18 އޮކްޓޯބަރ

October 18, 2020 12
މާލީ ފައިދާއަށް ގާނޫނީ ދާއިރާއަށް ވަނުމަކީ ގޯސްކަމެއް

ވަކީލުންނަކީ ހަމައެކަނި މާލީ ތަނަވަސްކަން ހޯދަން ބަޔަކަށް ވެގެން ނުވާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަހުުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެ އެވެ.

17 އޮކްޓޯބަރ

October 17, 2020 6
ތަމްރީން ޕްރޮގްރާމަށް ފަހު 227 ވަކީލުން ހުވާކޮށްފި

ބާ ކައުންސިލުން ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމް ފުރިހަމަކުރުމަށް ފަހު 227 ވަކީލުން މިއަދު ހުވާކޮށްފި އެވެ.

15 އޮކްޓޯބަރ

October 15, 2020 44
ވަކާލާތުކުރަން ހުއްދަ ނުދެނީ ގާނޫނީ ޑިގްރީއަށް ނުވާތީ

މަދީނާ ޔުނިވާސިޓީން އިސްލާމީ ޝަރީއާ ޑިގްރީ ހަދާފައިވާ ދަރިވަރުންނަށް ވަކާލާތުކުމުގެ ހުއްދަ ނުދޭން ނިންމީ، ހުށަހެޅި ލިޔުންތަކަށް ބަލާއިރު، ގާނޫނީ ރޮނގުން ޑިގްރީއެއް ކަމަށް އެނގެން ނެތުމުން ކަމަށް، ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

02 ސެޕްޓެމްބަރ

September 02, 2020 46
ރާއްޖޭގައި ވަކާލާތު ކުރުމުގެ ހުއްދަ ބިދޭސީ ވަކީލުންނަށް

ރާއްޖޭގެ ކޯޓުތަކުގައި ހިނގާ މައްސަލަތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ރާއްޖެއިން ބޭރުގެ ވަކީލުންނަށް ފުރަތަމަ ފަހަރަށް ދޭން ނިންމައި، އެކަމާ ބެހޭ ގަވާއިދެއް ބާ ކައުންސިލުން އެކުލަވާލައިފި އެވެ.

10 އޯގަސްޓް

August 10, 2020 21
ބިދޭސީންގެ ނަމުގައި ބައެއް ވަކީލުން ދަނީ އޮޅުވާލަމުން

ބ. ބޮޑުފިނޮޅުގައި މިދިޔަ މަހު ކުރީކޮޅު ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި 19 ބިދޭސީންގެ ނަމުގައި ބަޔާންތައް ނެރެ ވާހަކަ ދައްކަމުން އަންނަ ބައެއް ވަކީލުންގެ ސުލޫކީ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށާއި އެހެންވެ އެ މައްސަލަ ބާ ކައުންސިލަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

22 ޖުލައި

July 22, 2020 4
ޕްރޮގްރާމެއް ހެދުމުން ވަކީލުކަމުގެ ހުއްދަދޭން ފާސްކޮށްފި

ވަކީލުކަމުގެ ހުއްދަ ނުލިބި ތިބި މީހުން އެއް މަހުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ވަކީލުކަމުގެ ހުއްދަ ދޭންޖެހޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނެސް، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

19 ޖުލައި

July 19, 2020 8
ޕީޖީ ޝަމީމަށް ކުރާ ތުހުމަތުތައް ދޮގުކުރައްވައިފި

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް، މަސްލަހަތު ފުށުއަރާ ގޮތަށް ކަންކަން ކުރެއްވި ކަމަށާއި އޭގެ ތެރެއިން ފައިސާތަކެއް...

July 19, 2020 38
ޕީޖީ ޝަމީމްގެ މައްސަލަތަކެއް ބާ ކައުންސިލަށް

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ މަސްލަހަތު ފުށުއަރާ ކަމަށް ބުނެ ބާ...

16 ޖުލައި

July 16, 2020 8
މުޒާހާރާ ގަވައިދު ގާނޫނުއަސާސީއާ ހިލާފު: ބާކައުންސިލް

ކުރިން ހުއްދަ ހޯދުމަކާނުލައި އެއްވުންތަކާއި މުޒާހަރާތައް ނުބޭއްވޭނެ ކަމަށް އަންގައި ހޯމް މިނިސްޓްރީން ކުރި އިއުލާނަކީ ގާނޫނު އަސާސީގެ 32 ވަނަ މާއްދާއާ ހިލާފު އިއުލާނެއް ކަމަށް ބާކައުންސިލުން އިއްޔެ ބުނެފި އެވެ.

15 ޖުލައި

July 15, 2020 29
މަޖިލިހުން އަވަސްއަރުވާލުމަކީ އިންސާފަށް ހުރަހެއް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެކޮޅަށް ދައުލަތުން ކުރި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލާގައި، އަވަސް އަރުވާލައިގެން ގޮތެއް ނިންމުމަކީ އިންސާފު ގާއިމްކުރަން ހުރަސް އެޅޭނެ ކަމެއް ކަމަށް ބާކައުންސިލްގެ ރައީސް އަދި ވަކީލް މައުމޫނު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

01 ޖުލައި

July 01, 2020 4
މަޖިލީހުގެ ތަހުގީގާ މެދު ބާ ކައުންސިލްގެ ކަންބޮޑުވުން

ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ ތަހުގީގާ މެދު ބާ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

10 ޖޫން

June 10, 2020 43
ބާކައުންސިލުން އުޅެނީ އާ ބަޔަކު ނުކުމެދާނެތީ: ޔައުގޫބް

ވަކީލުންނަށް ލައިސަންސް ދިނުން ލަސްކުރަން ބާކައުންސިލުން މަސައްކަތްކުރާ ކަމަށާއި އެ ކައުންސިލްގެ މެމްބަރުން މަސައްކަތް ކުރައްވަނީ ގާނޫނީ ދާއިރާ އަށް އާ ބަަޔަނު ނުކުމެދާނެތީ އެކަމަށް ހުރަސް އަޅަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ތުހުމަތު ކުރައްވައިފި އެވެ.

05 ޖޫން

June 05, 2020 31
ޝިޔާމް ތަޅުމުން ނެރުނު ގޮތާ މެދު ލަފައަކަށް އެދިއްޖެ

ލޯކަލް ކައުންސިލްތަކުގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރުމާ މެދު ބާ ކައުންސިލުން ދެކޭ ގޮތް ހާމަކުރަން އިދިކޮޅު ކޯލިޝަނުން އެދިއްޖެ އެވެ.

17 މެއި

May 17, 2020 13
ވަކީލުންގެ ބާއިމްތިހާނުގެ ޝަރުތު ލަސްކުރަން ހުށަހަޅައިފި

ވަކީލުކަމުގެ ހުއްދަ ދޫކުރުމުގެ ކުރިން ބާކައުންސިލްގެ ބެލުމުގެ ދަށުން ފުރިހަމަކުރަންޖެހޭ ތަމްރީނު ޕްރޮގްރާމާއި އެއާ ވިދިގެން ހަދަން ޖެހޭ އިމްތިހާނު ހަދަން، "ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު"ގައި އޮންނަ ޝަރުތަށް އަމަލުކުރަން ފެށުުން އަންނަ އަހަރުގެ ޖެނުއަރީއާ ހަމައަށް ފަސްކުރަން ރައްޔިިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ...

06 މެއި

May 06, 2020 2
އިންތިޚާބު މައްސަލަ:ބާ ކައުންސިލް ދެކޭގޮތް ހާމަނުކުރާނެ

ލޯކަލް ކައުންސިލް އިންތިޚާބުގެ މައްސަލާގައި ބާ ކައުންސިލުން ދެކޭ ގޮތެއް ހާމަކުރަން ނިންމި ނިންމުން އެ ކައުންސިލުން ބަދަލުކޮށްފި އެވެ.

10 މާޗް

March 10, 2020 3
ވަކީލުކަމަށް އޭޖީގައި ތަމްރީން ހެދުމުގެ ފުރުސަތު ދީފި

ވަކީލުކަމުގެ ހުއްދަ ހޯދުމުގައި ފުރިހަމަ ކުރަންޖެހޭ ތަމްރީނު ޕްރޮގްރާމް އެޓާނީ ޖެނެރަލްގެ އޮފީހުގައި ފުރިހަމަ ކުރެވޭނެ އިންތިޒާމް އެ އޮފީހުން ހަމަޖައްސައިފި އެވެ.

09 މާޗް

March 09, 2020 6
ވަކީލުކަމުގެ ހުއްދަ އަށް ތަމްރީނު ހަދަން ލުއިތަކެއް

ވަކީލުކަމުގެ ހުއްދަ ދޫކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރުމުގައި ލުއިތަކެއް ލިބޭ ގޮތަށް ވަކީލު ކަމުގެ ހުއްދަ ދޫކުރުމުގެ އާ ގަވާއިދެއް އެކުލަވާލައި، މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.

01 މާޗް

March 01, 2020 9
ލޯ ފާމްތަކާއި ލީގަލް ޕްރެކްޓިސް ރަޖިސްޓްރީވާން ޖެހިއްޖެ

ގާނޫނީ ޚިދުމަތް ދޭ ހުރިހާ ލޯ ފާމްތަކާއި ލީގަލް ޕްރެކްޓިސްތައް އަންނަ ޖޫން 15ގެ ކުރިން ބާ ކައުންސިލްގެ ދަފްތަރުގައި ރަޖިސްޓްރީވާން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

26 ފެބުރުއަރީ

February 26, 2020 21
ގާނޫނީ ފަންނަށް ގާނޫނުން ބޮޑު ހުރަހެއް؟!

ގާނޫނީ ފަންނުގެ ގާނޫނެއް ވުޖޫދަށް ގެނައުމަކީ ގާނޫނީ ދާއިރާގެ މީހުން އެތައް އަހަރެއް ކުރިންސުރެ އެންމެ ބޮޑަށް އެދެމުން ދިޔަ އެއް ކަމެވެ. އެއީ ވަކީލުން އެކި ދުވަސްވަރު އެކި މުއައްސަސާތަކުގެ ބެލުމުގެ ދަށުން، ގަވާއިދުތަކެއްގެ ދަށުން ރެގިއުލޭޓް ކުރަމުން ދިޔަ ދިއުން ނިމުމަކަށް ގެނެސް، އެހެން ފަންނީ ދާއިރާތަކެކޭ އެއްގޮތަށް...

14 ފެބުރުއަރީ

February 14, 2020 7
ބާ ކައުންސިލްގެ އަހަރީ އާންމު ޖަލްސާ މި މަހު ބާއްވަނީ

ބާ ކައުންސިލްގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

30 ޖެނުއަރީ

January 30, 2020 2
ދާއިމީ ސަބް ކޮމެޓީތަކަށް ކުރިމަތިލާން ހުޅުވާލައިފި

ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ބާ ކައުންސިލްގެ ދާއިމީ ސަބް ކޮމެޓީތަކުގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.