10 ފެބުރުއަރީ

February 10, 2020 3
ބާސެލޯނާ މޮޅުވިއިރު ރެއާލުން ލީޑުދަމަހައްޓައިފި

މެޑްރިޑް (ފެބްރުއަރީ 10) - ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އިން ފަހަތުން އަރައި ރެއާލް ބެޓިސް އަތުން 3-2 އިން މޮޅުވިއިރު، އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑް ކުޅުނު މެޗުން 4-1 އިން އޮސަސޫނާ ބަލިކޮށް އެއް ވަނައިގައި ލީޑު ދަމަހައްޓައިފި އެވެ.

09 ފެބުރުއަރީ

February 09, 2020 2
އަބިދާލް މައްސަލައިގައި ރިވާލްޑޯގެ ތާއީދު މެސީ އަށް

ބާސެލޯނާ (ފެބްރުއަރީ 9) – ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު އެރިކް އަބިދާލާއި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީއާ ދެމެދު އުފެދިފައިވާ މައްސަލައިގައި އޭނާ ހުރީ މެސީއާ އެއްކޮޅުގައި ކަމަށް ބާސެލޯނާގެ ކުރީގެ ތަރި ރިވާލްޑޯ ބުނެފި އެވެ.

08 ފެބުރުއަރީ

February 08, 2020 7
ގާޑިއޯލާ ބޭނުންވަނީ މެސީ ބާސެލޯނާގައި މަޑުކުރަން

މެންޗެސްޓާ (ފެބްރުއަރީ 8) - އެދޭ ގޮތަކީ ލިއޮނަލް މެސީ ބާސެލޯނާގައި މަޑުކުރުން ކަމަށް، އޭނާ އަށް ކުރިން ބާސެލޯނާގައި ކޯޗުކޮށްދިން މެންޗެސްޓާ ސިޓީގެ މިހާރުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

07 ފެބުރުއަރީ

February 07, 2020 5
ރެއާލް މެޑްރިޑާއި ބާސެލޯނާ ކަޓައިފި

މެޑްރިޑް (ފެބްރުއަރީ 7) - ސްޕެނިޝް ކަޕްގައި ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުތަކުން ބަލިވެ ރެއާލް މެޑްރިޑާއި ބާސެލޯނާ މުބާރާތުން ކަޓައިފި އެވެ.

February 07, 2020 7
ބޮޑެތި ކްލަބްތަކުން މެސީ އަށް ފާރަލަނީ: ރިޕޯޓް

ބާސެލޯނާ (ފެބްރުއަރީ 7) - ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއާ އެ ކްލަބްގެ މެނޭޖްމަންޓާ ދެމެދު މައްސަލަތަކެއް އުފެދިފައިވާ ކަމަށް ބުނެ މީޑިއާގައި އަޑުފެތުރެންފެށުމާ އެކު އޭނާ ހޯދަން...

06 ފެބުރުއަރީ

February 06, 2020 7
މެސީއާ މައްސަލަ ޖެހުނަސް އަބިދާލް މަގާމުގައި ހުންނާނެ

ބާސެލޯނާ (ފެބްރުއަރީ 6) – ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީގެ ނުރުހުން އަމާޒުވި ނަމަވެސް އެ ކްލަބުގެ ސްޕޯޓިން ޑިރެކްޓަރު އެރިކް އަބިދާލް މަގާމުގައި ދެމި ހުންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

05 ފެބުރުއަރީ

February 05, 2020 1
ޑެމްބެލޭގެ ރިހޭ ފައި މައްޗަށް ފޮއި ވެއްޓިއްޖެ

ބާސެލޯނާ (ފެބްރުއަރީ 5) – ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކަށް ފަހު ފިޓްވުމަށް ތަމްރީންތަކުގައި ބައިވެރިވަމުން އަންނަނިކޮށް ބާސެލޯނާގެ ފްރާންސް ފޯވާޑް އޮސްމާނޭ ޑެމްބެލޭގެ...

February 05, 2020 13
އިންޓަވިއު މައްސަލައިގައި އަބިދާލަށް މެސީ ފާޑުކިޔައިފި

ބާސެލޯނާ (ފެބްރުއަރީ 5) - ސްޕެއިނުގެ ނޫހެއް ކަަމަށްވާ ޑާރިއޯ ސްޕޯޓްސް އަށް ބާސެލޯނާގެ ޑިރެކްޓަރު އެރިކް އަބިދާލް ދިން އިންޓަވިއުއެއްގައި މަސްލަހަތު ގެއްލޭ ވާހަކަތަކެއް...

04 ފެބުރުއަރީ

February 04, 2020 1
ޑެމްބެލޭ އަށް އަނެއްކާ ވެސް އަނިޔާގެ މައްސަލައެއް

ބާސެލޯނާ (ފެބްރުއަރީ 4) – ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއަކަށް ފަހު ފިޓްވުމަށް މަސައްކަތްކުރަމުން އައި ބާސެލޯނާގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭ އަށް އިތުރު އަނިޔާއަކާ ކުރިމަތިލާން ޖެހުމުގެ ބިރު ކުރިމަތިވެއްޖެ އެވެ.

03 ފެބުރުއަރީ

February 03, 2020 2
ފާޓީގެ ރެކޯޑް ދެ ގޯލުން ބާސެލޯނާ އަށް މުހިއްމު މޮޅެއް

ބާސެލޯނާ (ފެބްރުއަރީ 3) - ސްޕެނިޝް ލީގުގައި ރޭ ޒުވާން ފޯވާޑް އަންސޫ ފާޓީ ޖެހި ރެކޯޑް ދެ ގޯލާ އެކު 2-1 އިން ލެވާންޓޭ އަތުން ބާސެލޯނާ މުހިއްމު މޮޅެއް ހޯދައިފި އެވެ.

01 ފެބުރުއަރީ

February 01, 2020 4
ބާސެލޯނާ އަށްް އުއްމީދީ ދެ ކުޅުންތެރިން ގެނެސްފި

ބާސެލޯނާ (ފެބްރުއަރީ 1) – ބާސެލޯނާ އިން ޕޯޗުގަލްގެ ޒުވާން ފޯވާޑް ފްރަންސިސްކޯ ޓްރިންކާއޯ އާއި ބްރެޒިލްގެ ޒުވާން މިޑްފީލްޑަރު މެތެއަސް ފެނާންޑޭޒްގެ ސޮއި ހޯދައިފި އެވެ.

31 ޖެނުއަރީ

January 31, 2020 9
މެސީގެ 500 ވަނަ މޮޅާ އެކު ބާސެލޯނާ ކުއާޓާ އަށް

ބާސެލޯނާ (ޖެނުއަރީ 31) - ސްޕެނިޝް ކަޕްގައި ރޭ 5-0 އިން ލެގަނޭސް ބަލިކޮށް، ކެޕްޓަން ލިއޮނަލް މެސީ ބާސެލޯނާ ޖޯޒީގައި ހޯދި 500 ވަަނަ މޮޅާ އެކު ސްޕެނިޝް ކަޕްގެ ކުއާޓާ ފައިނަލުން ބާސެލޯނާ ފުރުސަތު ހޯދައިފި އެވެ.

28 ޖެނުއަރީ

January 28, 2020 1
ސެޓިއެންގެ ބަދަލުތަކާ އެކު ބާސެލޯނާ އަށް އުނދަގޫތަކެއް

ބާސެލޯނާ (ޖެނުއަރީ 28) - ބާސެލޯނާގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވި ކީކޭ ސެޓިއެންގެ ވިސްނުމުގައި އެ ޓީމު ކުޅުވަން ބޭނުންވާ ސިސްޓަމަށް ހާނުވަން ފަރިތަކުރުންތަކުގައި ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ގިނަ ކުޅުންތެރިންތަކަކަށް އުނދަގޫވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

26 ޖެނުއަރީ

January 26, 2020 15
ވެލެންސިއާ އިން ބާސެލޯނާ ބަލިކޮށްފި

މެޑްރިޑް (ޖެނުއަރީ 26) - ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާ އިން އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ 2-0 އިން ބަލިކޮށްފި އެވެ.

24 ޖެނުއަރީ

January 24, 2020 2
ބާސެލޯނާ އަކީ މެސީގެ ފަހު ކްލަބަށް ނުވެދާނެ: މަޝެރާނޯ

ސެން ހުއާން، އާޖެންޓީނާ (ޖެނުއަރީ 23) - ބާސެލޯނާ އަކީ ލިއޮނަލް މެސީގެ ފުޓްބޯޅަ ކެރިއަރުގައި ކުޅޭނެ ފަހު ކްލަބަށް ނުވުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާއާ އެކު އެ ޓީމަށް ކުޅުނު އާޖެންޓީނާގެ މިޑްފީލްޑަރު ހަވިއޭ މަޝެރާނޯ ބުނެފި އެވެ.

23 ޖެނުއަރީ

January 23, 2020 1
ބާސެލޯނާ އާއި ރެއާލް ސްޕެނިޝް ކަޕުގައި ކުރިއަށް

މެޑްރިޑް (ޖެނުއަރީ 23) - ސްޕެނިޝް ކަޕުގެ ގަދަ 32 ޓީމުގެ ބުރުގައި ރޭ ބާސެލޯނާ އިން އިބީޒާ އަތުން 2-1 އިން މޮޅުވެ އަދި ރެއާލް މެޑްރިޑުން ޔޫނިއަނީސްޓާސް އަތުން 3-1 މޮޅުވެ ގަދަ 16 ޓީމުގެ ބުރުން ޖާގަ ހޯދައިފި އެވެ.

20 ޖެނުއަރީ

January 20, 2020 6
ބާސެލޯނާ އަލުން ތާވަލުގެ ކުރިއަށް

ބާސެލޯނާ (ޖެނުއަރީ 20) – އަމިއްލަ ދަނޑުގައި ގްރަނަޑާ 1-0 އިން ބަލިކޮށް އާ ކޯޗު ކުއިކީ ސެޓިއެންގެ ކޯޗުކަމުގައި ކުޅުނު ފުރަތަމަ މެޗުން ފުރަތަމަ މޮޅު ހޯދައި ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.

17 ޖެނުއަރީ

January 17, 2020 1
ބާސެލޯނާ އަށް ނުދިޔަ ސަބަބު ޒަވީ އޮޅުންފިލުވައިދީފި

ދޯހާ، ގަތަރު (ޖެނުއަރީ 17) - ބާސެލޯނާގެ ކޯޗުކަމާ ހަވާލުވާން ލިބުނު ފުރުސަތު ދޫކޮށްލީ ހާލަތުގެ ގޮތުން ކަމަށް އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު އަދި ގަތަރުގެ އަލް ސާދުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

15 ޖެނުއަރީ

January 15, 2020
އާ ކޯޗެއް ގެނައުމުން ބާސެލޯނާގެ ރައީސަށް ތުހުމަތުތަކެއް

ބާސެލޯނާ (ޖެނުއަރީ 15) - އާނެސްޓޯ ވަލްވޭޑޭ ދުރުކޮށް ރެއާލް ބެޓިސްގެ ކުރީގެ ކޯޗު ކީކޭ ސެޓިއެންއާ ބާސެލޯނާގެ ކޯޗުކަން ހަވާލުކުރުމުގައި އެ ކްލަބްގެ ބޯޑުން ކަންތައްތައްކުރި ގޮތާ މެދު ހިތްހަމަނުޖެހުންތަކެއް އުފެދިފައިވާއިރު، ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއުގެ މައްޗަށް ތުހުމަތުތަކެއް ސްޕެއިންގެ މީޑިއާތަކުން ކޮށްފި އެވެ.

14 ޖެނުއަރީ

January 14, 2020 10
ވަލްވޭޑޭ ވަކިކޮށް ބާސެލޯނާގެ ކޯޗަކަށް ސެޓިއެން

ބާސެލޯނާ (ޖެނުއަރީ 4) - ބާސެލޯނާ އިން ކޯޗު އާނެސްޓޯ ވަލްވޭޑޭ ވަކިކޮށް ރެއާލް ބެޓިސްގެ ކުރީގެ ކޯޗު ކީކޭ ސެޓިއެން އަށް މަގާމް ދީފި އެވެ.

13 ޖެނުއަރީ

January 13, 2020
ސުއަރޭޒަށް އަނިޔާވުމުން ބާސެލޯނާ އިން ފޯވާޑެއް ހޯދަނީ

ބާސެލޯނާ (ޖެނުއަރީ 13) - ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން ބާސެލޯނާގެ ލުއިސް ސުއަރޭޒް ކުޅުމާ ދުރަށް ދާން ޖެހުމުން އެ ޓީމުން މި މަހުގެ ޓްރާންސްފާ މާކެޓްގައި ފޯވާޑެއް ގެންނަން މަސައްކަތް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

12 ޖެނުއަރީ

January 12, 2020 2
ބާސެލޯނާގެ ކޯޗުކަމާ ޒަވީ ހަވާލުވަނީ

ދޯހާ (ޖެނުއަރީ 12) - ބާސެލޯނާގެ ކޯޗުގެ މަގާމަށް އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު އަދި ގަތަރުގެ އަލް ސާދުގެ މިހާރުގެ ކޯޗު ޒަވީ ހެނާންޑޭޒް ވަރަށް އަވަހަށް އަންނާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.