19 ސެޕްޓެމްބަރ

September 19, 2020 2
ލީގުގެ ފުރަތަމަ މެޗުގައި ބަޔާން އަށް ގޯލު ޖަހައިފި

މިއުނިކް (ސެޕްޓެމްބަރު 19) - ޖަރުމަނު ލީގުގެ އާ ސީޒަނުގެ ފުރަތަަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން 8-0 އިން ޝާލްކާ ބަލިކޮށްފި އެވެ.

16 އޯގަސްޓް

August 16, 2020 2
ފުޓްބޯޅައާ ވަކިނުވި ނާގަލްސްމަންގެ ޒުވާން ހިތް

ދެހާހުގެ އަހަރުތަކުގެ ކުރީކޮޅުގައި ޖަރުމަނު ފުޓްބޯޅައިގައި އެންމެ ބޮޑަށް ކުރިއަރައިގެން އައި އެއް ޒުވާން ޑިފެންޑަރު ޖޫލިއަން ނާގަލްސްމަންގެ ވިސްނުންތޫނު ކަމަށް އޭރު އޭނާ ކުޅެމުން އައި 1860 މިއުނިކް ޓީމުގެ ކޯޗުން ވެސް ތައުރީފުކުރެ އެވެ. ކަކުލަށް ލިބުނު ސީރިއަސް އަނިޔާގެ ސަބަބުން އުމުރުން 20 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލަން...

21 ޖޫން

June 21, 2020
މުލާގެ ރެކޯޑު މުގުރާލުމަކީ ލެވަންޑޯސްކީގެ އަމާޒެއް

މިއުނިކް (ޖޫން 21) - ޖަރުމަން ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖަހައިގެން ކުރީގެ ފޯވާޑް ގާޑް މުލާ ހަދާފައިވާ ރެކޯޑު މުގުރާލުމަކީ އޭނާގެ އަމާޒެއް ކަމަށް ބަޔާން މިއުނިކްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ބުނެފި އެވެ.

17 ޖޫން

June 17, 2020 1
ލީގު ކަށަވަރުކޮށް ބަޔާނުން ރެކޯޑާ ހަމަކޮށްފި

މިއުނިކް (ޖޫން 17) - ރަށުން ބޭރުގައި 1-0 އިން ވާޑާ ބްރެމެން ބަލިކޮށް ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން އަށް ވަނަ ފަހަރަށް ހޯދައި ބަޔާން މިއުނިކުން އިޓަލީގެ ޔުވެންޓަސް އިން ގާއިމްކޮށްފައިވާ ޔޫރަޕުގެ ރެކޯޑަކާ ހަމަކޮށްފި އެވެ.

14 ޖޫން

June 14, 2020
ބަޔާން ލީގު ހޯދުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި

މިއުނިކް (ޖޫން 14) - ޖަރުމަނު ލީގުގައި ރޭ ފަހު ވަގުތު ބޮރޫޝިއާ މުންޗެންގްލަޑްބަކް އަތުން 2-1 އިން ހޯދި މޮޅާ އެކު ލީގު ޗެމްޕިއަންކަން ހޯދުމާ ފިޔަވަޅަކާ ގާތަށް ބަޔާން މިއުނިކް އިން ޖެހިލައިފި އެވެ.

01 ޖޫން

June 01, 2020
ފްލޮއިޑަށް އިންސާފު ހޯދައިދޭން ކުޅިވަރުތަރިން ގޮވާލައިފި

ބާލިން (ޖޫން 1) - އެމެރިކާގެ ކަޅު ނަސްލުގެ ރައްޔިތެއް ކަމަށްވާ ޖޯޖް ފްލޮއިޑް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ދޮން ނަސްލުގެ ފުލުހަކު މީހަކު އޭނާގެ ކަރަށް ކަކުލުން އަރައި މަރާލުމުން ކުޅިވަރު ތަރިން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ފްލޮއިޑަށް އިންސާފު ހޯދައިދޭން ގޮވާލައިފި އެވެ.

28 މެއި

May 28, 2020
ފުރުސަތު ނަގާލުމުން ލިޕްޒިގުގެ ކޯޗު ރަތަށް

ބާލިން (މެއި 28) - ޖަރުމަނު ލީގުގައި ރޭ އަމިއްލަ ދަނޑުގައި ހާތާ ބާލިންއާ 2-2 އިން އެއްވަރުވެ، ލީގުގެ ދެ ވަނަ އަށް އަރަން އާރްބީ ލިޕްޒިގަށް ލިބުނު ފުރުސަތު ނަގާލުމުން އެ ޓީމުގެ ކޯޗު ޖޫލިއަން ނާގަލްސްމަން ވަރަށް ބޮޑަށް ރުޅިގަދަވެއްޖެ އެވެ.

24 މެއި

May 24, 2020
ލީގުގެ ރޭހުގައި ބަޔާނަށް މުހިއްމު މޮޅެއް

މިއުނިކް (މެއި 24) - ޖަރުމަނު ލީގުގައި ރަށުންބޭރުގައި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ވަރުގަދަ މެޗަކަށް ނުކުތުމުގެ ކުރިން ލީގުގައި ރޭ ކުޅުނު މެޗުން އެއް ވަނައިގައި އޮތް ބަޔާން މިއުނިކް މުހިއްމު މޮޅެއް ހޯދައިފި އެވެ.

18 މެއި

May 18, 2020 1
ނިއު ނޯމަލްގައި ކުޅުން ވަރަށް އުނދަގޫ: މުލާ

މިއުނިކް (މެއި 18) - ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލި ޖަރުމަނު ލީގުގެ ކުޅުން އަލުން ފަށައިގެން ސަޕޯޓަރުން ނުވައްދައި ކުޅޭއިރު ވަރަށް އުނދަގޫ ކަމަށާއި ސިފަވަނީ އުމުރުންދުވަސްވީ މީހުންގެ ފުޓްބޯޅަ މެޗެއްގެ ގޮތުގައި ކަމަށް ބަޔާން މިއުނިކްގެ ފޯވާޑް ތޯމަސް މުލާ ބުނެފި އެވެ.

16 މެއި

May 16, 2020 1
ޖަރުމަން ލީގާ އެކު ފުޓްބޯޅަ އެނބުރި އަތުވެއްޖެ!

ބާލިން (މެއި 16) - ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލި ޖަރުމަނު ލީގުގެ ކުޅުން މިއަދު އަލުން ފަށައި، ކުޅުނު ފުރަތަމަ މެޗުން ވާދަވެރި ޝާލްކާ އަތުން ބޮރޫޝިއާ ޑޯޓްމަންޑް 4-0 އިން ބޮޑު މޮޅެއް...

May 16, 2020
ލީގު ފަށަން ގާތްވެފައިވަނިކޮށް ދެ ކޯޗަކު ކަރަންޓީނަށް

ބާލިން (މެއި 16) - ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލި ޖަރުމަނު ލީގު މިއަދު ފަށަން ނިންމާފައިވަނިކޮށް، ކަރަންޓީނު ގަވާއިދާ ހިލާފުވުމުގެ ސަބަބުން ޔޫނިއަން ބާލިންގެ ކޯޗު އޫރްސް ފިޝާ އާއި...

05 މެއި

May 05, 2020
ޖަރުމަނުގެ ދެ ލީގުން 10 މީހުން ވައިރަހަށް ޕޮޒިޓިވް

ބާލިން (މެއި 5) - މެދުކަނޑާލާފައިވާ ޖަރުމަނު ފުޓްބޯޅަ ސީޒަން އަލުން ފެށުމުގެ ގޮތުން އެ ގައުމުގެ ފުޓްބޯޅަ ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ތެރޭގައި މިހާތަނަށް، ޕޮޒިޓިވް 10 މީހުން ފެނިފައިވާ ކަމަށް ޖަރުމަން ލީގު ހިންގާ ޑީއެފްއެލް އިން ބުނެފި އެވެ.

22 އެޕްރީލް

April 22, 2020
ޔޫރަޕުން އެންމެ އަވަހަށް ފަށާނީ ޖަރުމަނު ލީގު

ބާލިން (އޭޕްރީލް 22) - ކޮވިޑް-19 ފެތުރޭތީ މެދުކަނޑާލާފައިވާ ޔޫރަޕްގެ ފުޓްބޯޅަ ލީގުތަކުގެ ތެރެއިން އެންމެ އަވަހަށް ފަށާނީ ޖަރުމަނުގެ ފުޓްބޯޅަ ލީގުތައް ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

03 ނޮވެމްބަރ

November 03, 2019
10 އަހަރުތެރޭ ލީގުގައި ބަޔާންގެ އެންމެ ބޮޑު ބަލި

މިއުނިކް (ނޮވެމްބަރު 3) - ޖަރުމަން ލީގުގައި ރޭ އެއިންޓްރަކް ފްރޭންކްފާޓް އަތުން 5-1 އިން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް 10 އަހަރު ތެރޭ ލީގުގައި އެންމެ ބޮޑު ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.

27 އޮކްޓޯބަރ

October 27, 2019
ލެވަންޑޯސްކީ އަށް ޖަރުމަން ލީގުގެ ބޮޑު ރެކޯޑެއް

މިއުނިކް (އޮކްޓޫބަރު 27) - ޖަރުމަން ލީގުގެ މި ސީޒަނުގެ ފުރަތަމަ ނުވަ މެޗުގައި ލަނޑު ޖަހައި ބަޔާން މިއުނިކްގެ ހުނަރުވެރި ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ލީގުގެ ބޮޑު ރެކޯޑެއް ގާއިމްކޮށްފި އެވެ.

29 އެޕްރީލް

April 29, 2019
ބަޔާނަށް ފުރުސަތުގެ ބޭނުން ނުހިފުނު

މިއުނިކް (އޭޕްރީލް 29) - ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުން ރެލިގޭޝަނުގައި އޮތް ނިއުރެންބާގާ 1-1 އިން އެއްވަރުވެ ލީގުގެ އެއް ވަނައިގައި ލީޑުނަގަން ލިބުނު ފުރުސަތު ބަޔާން މިއުނިކަށް ގެއްލިއްޖެ އެވެ.

31 މާޗް

March 31, 2019
ބަޔާން އެއްވަރުވުމުގެ ފައިދާ ޑޯޓްމަންޑަށް

މިއުނިކް (މާޗް 31) - ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކް ކުޅުނު މެޗުން ފްރެއިބާގާ 1-1 އިން އެއްވަރުވުމުގެ ފައިދާނަަގަން ލިބުނު ފުރުސަތުގެ ބޭނުން ހިފައި ފަހު ވަގުތު ވުލްފްސްބާގް 2-0 އިން ބަލިކޮށް ބޮރޫޝިއާ ޑޯޓްމަންޑް އަލުން ލީގުގެ އެއް ވަަނަ އަށް ޖެހިލައިފި އެވެ.

11 ނޮވެމްބަރ

November 11, 2018 1
ޑޯޓްމަންޑް އަތުން ބަލިވެ ބަޔާނަށް ހާސްކަން

މިއުނިކް (ނޮވެމްބަރު 11) - ޖަރުމަނު ލީގުގައި ރޭ ފަަހަތުން އަރައި 3-2 އިން ވާދަވެރި ބަޔާން މިއުނިކް ބަލިކޮށް ލީގުގެ ރޭހުގައި އެ ޓީމުގެ މައްޗަށް ބޮރޫޝިއާ ޑޯޓްމަންޑުން ބޮޑު ލީޑެއް ނެގުމާ އެކު ބަޔާނަށް ހާސްކަމަ ކުރިމަތިލާން ޖެހިއްޖެ އެވެ.

07 އޮކްޓޯބަރ

October 07, 2018 3
ބަޔާން ބަލިވެ ކޯޗަށް ޕްރެޝަރު

މިއުނިކް (އޮކްޓޫބަރު 7) - ފޯމު ގެއްލުމުގެ ސަބަބުން މައްސަލަތަކާ ކުރިމަތިވެފައިވާ ޖަރުމަނުގެ ގަދަބާރު ބަޔާން މިއުނިކް އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ނުލިބި ނިންމާލަން ޖެހިފައިވާއިރު އެ ޓީމުގެ ކޯޗު ނިކޯ ކޮވަޗަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.

23 ސެޕްޓެމްބަރ

September 23, 2018
ހަމޭސް އަށް އަހަރެންގެ އިތުބާރު އޮންނާނެ: ކޮވަޗް

މިއުނިކް (ސެޕްޓެމްބަރު 23) - ބަޔާން މިއުނިކަށް ކުޅެމުން އަންނަ ހަމޭސް ރޮޑްރިގޭޒަށް އަބަދުވެސް އޭނާގެ އިތުބާރު އޮންނާނެ ކަމަށް ބަޔާން މިއުނިކްގެ ކޯޗު ނިކޯ ކޮވަޗް ބުނެފި އެވެ.

25 އޯގަސްޓް

August 25, 2018
ބަޔާން މޮޅުވި މެޗުގައި ވީއޭއާރްއާ މެދު ސުވާލުތަކެއް

މިއުނިކް (އޮގަސްޓް 25) - ޖަރުމަނު ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި ފަހު ވަގުތު ބަޔާން މިއުނިކުން ވައްދާލި ދެ ގޯލާ އެކު 3-1 އިން ހޮފެންހައިމް އަތުން މޮޅުވެއްޖެ އެެވެ. އެކަމަކު މި މެޗުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ބޭނުން ހިފި ގޮތާ މެދު ދެ ޓީމުގެ ކޯޗުން ވެސް ވަނީ ސުވާލު އުފައްދައިފަ އެވެ.