅާ ދާއިރާއެއްގައި ބެޑްމިންޓަން ކުރިއެރުވުމުގެ މަސައްކަތް ކުރަމުން އަންނަ ޓޮސް އެކެޑަމީއާ ގުޅުން ބަދަހިކޮށް އެ އެކެޑަމީގެ އެހީގައި ރާއްޖޭގެ ބެޑްމިންޓަނަށް ވެސް ގިނަ ފުރުސަތުތަކެއް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

10 ޑިސެމްބަރ

December 10, 2018 8
ބެޑްމިންޓަން ބޭރު މުބާރާތެއް ރާއްޖޭގައި ބޭއްވޭތޯ ބަލަނީ

ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތް އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަޑް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ބުނެފި އެވެ.

23 އޮކްޓޯބަރ

October 23, 2018 5
އެކުގައި ފެށި މަސައްކަތުން ދެބެއިން އެންމެ އުހަށް!

މަސައްކަތް ވެސް ފެށީ އެކުގަ އެވެ. ކާމިޔާބީ ހޯދަމުން ވެސް އަންނަނީ އެކުއެކީގަ އެވެ. މިއީ ބެޑްމިންޓަނުގެ ދެ ތަރިން ކަމަށްވާ އެއްބަނޑުއެއްބަފާ ދެބެއިން ކަމަށްވާ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާގެ ވާހަކަ އެވެ. މީގެ އަށެއްކަ އަހަރު ކުރިން ފެށި މަސައްކަތުގައި ގިނަ މަސައްކަތްތަކެއްކޮށް މި ކުޅިވަރުން ކުރިއަށްދިއުމަށް ގިނަ...

17 ޖުލައި

July 17, 2018 4
އެމްސީބީގެ މަރުހަބާ ބެޑްމިންޓަން ކުޅުންތެރިންނަށް

މޮރީޝަސްގައި މިދިޔަ މަހު ބޭއްވި ބެޑްމިންޓަން މުބާރާތުން ވަނަ ހޯދި ދިވެހި ކުޅުންތެރިންނަށް މަރުހަބާ ކިޔަން ހާއްސަ ރަސްމިއްޔާތެއް މޮރީޝަސް ކޮމާޝަލް ބޭންކުން (އެމްސީބީ) އިއްޔެ ބާއްވައިފި އެވެ.

14 ޖޫން

June 14, 2018 4
މޫސަގެ ވިސްނުން ބޮޑެތި ކާމިޔާބީތަކާ ދިމާލަށް

މޮރިޝަސް ބެޑްމިންޓަން އިންޓަނޭޝަނަލް ސީރީސްގައި ރާއްޖޭން މި ފަހަރު މިކްސް ޑަބަލްސް އިންނާއި އަންހެން ޑަބަލްސް ބައިން ރިހި މެޑަލް ހޯދިއިރު، މިއީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) މުބާރާތެއްގައި ރާއްޖެ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ. ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ރައީސް މޫސާ ނާޝިދު...

09 ޑިސެމްބަރ

December 09, 2017 1
ދެކުނު އޭޝިއާ ފެޑެެރޭޝަނުގެ އިސް މަގާމަކަށް މޫސަ

ދެކުނު އޭޝިއާގެ ބެޑްމިންޓަން ފެޑެރޭޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު އައްޔަންކޮށްފި އެވެ.

20 އޯގަސްޓް

August 20, 2017 3
ދުނިޔޭގެ ބެޑްމިންޓަން މުބާރާތުގެ އޮފިޝަަލަކަށް ޝިހާމް

މާދަމާ ސްކޮޓްލޭންޑްގެ ގްލާސްގޯގައި ފަށާ ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގައި އޮފިޝަލްކަން ކުރުމުގެ ފުރުސަތު ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ރެފްރީ އަހުމަދު ޝިހާމް (ޕުޗު) އަށް ލިބިއްޖެ އެވެ.

01 ޖުލައި

July 01, 2017 1
ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތް އޮކްޓޯބަރުގައި

ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތް މެދުކެނޑުމަކަށް ފަހު މި އަހަރުގެ އޮކްޓޫބަރު މަހު ބާއްވަން ނިންމާފައިވާ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ބުނެފި އެވެ.

18 ޖޫން

June 18, 2017 4
ސެމީން ބަލިވިޔަސް ބެޑްމިންޓަން ފިޔަވަޅެއް ކުރިއަށް

މޮރިޝަސްގައި ކުރިއަށްދިޔަ ބެޑްމިންޓަން ސީރީސްގެ ސެމީ ފައިނަލުގެ ދެ އިވެންޓަކުން ރާއްޖޭގެ ތިން ޕެއާ ވާދަކޮށް ބަލިވި ނަމަވެސް ގައުމީ ބެޑްމިންޓަން ޓީމު މި މުބާރާތުން އެއް ފިޔަވަޅު ކުރިއަށް ޖެހިލައިފި އެވެ.

17 ޖޫން

June 17, 2017 3
ދެ އިވެންޓަކުން ގައުމީ ބެޑްމިންޓަން ޓީމު ސެމީ އަށް

މޮރިޝަސްގައި ކުރިއަށްދާ ބެޑްމިންޓަން ސީރީސްގެ ދެ އިވެންޓުގެ ސެމީ ފައިނަލުގެ ޖާގަ ހޯދައި، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) މުބާރާތެއްގެ ސެމީ ފައިނަލުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ކުޅުންތެރިން ފުރުސަތު ހޯދައިފި އެވެ.

20 މެއި

May 20, 2017 6
ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަނަށް މޫސަ

ދުނިޔޭގެ ބެޑްމިންޓަންގެ މައި އިދާރާ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ކައުންސިލަށް ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު އިންތިހާބުވެވަޑައިގެންފި އެވެ.

23 ޖެނުއަރީ

January 23, 2017 1
ޕްލޭނާ އެއްގޮތަށް އާ ކޯޗު ޓްރެއިނިން ފަށައިފި

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން 2019 ވަނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް އެކުލަވާލާފައިވާ ޕްލޭނާ އެއްގޮތަށް ގައުމީ ޓީމުގެ އާ ކޯޗަކަށް ހަމަޖެއްސި ފައިޒަލް އަބްދުލް ރަހުމާންގެ އިރުޝާދުގެ ދަށުން ޓްރެއިނިން ފަށައިފި އެވެ.

13 ޖެނުއަރީ

January 13, 2017 2
މައިސާ އާއި ޒަޔާނަށް ރޭންކިންގައި ބޮޑު ކުރިއެރުމެއް

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އެންމެ ފަހުން އާންމުކުރި ދުނިޔޭގެ ރޭންކިންގައި ރާއްޖޭގެ ދެ ކުޅުންތެރިން ކަމަށްވާ މައިސާ ފަތުހުﷲ އާއި ޒަޔާން ޒަކީ ބޮޑު ކުރިއެރުމެއް ހޯދައިފި އެވެ.

16 ޑިސެމްބަރ

December 16, 2016 1
ނަޝީއު އާއި ޒަޔާންގެ ޕެއާ ކުއާޓާ ފައިނަލުން ކަޓައިފި

ނޭޕާލްގައި މިހާރު ކުރިއަށްދާ ނޭޕާލް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގެ ފިރިހެން ޑަބަލްސް އިވެންޓުގެ ކުއާޓާ ފައިނަލުން ރާއްޖޭގެ ގައުމީ ޓީމުގެ ނަޝީއު ޝަރަފުއްދީނާއި ޒަޔާން ޒަކީގެ ޕެއާ ކަޓައިފި އެވެ.

14 ޑިސެމްބަރ

December 14, 2016
ޑަަބަލްސް އިން ނަޝީއު އާއި ޒަޔާންގެ ޕެއާ ކުއާޓާ އަށް

ނޭޕާލްގައި މިހާރު ކުރިއަށްދާ ނޭޕާލް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގެ ފިރިހެން ޑަބަލްސް އިވެންޓުގެ ކުއާޓާ ފައިނަލުން ރާއްޖޭގެ ގައުމީ ޓީމުގެ ނަޝީއު ޝަރަފުއްދީނާއި ޒަޔާން ޒަކީ...

December 14, 2016
ގައުމީ ބެޑްމިންޓަން ޓީމަށް ރަނގަޅު ފެށުމެއް

ނޭޕާލްގައި މިހާރު ކުރިއަށްދާ ނޭޕާލް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގައި ވާދަކުރާ ގައުމީ ބެޑްމިންޓަން ޓީމުން ފެށުން ރަނގަޅުކޮށްފި އެވެ.

08 ޑިސެމްބަރ

December 08, 2016 1
ކުއާޓާ ފައިނަލުން މައިސާ ބަލިވެއްޖެ

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޗެލެންޖް ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓުގެ ކުއާޓާ ފައިނަލުން ބަލިވެ ރާއްޖޭގެ އުއްމީދީ ކުޅުންތެރިޔާ މައިސާ ފަތުހުﷲ މުބާރާތުން ކަޓައިފި އެވެ.