14 އޮކްޓޯބަރ

October 14, 2016 3
އެލް ކްލަސިކޯ މެޗު އިންގްލެންޑަށް ލައިވްކޮށް ނުފެންނާނެ

ލަންޑަން (އޮކްޓޯބަރު 14) - މި ސީޒަނުގެ ފުރަތަމަ އެލް ކްލަސިކޯގައި ރެއާލް މެޑްރިޑާއި ބާސެލޯނާ ކުޅޭ މެޗު އިންގްލެންޑުގެ އެއްވެސް ޓީވީ ޗެނަލަކުން ލައިވް ނުކުރެވޭނެ އެވެ.

09 އޮކްޓޯބަރ

October 09, 2016
އެއްބަސްވުން އާކުރަން މެސީގެ ތަފާތު ޝަރުތެއް!

ބާސެލޯނާ (އޮކްޓޯބަރު 9) - ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީ އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އާކުރަން ތަފާތު ޝަރުތެއް ކަނޑައަޅައިފި އެވެ.

06 އޮކްޓޯބަރ

October 06, 2016
އާ ކޮންޓްރެކްޓާ އެކު ސުއަރޭޒަށް 14 މިލިއަން ޑޮލަރު

ބާސެލޯނާ (އޮކްޓޫބަރު 6) - ބާސެލޯނާ އަށް ކުޅޭ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް ބޮޑު މުސާރައަކާ އެކު އާ ކުރަން އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފަ އެވެ.

05 އޮކްޓޯބަރ

October 05, 2016
ޑީބަލާ ޔުވެންޓަސްގެ ކޮންޓްރެކްޓް އާކުރަނީ

ޓިއުރިން (އޮކްޓޯބަރު 5) - ބާސެލޯނާ އަށް ބަދަލުވާން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށާއި ޔުވެންޓަސްއާ އެކު ކޮންޓްރެކްޓް އާކުރުމާ ވަރަށް ގާތަށް ގޮސްފައިވާ ކަމަށް ޔުވެންޓަސްގެ އާޖެންޓީނާ ފޯވާޑް ޕައޮލޯ ޑީބަލާ ބުނެފި އެވެ.

03 އޮކްޓޯބަރ

October 03, 2016 3
ރެއާލާއި ބާސާ އަށް ވެސް ހިތްދަތި ރެއެއް

މެޑްރިޑް (އޮކްޓޯބަރު 3) - ޖެހިގެން ހަތަރު ވަނަ މެޗުން އެއްވަރުވެ ތާވަލުގެ އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު ރެއާލް މެޑްރިޑަށް ގެއްލިފައިވަނިކޮށް، ބާސެލޯނާ ރޭ ސެލްޓާ ވީގޯ އަތުން 4-3 އިން ބަލިވުމުން އެ ޓީމަށް ވެސް އެ ފުރުސަތު ގެއްލިއްޖެ އެވެ.

02 އޮކްޓޯބަރ

October 02, 2016
އިނިއެސްޓާގެ 600 ވަަނަ މެޗު ބާސާ އަށް ވެސް ހާއްސަ

ބާސެލޯނާ (އޮކްޓޫބަރު 2) - ސްޕެނިޝް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ސެލްޓަ ވިގޯއާ ދެކޮޅަށް ބާސެލޯނާ ކުޅޭ މެޗަކީ އެ ޓީމުގެ މިޑްފީލްޑަރު އަންދްރެސް އިނިއެސްޓާ އެ ކްލަބަށް ކުޅެދޭ 600 ވަަނަ މެޗެވެ. ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނީ މިއީ އެ ކްލަބަށް ވެސް ހާއްސަ މެޗެއް ކަމަށެވެ.

29 ސެޕްޓެމްބަރ

September 29, 2016
ޑީބަލާ ގެންނަން ބާސެލޯނާ އިން މެސީގެ އެހީ ހޯދަނީ

ބާސެލޯނާ (ސެޕްޓެމްބަރު 29) - ޔުވެންޓަސް އަށް ކުޅޭ އާޖެންޓީނާގެ އުއްމީދީ ފޯވާޑް ޕައޮލޯ ޑީބަލާ ގެންނަން ބާސެލޯނާ އިން އެ ޓީމުގެ ތަރި ލިއޮނަލް މެސީގެ އެހީ ހޯދަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

23 ސެޕްޓެމްބަރ

September 23, 2016
ކެރިއަރު ނިންމާލާނީ ބާސެލޯނާގައި: އިނިއެސްޓާ

ބާސެލޯނާ (ސެޕްޓެމްބަރު 23) - ބޭނުންވަނީ ބާސެލޯނާގައި ހުރެ ރިޓަޔާކުރަން ކަމަށާއި އެ ޓީމުގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏަސް ކްލަބް ބަދަލުނުކުރާނެ ކަމަށް އަންދްރޭ އިނިއެސްޓާ ބުނެފި...

September 23, 2016 3
މެސީ މައްސަލައިގައި އާޖެންޓީނާ ކޯޗު ރުޅިގަދަވެއްޖެ

ބީނޯސް އޭރީޒް (ސެޕްޓެމްބަރު 23) - އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަނިޔާތަކުން ސަލާމަތްކުރުމަށް ބާސެލޯނާ އިން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް ބުނެ އާޖެންޓީނާގެ ކޯޗު...

22 ސެޕްޓެމްބަރ

September 22, 2016 6
މެސީ ތިން ހަފުތާއަށް ކުޅުމާ ދުރަށް

ބާސެލޯނާ (ސެޕްޓެމްބަރު 22) - ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑާ 1-1 އިން ބާސެލޯނާ އެއްވަރުވި މެޗުގައި ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީގެ އުކުޅުވަޅަށް ލިބުނު އަނިޔާއަކާ ގުޅިގެން...

September 22, 2016 7
ރެއާލް އަދި ބާސާ އިން ވެސް ފުރުސަތު ނަގާލައިފި

މެޑްރިޑް (ސެޕްޓެމްބަރު 22) - ވިޔަރެއާލްއާ 1-1 އިން އެއްވަރުވެ، ސްޕެނިޝް ލީގުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑް ހަދަން ލިބުނު ފުރުސަތު ރެއާލް މެޑްރިޑުން...

20 ސެޕްޓެމްބަރ

September 20, 2016
މެސީ އާއި ނޭމާ ގަންނަން ސިޓީން މަސައްކަތްކުރި

މެންޗެސްޓާ (ސެޕްޓެމްބަރު 20) - ބާސެލޯނާގެ ލިއޮނަލް މެސީ އާއި ނޭމާ، މެންޗެސްޓާ ސިޓީ އަށް ގެންދަން އެ ކްލަބުން މި ފަހަރު ވަރަށް ބޮޑަށް މަސައްކަތްކުރި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

18 ސެޕްޓެމްބަރ

September 18, 2016 1
ބޮޑު މޮޅަކާ އެކު ބާސެލޯނާ އެއް ވަނަ އަށް

މެޑްރިޑް (ސެޕްޓެމްބަރު 18) - އަލަށް ޕްރޮމޯޓްވި ލެގަނޭސް އަތުން 5-1 އިން ހޯދި ބޮޑު މޮޅާ އެކު ބާސެލޯނާ ސްޕެނިޝް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

14 ސެޕްޓެމްބަރ

September 14, 2016 10
މެސީގެ ރެކޯޑް ހެޓްރިކުން ބާސެލޯނާ މޮޅުވެއްޖެ

ބާސެލޯނާ (ސެޕްޓެމްބަރު 14) - ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ރޭ ލިއޮނަލް މެސީގެ ހެޓްރިކާ އެކު 7-0 އިން ސެލްޓިކް އަތުން ބާސެލޯނާ ބޮޑު މޮޅެއް ހޯދައިފި އެވެ.

12 ސެޕްޓެމްބަރ

September 12, 2016
ނޭމާ އަށް ޕީއެސްޖީން 190 މިލިއަން ޔޫރޯ ހުށަހެޅި

ބާސެލޯނާ (ސެޕްޓެމްބަރު 11) - ބާސެލޯނާގެ ބްރެޒިލް ފޯވާޑް ނޭމާ ގަތުމަށް ފްރާންސުގެ ޕީއެސްޖީން 190 މިލިއަން ޔޫރޯ ހުށަހެޅި ކަމަށް އޭނާގެ އޭޖެންޓް ވެގްނާ ރިބެއިރޯ ބުނެފި އެވެ.

11 ސެޕްޓެމްބަރ

September 11, 2016 4
ރެއާލް މޮޅުވިއިރު، ބާސެލޯނާ އަލަވޭސްގެ އަތްދަށުވެއްޖެ

ބާސެލޯނާ (ސެޕްޓެމްބަރު 11) - ސްޕެނިޝް ލީގުގައި ރޭ 5-2 އިން އޮސަސޫނާ ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ އެއް ވަނައަށް ޖެހިލިއިރު، ލީގަށް މިފަހަރު ޕްރޮމޯޓްވި އަލަވޭސް އަތުން އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ 2-1 އިން ބަލިވެއްޖެ އެވެ.

04 ސެޕްޓެމްބަރ

September 04, 2016 1
ބާސެލޯނާގެ އެމްބެސަޑަރަކަށް ރޮނާލްޑީނިއޯ ހަމަޖައްސައިފި

ބާސެލޯނާ (ސެޕްޓެމްބަރު 4) - ބާސެލޯނާގެ އެމްބެސެޑަރެއްގެ ގޮތުގައި، އެ ޓީމުގެ ކުރީގެ ތަރި ރޮނާލްޑީނިއޯ ހަމަޖައްސައި އެ ކްލަބް ޕްރޮމޯޓްކުރުމުގެ ޒިންމާ އޭނާއާ ހަވާލުކޮށްފި އެވެ.

September 04, 2016
ގަބިގޯލް އިންޓަ އަށް ވިއްކާލުމުން ބާސެލޯނާ ރަތަށް

ބާސެލޯނާ (ސެޕްޓެމްބަރު 4) - ސަންޓޯސް އިން އެ ޓީމުގެ ފޯވާޑް ގަބްރިއެލް ބާބޯސާ (ގަބިގޯލް) އިންޓަ އަށް ވިއްކާލީ ބާސެލޯނާއާ އެކު ވެފައިވާ އެއްބަސްވުމާ ހިލާފަށް ކަމަށް ބާސެލޯނާ އިން ބުނެފި...

01 ސެޕްޓެމްބަރ

September 01, 2016 3
ނިކަން ބަލާބަލަ! ކުޅިވަރު ރޫހުގެ ނަމޫނާ ކުދިންކޮޅު

ފުޓްބޯޅައިގެ އެންމެ މައިގަނޑު އެއް އަސާސަކީ ފެއާޕްލޭ އެވެ. ނުވަތަ ކުޅިވަރުގެ ރޫހާ އެއް ގޮތަށް ކުޅުމެވެ. އެކަމަކު ވާދަވެރިކަން ބޮޑުވެ އެކަން ދަނީ ގެއްލެމުންނެވެ. އެފަދަ ދަނޑިވަޅެއްގައި ސްޕެއިނުގެ މަޝްހޫރު ކްލަބް ބާސެލޯނާގެ 12 އަހަރުން ދަށުގެ ޓީމުން މި ވަނީ ކުޅިވަރުގެ ރޫހުގެ ރީތި މިސާލެއް ދައްކައިފަ އެވެ.

31 އޯގަސްޓް

August 31, 2016
ވެލެންސިއާގެ އަލެސެޔާ ބާސެލޯނާ އަށް

ބާސެލޯނާ (އޮގަސްޓް 31) - ބާސެލޯނާ އިން ވެލެންސިއާގެ ފޯވާޑް ޕަކޯ އަލެސެޔާގެ ސޮއި ހޯދިއިރު ބާސެލޯނާގެ ފޯވާޑް މުނީރް އެލް ހައްދާދީ، ލޯނެއްގެ ދަށުން ވެލެންސިއާ އަށް ބަދަލުވެއްޖެ އެވެ.

August 31, 2016 1
ބާސެލޯނާ އަށް ކޯޗުކޮށްދިނުމަކީ ޒަވީގެ އުއްމީދެއް

ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު ކޯޗިންގެ ތެރެއަށް ވަންނަން ބޭނުންވާ ކަމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

30 އޯގަސްޓް

August 30, 2016 3
ދެ އަހަރު އޮތަސް ބާސާ އިން ބޭނުންވަނީ ޔަގީންކަން

ބާސެލޯނާ (އޮގަސްޓް 30) - ބާސެލޯނާއާ އެކު ލިއޮނަލް މެސީ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން ބާކީ ދެ އަހަރު އޮތް ނަމަވެސް، ދިގު މުއްދަތަކަށް ކޮންޓްރެކްޓް އާކުރުމަށް ވާހަކަތައް ފަށާފައިވާ ކަމަށް އެ ކްލަބުގެ ރައީސް ޖޯސެފް މާރިއާ ބާމޮޓެއޫ ވިދާޅުވެއްޖެ އެވެ.

29 އޯގަސްޓް

August 29, 2016 2
އެންރިކޭއާ އެކު ބާސާ 100 ވަނަ މޮޅު ހޯދައިފި

މެޑްރިޑް (އޮގަސްޓް 29) - ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކް ބިލްބާއޯ އަތުން 1-0 އިން މޮޅުވެ ލުއިސް އެންރިކޭގެ ކޯޗުކަމުގެ ދަށުން ބާސެލޯނާ އިން 100 ވަނަ މޮޅު ހޯދައިފި އެވެ.

26 އޯގަސްޓް

August 26, 2016
ބްރާވޯ ސިޓީ އަށް، ސިލެސެން ބާސެލޯނާ އަށް

ބާސެލޯނާ (އޮގަސްޓް 26) - ބާސެލޯނާގެ ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯ މެންޗެސްޓާ ސިޓީ އަށް ސޮއިކުރި އިރު ބަދަލުގައި ބާސެލޯނާ އިން އަޔަކްސްގެ ގޯލްކީޕަރު ޖެސްޕާ ސިލެސެން ގެނެސްފި އެވެ.