02 މާޗް

March 02, 2018 1
ބޯޑަރަށް ސިފައިން ޖަމާކުރާތީ ބަންގްލަދޭޝް ކަންބޮޑުވެއްޖެ

ޑާކާ (މާޗް 2) - ދެ ގައުމު ހިއްސާކުރާ ބޯޑަރު ކައިރިއަށް މިއަންމާ ސިފައިން ގިނަ އަދަދަކަށް ޖަމާކުރާތީ ބަންގްލަދޭޝް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

21 ފެބުރުއަރީ

February 21, 2018
މިއަންމާއަށް ގެންދާ ރޮހިންޖާ މީހުންގެ ލިސްޓްހަވާލުކޮށްފި

ޑާކާ (ފެބްރުއަރީ 21) - ދެ ގައުމުގެ މެދުގައި މިދިޔަ އަހަރު ފަހުކޮޅު ގާއިމްކުރި އެއްބަސްވުމުގެ ދަށުން މިއަންމާ އަށް ފުރަތަމަ ގެންދާ ރޮހިންޖާ މުސްލިމުންގެ 8،000 މީހުންގެ ލިސްޓް ބަންގްލަދޭޝް އިން މި ހަފުތާގައި ހަވާލުކޮށްފި އެވެ.

08 ފެބުރުއަރީ

February 08, 2018 7
ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު ފަސް އަހަރަށް ޖަލަށް

ޑާކާ (ފެބްރުއަރީ 8) - ކޮރަޕްޝަނުގެ ކުށް ސާބިތުވި ކަމަށް ބަލާ ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު ޚާލިދާ ޒިޔާ ފަސް އަހަރަށް ޖަލަށްލާން މިއަދު ހުކުމް ކޮށްފި އެވެ.

30 ޖެނުއަރީ

January 30, 2018 1
ރުޅި މައިތިރިކުރަން ދާނެ ޕާކެއް ޑާކާގައި ހަދަނީ

"އެންގާ މެނޭޖްމަންޓް ޕާކް" ނުވަތަ ރުޅިމައިތިރިކުރަން ދާނެ ޕާކެއް ބަންގަލަދޭޝްގެ ޑާކާގައި ހަދަން ފަށައިފި އެވެ. މިދިޔަ އާދިއްތަ ދުވަހު ބިންގާ އެޅި ޕާކަކީ ޑާކާގައި ދިރިއުޅޭ 15 މިލިއަން މީހުންނަށް ކޮންމެ ދުވަހަކު ދިމާވާ އެކި ކަހަލަ ސްޓްރެސް ފިލުވާލަން ޒިޔާރަތްކުރަން ރަނގަޅުތަނަކަށް ވާނެ ކަމަށް އެ ސިޓީގެ މޭޔަރު ވިދާޅުވި އެވެ.

22 ޖެނުއަރީ

January 22, 2018
ރޮހިންޖާ ރެފިއުޖީން މިއަންމާ އަށް ފޮނުވުން މަޑުޖެހިއްޖެ

ޑާކާ (ޖެނުއަރީ 22) - ބަންގްލަދޭޝް އަށް އެތެރެވެފައިވާ ރޮހިންޖާ ރެފިއުޖީން އަނބުރާ މިއަންމާ އަށް ފޮނުވުން މަޑުޖައްސާލަން ޖެހިއްޖެ އެވެ.

20 ޖެނުއަރީ

January 20, 2018 2
ޗައިނާ ކުންފުންޏެއް ބަންގްލަދޭޝްއިން ބްލެކްލިސްޓް ކޮށްފި

ޑާކާ (ޖެނުއަރީ 20) - ޗައިނާގެ ކޮންސްޓްރަކްޝަން ބޮޑު ކުންފުންޏެއް ބަންގްލަދޭޝް ސަރުކާރުން ބްލެކްލިސްޓްކޮށް އެ ކުންފުނީން އެ ގައުމުގައި ކުރަމުންދާ މަސައްކަތްތައް ހުއްޓާލަން އަންގައިފި އެވެ.

19 ޖެނުއަރީ

January 19, 2018 3
ރޮހިންޖާ ރެފިއުޖީން މިއަންމާ އަށް ދާން ދެކޮޅު ހަދަނީ

ޑާކާ (ޖެނުއަރީ 19) - ރޮހިންޖާ ރެފިއުޖީން އަނބުރާ މިއަންމާ އަށް ގެންދިއުމާ ދެކޮޅަށް މުޒާހަރާ ކުރަން ފަށައިފި އެވެ.

16 ޖެނުއަރީ

January 16, 2018
ރޮހިންޖާ މައްސަލަ ދެ އަހަރު ތެރޭ ހައްލުކުރަން އެއްބަސްވެއްޖެ

ޑާކާ (ޖެނުއަރީ 16) - ރޮހިންޖާ ރެފިއުޖީން އަނބުރާ ރަކީން ސްޓޭޓަށް ގެންގޮސް ދެ އަހަރު ތެރޭ އެ މައްސަލަ ހައްލު ކުރަން ބަންގްލަދޭޝް އާއި މިއަންމާ އިން އެއްބަސްވެއްޖެ އެވެ.

15 ޖެނުއަރީ

January 15, 2018 2
ކޮއްކޮއަށް ކިޔަވައިދޭން ދައްތަ ބުރަ މަސައްކަތުގައި

ބަންގްލަދޭޝްގެ ފަގީރު ހިސާބެއްގައި ދިރިއުޅޭ ރަތުނާ އަޚްތަރަށް އުމުރަކީ ހަމައެކަނި ހިސާބު އަދަދެކެވެ. އޭނާގެ މަންމައަކީ އެ އާއިލާއަށް ކާންދީ ބެލެހެއްޓުމުގެ ހުރިހާ ޒިންމާއެއް އޮތް ހަމައެކަނި މީހާ އެވެ. މަންމަ ރެއާއި ދުވާލު މަސައްކަތް ކޮށްގެން ވެސް އާއިލާގެ ބަނޑުފުރާނަ މުއްތިކުރެވޭނެ ގޮތެއް ނުވެ އެވެ. ކިޔެވުން ހުއްޓާލާފައި...

09 ޖެނުއަރީ

January 09, 2018 7
ރައުދާގެ މަރު ފަސް ވަނަ ފަހަރަށް ތަހުގީގު ކުރަނީ

ބަންގްލަދޭޝްގައި ކިޔަވަން ހުއްޓައި މިދިޔަ އަހަރު މަރުވި ދިވެހި މޮޑެލް، ރައުދާ އާތިފްގެ މަރުގެ މައްސަލަ އަނެއްކާވެސް އެ ގައުމުގެ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

January 09, 2018 5
ރޮހިންޖާ މީހުންނާ ކައިވެނި ކުރުން މަނާކުރުމަށް ކޯޓުން ތާއީދު

ޑާކާ (ޖެނުއަރީ 9) - ރޮހިންޖާ މުސްލިމުން ބަންގްލަދޭޝް މީހުންނާ ކައިވެނި ކުރުން މަނާކޮށްފައި އޮތް ގާނޫނަށް އެ ގައުމުގެ ކޯޓުން ވެސް ތާއީދުކޮށްފި އެވެ.

02 ޖެނުއަރީ

January 02, 2018
ރޮހިންޖާ ރެފިއުޖީން އަނބުރާ ގެންދަން މި މަހު ފަށަނީ

ޑާކާ (ޖެނުއަރީ 2) - ބަންގްލަދޭޝް އާއި މިއަންމާއާ ދެމެދު ނޮވެމްބަރު މަހު އެއްބަސްވެފައިވާ ގޮތުގެ މަތިން ރެފިއުޖީން އަނބުރާ މިއަންމާ އަށް ގެންދިއުމުގެ މަސައްކަތް މި މަހު ފަހުކޮޅު ފަށަން ނިންމައިފި އެވެ.

13 ޑިސެމްބަރ

December 13, 2017 26
ރާއްޖޭގައި ރަހީނުކުރި ބަންގްލަދޭޝް މީހަކު ސަލާމަތްކޮށްފި

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހަކު ރަހީނުކޮށްފައި ހުއްޓާ ސަލާމަތްކޮށް އެ މައްސަލާގައި ބަންގްލާދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

01 ޑިސެމްބަރ

December 01, 2017 9
މިފަހަރު ތޫފާން "އޮކްޝީ" ދެން އަންނާނީ "ސާގަރް"

ތޫފާނުތަކަށް ނަން ދިނުމަކީ ވަކި ހަމައެއްގެ މަތިން ކުރަމުން އަންނަ ކަމެކެވެ. ސްރީ ލަންކާ ކައިރީ އުފެދުނު ބާރުގަދަ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމެ މުޅި ސަރަހައްދުގެ މޫސުން މި ވަނީ ގޯސްވެފަ އެވެ. އެއާ އެކު މި ތޫފާނަށް މި ވަނީ ނަމެއް ވެސް ދީފަ އެވެ. އެއީ އޮކްޝީ އެވެ.

30 ނޮވެމްބަރ

November 30, 2017
ރޮހިންޖާ ރެފިއުޖީންނަށް ބަންގާޅުން ވަކި ރަށެއް ހަދަނީ

ކޮކްސް ބާޒާރު (ނޮވެމްބަރު 30) - މިއަންމާ އިން ބަންގްލަދޭޝް އަށް އެތެރެވި ރޮހިންޖާ ރެފިއުޖީންނަށް ވަކި ރަށެއް ހަދަން 280 މިލިއަން ޑޮލަރުގެ މަޝްރޫއެއް ބަންގާޅު ސަރުކާރުން ފާސްކޮށްފި އެވެ.

23 ނޮވެމްބަރ

November 23, 2017 1
ރޮހިންޖާ ރެފިއުޖީން އަނބުރާ ގެންދަން އެއްބަސްވެއްޖެ

ނޭޕީޑޯ (ނޮވެމްބަރު 23) - ރޮހިންޖާ ރެފިއުޖީން އަނބުރާ ރަކީން ސްޓޭޓަށް ގެންދިއުމަށް ބަންގްލަދޭޝް އާއި މިއަންމާ އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

12 ނޮވެމްބަރ

November 12, 2017 6
ޚިޔާނާތުގެ ތުހުމަތާ އެކު ބަންގާޅުގެ އުއްތަމަ ފަނޑިޔާރު އިިސްތިއުފާ

ޑާކާ (ނޮވެމްބަރު 12) - ޚިޔާނާތުގެ ތުހުމަތުތަކަކާ އެކު ބަންގްލަދޭޝްގެ އުއްތަމަ ފަނޑިޔާރު ސުރަންދުރަ ކުމާރު ސިންހާ އިސްތިއުފާ ދެއްވައިފި އެވެ.

04 ނޮވެމްބަރ

November 04, 2017 5
ފަތުހީގެ ހަށިގަނޑު މާލެ ގެނެސްފި

ބަންގްލަދޭޝް މީހަކާ ކައިވެނިކުރަން އެ ގައުމަށް ގޮސް އުޅެނިކޮށް މިދިޔަ އަންގާރަ ދުވަހު މަރުވި ސ. މަރަދޫފޭދޫ އަބްދުﷲ ފަތުހީގެ ހަށިގަނޑު ރޭ މާލެ ގެނެސްފި އެވެ.

02 ނޮވެމްބަރ

November 02, 2017 1
ރެފިއުޖީ އެހީގެ ގޮތުގައި ބަންގާޅަށް 400 މިލިއަން ޑޮލަރު

ޔަންގޮން (ނޮވެމްބަރު 2) - ރަކީން ސްޓޭޓް ދޫކޮށް ދިޔަ ރެފިއުޖީން އަނބުރާ ފޮނުވަން ބަންގްލަދޭޝް އިން ދެކޮޅު ހަދަމުން ދަނީ ބައިނަލްއަގުވާމީ ގޮތުން ލިބެމުންދާ ބޮޑެތި އެހީތަކުގެ ސަބަބުން...

November 02, 2017 36
ފަތުހީގެ ބަންގާޅު ކައިވެނީގެ ރަން 150،000ރ!

ބަންގްލަދޭޝްގައި ހުއްޓާ މިދިޔަ އަންގާރަ ދުވަހު މަރުވި ސ. މަރަދޫފޭދޫ އަބްދުﷲ ފަތުހީ އެ ގައުމުގެ އަންހެނަކާ ކައިވެނިކުރީ ދޮޅު ލައްކަ ރުފިޔާގެ ރަނަށް ކަމަށް އާއިލާއިން މިއަދު ބުނެފި...

31 އޮކްޓޯބަރ

October 31, 2017 42
ބަނގްލަދޭޝްގައި ދިވެއްސަކު މަރާލައިފި

ބަންގްލަދޭޝް އަށް ގޮސް ހުރި ދިވެހި ފިރިހެނަކު މިއަދު މަރާލައިފި އެވެ.