05 ސެޕްޓެމްބަރ

September 05, 2020
ބޭރޫތުގެ ގޮވުން: ދިރިހުރި މީހަކު ފެނުމުގެ އުއްމީދުކުޑަ

ބޭރޫތު (ސެޕްޓެމްބަރު 5) - މީގެ މަހެއްހާ ދުވަސްކުރިން ލުބުނާނުގެ ވެރިރަށް ބޭރޫތުގައި ކެމިކަލް ގުދަނެއް ގޮވައިގެން ވެއްޓުނު އިމާރާތްތަކުގެ ދަށުން ދިރިހުރި މީހަކު ހޯދުމުގެ މަސައްކަތް އެންމެ ފަހުން ފެށިތާ ދެ ދުވަސް ފަހުން، އިތުރު މީހަކު ފެނިދާނެކަމުގެ އުއްމީދު ކުޑަ ކަމަށް ރެސްކިއު ޓީމުން ބުނެފި އެވެ.

04 ސެޕްޓެމްބަރ

September 04, 2020 2
ވެއްޓުނު އިމާރާތެއްގެ ދަށުން "ހިތުގެ ތެޅުމުގެ" އަޑެއް

ބޭރޫތު (ސެޕްޓެމްބަރު 4) - ލުބުނާނުގެ ވެރިރަށް ބޭރޫތުގައި ކެމިކަލް ގުދަނެއް ގޮވައި ގިނަ އަދަދެއްގެ އިމާރާތްތައް ވެއްޓިފައި ވަނިކޮށް، އާދަޔާޚިލާފު ޚަބަރެއް މިރޭ ފެތުރި އެތައް ބަޔަކަށް ސިހުން ގެނެސްފި އެވެ.

25 އޯގަސްޓް

August 25, 2020
ޝެނެލުން ލުބުނާނަށް 700،000 ޑޮލަރު

ޝެނެލަކީ ލުބުނާނަށް މިހާތަނަށް އެހީދިން ހަމައެކަނި ފެޝަން ކުންފުނި

15 އޯގަސްޓް

August 15, 2020
ބޭރޫތަށް ވީކެންޑުގެ 300،000 ޑޮލަރު

މި މަހުގެ ކުރީކޮޅު ލުބުނާންގެ ބޭރޫތުގައި ހިނގި ގޮވުމުގެ ނުރައްކާތެރި ހާދިސާގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީވުމުގެ ގޮތުން ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ދި ވީކެންޑް 300،000 ޑޮލަރު ހަދިޔާކޮށްފި އެވެ.

10 އޯގަސްޓް

August 10, 2020 6
ބޭރޫތުގެ ބާރުގަދަ ގޮވުމާއެކު 140 ފޫޓު ފުން ވަޅެއް

ބޭރޫތު (އޮގަސްޓް 10) - ލުބުނާނުގެ ވެރިރަށް ބޭރޫތުގެ ބަނދަރު ސަރަހައްދުގައި ކެމިކަލް ރައްކާކޮށްފައި ހުރި ގުދަން ގޮވިލެއް ބާރުވުމުގެ ސަބަބުން 43 މީޓަރު (141 ފޫޓު)ގެ ފުން ވަޅުގަނޑެއް ހެދުނު ކަމަށް ސަލާމަތީ އޮފިޝަލުން ބުނެފި އެވެ.

09 އޯގަސްޓް

August 09, 2020 7
"ކެމިކަލް ގުދަން ގޮއްވާލީ ބޮމަކުން ކަމަށް ވެދާނެ"

ބޭރޫތު (އޮގަސްޓް 9) - ލުބާނުގެ ބަނދަރުގައި ކެމިކަލް ރައްކާކޮށްފައި ހުރި ގުދަން ގޮވީ ފަރުވާ ކުޑަވެގެން ނުވަތަ ގުދަނުގެ ބޭރުން ކޮންމެވެސް ބަޔަކު ބޮމެއް ގޮއްވާލައިގެން ކަމަށް ވެދާނެ ކަމަށް ލުބުނާނުގެ ރައީސް މިޝޭލް އަޔޫން ވިދާޅުވެއްޖެ އެވެ.

08 އޯގަސްޓް

August 08, 2020 5
ބޭރޫތު: މުޒާހަރާކުރާ މީހުން ފޮރިން މިނިސްޓްރީ ހިފައިފި

ބޭރޫތު (އޮގަސްޓް 8) - ބޭރޫތުގައި އަންގާރަ ދުވަހު ކެމިކަލް ގުދަނެއް ގޮވި މައްސަލައިގައި ހިތްހަނުޖެހުން ފާޅުކުރަން ބޭރޫތުގެ މަގުތަކަށް މިއަދު ނުކުތް މީހުން ފޮރިން މިނިސްޓްރީ އަށް ވަދެ...

August 08, 2020 7
ކްލޫނީގެ ދެމަފިރިންގެ 100،000 ޑޮލަރު ބޭރޫތަށް

ފައިސާ ހަދިޔާކޮށްފައި ވަނީ އަމާލްގެ އުފަން ގައުމުގެ ތިން ޖަމިއްޔާއަކަށް

07 އޯގަސްޓް

August 07, 2020 6
ބޭރޫތުގެ ގުދަނެއްގައި ކެމިކަލް ރައްކާކުރަން ޖެހުނު ގޮތް

ބޭރޫތު (އޮގަސްޓް 7) - ލުބުނާނުގެ ވެރިރަށް ބޭރޫތު ގުޑައިގެންދާވަރުގެ ބާރުގަދަ ގޮވުންތަކެއް ގޮވުމާ އެކު އެ ގައުމުގެ ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފަ އެވެ. ގޮވާފައި ވަނީ ބޭރޫތުގެ ބަނދަރާ ކައިރީގައި ގުދަންކޮށްފައި ހުރި 2،750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓެވެ.

06 އޯގަސްޓް

August 06, 2020 1
ބޭރޫތުގެ ބަނދަރު އޮފިޝަލުން ގޭ ބަންދުކޮށްފި

ބޭރޫތު (އޮގަސްޓް 6) - ބޭރޫތުގެ ކެމިކަލް ގުދަންތަކުގައި ބާރުގަދަ ގޮވުންތަކެއް ގޮވި ހާދިސާގެ ތަހުގީގު ފަށާފައިވާ އިރު ބޭރޫތުގެ ބަނދަރުގެ ގިނަ އަދަދެއްގެ އޮފިޝަލުން ގޭ ބަންދުކޮށްފި އެވެ.

05 އޯގަސްޓް

August 05, 2020 7
ބޭރޫތުގެ ގޮވުން: މީހުންތައް ދިޔައީ "އުދުހެމުން"

ބޭރޫތު (އޮގަސްޓް 5) - މުޅި ބޭރޫތުގެ ގުޑައިގެންދާ ވަރުގެ ބާރުގަދަ ގޮވުމެއް އަންގާރަ ދުވަހު ގޮވިއިރު އަހުމަދު ޔާސީން ދިޔައީ މަސައްކަތަށް ފަހު ގެއަށް ދިއުމަށް ކާރުގައި ދަތުރު ކުރަމުންނެވެ. އަލް އަރަބިއްޔާ ޓީވީގެ ސީނިއާ ޕްރޮޑިއުސަރެއް ކަމަށްވާ ޔާސީން ބުނީ ގޮވުމާ އެކު ޖައްވު ބެދިގެންދާ ވަރުގެ ދުންގަނޑެއް ފެނުނު ކަމަށެވެ.

August 05, 2020 4
ދިވެހިންގެ ދުއާ މިއަދު ލުބުނާނާ އެކު

ލުބުނާނުގެ ވެރިރަށް ބޭރޫތުގައި ރޭ އާދަޔާ ހިލާފު ބާރުގަދަ ގޮވުމެއްގައި މުޅި ސިޓީ ވީރާނާވި ހިތާމަވެރި ހާދިސާގެ އަސަރު ދިވެހިންނަށް ވެސް ވަރަށް ބޮޑަށް ކޮށްފި އެވެ. ރެ އާއި މިއަދު...

August 05, 2020 2
ބޭރޫތުގެ ގޮވުން: ހިސާބުގަނޑު އެއްކޮށް ބިމާހަމަ

ބޭރޫތު (އޮގަސްޓް 5) - ލުބުނާނުގެ ވެރިރަށް ބޭރޫތުގައި ރޭ އިރާކޮޅު ކެމިކަލް ގުދަން ގޮވުމުގެ ސަބަބުން މުޅި ހިސާބުގަނޑު އެއްކޮށް ބިމާހަމަވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

04 އޯގަސްޓް

August 04, 2020 14
ބާރުގަދަ ގޮވުންތަކަކުން ބޭރޫތު ގުޑުވާލައިފި

ބޭރޫތު (އޮގަސްޓް 4) - ލުބުނާނުގެ ވެރިރަށް ބޭރޫތުގައި މިރޭ ބާރުގަދަ ގޮވުންތަކެއް ގޮވައި، އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބި، އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ.