15 ނޮވެމްބަރ

November 15, 2019 2
ކެންސަރަށް "އޮލްޓަނޭޓިވް" ފަރުވާ ރައްކާތެރިއެއް ނޫން

ކެންސަރު ބައްޔަށް ދޭ ޒަމާނީ ފަރުވާތަކުގެ ބަދަލުގައި ބޭނުންކުރެވޭ އެހެނިހެން ހާބަލް އުފެއްދުންތަކާއި ތެރަޕީތަކުން ބައްޔަށް އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށާއި ބަދަލުގައި ކުރިމަތިވަނީ އިތުރު ގެއްލުންތަކެއް ކަމަށް ތަޖުރިބާކާރުންތަކެއް ވިދާޅުވެއްޖެ އެވެ.

27 އޮކްޓޯބަރ

October 27, 2019 48
މޯޑުގެ މަރު: ހުރިހާ ކަމެއް ވެސް ފެށުނީ ކުއްލިއަކަށް

ފިރިމީހާ މުހައްމަދު އިސްމާއިލް (މޯޑު) އަށް އާދަޔާ ހިލާފު ގޮތްތަކެއް ވާން ފެށިކަން، އަންހެނުން އައިމިނަތު ޝަނާއަށް ފުރަތަމަ ނޯޓިސް ކުރެވުނީ މިދިޔަ ޑިސެމްބަރު މަހު އެވެ. މާ ގިނައިން ފާހާނާއަށް ދެވުމާއި ހޮޑުލެވުމެވެ. އޭރު ޝަނާ ހުރީ، ދެމަފިރިންގެ އަލަތު ދަރިފުޅު ވިހަންވެގެން މާލޭގަ އެވެ. ފިރިމީހާގެ ހާލަތު އެނގުމާ އެކު، މާލެ ގެނެސް...

20 އޮކްޓޯބަރ

October 20, 2019 6
އުރަމަތީ ކެންސަރަށް ގަވައިދުން ސްކްރީން ކުރޭ!

މިއީ ރާއްޖޭގައި އާންމުކޮށް ދައްކަން ޖެހޭ ވާހަކައެކެވެ. ލަދުވެތި ވާހަކައަކަށް ހަދައި ނުދައްކާ ތިބެވޭ ވަރަށް ވުރެ ނުރައްކާ ބޮޑެވެ. ރާއްޖޭގައި އުރަމަތީ ކެންސަރު ދަނީ އިތުރުވަމުންނެވެ. މިއީ އުރަމަތީ ކެންސަރަށް ބައިނަލްއަގުވާމީ ފެންވަރެއްގައި ހޭލުންތެރި ކުރާ މަހެވެ. އެ މަސައްކަތް އެކި ގައުމުތަކުގައި ކުރަމުން އަންނައިރު ރާއްޖޭގައި...

10 އޮކްޓޯބަރ

October 10, 2019
ކެންސަރަށް ފަހު ސޮނާލީ އަލުން ބޮލީވުޑަށް އަންނަނީ

މިދިޔަ އަހަރު ކެންސަރަށް ފަރުވާ ހޯދި ބޮލީވުޑްގެ ބަތަލާ ސޮނާލީ ބެންޑްރޭ އަލުން ފިލްމީ މަސައްކަތްތަކަށް އެނބުރިދާން ބޭނުންވާ ކަމަށް ބުނެފި އެވެ.

09 އޮކްޓޯބަރ

October 09, 2019 3
ރާއްޖޭގައި އަޑުފޮށީ ކެންސަރުގެ ފުރަތަމަ އޮޕަރޭޝަންކޮށްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް އަޑުފޮއްޓާއި ނޭވާލާހޮޅީގެ ކެންސަރު އޮޕަރޭޝަނެއް ކާމިޔާބުކަމާ އެކު އައިޖީއެމްއެޗްގައި ކޮށްފި އެވެ.

29 ސެޕްޓެމްބަރ

September 29, 2019 1
ޕޮޒިޓިވް މީހުންނަށް ހާޓްއެޓޭކްގެ ނުރައްކާ ކުޑަ

ކަންކަމާ ދޭތެރޭ ޕޮޒިޓިވްކޮށް ދެކޭ މީހުންނަށް ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު ކުޑަކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

16 ސެޕްޓެމްބަރ

September 16, 2019
މަޝްރޫމުން ޕްރޮސްޓޭޓް ކެންސަރާ ދުރުކޮށްދޭ

އާދަކޮށް މަޝްރޫމް ކާ ފިރިހެނުންނަށް ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަވާ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

September 16, 2019 6
ކެންސަރު ބަލީގެ ފަރުވާއަށް އިންޑިއާގެ އެހީތެރިކަން

ރާއްޖޭގެ ކެންސަރު ބަލި މިހާރު އޮތް ހާލަތު ރަނގަޅުކުރުމަށް، ކެންސަރަށް ފަރުވާ ދިނުމަށް އިންޑިއާގެ އެންމެ ވަރުގަދަ ސެންޓަރާ އެކު ހެލްތު މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.

11 ސެޕްޓެމްބަރ

September 11, 2019 1
ކެންސަރުން ސަލާމަތްވެ ރިޝީ އިންޑިއާ އަށް

އެމެރިކާގައި ކެންސަރު ބައްޔަށް ފަރުވާ ކުރާތާ އަހަރެއްހާ ދުވަސް ފަހުން އެކްޓަރު ރިޝީ ކަޕޫރް އަންގާރަ ދުވަހު އިންޑިއާ އަށް ހިނގައްޖެ އެވެ.

07 ސެޕްޓެމްބަރ

September 07, 2019 1
ތަރައްގީވެފައިވާ ގައުމުތަކުގައި ކެންސަރުބަލި ގިނަ

ތަރައްގީވެފައިވާ މުއްސަނދި ގައުމުތަކުގައި މެދުއުމުރުގެ މީހުން އެންމެ ގިނައިން މަރުވަނީ ކެންސަރު ބަލީގައި ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

04 އޯގަސްޓް

August 04, 2019 1
ކެންސަރަށް ހާއްސަ ބޭސްތަކެއް ރާއްޖޭގައި ތައާރަފްކޮށްފި

ކެންސަރު ބައްޔަށް ހާއްސަ ބޭސްތަކެއް ރާއްޖޭގައި ތައާރަފްކޮށްފި އެވެ.

16 ޖުލައި

July 16, 2019 1
5ޖީ: އިންސާނުންގެ ސިއްހަތަށް ނުރައްކަލެއްތަ؟

އިންޓަނެޓާ ނުލައި އުޅުމަކީ މިހާރު ވާނެ ކަމެއް ނޫނެވެ. އެހެންވެ މި ހިދުމަތުގެ ފެންވަރު މަތިކުރުމަށް ގައުމުތަކުން ދޭ ސަމާލުކަން ވެސް ބޮޑެވެ. އޭގެ ހެއްކަކީ އިންޓަނެޓްގެ ސްޕީޑް އަވަސްކުރަން ގިނަ ގައުމުތަކުން މިހާރު 5ޖީ ނެޓްވޯކަށް ހިޖުރަ ކުރަމުން ދިއުމެވެ.

11 ޖުލައި

July 11, 2019 2
ހަކުރު އެޅި ބުއިންތަކުން ކެންސަރު ޖެހޭތަ؟

މޭވާ ޖޫހާއި ފިޒީ ބުއިންތަކުގެ ތެރެއިން ހަކުރު އަޅާފައި ހުންނަ ބުއިންތަކުން ކެންސަރުގެ ނުރައްކާ ބޮޑުވާ ކަމަށް ފްރާންސްގެ ސައިންސްވެރިން ކުރި ދިރާސާއަކަށް ފަހު ވަނީ ބުނެފަ އެވެ. ބްރިޓިޝް މެޑިކަލް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނެފައިވާ ގޮތުން 100،000 މީހުންގެ މައުލޫމާތު، ފަސް އަހަރު ވަންދެން ބެލުމުން، ހަކުރާއި ކެންސަރާ...

07 ޖުލައި

July 07, 2019 2
ރޯގާގެ ވައިރަހަކުން ބްލެޑާ ކެންސަރު ސެލް މަރުވޭ

އަރިދަފުސް ރޯގާގެ ބާވަތެއް ފަތުރާ ވައިރަސްއަކުން ބްލެޑާ ކެންސަރުގެ ސެލްތައް މަރާލާ ކަމަށް ކުޑަ ދިރާސާއަކުން ހާމަވެއްޖެ އެވެ.

21 ޖޫން

June 21, 2019 2
ބަނޑުގެ މައްސަލަތަކަށް ޔޯގަޓް

ހަފުތާއަކު ދޭއް ނުވަތަ އެއަށް ވުރެ ގިނައިން ޔޯގަޓް ކެއުމުން، ބަނޑުގެ ކެންސަރުތަކާ ދުރުކޮށްދޭ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

20 ޖޫން

June 20, 2019 2
"މެގަޑެތު" ގެ ލަވަކިޔުންތެރިޔާ ކެންސަރަށް ފަރުވާ ހޯދަނީ

އެމެރިކާގެ މަޝްހޫރު ހެވީ މެޓަލް ބޭންޑް "މެގަޑެތު" ގެ ލީޑް ވޯކަލިސްޓް ޑޭވް މަސްޓެއިނަށް ކެންސަރު ޖެހިގެން ފަރުވާ ހޯދަން ފަށައިފި އެވެ.

18 ޖޫން

June 18, 2019 2
ރިޝީގެ އުންމީދަކީ އުފަން ދުވަހަށް ގައުމަށް ދިއުން

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އެމެރިކާގެ ނިއު ޔޯކްގައި ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ބޮލީވުޑްގެ އެކްޓަރު ރިޝީ ކަޕޫރްގެ 67 ވަނަ އުފަން ދުވަސް މުމްބާއީގައި ފާހަގަ ކުރެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް އޭނާ ބުނެފި އެވެ.

04 ޖޫން

June 04, 2019
ކުޑަކުދިންނަށް ކީމޯ ދިނުމުގައި ބޮޑު ކުރިއެރުމެއް

ކެންސަރު ބަލީގެ މީހުންނަށް ދޭ ކީމޯތެރަޕީގެ ސައިޑް އިފެކްޓްގެ ތެރޭގައި ގަދަ އަށް ހޮޑުލުމާއި އިސްތަށި ފޭބުން އަދި ދިފާއީ ނިޒާމަށް ކުރިމަތިވާ އުދަނގޫތައް ހިމެނެ އެވެ. މިއީ ކީމޯ ދޭ ދުވަސްވަރު ފެންނަ އަލާމާތައް ނަމަވެސް ހެދި ބޮޑުވަމުން އަންނަ ކުއްޖެއްގެ ހަށިގަނޑުން ދިގު މުއްދަތުގެ ތެރޭގައި ފެންނަ ސައިޑު އިފެކްޓްގެ ގިނަ ކަންކަން...

03 ޖޫން

June 03, 2019
މި ކުއްޖާ ބޯދިގުކުރަނީ ކެންސަރު ބަލީގެ މީހުންނަށްޓަކައި

ގިނަ ފިރިހެނުން އިސްތަށިގަނޑު އާންމުކޮށް ދިގުކުރަނީ ފެޝަނަކަށެވެ. އެކަމަކު ދުބާއީގެ މި 8 އަހަރުގެ ކުއްޖާ މިކަން ކުރާ ސަބަބު މުޅިން ތަފާތެވެ. އުމަރު މުހައްމަދު އަލް ހައްޖާޖް ބޮލުގެ އިސްތަށިގަނޑު ދިގު ކުރަމުން އަންނަނީ އުމުރުން އެންމެ ތިން އަހަރުން ފެށިގެންނެވެ.

01 ޖޫން

June 01, 2019
ކެންސަރު ބަލީގެ މީހުންނަށް ކައްކަން ދަސްކޮށްދޭ ސްކޫލެއް

ކެންސަރު ބަލީގެ މީހުންނަށް ހާއްސަ ކެއުންތައް ކައްކަން ދަސްކޮށްދޭ ސްކޫލެއް އިނގިރޭސިވިލާތުގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.

05 މެއި

May 05, 2019
ރިޝީ ބޯންމެރޯ ޓްރާންސްޕްލާންޓެއް ހަދަނީ

ކެންސަރުން މިހާރު ސަލާމަތްވެފައި ހުރި ނަމަވެސް، ފަރުވާގެ ތެރެއިން ބޯންމެރޯ ޓްރާންސްޕްލާންޓެއް ހަދަންޖެހޭ ކަމަށް ބޮލީވުޑްގެ އެކްޓަރު ރިޝީ ކަޕޫރް ބުނެފި އެވެ.