13 ޖޫން

June 13, 2019 2
"ރެލިގޭޝަނުގައި ހަމަހަމަ ފުރުސަތެއް އޮންނަން ޖެހޭ"

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހުރިހާ ޓީމަކަށް ވެސް ރެލިގޭޓްވުމުގައި އޮންނަން ޖެހޭނީ ހަމަހަަމަ ފުރުސަތެއް ކަމަށް ށ. ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނެފި އެވެ.

12 ޖޫން

June 12, 2019 2
ޗެމްޕިއަން ޓީމާ އެކު އާތީ އަށް ފުރިހަމަ ފެށުމެއް

ޓީސީ ސްޕޯޓްސް ކްލަބާ ހަވާލުވެ ޗެރިޓީ ޝީލްޑްގެ ކާމިޔާބީއާ އެކު ސީޒަން ފެށުމަކީ އޭނާ އުއްމީދުކުރި ފަދަ ފުރިހަމަ ފެށުމެއް ކަަމަށާއި ކުރިއަށް އޮތްތަނުގައި އެ ޓީމު މި އަށް ވުރެ ވަރުގަދަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޓީސީގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.

11 ޖޫން

June 11, 2019 3
ޓީސީ އާއި ފޯކައިދޫ އަށް ރަނގަޅު ފުރުސަތެއް

މި ފަހަރުގެ ޗެރިޓީ ޝީލްޑް މެޗާ ކުރިމަތިލިއިރު މިދިޔަ އަހަރުގެ ޕްރިމިއާ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަޕް ށ. ފޯކައިދޫ އަށް އޮތް އެންމެ ބޮޑު އަމާޒަކީ ޝީލްޑް ކާމިޔާބުކޮށް ރަނގަޅު ފެށުމަކާ އެކު ސީޒަނާ ކުރިމަތިލުމެވެ. ފޯކައިދޫގައި ކުޅުނު ފުރަތަމަ ލެގު 1-1 އިން އެއްވަރުވެފައި އޮތުމުން މިރޭ ކުޅޭ ދެ...

09 ޖޫން

June 09, 2019 2
ޗެރިޓީ ޝީލްޑް މެޗަށް ދަތުރުފަތުރުގެ އުނދަގޫތަކެއް

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން މި ފަހަރުގެ އެފްއޭ ޗެރިޓީ ޝީލްޑް މެޗު ދެ ލެގަށް ކުޅޭ ގޮތަށް ބަދަލުކޮށް އެއް މެޗު އަތޮޅުތެރޭގައި ކުޅޭ ގޮތަށް ބަދަލުކުރުމުން ވަރަށް ގިނަ ބަޔަކު އެ ނިންމުމަށް މަރުހަބާ ކިޔެވެ. އެއީ ހޯމް އެންޑް އަވޭ ސިސްޓަމަށް ރާއްޖޭގެ ފުޓްބޯޅަ ބައްޓަންކުރެވޭނެ ކަމުގެ އުއްމީދު އާ ވުމުންނެވެ. އަދި ރާއްޖޭގެ...

07 ޖޫން

June 07, 2019 6
ފުރަތަަމަ ލެގުގައި ޓީސީ އާއި ފޯކައިދޫ އެއްވަރުވެއްޖެ

އެފްއޭ ޗެރިޓީ ޝީލްޑް މެޗުގެ ފުރަތަމަ ލެގުގައި މިއަދު ށ. ފޯކައިދޫގައި އެ ރަށު ޓީމާއި ޓީސީ ސްޕޯޓްސް ކްލަބް ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

13 ފެބުރުއަރީ

February 13, 2018 10
ސީޒަން ހުޅުވާ މެޗު އެންމެ ފަހުން ކެންސަލްކޮށްފި

ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ފަސްކުރި ޗެރިޓީ ޝީލްޑް މެޗު ނުކުޅޭ ގޮތަށް އެފްއޭއެމުން ނިންމާފައިވާ ކަމަށް އެ މެޗުގައި އެއްކޮޅުން ވާދަކުރާ ނިއު ރޭޑިއަންޓުން ބުނެފި އެވެ.

06 ފެބުރުއަރީ

February 06, 2018 11
ޗެރިޓީ ޝީލްޑް މެޗު ފަސްކޮށްފި

ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން އިއުލާން ކުރުމާ ގުޅިގެން ފުޓްބޯޅަ ސީޒަން ހުޅުވުމަށް މިރޭ ކުޅެން ހަމަޖެހިފައި އޮތް އެފްއޭ ޗެރިޓީ ޝީލްޑް މެޗު ފަސްކޮށްފި އެވެ.

06 އޯގަސްޓް

August 06, 2017 6
ޗެލްސީ އޮތީ ބަދަލުހިފުމުގެ ރޫހެއްގައި: ކޮންޓޭ

ލަންޑަން (އޮގަސްޓް 6) - އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވާ ޗެރިޓީ ޝީިލްޑް މެޗަށް މިރޭ ނުކުންނައިރު ޗެލްސީ އޮތީ މިދިޔަ ސީޒަނުގެ އެފްއޭ ކަޕު ފައިނަލުން އާސެނަލް އަތުން ބަލިވުމުގެ ބަދަލުހިފުމަކަށް ތައްޔާރުވެގެން ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

15 ފެބުރުއަރީ

February 15, 2017 6
ޗެރިޓީ ޝީލްޑް މެޗު މާދަމާ ހަވީރަށް އަަވަސްކޮށްފި

މާދަމާރޭ ކުޅޭ ގޮތަށް ހަމަޖެހިފައި އޮތް ޗެރިޓީ ޝީލްޑް ފުޓްބޯޅަ މެޗު މާދަމާ ހަވީރު ކުޅޭ ގޮތަށް އެފްއޭއެމުން ބަދަލުކޮށްފި އެވެ.

10 ފެބުރުއަރީ

February 10, 2017
އެންޖީއޯތައް އިތުރުކޮށް ޗެރިޓީ މެޗަށް ބަދަަލެއް

އަންނަ ބުރާސްފަތި ދުވަހުގެރޭ ކުޅޭ ޗެރިޓީ ޝީލްޑް ފުޓްބޯޅަ މެޗުގައި ފައިސާ ހަދިޔާ ކުރާނެ އަމިއްލަ ޖަމިއްޔާތައް ނުވަތަ އެންޖީއޯތައް އިތުރުކުރަން އެފްއޭއެމުން ނިންމައިފި އެވެ.

07 އޯގަސްޓް

August 07, 2016 2
އިބްރަހިމޮވިޗް ޔުނައިޓެޑަށް ޝީލްޑް ކާމިޔާބުކޮށްދީފި

ލަންޑަން (އޮގަސްޓް 7) - މެންޗެސްޓާ ޔުނައިޓެޑާ އަލަށް ގުޅުނު ސްވިޑަން ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް ފަހު ވަގުތު ވައްދާލި ލަނޑާ އެކު ލެސްޓާ ސިޓީ އަތުން 2-1 އިން މޮޅުވެ އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅޭ ޗެރިޓީ ޝީލްޑް މެޗު ޔުނައިޓެޑުން ކާމިޔާބުކޮށްފި އެވެ.