22 މެއި

May 22, 2020 1
މެޗެއް ކުޅެން އަދި ތައްޔާރެއް ނޫން: ޑި ޔޮން

ބާސެލޯނާ (މޭ 22) – މެދުކެނޑުމަށް ފަހު އަލުން ފަރިތަކުރުންތައް ފެށުމުން ހިތްހަމަޖެހޭ ކަމަށާއި އެކަމަކު އަދި މެޗެއް ކުޅެން ތައްޔާރު ނޫން ކަމަށް ބާސެލޯނާގެ ނެދަލެންޑްސް މިޑްފީލްޑަރު ފްރޭންކީ ޑި ޔޮން ބުނެފި އެވެ.

20 މެއި

May 20, 2020
ބާސެލޯނާ އިން ޔަގީންކަން ނުދޭތީ ރަކިޓިޗް ކަންބޮޑުވެއްޖެ

ބާސެލޯނާ (މެއި 30) - ބާސެލޯނާ އިން އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން ޔަގީންކަމެއް ނުދޭތީ ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ރަކިޓިޗް، އެ ކްލަބްގެ މެނޭޖްމަންޓާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

15 މެއި

May 15, 2020 3
މެސީގެ ތައުރީފް މާޓިނޭޒަށް

ބާސެލޯނާ (މޭ 15) – ބާސެލޯނާ އިން އަންނަ ސީޒަނުގައި ގެންނަން އެންމެ މަސައްކަތްކުރާ އެއް ކުޅުންތެރިޔާ އިންޓަ މިލާނުގެ އާޖެންޓީނާ ފޯވާޑް ލޮޓާރޯ މާޓިނޭޒަށް ބާސެލޯނާގެ ކެޕްޓަން އާޖެންޓީނާގެ ލިއޮނަލް މެސީ ތައުރީފްކޮށްފި އެވެ.

13 މެއި

May 13, 2020 3
މެސީއާ އެއް ޓީމެއްގައި ކުޅެން ކުޓީނިއޯ އަށް އުނދަގޫ

ބާސެލޯނާ (މެއި 13) - ބޮޑު އަގުގައި ބާސެލޯނާ އަށް ބަދަލުވުމަށް ފަހު ފިލިއްޕޭ ކުޓީނިއޯ އަށް މިދިޔަ ސީޒަނުގައި އޭނާގެ އަސްލު ކުޅުން ނުދެއްކުނީ ލިއޮނަލް މެސީގެ ސަބަބުން ކަމަށް ބާސެލޯނާގެ ކުރީގެ ޑިފެންޑަރު ފްރޭންކް ޑި ބޮއާ ބުނެފި އެވެ.

12 މެއި

May 12, 2020
ލަޕޯޓާ އަށް ބާސާގެ މަގާމް ލިބިއްޖެ ނަމަ ގާޑިއޯލާ ގެނެސްފާނެ

ބާސެލޯނާ (މޭ 12) – އަންނަ އަހަރު އޮންނަ ބާސެލޯނާގެ އިންތިހާބުގައި އެ ކްލަބުގެ ރައީސްގެ މަގާމަށް ވާދަކުރަން މަސައްކަތްކުރަމުން އަންނަ ކަމަށާއި މަގާމް ކާމިޔާބުވެއްޖެ ނަމަ ޕެޕް ގާޑިއޯލާ އަލުން ގެންނަން ބޭނުންވާ ކަމަށް އެ ކްލަބުގެ ކުރީގެ ރައީސް ޔޮއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.

09 މެއި

May 09, 2020 1
ކުޅުންތެރިން ޕްރެކްޓިހަށް، އަންނަ މަހު ލަލީގާ ފަށަނީ

މެޑްރިޑް (މެއި 9) - ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލި ސްޕެނިޝް ލީގު (ލަލީގާ) އަލުން ފަށަން ކުޅުންތެރިން ޕްރެކްޓިހަށް ނުކުމެފައިވާއިރު، އަންނަ މަހު 20 ވަނަ ދުވަހު މެޗުތައް ފެށުމަށް ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުން ނިންމާފައިވާ ކަމަށް ބައެއް ކްލަބްތަކުން ބުނެފި އެވެ.

29 އެޕްރީލް

April 29, 2020 1
މެސީ ނެތް ދުވަހަކަށް ބާސެލޯނާ ތައްޔާރުވާންޖެހޭ: ކޫމަން

ބާސެލޯނާ (އޭޕްރީލް 29) - ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ނެތް ދުވަހަކަށް އެ ޓީމުން ތައްޔާރުވާން ޖެހޭ ކަމަށް ނެދަލެންޑްސްގެ ކޯޗު އަދި ބާސެލޯނާގެ ކުރީގެ ކުޅުންތެރިޔާ ރޮނާލްޑް ކޫމަން ބުނެފި އެވެ.

27 އެޕްރީލް

April 27, 2020
އިނިއެސްޓާ: ޑިޕްރެޝަނުން ދުނިޔޭގެ ޗެމްޕިއަން ކަމަށް

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު، ސްޕެއިނުގެ އަންދްރެސް އިނިއެސްޓާ އަށް މީގެ 10 އަހަރު ކުރީގެ ހަނދާންތައް އަދިވެސް އުނދަގޫކުރެ އެވެ. ފުޓްބޯޅަ ދަނޑުގައި އޭނަގެ އާދަޔާހިލާފު ހުނަރު ކިތަންމެ ގިނަ ފަހަރެއްގެ މަތިން ފެނިގެންދިޔަ ނަމަވެސް އޭނާގެ ދިރިއުޅުމުގައި ހޭދަކުރި އެންމެ ހިތްދަތި ދުވަސްތައް މަތިން އޭނާ...

23 އެޕްރީލް

April 23, 2020
މާޓިނޭޒް ހޯދަން ބާސާ އިން ކުޅުންތެރިން އޮފާކުރަނީ

ބާސެލޯނާ (އޭޕްރިލް 23) – އިންޓަ މިލާނުގެ އާޖެންޓީނާ ފޯވާޑް ލައުޓާރޯ މާޓިނޭޒްގެ ސޮއި ހޯދުމަށް ބާސެލޯނާ އިން އެ ޓީމަށް ކުޅުންތެރިން އޮފާކުރަން ފަށައިފި ކަމަށް ސްކައި ސްޕޯޓްސް އިން ރިޕޯޓްކޮށްފި އެވެ.

22 އެޕްރީލް

April 22, 2020
ބާސެލޯނާ ދަނޑުގެ ނަން ސްޕޮންސަރަކަށް ވިއްކާލަނީ

ބާސެލޯނާ (އޭޕްރީލް 22) - ކޮރޯނާވައިރަހާ ގުޅިގެން ބާސެލޯނާ އަށް ދިމާވާ މާލީ މައްސަލަތަކުން އަރައިގަތުމުގެ ގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިން އެ ކްލަބްގެ ދަނޑު ނޯ ކޭމްޕްގެ ނަން ފުރަތަމަ ފަހަރަށް ސްޕޮންސަރަކަށް ވިއްކާލަން އެ ކްލަބުން ނިންމައިފި އެވެ.

21 އެޕްރީލް

April 21, 2020
މެސީ ކެރިއަރު ނިންމާލާނީ ބާސާގައި: ފެބްރިގާސް

މޮނާކޯ (އޭޕްރިލް 21) – ލިއޮނަލް މެސީ އޭނާގެ ކެރިއަރު ނިންމާލާނީ ބާސެލޯނާގައި ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އޭނާއާ އެކު އެ ޓީމަށް ކުރިން ކުޅުނު ސްޕެއިން މިޑްފީލްޑަރު ސެސް ފެބްރިގާސް ބުނެފި އެވެ.

20 އެޕްރީލް

April 20, 2020 1
ބާސެލޯނާ އަށް ރޮނާލްޑޯ ވިއްކާލަން ފާގަސަން ބޭނުންވި

ލަންޑަން (އޭޕްރީލް 20) - ރެއާލް މެޑްރިޑަށް ކްރިސްޓިއާނޯ ރޮނާލްޑޯ ވިއްކާލުމުގެ ކުރިން އޭނާ ބާސެލޯނާ އަށް ދޫކޮށްލަން މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން މަޝްވަރާކުރި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

16 އެޕްރީލް

April 16, 2020
ބާސެލޯނާގެ ކޯޗުކަމާ ހަވާލުވުމަކީ އަދިވެސް އުއްމީދެއް

ދޯހާ (އޭޕްރިލް 16) – ބާސެލޯނާގެ ކޯޗުކަމުގެ މަގާމާ ހަވާލުވާން އަދިވެސް އުއްމީދުކުރާ ކަމަށް، އެ ފުރުސަތު ދާދި ފަހުން ދޫކޮށްލި އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

April 16, 2020
ބާސެލޯނާގެ ކޯޗު ސެޓިއެން އަށް ވަޒީފާގެ ބިރެއް ނެތް

ބާސެލޯނާ (އޭޕްރީލް 16) - ބާސެލޯނާގެ އެތެރޭގައި މި ވަގުތު ހިނގަމުންދާ ކަންތައްތަކާ ގުޅިގެން އޭނާގެ ވަޒީފާ އަށް އެއްވެސް ބިރެއް އަދި ނެތް ކަމަށް އެ ޓީމުގެ ކޯޗު ކީކޭ ސެޓިއެން ބުނެފި އެވެ.

14 އެޕްރީލް

April 14, 2020 1
ފާޑިނަންޑްގެ ހަނދާނުން ނުފިލި 2011ގެ ފައިނަލް

ލަންޑަން (އޭޕްރީލް 14) - ފުޓްބޯޅަ ކެރިއަރާ މެދު ވިސްނާއިރު އެންމެ ހިތި ތަޖުރިބާއެއްގެ ގޮތުގައި ހަނދާން ހުންނަނީ 2011 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބާސެލޯނާ އަތުން 3-1 މެންޗެސްޓާ ޔުނައިޓެޑް ބަލިވި މެޗުގެ ކަމަށް އެ ޓީމަށް އޭރު ކުޅުނު ޑިފެންޑަރު ރިއޯ ފާޑިނަންޑް ބުނެފި އެވެ.

13 އެޕްރީލް

April 13, 2020
ކިންގްސްލީ ކޯމަން އަށް ބާސެލޯނާ ޝައުގުވެރިވޭ: ރިޕޯޓް

ބާސެލޯނާ (އޭޕްރިލް 13) – ބަޔާން މިއުނިކަށް ކުޅޭ ފްރާންސް ވިންގާ ކިންގްސްލީ ކޯމަން އަށް ބާސެލޯނާ އިން ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

April 13, 2020 1
ބާޓޮމެއުގެ ނިންމުންތަކުން ބާސެލޯނާ ހަލާކުވާނެ: ފޮންޓް

ބާސެލޯނާ (އޭޕްރީލް 13) - ކްލަބަށް ރަނގަޅު ބަދަލުތަކެއް ގެންނަ ކަމަށް ބުނެ، ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު މިހާރު އަމަލުކުރައްވަމުންދާ ދާގޮތުން އެ ކްލަބް ހަލާކުވާނެ ކަމުގެ ބިރު ބޮޑު...

11 އެޕްރީލް

April 11, 2020
ބާސެލޯނާ ބޯޑުގެ ހަ މެމްބަރަކު އިސްތިއުފާ ދެއްވައިފި

ބާސެލޯނާ (އޭޕްރިލް 11) – ކްލަބް ހިންގާ ގޮތާ މެދު ހިތްހަމަނުޖުން ފާޅުކޮށް، ސްޕެއިނުގެ ބާސެލޯނާގެ ޑިރެކްޓަރުންގެ ބޯޑުގެ ހަ މެމްބަރަކު އިސްތިއުފާ ދެއްވައިފި އެވެ.

10 އެޕްރީލް

April 10, 2020 1
މީޑިއާގެ ވާހަކަތަކަށް މެސީ ރައްދުދިނީ އިންސްޓަގްރާމުން

ބާސެލޯނާ (އޭޕްރީލް 10) - ފާއިތުވި ދުވަސްތަކުގައި ބާސެލޯނާގެ ތަރި ލިއޮނަލް މެސީއާ ގުޅުވައިގެން މީޑިއާގައި ދެކެވުނު ވާހަކަތަކަށް އޭނާގެ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ރައްދުދީފި އެވެ.

07 އެޕްރީލް

April 07, 2020 5
ކޮވިޑް-19: ކްލަސިކޯގެ ހާއްސަ މެޗެއް ބާއްވަނީ

މެޑްރިޑް (އޭޕްރީލް 7) - ކޮރޯނާވައިރަހުގެ ސަބަބުން މާލީ ގެއްލުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބާސެލޯނާ އާއި ރެއާލް މެޑްރިޑްގެ ކުރީގެ ތަރިންނާއި މިހާރު ވެސް އެ ޓީމުތަކަށް ކުޅޭ ކުޅުންތެރިން ހިމެނޭ ގޮތަށް ހާއްސަ އެލް ކްލަސިކޯ މެޗެއް ކުޅުމަށް މަސައްކަތް ފަށައިފި އެވެ.

02 އެޕްރީލް

April 02, 2020
ބާސާ އިން ގްރީޒްމަން އާއި ނޭމާ ބަދަލުކުރަން ހުށަހަޅަނީ

ބާސެލޯނާ (އޭޕްރީލް 2) - ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އިން އެ ޓީމުގެ ފްރާންސް ފޯވާޑް އެންޓޮއިން ގްރީޒްމަން އާއި ޕީއެސްޖީގެ ނޭމާ ބަދަލުކުރަން ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

31 މާޗް

March 31, 2020 2
މުސާރަ ކުޑަކުރަން ހުށަހެޅީ ކުޅުންތެރިން: މެސީ

ބާސެލޯނާ (މާޗް 31) - ކޮވިޑް-19 ގެ ސަބަބުން މާލީ ގޮތުން ދިމާވާ ދަތިތައް ހައްލުކުރަން ބާސެލޯނާ ކުޅުންތެރިންގެ މުސާރަ އިން ބޮޑުބައެއް އުނިކުރަން ހުށަހެޅީ ކުޅުންތެރިން އަމިއްލަ އަށް އިސް ނަގައިގެން ކަމަށް ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.