15 ޖެނުއަރީ

January 15, 2018 17
ގާޑް މުލާގެ ރެކޯޑް މެސީ މުގުރާލައިފި

މެޑްރިޑް (ޖެނުއަރީ 15) – ސްޕެނިޝް ލީގުގައި ރޭ ރެއާލް ސޮސިއެޑާޑް އަތުން ފަހަތުން އަރައި 4-2 އިން ބާސެލޯނާ މޮޅުވި މެޗުގައި، އެ ޓީމުގެ ލިއޮނަލް މެސީ ހާއްސަ ރެކޯޑެއް މުގުރާލައިފި އެވެ.

13 ޖެނުއަރީ

January 13, 2018 4
"ބާސެލޯނާ ދޫކޮށްލުމަކީ ނޭމާ ފަހަތަށް އެޅި ފިޔަވަޅެއް"

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (ޖެނުއަރީ 13) - މި ސީޒަނުގައި ބާސެލޯނާ ދޫކޮށް ދުނިޔޭގެ ރެކޯޑް އަގަކަށް ޕީއެސްޖީއާ ގުޅުމަކީ ފުޓްބޯޅަ ކެރިއަރުގައި ނޭމާ ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް ބްރެޒިލްގެ ކުރީގެ ތަރި ރޮނާލްޑޯ ބުނެފި އެވެ.

12 ޖެނުއަރީ

January 12, 2018 2
މެސީ ހުރުމަކީ ބާސެލޯނާގެ ނަސީބު: ޖޯޑީ އަލްބާ

ބާސެލޯނާ (ޖެނުއަރީ 12) - ލިއޮނަލް މެސީ އަކީ ބާސެލޯނާގެ ނަސީބު ކަމަށާއި އޭނާ ހުރިހާ ދުވަހަކު އެ ޓީމު ދާނީ ކުރިއަށް ކަމަށް ބާސެލޯނާ އަށް ކުޅޭ ސްޕެއިނުގެ ފުލްބެކް ޖޯޑީ އަލްބާ ބުނެފި އެވެ.

09 ޖެނުއަރީ

January 09, 2018
ކުޓީނިއޯ އަށް ކުޅެވޭނީ ތިން ހަފުތާ ފަހުން

ބާސެލޯނާ (ޖެނުއަރީ 9) – ބާސެލޯނާއާ އަލަށް ގުޅުނު ފިލިއްޕޭ ކުޓީނިއޯގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން އޭނާ އަށް އެންމެ އަވަހަށް ވެސް އެ ޓީމަށް ކުޅެދެވޭނީ ތިން ހަފުތާ ފަހުންނެވެ.

08 ޖެނުއަރީ

January 08, 2018 4
ބާސާ އަށް ބަދަލުވުމަކީ ހުވަފެނެއް ސީދާވުން: ކުޓީނިއޯ

ބާސެލޯނާ (ޖެނުއަރީ 8) – ބާސެލޯނާ އަށް ބަދަލުވުމަކީ ހުވަފެނެއް ސީދާވުން ކަމަށް ބްރެޒިލް މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ ބުނެފި އެވެ.

January 08, 2018 3
ބާސެލޯނާ މޮޅުވިއިރު މެޑްރިޑަށް ޕޮއިންޓެއް

ބާސެލޯނާ (ޖެނުއަރީ 8) – ބާސެލޯނާ އަށް ލިއޮނަލް މެސީ ކުޅެދިން 400 ވަނަ މެޗުގައި އޭނާ ޖެހި ލަނޑާ އެކު ލެވަންޓޭ އަތުން 3-0 އިން މޮޅުވެ ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނައިގައި ނުވަ...

07 ޖެނުއަރީ

January 07, 2018 5
އެންމެ ފަހުން ކުޓީނިއޯ ބާސެލޯނާ އަށް!

ބާސެލޯނާ (ޖެނުއަރީ 7) – ދުނިޔޭގެ ފުޓްބޯޅައިގެ ތާރީހުގައި ދެ ވަނަ އަށް އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ލިވަޕޫލުގެ ބްރެޒިލް މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ 160 މިލިއަން ޔޫރޯ އަށް ގަންނަން ސްޕެއިނުގެ ބާސެލޯނާ އިން އެއްބަސްވެއްޖެ އެވެ.

04 ޖެނުއަރީ

January 04, 2018 5
މެންޗެސްޓާ ސިޓީ އަށް އުމްޓީޓީ ބަދަލުވަނީ؟

ބާސެލޯނާ (ޖެނުއަރީ 4) – މެންޗެސްޓާ ސިޓީގެ އޮފިޝަލުންނާ އެކު ބާސެލޯނާގެ ފްރާންސް ޑިފެންޑަރު ސެމުއަލް އުމްޓީޓީ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

03 ޖެނުއަރީ

January 03, 2018
ޑެމްބެލޭގެ އެނބުރި އައުން މާދަމާރޭ

ބާސެލޯނާ (ޖެނުއަރީ 3) – އަނިޔާގެ ސަބަބުން ހަތަރު މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރި ބާސެލޯނާގެ ހުނަރުވެރި ވިންގާ އޮސްމާނޭ ޑެމްބެލޭ މާދަމާރޭ ކުޅުމުގެ ތެރެއަށް އަންނާނެ ކަމަށް ބެލެވެ އެވެ.

02 ޖެނުއަރީ

January 02, 2018 3
ލިވަޕޫލުން ކުޓީނިއޯ ވިއްކާލާނީ ރެކޯޑް އަގަކަށް

ލިވަޕޫލް (ޖެނުއަރީ 2) – ބްރެޒިލް މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ ވިއްކާލަން ލިވަޕޫލުން ބާސެލޯނާ އަށް ވަރަށް ބޮޑު އަގަކަށް ޑިމާންޑްކުރާނެ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

01 ޖެނުއަރީ

January 01, 2018
ކުޓީނިއޯ އެންމެ ފަހުން ބާސެލޯނާ އަށް ބަދަލުވަނީތަ؟

ލަންޑަން (ޖެނުއަރީ 1) – ލިވަޕޫލުގެ މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ މި މަހުގެ ޓްރާންސްފާ ބާޒާރުގައި ބާސެލޯނާ އަށް ބަދަލުވާން އުޅޭ ކަމުގެ އިޝާރާތެއް އެ ކްލަބުގެ ކިޓް ސްޕޮންސަރު ނައިކީ އަށް އޮޅިގެން ދެވިއްޖެ އެވެ.

29 ޑިސެމްބަރ

December 29, 2017
ޑި މަރިއާ އަންނަ މަހު ބާސެލޯނާއާ ގުޅެނީ؟

ޕީއެސްޖީގެ އާޖެންޓީނާ ވިންގާ އެންހެލް ޑި މަރިއާ ގަތުމަށް ބާސެލޯނާ އިން ކޮށްފައިވާ ޕްލޭނައިގެން އަންނަ މަހުގެ ޓްރާންސްފާގައި ކުރިއަށްދާނެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި...

December 29, 2017 5
"މެސީގެ ސަބަބުން ޗެމްޕިއަންސް ލީގުގެ ފޭވަރިޓަކީ ބާސާ"

ލިއޮނަލް މެސީގެ ސަބަބުން މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފޭވަރިޓަކީ ބާސެލޯނާ ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު އަދި ކެޕްޓަން ޕެޕް ގާޑިއޯލާ ބުނެފި އެވެ.

25 ޑިސެމްބަރ

December 25, 2017 11
ދެ ވަނަ މެސީ އެއް ނާންނާނެ: ޒަވީ

ދޯހާ، ގަތަރު (ޑިސެމްބަރު 25) - ބާސެލޯނާގެ ލިއޮނަލް މެސީ ފަދަ ހުނަރުވެރިއެއް ދެން ފެނިދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް އޭނާއާ އެކު އެ ޓީމަށް ކުރިން ކުޅުނު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

23 ޑިސެމްބަރ

December 23, 2017 36
މެޑްރިޑް ބަލިކޮށް ބާސާ ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފި

މެޑްރިޑް (ޑިސެމްބަރު 23) – ދެ ވަނަ ހާފުގައި އެކަކު މަދުކޮށް ކުޅުނު ރެއާލް މެޑްރިޑް އަތުން އެ ޓީމުގެ ދަނޑުގައި 3-0 އިން މޮޅުވެ ސްޕެނިޝް ލީގުގެ އެއް ވަނައިގައި ބާސެލޯނާ އިން ނުވަ...

December 23, 2017 3
މިއަދުގެ މެޗަށް ރޮނާލްޑޯ ފިޓް: ޒިދާން

މެޑްރިޑް (ޑިސެމްބަރު 23) – ސްޕެނިޝް ލީގުގައި މިއަދު ހަވީރު ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗަށް ރެއާލް މެޑްރިޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ 100 ޕަސެންޓް ފިޓް ކަމަށް އެ ޓީމުގެ...

22 ޑިސެމްބަރ

December 22, 2017 2
ރެއާލް ބަލިކުރެވުނަސް ލީގު ޔަގީނެއް ނުވާނެ: ވަލްވޭޑޭ

ބާސެލޯނާ (ޑިސެމްބަރު 22) - ސްޕެނިޝް ލީގުގައި މާދަމާ ހަވީރު ރެއާލް މެޑްރިޑް އަތުން މޮޅުވެވުނަސް ބާސެލޯނާ އަށް ލީގު ކަށަވަރުވީ ކަމަށް ގަބޫލުނުކުރާނެ ކަމަށް އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.

20 ޑިސެމްބަރ

December 20, 2017 4
ގްރީޒްމަން އަށް ބާސާ އިން ނުފޫޒުފޯރުވާ: އެތުލެޓިކޯ

މެޑްރިޑް (ޑިސެމްބަރު 20) - އެތުލެޓިކޯ މެޑްރިޑަށް ކުޅޭ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އަށް ބާސެލޯނާ އިން ނުފޫޒު ފޯރުވާ ކަމަށް ބުނެ އެ ޓީމުގެ މައްސަަލަ އެތުލެޓިކޯ އިން ފީފާ އަށް...

December 20, 2017 12
އޭޝިޔާ ބައްރަށް ހާއްސަ އެލް ކްލަސިކޯ މެޗެއް!

އަންނަ ހޮނިހިރު ދުވަހު ރާއްޖެ ގަޑިން ހަވީރު 5 ޖަހާއިރު ފަށާ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ކުޅޭ އެލް ކްލަސިކޯ މެޗުގެ ވަގުތު ހަމަޖެއްސުމުގައި މި ފަހަރު ލަލީގާ އިން ވިސްނީ އޭޝިއާ...

19 ޑިސެމްބަރ

December 19, 2017
ބާސެލޯނާ ރައީސްކަމަށް ޒަވީ ކުރިމަތިލަނީ

ބާސެލޯނާ (ޑިސެމްބަރު 19) - ބާސެލޯނާގެ ރައީސްކަން ހޯދުމަށް އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް މަސައްކަތް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

18 ޑިސެމްބަރ

December 18, 2017 8
ބާސާގެ ވާދަވެރިޔަކީ ހަމައެކަނި ރެއާލެއް ނޫން: ވަލްވޭޑޭ

ބާސެލޯނާ (ޑިސެމްބަރު 18) - ސްޕެނިޝް ލީގުގައި ބާސެލޯނާގެ ހަމައެކަނި ވާދަވެރިޔަކީ ރެއާލް މެޑްރިޑް ނޫން ކަމަށާއި އެހެން ޓީމުތަކާ މެދު ވެސް ވިސްނަން ޖެހޭ ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.

12 ޑިސެމްބަރ

December 12, 2017 10
ޗެލްސީ އަތުގައި މެސީ ހުއްޓުވުމުގެ ރެކޯޑެއް!

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ގުރުއަތުލުމަށް ފަހު އެންމެ ގިނަ ބަޔެއްގެ ކަޅި އަމާޒުވި މެޗަކީ ޗެލްސީ އާއި ބާސެލޯނާ ބައްދަލުކުރާ މެޗެވެ. މި މެޗަކީ އެހެން ގޮތަކުން ވެސް ވަރަށް ހާއްސަ މެޗެކެވެ. އެއީ ފާއިތުވި އަހަރުތަކުގައި ގޯލު ޖެހުމުގެ އެތަކެއް ރެކޯޑް ހަދާފައިވާ މެސީ އަށް މިހާތަނަށް ޗެލްސީ ކޮޅަށް ލަނޑެއް ޖެހިފައިނުވާތީ އެވެ.

11 ޑިސެމްބަރ

December 11, 2017 5
ރެއާލް-ޕީއެސްޖީ އަދި ބާސެލޯނާ-ޗެލްސީގެ ކުރިމަތިލުމެއް

ނިޔޯން، ސްވިޒަލެންޑް (ޑިސެމްބަރު 11) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ފްރާންސްގެ ގަދަބާރު ޕީއެސްޖީ ބައްދަލުކުރަން ޖެހުނުއިރު،...

December 11, 2017
"ފޯމު ދަމަހައްޓައިފިނަމަ ބާސެލޯނާ ދެކެ ޖެހިލުންވާނެ"

މެޑްރިޑް (ޑިސެމްބަރު 11) - ސީޒަނުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އޮތް ބާސެލޯނާ ކުރިއަށް އޮތްތަނުގައި އެ ފޯމު ދަމަހައްޓައިފި ނަމަ ޓީމުތަކުން ބާސެލޯނާއާ ދެކޮޅަށް...

08 ޑިސެމްބަރ

December 08, 2017 3
ކުޓީނިއޯ ހޯދުމުގެ ރޭހަށް ރެއާލް އަލުން ވަންނަނީ

މެޑްރިޑް (ޑިސެމްބަރު 8) - ލިވަޕޫލްގެ ޕްލޭމޭކަރު ފިލިއްޕޭ ކުޓީނިއޯ ހޯދުމުގެ ރޭހަށް ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑުން އަލުން ވަންނަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.