09 އޮކްޓޯބަރ

October 09, 2016 2
ކޮރަޕްޝަނުގެ ކުށުގައި ޗައިނާ އޮފިޝަލަކަށް މަރުގެ އަދަބު

ބެއިޖިން (އޮކްޓޯބަރު 9) - ރިޝްވަތު ނެގި ކަމުގެ ކުށުގައި ޗައިނާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކަށް މިއަދު މަރުގެ ހުކުމް އިއްވައިފި އެވެ.

03 އޮކްޓޯބަރ

October 03, 2016 4
ސިންގަޕޫރަށް ފިޔަވަޅު އަޅަން ޗައިނާ އިން ގޮވާލައިފި

ބެއިޖިން (އޮކްޓޯބަރު 3) - ޗައިނާ އަށް ގެއްލުންވާ ގޮތަށް ސިންގަޕޫރުން މަސައްކަތް ކުރަން އުޅޭތީ އެ ގައުމާ ދެކޮޅަށް ފިޔަވަޅު އަޅަން ޗައިނާގެ ޑިފެންސް އެޑްވައިޒަރު ގޮވާލައިފި އެވެ.

26 ސެޕްޓެމްބަރ

September 26, 2016 2
ޗައިނާގެ ސްޕޭސް ސްޓޭޝަން ބޮލަށް ވެއްޓެނީ

ޗައިނާ އިން މީގެ ފަސް އަހަރު ކުރިން ޖައްވަށް ފޮނުވި ސްޕޭސް ސްޓޭޝަން ޓިއަންގޮންގް-1 ގެ ކޮންޓްރޯލް ގެއްލި މިއަހަރުގެ ފަހުކޮޅު ދުނިޔޭގެ އެޓްމޮސްފިއާގެ ތެރެއަށް ވަދެ ބިމަށް ވެއްޓޭނެ ކަމުގެ އިންޒާރު ސައިންސްވެރިން ދީފި އެވެ. އެކަމަކު ސްޓޭޝަން ކުދިކުދިވެގެން ފައިބާނީ ކޮން ދިމާލަކަށް ކަމެއް ބުނަން ސައިންސްވެރިންނަކަށް ވެސް ނޭނގެ އެވެ.

24 ސެޕްޓެމްބަރ

September 24, 2016 27
ބްރިޖްގެ ތަނބުގެ ކޮންކްރީޓް މަސައްކަތް ފަށައިފި

ހުޅުލެ އާއި މާލެއާ ދެމެދު އަޅާ ބްރިޖްގެ ފުރަތަމަ ތަނބުގެ ފައުންޑޭޝަންގެ ކޮންކްރީޓް މަސައްކަތް މިރޭ ފަށައިފި އެވެ.

22 ސެޕްޓެމްބަރ

September 22, 2016 8
ފަރަށް އެރި ބޯޓަށް 29 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް

ސިޑްނީ (ސެޕްޓެމްބަރު 22) - މީގެ ހަ އަހަރު ކުރިން އޮސްޓްރޭލިއާގެ ގްރޭޓް ބެރިއާ ރީފަށް އެރި ޗައިނާގެ ތެޔޮ ބޯޓުން ފަރަށް ލިބުނު ގެއްލުންތަކުގެ ބަދަލެއްގެ ގޮތުން 29.6 މިލިއަން ޑޮލަރު ދައްކަން އޮސްޓްރޭލިއާ ސަރުކާރާއި ބޯޓުގެ ވެރިފަރާތާ ދެމެދު އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

16 ސެޕްޓެމްބަރ

September 16, 2016
ޗައިނާ ޖައްވަށް، ދެން ހަނދަށް

ޖައްވުގައި ވަޒަންވެރިވުމަށް ގައުމުތަކުން ކުރާ މަސައްކަތްތަކުގައި ޗައިނާ އަކީ މުރާލި ގައުމެކެވެ. ވާދަވެރިން ދެކޭ ގޮތުގައި ޗައިނާ މޮޅީ ނަކަލުކުރާށެވެ. އަމިއްލަ އުފެއްދުން މަދެވެ. އެހެން ނަމަވެސް ޗައިނާއިން ހަނދަށް އުޅަނދެއް ފޮނުވި އެވެ. އުންމީދުކުރި ވަަށް ވުރެ ގިނަ ދުވަހު އެ އުޅަނދުން ސިގްނަލް ލިބުނެވެ.

13 ސެޕްޓެމްބަރ

September 13, 2016 7
ޗައިނާ ކުދިންނަށް ނަން ކިޔައިދީގެން 65،000 ޑޮލަރު

ބެއިޖިން (ސެޕްޓެމްބަރު 13) - ޗައިނާގައި ވިހާ ކުދިންނަށް އިނގިރޭސި ނަން ކިޔައިދީގެން އިނގިރޭސި ވިލާތުގެ 16 އަހަރުގެ ކުއްޖަކު 65،000 ޑޮލަރުގެ އާމްދަނީއެއް ހޯދައިފި އެވެ.

04 ސެޕްޓެމްބަރ

September 04, 2016 1
އޮބާމާގެ ވަފުދަށް ޗައިނާ އެއާޕޯޓުން ވެސް މައްސަލަ

ބެއިޖިން (ސެޕްޓެމްބަރު 4) - ޖީ20 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ޗައިނާ އަށް ވަޑައިގަތުމާ އެކު އެއާޕޯޓުން ވެސް ވަފުދަށް މައްސަލަގަނޑަކާ...

September 04, 2016
އެމެރިކާ އާއި ޗައިނާ އިން ތިމާވެށި އެއްބަސްވުން ތަސްދީގުކޮށްފި

ބެއިޖިން (ސެޕްޓެމްބަރު 4) - ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމަށް މިދިޔަ ޑިސެމްބަރު މަހު އެކުލަވާލި ޕެރިސް ތިމާވެށި އެއްބަސްވުން ޗައިނާ އާއި އެމެރިކާ އިން ތަސްދީގުކޮށްފި އެވެ.

03 ސެޕްޓެމްބަރ

September 03, 2016 3
ބިއްލޫރި ބްރިޖު ހުޅުވިތާ ދެ ހަފުތާ ނުވަނީސް ބަންދު

ބެއިޖިން (ސެޕްޓެމްބަރު 3) - ދުނިޔޭގެ އެންމެ ދިގު އަދި އެންމެ އުސް ބިއްލޫރި ބްރިޖް ޗައިނާގައި އާއްމުންނަށް ހުޅުވާލިތާ ދެ ހަފުތާ ނުވަނީސް އެ ބްރިޖް ބަންދުކޮށްފި އެވެ.

30 އޯގަސްޓް

August 30, 2016 47
މައްސަލައެއް ނޫޅޭ، ބްރިޖްގެ މަސައްކަތް ކުރިއަށް އެބަދޭ

މާލެ އާއި ހުޅެލެއާ ދެމެދު އަޅާ ބްރިޖްގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް އެބަދާ ކަމަށާއި އެ މަޝްރޫއުގައި ފައިސާގެ އެއްވެސް މައްސަލައެއް ނޫޅޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

21 އޯގަސްޓް

August 21, 2016 3
ޗައިނާގެ ބިއްލޫރި ބްރިޖް އާއްމުންނަށް ހުޅުވާލައިފި

ބެއިޖިން (އޮގަސްޓް 21) - ދުނިޔޭގެ އެންމެ ދިގު އަދި އެންމެ އުސް ބިއްލޫރި ބްރިޖް ޗައިނާގައި އާއްމުންނަށް ހުޅުވާލައިފި އެވެ.

15 އޯގަސްޓް

August 15, 2016 1
ކަނޑަށް ވެއްޓުނު މީހަކު 38 ގަޑިއިރު ފަހުން ނަގައިފި

ބެއިޖިން (އޮގަސްޓް 15) - ކްރޫޒް ޝިޕަކުން ކަނޑަށް ވެއްޓުނު ޗައިނާގެ އަންހެނަކު 38 ގަޑިއިރު ފަހުން މަސްވެރިންގެ ބަޔަކު ސަލާމަތްކޮށްފި އެވެ.

14 އޯގަސްޓް

August 14, 2016 5
ކޮލަމްބޯ ޕޯޓް ސިޓީގެ އާ އެއްބަސްވުމުގައި ސޮއިކޮށްފި

ކޮލަމްބޯ (އޮގަސްޓް 14) - ސްރީ ލަންކާގެ ކޮލަމްބޯ ބަނދަރާ ޖެހިގެން ބިން ހިއްކައިގެން ހަދާ ކޮލަމްބޯ ޕޯޓް ސިޓީ ޕްރޮޖެޓުގެ އާ އެއްބަސްވުމުގައި ޗައިނާއާ އެކު ސޮއިކޮށްފި އެވެ.

10 އޯގަސްޓް

August 10, 2016 3
ނުބައި ލިޔުމެއްގައި ސޮއިކުރެވުމުން ރެފިއުޖީއަކަށް ވެއްޖެ

ޖަރުމަނަށް ދިޔަ ޗައިނާ ޓޫރިސްޓެއްގެ ވޮލެޓް ގެއްލުމުން ޕޮލިހަށް ރިޕޯޓްކުރުމުގެ ތެރޭގައި ނުބައި ލިޔުންތަކެއްގައި ސޮއިކުރެވި ރެފިއުޖީއެއްގެ ގޮތުގައި ދުވަސްތަކެއް ވަންދން އުޅެން ޖެހިއްޖެ އެވެ.

05 އޯގަސްޓް

August 05, 2016 14
ޗައިނާ އަށް ބިން މިލްކު ނުކުރެވޭނެ ކަމަށް ލަންކާ އިން ބުނެފި

ކޮލަމްބޯ (އޮގަސްޓް 5) - ސްރީ ލަންކާގެ ކޮލަމްބޯ ބަނދަރާ ޖެހިގެން ބިން ހިއްކައިގެން ހަދާ ކޮލަމްބޯ ޕޯޓް ސިޓީ ޕްރޮޖެޓުގެ ބިމުގެ ތެރޭން 20 ހެކްޓަރު ބިން ޗައިނާ އަށް މިލްކުކޮށްދެވޭ ގޮތަށް އެއްބަސްވުމުގައި އޮތް މާއްދާ އަށް ލަންކާ އިން ބަދަލު ގެނެސްފި އެވެ.

02 އޯގަސްޓް

August 02, 2016 15
ލޯބިވެރިޔާގެ އިންތިޒާރުގައި އެއާޕޯޓުގައި 10 ދުވަސް ހޭދަކޮށްފި

ބެއިޖިން (އޮގަސްޓް 2) - އޮންލައިންކޮށް ލޯބީގެ ގޮތުން ގުޅުނު ޗައިނާގެ އަންހެނަކު ހޯދަން ހޮލެންޑުގެ ފިރިހެނަކު ހުނާން ޕްރޮވިންސަށް ގޮސް ލޯބިވެރިޔާ އާދޭތޯ ބެލުމަށް އެއާޕޯޓުގައި 10 ދުވަސް ހޭދަކޮށްފި އެވެ.

01 އޯގަސްޓް

August 01, 2016 25
ޗައިނާ އިން ލަންކާއަށް ކުރި އިންވެސްޓްގެ ބަދަލު ހޯދަނީ

ކޮލަމްބޯ (އޮގަސްޓް 1) - ސްރީ ލަންކާގައި ބޮޑެތި މަޝްރޫއުތައް ހިންގުމަށް އެތައް އަހަރެއް ވަންދެން ނެގި ލޯނުގެ ސަބަބުން ގައުމު ވަނީ ބޮޑު ދަރަންޏަކާ ކުރިމަތިލާން ޖެހިފަ އެވެ. ގައުމުގައި ހިންގި މަޝްރޫއުތަކުން އެކަށީގެންވާ މިންވަރުގެ ފައިދާއެއް ވެފައެއް ނުވެ އެވެ. އެކަމަކު ނެގި ލޯނުތައް ދައްކަން ޖެހެ އެވެ.

25 ޖުލައި

July 25, 2016 7
އޮންލައިން ޚަބަރު ސައިޓްތައް ޗައިނާ އިން ބަންދު ކޮށްފި

ބެއިޖިން (ޖުލައި 26) - ސިޔާސީ އަދި އިޖްތިމާއީ ޚަބަރުތައް ރިޕޯޓް ކުރުން ހުއްޓުވުމަށް ހިންގާ ކެމްޕޭނުގެ ދަށުން ވަރަށް ގިނަ އޮންލައިން ޚަބަރު ސައިޓްތައް ޗައިނާ އިން ބަންދު ކޮށްފި ކަމަށް...

July 25, 2016 10
ކާރުން ފޭބިތަނުން މިނިކާވަގު އައިސް ކާލައިފި

ބެއިޖިން (ޖުލައި 25) - ޗައިނާގެ ވެރިރަށް ބެއިޖިންގެ ވަލު ޖަނަވާރުންގެ ޕާކެއްގައި ދުއްވާފައި ދިޔަ ކާރަކުން ފޭބި ދެ އަންހެނުންގެ ތެރޭން އެކަކު މިނިކާވަގެއް އައިސް ކާލައިފި އެވެ.

13 ޖުލައި

July 13, 2016 5
ކަނޑުގެ މައްސަލަ ނިންމި ފަނޑިޔާރުން ރިޝްވަތު ނެގި

ބެއިޖިން (ޖުލައި 13) - ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމާ މެދު ބައިނަލްއަގުވާމީ ޓްރައިބިއުނަލަށް ފިލިޕީންސް އިން ހުށަހެޅި މައްސަލާގައި އެ ކަނޑުގެ ސަރަހައްދު ޗައިނާ އިން މިލްކުކޮށްގެން ނުގެންގުޅެވޭނެ ކަމަށް ކޯޓުން ނިންމުމާ އެކު އެ ނިންމުން ނިންމި ފަނޑިޔާރުންނަށް ޗައިނާ އިން ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.

12 ޖުލައި

July 12, 2016 10
ދެކުނު ޗައިނާ ކަނޑުގެ މައްސަލަ ފިލިޕީންސްއާ އެއްކޮޅަށް

ހޭގު (ޖުލައި 12) - އެކި ގައުމުތަކުގެ މެދުގައި ޚިޔާލުތަފާތުވުން ބޮޑުވެފައިވާ ދެކުނު ޗައިނާ ކަނޑުގެ މައްސަލާގައި ފިލިޕީންސް އިން ހުށަހެޅި ގޮތަށް ބައިނަލްއަގުވާމީ ޓްރައިބިއުނަލުން...

July 12, 2016
ދެކުނު ޗައިނާ ކަނޑާ ބެހޭގޮތުން މިއަދު ގޮތެއް ނިންމާނެ

ހޭގު (ޖުލައި 12) - އެކި ގައުމުތަކުގެ މެދުގައި ޚިޔާލުތަފާތުވުން ބޮޑުވެފައިވާ ދެކުނު ޗައިނާ ކަނޑުގެ މައްސަލާގައި ފިލިޕީންސް އިން ހުށަހެޅި މައްސަލާގައި ދަ ހޭގުގެ ބައިނަލްއަގުވާމީ...