23 ޖެނުއަރީ

January 23, 2020
ޓީވީ ބަތަލާ ޝިވާންގީ މި އަހަރުގެ ކާންސަށް

މިދިޔަ އަހަރު ފިލްމު "ލައިންސް" އާ އެކު ޓީވީ ބަތަލާ ހީނާ ޚާން ކާންސް ފިލްމު ފެސްޓިވަލްގައި ބައިވެރިވެފައިވާ އިރު، މި އަހަރު ވެސް އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާއަކު ފިލްމަކާ އެކު، ކާންސަށް ދާން ތައްތާރުވާން ފަށައިފި އެވެ.

20 މެއި

May 20, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ވިއްސަކަށް އަހަރު ފަހުން މަހޭޝް ބަޓް އަލުން ޑައިރެކްޝަނަށް އަންނަ ފިލްމު "ސަޅަކް 2" ގެ ޝޫޓިން ހޮނިހިރު ދުވަހު ފަށައިފި އެވެ.

29 އެޕްރީލް

April 29, 2019
އަލަތު ފިލްމާ އެކު ހީނާ ކާންސް ފިލްމު ފެސްޓިވަލަށް

ޓީވީ ބަތަލާ ހީނާ ހާންގެ އަލަތު ފިލްމު "ލައިންސް" މި އަހަރު ބާއްވާ 72 ވަނަ ކާންސް ފިލްމު ފެސްޓިވަލްގައި ޕްރިމިއާކުރަން ފުރުސަތު ލިބިއްޖެ އެވެ.

28 ނޮވެމްބަރ

November 28, 2018
އޮސްކާ ހޯދި އިޓަލީގެ ޑައިރެކްޓަރު ބާނާޑޯ މަރުވެއްޖެ

އޮސްކާ އެވޯޑްސްގެ ތާރީހުގައި ވެސް މިހާތަނަށް އެންމެ މޮޅު ޑައިރެކްޓަރުގެ އޮސްކާ ހާސިލުކުރި އިޓަލީގެ ހަމައެކަނި ޑައިރެކްޓަރު ބާނާޑޯ ބާޓެލުޝީ މަރުވެއްޖެ އެވެ.

19 މެއި

May 19, 2018
ކާންސްގައި ސްރީދޭވީގެ އަގު ވަޒަންކޮށްފި

މިއަދު ނިންމައިލާ 71 ވަނަ ކާންސް ފިލްމް ފެސްޓިވަލްގައި، ދާދި ފަހުން މަރުވި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސްރީދޭވީ ސިނަމާ އަށް ކޮށް ދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކޮށް އޭނާ އަށް ހާއްސަ އެވޯދެއް ދީފި އެވެ.

15 މެއި

May 15, 2018
ސުމިރުތީ ބްރޯޑްކާސްޓިން މިނިސްޓަރުކަމުން ވަކިކޮށްފި

މިހާރު ފްރާންސްގައި ކުރިއަށްދާ 71 ވަނަ ކާންސް ފިލްމް ފެސްޓިވަލްގައި ބައިވެރިވާން އިންޑިއާގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން (އައިއެންޑްބީ) މިނިސްޓަރު އަދި ކުރީގެ ބަތަލާ ސްމިރްތީ...

May 15, 2018
"ބާލިން، އައި ލަވް ޔޫ" ގައި ހެލެން އާއި ކެއިރާ

އެންތޮލޮޖީ ފިލްމް "ބާލިން، އައި ލަވް ޔޫ" ގެ ކާސްޓުންގެ ތެރޭގައި ހޮލީވުޑްގެ މަޝްހޫރު ދެ ބަތަލާ އިން ކަމަށްވާ ހެލެން މިރެން އާއި ކެއިރާ ނައިޓްލީ ހިމެނިއްޖެ އެވެ.

30 އެޕްރީލް

April 30, 2018 1
ކަންގަނާ ވެސް މި ފަހަރު ކާންސް އަށް

ފްރާންސްގައި ބާއްވާ ކާންސް ފިލްމް ފެސްޓިވަލްގައި ބައިވެރިވާ ބޮލީވުޑްގެ ތަރިން އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން އަންނަ އިރު، މި އަހަރު ބާއްވާ 71 ވަނަ ކާންސް ފިލްމް ފެސްޓިވަލްގައި ބަތަލާ ކަންގަނާ ރަނާވަތުގެ އަލަށް ބައިވެރިވާނެ އެވެ.

11 އެޕްރީލް

April 11, 2018
ސައުދީން މި އަހަރުގެ ކާންސް ފިލްމް ފެސްޓިވަލަށް

"ބްލެކް ޕެންތާ" އާ އެކު ސައުދީ އަރަބިއްޔާގެ ސިނަމާތަކުގެ ފަރުދާ މި މަހުގެ 18 ގައި ކަހާލައި، މުނިފޫހި ފިލުވުމުގެ އާ އުދަރެހަކަށް އެ ގައުމު ދީލައިލާ އިރު، މި އަހަރުގެ ކާންސް ފިލްމް ފެސްޓިވަލްގައި ވެސް ސައުދީން އަލަށް ބައިވެރިވާކަން އިއުލާންކޮށްފި އެވެ.

25 މާޗް

March 25, 2018
މި އަހަރު ކާންސްގެ ރެޑް ކާޕެޓްގައި ސެލްފީ މަނާ

މިހާރު އެއްވެސް މީހަކަށް، ސެލްފީއަކާ ނުލައި އެއްވެސް ކަމެއް ފުރިހަމަ ވޭ ހެއްޔެވެ؟ އެކަމަކު މި އަހަރު ބާއްވާ 71 ވަނަ ކާންސް ފިލްމް ފެސްޓިވަލްގެ ރެޑް ކާޕެޓްގައި ސެލްފީ ނެގުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.

30 މެއި

May 30, 2017
ކާންސްގެ އެންމެ ޝަރަފުވެރި އެވޯޑް "ދަ ސްކުއާ" އަށް

ފްރާންސްގައި ބޭއްވި 70 ވަނަ ކާންސް ފިލްމް ފެސްޓިވަލްގެ އެންމެ ޝަރަފުވެރި އެވޯޑް ޕާމް ޑިއޯ ސްވިޑްންގެ ޑައިރެކްޓަރު ރުބެން އޮސްލަންޑްގެ ފިލްމް "ދަ ސްކުއާ" އަށް ލިބިއްޖެ އެވެ.

19 މެއި

May 19, 2017 1
އިޒްރޭލްގެ މިނިސްޓަރުގެ ހެދުމަކީ "ފުރައްސާރައެއް"

ކާންސް ފިލްމް ފެސްޓިވަލުން އަބަދުވެސް ވަރަށް ތަފާތު ހެދުންތައް ފެނެ އެވެ. ފެޝަން ޑިޒައިނަރުންގެ ކުޅަދާނަ ފަރުމާތަކާ އެކު، ބައެއް ފަހަރު ސެލެބްރިޓީން ލާ ހެދުންތައް ވަރަށް ބޮޑު ބަހުސެއްގެ ތެރެއަށް ވެސް ދެ އެވެ. ހާއްސަކޮށް އަންހެން ފަންނާނުންލާ ހެދުންތަކާ ގުޅިގެންނެވެ.

18 މެއި

May 18, 2017 5
އަނެއްކާވެސް ސައުތު އިންޑިއާގެ ވަރުގަދަ ފިލްމެއް

އެސްއެސް ރާޖަމޯލީ ޑައިރެކްޓް ކުރި "ބާހްބަލީ" ގެ ދެ ފިލްމާ އެކު، އިންޑިއާ އިން ވަނީ ހޮލީވުޑަށް ދޫނުކުރާ ވަރުގެ މޮޅެތި ފިލްމްތަކެއް އިންޑިއާގެ ފަންނާނުންނަށް ވެސް ހެދިދާނެކަން ސާބިތުކޮށް ދީފަ އެވެ.

15 އެޕްރީލް

April 15, 2017
ކާންސްގައި މި ފަހަރު 19 ފިލްމެއް ވާދަކުރޭ

އަންނަ މަހު 17 ގައި ފަށާ ކާންސް ފިލްމް ފެސްޓިވަލަށް ވާދަކުރާ ފިލްމްތައް އިއުލާންކޮށްފި އެވެ.

30 މާޗް

March 30, 2017
ކާންސް ފިލްމް ފެސްޓިވަލް މެއި 17 ގައި ފަށަނީ

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މަގުބޫލު އެއް ފެސްޓިވަލް ކަމަށްވާ ކާންސް ފިލްމު ފެސްޓިވަލް ބާއްވާ ތާރީހު އިއުލާންކޮށް، ފެސްޓިވަލްގައި މި އަހަރު ވާދަކުރާ ފިލްމްތައް އަންނަ މަހުގެ 13 ގައި އިއުލާންކުރާ ގޮތަށް ނިންމައިފި އެވެ.

27 މެއި

May 27, 2016
ސޯނަމް އައިޝްވަރިޔާއާ ހަސަދަވެރި ވަނީތަ؟

ދާދިފަހުން އޮތް ކޭންސް ފިލްމު ފެސްޓިވަލުގައި އައިޝްވަރިޔާ އެއް ދުވަހަކު ތުންފަތުގައި ދަނބުކުލަ ޖެއްސުމުން ގިނަ ބަޔަކު އޭނާއަށް ވަރަށް މަލާމާތްކުރި އެވެ. ނަމަވެސް އައިޝްވަރިޔާ ބުނަނީ އެއީ އޭނާ ބޭނުންވެގެން ކުރި ކަމެއް ނޫން ކަމަށާއި އޭނާ ތަމްސީލުކުރީ ކޮސްމެޓިކް ބްރޭންޑުން ބޭނުންވެގެން ޖެއްސި ކުލައެއް ކަމަށެވެ.

24 މެއި

May 24, 2016
ކާންސް ފެސްޓިވަލްގެ ހިތްގައިމު ހެދުންތައް

މިއީ ނިމިދިޔަ ކާންސް ފިލްމު ފެސްޓިވަލްގެ އެންމެ ރީތި ކަމަށް ފާހަގަކުރެވުނު ބައެއް ހެދުންތަކެވެ. މިއީ ފިލްމީ ހުނަރުވެރިކަމަށް ހާއްސަ ފެސްޓިވަލަކަށް ވިޔަސް ފަންނާނުންނާއި ފަންނާނުންގެ ބައިވެރިންގެ ހެދުންތަކަށް ދޭ ސަމާލުކަން ވަރަށް ބޮޑެވެ.