30 ނޮވެމްބަރ

November 30, 2017 4
ސަލާމް ބުނެގެން އުނިކުރި ފައިސާ ދޭން އަނެއްކާ ޖެހިއްޖެ

ސިވިލް ސާވަންޓަކު ސަލާމް ބުނުމުން އޭނާގެ މުސާރަ އާއި އިނާޔަތްތަކުން އުނި ކުރި ފައިސާ އަަނބުރާ އޭނާ އަށް ދޭން އަނެއްކާ ވެސް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

29 ނޮވެމްބަރ

November 29, 2017 5
ހުސްވާ މަގާމުތަކަށް ފިނޭންސްގެ ހުއްދަ ބޭނުމެއް ނުވޭ

ދައުލަތުގެ އިދާރާތަކުން ހުސްވާ މަގާމުތަކަށް މުވައްޒަފުން ހޯދަން ފިނޭންސް މިނިސްޓްރީގެ ހުއްދަ ނަގަން ނުޖެހޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.

28 ނޮވެމްބަރ

November 28, 2017 15
ސަލާމް ބުނެގެން އުނިކުރި ފައިސާ އަނބުރާ ދޭންޖެހޭނެ

ސިވިލް ސާވިސް މުވައްޒަފަކު ސަލާމް ބުނުމުން އޭނާގެ ސާވިސް އެލަވަންސުން އުނިކުރި ފައިސާ އަނބުރާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެންގި އެންގުމަށް ހައި ކޯޓުން ވެސް އިއްޔެ ތާއީދުކޮށްފި އެވެ.

25 ނޮވެމްބަރ

November 25, 2017 28
ސޯޝަލް ވޯކަރުންގެ އުޖޫރައެއް ނެތް ބޮޑު ޒިންމާ

އެއީ އިހުމާލާއި އަނިޔާ އިން ކުޑަކުދިން ސަލާމަތްކޮށްދޭ ބެލެނިވެރިންނެވެ. ޖިންސީ ޝިކާރަވެރިންގެ ވަކިތަކުން އެ ކުދިން މިންޖުކޮށްދޭ ހިމާޔަތްތެރިންނެވެ. ގެވެށި އަނިޔާ ލިބޭ އަންހެނުންނާއި ފިރިހެނުންގެ މަދަދުވެރިންނެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ ޚިދުމަތްތެރިންނެވެ. އެކަމަކު، މުޖުތަމައުގައި ތިބި...

17 ނޮވެމްބަރ

November 17, 2017 84
އެންމެ ކުޑަ މުސާރަ ވެސް 37 ޕަސެންޓަށް ބޮޑުވާނެ: ރައީސް

އަންނަ އަހަރުގެ ކުރީކޮޅު ސިވިލް ސާވިސްގެ ކޮންމެ ތިން މުވައްޒަފެއްގެ ތެރެއިން ދެ މުވައްޒަފެއްގެ މުސާރަ ބޮޑުވާނެ ކަމަށާއި އެންމެ ކުޑަ މުސާރަ ލިބޭ މީހުންނަށް ވެސް 37 ޕަސެންޓުގެ ކުރިއެރުމެއް އަންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

15 ނޮވެމްބަރ

November 15, 2017 51
ސީއެސްސީގެ ދެ ނިންމުން ބާތިލްކޮށްފި

ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނާ ގުޅޭ ގޮތުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ދާދި ފަހުން ނިންމި އަދި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ދެ ނިންމުމެއް އެ...

November 15, 2017 60
ސިވިލް ސާވިސްގެ މުސާރަ ބޮޑުކުރަން 234 މިލިއަން

އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓުގައި، ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް 234 މިލިއަން ރުފިޔާ ހިމަނައިފި އެވެ.

14 ނޮވެމްބަރ

November 14, 2017 116
ޑޮކްޓަރުންތަކެއްގެ ޝަކުވާ: މިހާ ތަފާތު ކުރަނީ ކީއްވެ؟

ސިއްހީ ދާއިރާ އަށް އަންނަނީ ބޮޑެތި ބަދަލުތަކެކެވެ؛ މި ކުރިއެރުންތަކާ އެކު ވެސް އެންމެ ބޮޑު ގޮންޖެހުމަކީ ފެންވަރު ރަނގަޅު ޑޮކްޓަރުން ނުލިބުމުވެ. ސަރުކާރު ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ ދިވެހި، މޮޅު ޑޮކްޓަރުން ޕްރައިވެޓް ސެކްޓަރުގައި ނުވަތަ ރާއްޖެ ދޫކޮށް އެހެން ގައުމުތަކުގައި މަސައްކަތް ކުރުމަކީ މި ދާއިރާ އަށް ކުރިމަތިވެފައި...

09 ނޮވެމްބަރ

November 09, 2017 18
އެޑިއުކޭޝަން މިނިސްޓްރީއަށް އާ ޕީއެސްއެއް އައްޔަންކޮށްފި

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމަށް އާ ބޭފުޅަކު މިއަދު އައްޔަންކޮށްފި އެވެ.

06 ނޮވެމްބަރ

November 06, 2017 93
އެކި ދާއިރާތަކުގެ މުސާރަ ބޮޑުކޮށްދިނިން: ސީއެސްސީ

ސިވިލް ސާވިސްގެ މުސާރަ ބޮޑުކޮށްނުދޭތާ އެތައް އަހަރެއް ވެފައިވާ ކަމަށް ދައްކަނީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށާއި ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެކި ދާއިރާތަކުން މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދީފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފި އެވެ.

05 ނޮވެމްބަރ

November 05, 2017 58
ސިވިލް ސާވަންޓުންގެ ފްލެޓް 11 ދާއިރާއަކަށް ނުލިބޭނެ

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ސިވިލް ސާވަންޓުންނަށް ދޫކުރާ 1،000 ފްލެޓަށް ބައެއް ދާއިރާތަކުގެ މުވައްޒަފުންނަށް ކުރިމަތި ނުލެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

01 ނޮވެމްބަރ

November 01, 2017 26
ސިވިލް ސާވެންޓުންގެ ފްލެޓަށް ކުރިމަތިލާން ހުޅުވާލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ދޫކުރާ 1،000 ފްލެޓަށް ކުރިމަތިލާން އިއްޔެ ހުޅުވާލައިފި އެވެ.

31 އޮކްޓޯބަރ

October 31, 2017 12
އިލްމީ ގާބިލްކަން ނެތިގެން ވަކިކުރުމުން އަލުން ވަޒީފާ

ވަޒީފާ އަދާކުރުމުގެ އިލްމީ ގާބިލްކަން ނެތިގެން ވަކިކުރި ސިވިލް ސާވަންޓަކަށް އަލުން އެ ވަޒީ ފާދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެންގި އެންގުމަށް ތާއީދުކޮށް، ހައި ކޯޓުން އިއްޔެ...

October 31, 2017 115
މި މުވައްޒަފުންނަށް "ރޯޅި ބޭލުން"، އިންސާފެއް ނޫން!

ސިވިލް ސާވަންޓުން އަބަދުވެސް ކުރާ ޝަކުވާއަކީީ މިއެވެ؛ މުސާރަ ބޮޑެއް ނުކުރެ އެވެ. މުޅިން ވެސް ބަލަނީ ލިބޭ އެތިކޮޅު އުނިކުރެވޭތޯ އެވެ. ސިވިލް ސާވިސް ހަރުދަނާ ކުރަން، ސަރުކާރުން އަޅަން...

29 އޮކްޓޯބަރ

October 29, 2017 52
ބޭރުގައި އުޅޭ ވަގުތަށް މުސާރައިން ނުކެނޑޭނެ: އޭޖީ

ސިވިލް ސާވިސް މުވައްޒަފުން ރަސްމީ ވަގުތުގައި އަމިއްލަ ކަންކަމުގައި އޮފީހުން ބޭރުގައި އުޅޭ ނަމަ މުސާރައިން އުނިކުރަން އެންގީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް، މިނިސްޓްރީއަކަށް، ލަފާ ދެއްވާފައި ވަނިކޮށް ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

26 އޮކްޓޯބަރ

October 26, 2017 75
ޑިޕްލޮމާ ނެތް އިސް މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ

ސިވިލް ސާވިސްގެ މެދު ފަންތީގެ މަގާމުތަކުން ފެށިގެން މަތީގެ މުވައްޒަފުުންގެ ތެރެއިން ޑިޕްލޮމާ ސެޓްފިކެޓް ހާސިލްނުކުރާ މުވައްޒަފުން ވަޒީފާ އިން ވަކި ކުރާ ގޮތަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމައިފި އެވެ.

25 އޮކްޓޯބަރ

October 25, 2017 71
ސިވިލްސާވިސް އިސްމުވައްޒަފުން ޑިޕްލޮމާއަށް ކިޔަވަންޖެހޭނެ

ސިވިލް ސާވިސްގެ މެދުފަންތީގެ މަގާމުތަކުން ފެށިގެން މަތީގެ ހުރިހާ މުވައްޒަފުން ޑިޕްލޮމާ ފެންވަރަށް ކިޔަވަންޖެހޭ ގޮތަށް، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު އުސޫލެއް އާންމުކޮށްފި އެވެ.

24 އޮކްޓޯބަރ

October 24, 2017 129
ރަސްމީ ވަގުތު ބޭރުގައި އުޅޭ ނަމަ މުސާރަ އިން ކަނޑަނީ

ސަރުކާރުގެ ރަސްމީ ގަޑީގައި، އަމިއްލަ ކަންކަމުގައި ބޭރުގައި އުޅޭ ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ އިން ކަނޑަން ނިންމައިފި އެވެ.

30 އޯގަސްޓް

August 30, 2017 15
ޔޫތު މިނިސްޓްރީގެ އާ ޕީއެސް އަދިވެސް ގޭގައި

ޔޫތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމަށް މި މަހުގެ ކުރީކޮޅު އައްޔަން ކުރި ފާތުމަތު މުނާ ގޭގައި މަޑުކުރަން އެ މިނިސްޓްރީން އެންގި މައްސަލަ އަދިވެސް ބަލައި ނުނިމޭ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފި އެވެ.

17 އޯގަސްޓް

August 17, 2017 64
އިދިކޮޅު އެއްވުމުގައި ބައިވެރިވި ދެ ޓީޗަރަކު ވަކިކުރަނީ

އިދިކޮޅު ސިޔާސީ ހަރަކާތެއްގައި ބައިވެރިވި ކަމަށް ބުނެ ގދ. ތިނަދޫ ސްކޫލުގެ ދެ ޓީޗަރަކު ވަކިކުރަން އުޅޭތީ އެ ސްކޫލުގެ ބެލެނިވެރިން ރުޅިގަދަވެއްޖެ އެވެ.

15 އޯގަސްޓް

August 15, 2017 52
"ސިވިލް ސާވިސް މުސާރަ އަށް ހެޔޮ ބަދަލެއް ގެންނާނަން"

އަންނަ އަހަރުގެ ބަޖެޓަކީ ސިވިލް ސާވަންޓުންނަށް އުއްމީދީ ބަޖެޓަކަށް ވެގެން ދާނެ ކަމަށާއި ސިވިލް ސާވިސްގެ އޮނިގަނޑު ރަނގަޅު ކުރުމާއި މުވައްޒަފުންނަށް ދެވޭ އިނާޔާތްތަކާއި އިތުރު ކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ. "ރުމާލު 2" ޖަގަހަ ހުޅުވަން ސިނަމާލޭ ފްލެޓް...

14 އޯގަސްޓް

August 14, 2017 27
ޔޫތުގެ ޕީއެސް ގޭގައި މަޑުކުރަން އެންގި މައްސަލަ ބަލަނީ

ޔޫތު މިނިސްޓްރީއަށް އަލަށް އައްޔަން ކުރި ޕާމަނަންޓް ސެކްރެޓަރީ ފާތުމަތު މުނާ ގޭގައި މަޑުކުރަން އެ މިނިސްޓްރީން އެންގި މައްސަލަ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން ބަލަން ފަށައިފި އެވެ.