26 ޖޫން

June 26, 2019 8
ވެލިބަރުކުރި ސީސީސީސީ ބޯޓު އެހެން ބަޔަކަށް ވިއްކާލައިފި

ހުވަދު އަތޮޅުގައި ހަދަމުންދާ ރިސޯޓަކަށް ވެލި ބަރުކޮށްގެން ދަތުރު ކުރަނިކޮށް ލ. ހިތަދޫ ކައިރިން ފެނުނު ސީސީސީސީގެ ބޯޓު އެހެން ބަޔަކަށް ވިއްކާލައިފި އެވެ.

13 ޖޫން

June 13, 2019 5
ވެލި ބަރުކުރި ބޯޓު އަދިވެސް އޮތީ ހިފަހައްޓާފައި!

ހުވަދު އަތޮޅުގައި ހަދަމުންދާ ރިސޯޓަކަށް ވެލި ބަރުކޮށްގެން ދަތުރު ކުރަނިކޮށް ލ. ހިތަދޫ ކައިރިން ފެނުނު ބޭރުގެ ބޯޓު އަދިވެސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

26 މެއި

May 26, 2019 1
ވެލި ބަރުކުރި ބޯޓުގެ ތަހުގީގު އަދި ނުނިމޭ: ފުލުހުން

ހުވަދު އަތޮޅުގައި ހަދަމުންދާ ރިސޯޓަކަށް ވެލި ބަރުކޮށްގެން ދަތުރު ކުރަނިކޮށް ލ. ހިތަދޫ ކައިރިން ފެނުނު ބޭރުގެ ބޯޓުގެ ތަހުގީގު އަދި ނުނިމޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

25 މެއި

May 25, 2019 29
ވެލި ބަރުކުރީ ބްރިޖް ހެދި ކުންފުނީގެ އުޅަނދަކަށް ނޫން

ވެލި ބަރުކޮށްފައި އޮއްވައި ރޭ ފެނުނު ރާއްޖެ އިން ބޭރުގެ އުޅަނދަކީ ސިނަމާލެ ބްރިޖްގެ މަސައްކަތް ކުރި ކުންފުނީގެ އުޅަނދެއް ނޫން ކަމަށް ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން...

May 25, 2019 14
"ވެލި ބަރުކުރި ބޯޓުގެ މައްސަލާގައި ފިޔަވަޅު އަޅާނަން"

ވެލި ބަރުކޮށްފައި އޮއްވައި ލ. ހިތަދޫ ކައިރިން ފެނުނު ބޯޓުން އަމަލުކުރީ ކަސްޓަމްސްގެ ގާނޫނުގެ ދަށުން ނަގަންޖެހޭ ހުއްދަތައް ނެތި ކަމަށާއި އެ މައްސަލައިގައި ހިމެނޭ ފަރާތްތަކާ މެދު...

28 ޖެނުއަރީ

January 28, 2019 3
ބްރިޖު އަޅަން ހެދި ޕްލެޓްފޯމުގެ ބޮޑުބައި ނަގައިފި

ސިނަމާލެ ބްރިޖުގެ މަސައްކަތަށް ޕްލެޓްފޯމު ހަދަން ކަނޑު އަޑިއަށް ޖެހި ހޮޅިތަކުގެ ބޮޑުބައެއް މިދިޔަ ހަފުތާގައި ނަގައި ނިންމައިފި އެވެ.

13 ނޮވެމްބަރ

November 13, 2018 33
ބްރިޖުގެ ފީ ނިޒާމަށް 56 މިލިއަން ކަނޑައަޅައިފި

ސިނަމާލެ ބްރިޖު ބޭނުންކުރާ މީހުންގެ އަތުން ފީ ނަގާނެ ނިޒާމު ގާއިމުކުރަން، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި 56 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމަނައިފި އެވެ.

06 ނޮވެމްބަރ

November 06, 2018 66
ބްރިޖުގެ ފީ ނެގުން އާ ސަރުކާރަށް ދޫކޮށްލައިފި

ބްރިޖުގެ ދަތުރުތަކަށް ފީއެއް ނެގުމަށް މި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ކުރި މަޝްވަރާތައް މަޑުޖައްސާލައި، ފީ ނެގުމުގެ ކަންކަން ކުރިއަށް ގެންދިއުން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ސަރުކާރަށް ދޫކޮށްލައިފި އެވެ.

22 އޮކްޓޯބަރ

October 22, 2018 14
މިޔަރު ބޭނި ކަމަށް ބުނާ މައްސަލަ ސީސީސީސީން ބަލަނީ

ސިނަމާލޭ ބްރިޖު ހެދި ޗައިނާ ކޮމިނިއުކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)ގެ މުވައްޒަފުން، އެ ސަރަހައްދުން މިޔަރު ބޭނި ކަމަށް ބުނާ މައްސަލައެއް އެ ކުންފުނިން ތަހުގީގު ކުރަން ފަށައިފި އެވެ.

October 22, 2018 29
ދަގަނޑުތައް ނެގުމަށް ބްރިޖްގެ ލޭނެއް ބަންދު ކުރަންޖެހޭ

ސިނަމާލެ ބްރިޖު ހެދުމަށްޓަކައި މޫދު ތެރޭގައި ހެދި ޕްލެޓްފޯމުގެ ބާކީ ހުރި ދަގަނޑު ހޮޅިތައް ނެގުމަށްޓަކައި ބްރިޖުގެ ބައެއް ބަންދު ކުރަންޖެހޭ ކަމަށް، ބްރިޖު ހެދި ކުންފުނި، ޗައިނާ...

October 22, 2018 13
ބްރިޖް ސަރަހައްދުގެ މޫދު ސާފުކުރުމުގެ ޕްލޭނެއް އެބައޮތް

މާލޭ ލޮނުޒިޔާރަތްކޮޅު މޫދުތެރެ އަށް އެޅިފައި ހުރި، ބްރިޖު ހަދަން ބޭނުން ކުރި ދަގަނޑު ހޮޅިތަކާއި އެ ނޫން ވެސް ކުނިބުނި އެއްކޮށް ސާފު ކުރާނެ ކަމަށް، ސިނަމާލެ ބްރިޖު ހެދި ޗައިނާ...

30 އޯގަސްޓް

August 30, 2018 85
ބްރިޖު: ގޮންޖެހުން ބޮޑު މަޝްރޫއު ތާރީޚުގެ ތެރެއަށް

މާލެ އާއި ހުޅުލެ، ބްރިޖަކުން ގުޅުވާލައި ދެ ރަށް އެއްކޮށްލުމަކީ ޗައިނާ އަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅުގައި 2014 ގައި ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ ފަރާތުން ޗައިނާ އަށް ހުށަހެޅުއްވި ހުށަހެޅުމެވެ. އެއީ، ދިވެހިންގެ ކުރިއެރުމަށް ކޮންމެހެން ބޭނުންވާ ތަރައްގީގެ މަޝްރޫއެއް ކަން ތަކުރާރުކޮށް، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ...

30 ޖުލައި

July 30, 2018 49
ބްރިޖު އަޅަން ހެދި ޕްލެޓްފޯމުގެ ބޮޑު ބައި ނަގައިފި

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖުގެ ކޮންކްރީޓް މަސައްކަތަށް 2016 ގައި ހެދި ޕްލެޓްފޯމުގެ ބޮޑު ބައެއް ނަގައިފި އެވެ.

14 ޖުލައި

July 14, 2018 75
ބްރިޖަށް ކުރި ދަތުރު: "ހަގީގަތަކަށް ވެއްޖެ"

ބްރިޖުގެ މަސައްކަތް ކުރަން ހެދި ޕްލެޓްފޯމުގެ މަތިން ފެބުރުއަރީ 21، 2017، ގައި ހިނގާފައި ހުޅުލެ އަށް ދިޔަ ވާހަކަ "މިހާރު"ގައި ލިއުމުން، އެއް ބަޔަކު އެހީ މިހެންނެވެ؛ ތިއީ މަސައްކަތް ކުރަން އެޅި ކުޑަ ފާލަމެއް ނޫން ހެއްޔެވެ؟ ބްރިޖެއް އެޅޭނީ އަދި ކޮން ދުވަހަކުން ހެއްޔެވެ؟ ތިއީ، ހަގީގަތަކަށް ވާނެ ކަމެއް ހެއްޔެވެ؟

05 ޖުލައި

July 05, 2018 57
އަންނަ މަހު ބްރިޖު ހުޅުވާނެ: މިނިސްޓަރު

މާލެ އާއި ހުޅެލެއާ ދެމެދު އަޅާ ބްރިޖު، އަންނަ މަސް ނިމުމުގެ ކުރިން ހުޅުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

03 މެއި

May 03, 2018 14
ބްރިޖުގެ މާލެކޮޅުގެ ތަނބުތައް ގުޅުވާލައިފި

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މާލެކޮޅުގެ ތަނބުތައް ސުޕަސްޓްރަކްޗާ އިން ގުޅުވާލައިފި އެވެ. އެއާ އެކު ބްރިޖުގެ މާލެކޮޅުގެ ކޮންކްރީޓް މަސައްކަތްތައް ވެސް ގާތްގަނޑަކަށް ނިމުނީ އެވެ.

13 އެޕްރީލް

April 13, 2018 2
ލަންކާގެ ޕޯޓް ސިޓީއަށް ޗައިނާގެ ސީސީސީސީއިން 800 މިލިއަން ޑޮލަރު

ކޮލަމްބޯ (އެޕްރީލް 13) - ސްރީ ލަންކާގައި ކަނޑު ހިއްކައިގެން ހަދާ ޕޯޓް ސިޓީ އަށް ޗައިނާ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިން 800 މިލިއަން ޑޮލަރު އިންވެސްޓް ކުރަން ނިންމައިފި އެވެ.

15 ނޮވެމްބަރ

November 15, 2017 31
ބްރިޖުގެ ފީ ނިޒާމް ގާއިމުކުރަން 62 މިލިއަން ރުފިޔާ

މާލެ އާއި ހުޅެލެއާ ދެމެދު އަޅާ ބްރިޖު ބޭނުންކުރާ މީހުންގެ އަތުން ފީ ނަގާނެ ނިޒާމް ގާއިމުކުރަން ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި 62 މިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.

30 މެއި

May 30, 2017 120
ބްރިޖުގެ ތަނބުތައް ފެނުން މައްޗަށް

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ ކޮންކްރީޓް ތަނބުތައް ފެނުން މައްޗަށް ހިއްލާލައިފި އެވެ.

11 އެޕްރީލް

April 11, 2017 4
ބްރިޖް މެދުވެރިކޮށް ފެންހޮޅި އަޅަން ޑިޒައިންކުރަނީ

މާލެ އާއި ހުޅުލެއާ ދެމެދު ހަދާ ބްރިޖް މެދުވެރިކޮށް މާލެ އަށް އަޅާ ފެން ހޮޅި ޑިޒައިން ކުރުމުގެ މަސައްކަތް ސީސީސީސީ ސެކަންޑް ހަބާ އިންޖިނިއަރިންއާ، އެމްޑަބްލިއުއެސްސީން މިއަދު ހަވާލުކޮށްފި އެވެ.

24 ނޮވެމްބަރ

November 24, 2016 41
ބްރިޖުގެ ފީ ނިޒާމް ޑިޒައިންކުރަން ހަވާލުކޮށްފި

މާލެ އާއި ހުޅެލެއާ ދެމެދު އަޅާ ބްރިޖު ބޭނުންކުރާ މީހުންގެ އަތުން ފީ ނަގާނެ ނިޒާމް ޑިޒައިން ކުރުމަށް ބްރިޖުގެ މަސައްކަތް ކުރާ ޗައިނާގެ ސީސީސީސީގެ ދަށުން ހިންގާ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

19 ޖުލައި

July 19, 2016 69
ބްރިޖް: ހީކުރި ވަރަށް ވުރެ މާ ބޮޑު މަސައްކަތެއް

މާލެ އާއި ހުޅެލެއާ ދެމެދު އަޅާ ބްރިޖުގެ މައި ސައިޓުން ފުރަތަމަ ވެސް އަޅައިގަތީ ރާއްޖެ އިން މީގެ ކުރިން ދުވަހަކު ވެސް ނުފެންނަވަރުގެ ބިޔަ މެޝިންތަކާއި ކްރޭންތަކާއި އެކި ވައްތަރުގެ ދަގަނޑު ހޮޅިތަކެވެ. ބްރިޖް އަޅާ ސީސީސީސީން ސައިޓުގައި ބޭނުންކުރާ ކްރޭންތައް އެކަނި ވެސް ހައިރާންވާހާ އުހެވެ. ހިތްފަސޭހަ މައިދާނެއްގެ ގޮތުގައި ކުރިން...

17 ޖުލައި

July 17, 2016 51
މާލެ ވަށައި ތާރު އަޅައި މަގުތަކަށް ބޮޑު ބަދަލުތަކެއް

މާލެ ވަށައިގެން އޮންނަ ބޮޑުތަކުރުފާނު މަގުގައި ތާރުއަޅައި މާލޭގެ ބޮޑެތި މަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމައިފި އެވެ. މިއީ މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖާއެކު ކުރިއަށް ގެންދަން ރާވާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ އެއް މަޝްރޫއެވެ.