28 ސެޕްޓެމްބަރ

September 28, 2018 1
އީގަލްސް އިން ހަތަރު ވަނަ މަގާމަށް ޖެހިލައިފި

ގްރީންސްޓްރީޓްސް އަތުން 1-0 އިން މޮޅުވެ ކްލަބް އީގަލްސް އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ހަތަރު ވަނަ މަގާމަށް މިރޭ އަރައިފި އެވެ.

30 އޯގަސްޓް

August 30, 2018 1
ގްރީން އާއި މާޒިޔާ އެއްވަރު، އީގަލްސް އަށް މޮޅެއް

ނަވާރަ އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ގްރީން ސްޓްރީޓްސް އާއި މާޒިޔާ 1-1 އެއްވަރުވިއިރު، އީގަލްސް އިން ފަހަތުން އަރައި 4-2 އިން ނިއު ރޭޑިއަންޓް ބަލިކޮށްފި އެވެ.

29 ޖުލައި

July 29, 2018 2
ހަންނަ: އިތުބާރު ހޯދައި، ތަފާތު ދައްކަނީ!

މީގެ ހަތަރު އަހަރު ކުރިއަށް ބަލާއިރު ހަސަން ރާއިފް އަހުމަދު (ހަންނަ) އަކީ ހަމައެކަނި އައްޑޫގެ އުއްމީދީ ފުޓްބޯޅަ ކުޅުންތެރިއެކެވެ. މިދިޔަ ދެ އަހަަރަށް ބަލާއިރު އޭނާ ކްލަބް އީގަލްސްގައި ދައްކަމުން އައި ކުޅުމުގެ ސަބަބުން ގިނަ ބަޔެއްގެ ލޯ އަމާޒުވި އެވެ. އީގަލްސްގައި މި ސީޒަނުގައި މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގައި އުމުރުން 20...

18 ޖުލައި

July 18, 2018 2
އީގަލްސް ފުރަތަމަ މޮޅު ހޯދައިފި

ވިކްޓަރީ އަތުން 3-1 އިން މޮޅުވެ ކްލަބް އީގަލްސް އިން މި އަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.

11 ޖުލައި

July 11, 2018 1
ހާސްވާން ޖެހޭ ސަބަބެއް އަދި ނެތް: މޯހަން

އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ހޯދި އީގަލްސް ދިވެހި ޕްރިމިއާ ލީގަށް ވަރުގަދަކޮށްގެން ނުކުތް އިރު މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅެއް ނުލިބެ އެވެ. އެކަމަކު އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ އަދި ހާސްވާން ޖެހޭ ފަދަ ހާލަތެއް ނެތް ކަމަށެވެ.

10 ޖުލައި

July 10, 2018 12
ދަގަނޑޭގެ ގޯލުން މޮޅުވެ ޓީސީ އަލުން އެއް ވަނަ އަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މެޗު ނިމެން ނުވަ މިނިޓަށް ވެފައި ވަނިކޮށް އަލީ އަޝްފާގު (ދަގަނޑޭ) ޖެހި ގޯލުން 1-0 އިން ކްލަބް އީގަލްސް ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބް އަލުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

03 ޖުލައި

July 03, 2018 9
ނިއު އާއި އީގަލްސް އެއްވަރުވެއްޖެ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓާއި ކްލަބް އީގަލްސް 2-2 އިން އެއްވަރުވެއްޖެ އެވެ.

29 ޖޫން

June 29, 2018 3
ފަހު ވަގުތު އީގަލްސް އަތުން މާޒިޔާ އަށް ޕޮއިންޓެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފަހު ވަގުތު އިސްމާއިލް އީސާ (މެސީ) ވައްދާލި ގޯލުން 2-2 އިން ކްލަބް އީގަލްސްއާ އެއްވަރުކޮށް މާޒިޔާ އިން ޕޮއިންޓެއް ހޯދައިފި އެވެ.

19 ޖޫން

June 19, 2018
ގްރީން ބަލިކޮށް އީގަލްސް ދެ ވަނަ އަށް

އެސްޓީއޯ މާލޭ ލީގުގައި މިރޭ ކުޅުނު މެޗުން ގްރީން ސްޓްރީޓްސްގެ މައްޗަށް 3-0 އިން ކުރި ހޯދައި އީގަލްސް ލީގުގެ ދެ ވަނަ އަށް އަރައިފި އެވެ.

10 ޖޫން

June 10, 2018 3
ޔޫވީ އެއްވަރުވުމުން ގްރީނަށް ގަދަ ހަޔެއް ކަށަވަރުވެއްޖެ

އެސްޓީއޯ މާލޭ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ކުޅުނު މެޗުން ކްލަބް އީގަލްސްއާ 2-2 އިން އެއްވަރުވުމުން ގަދަ ހަޔެއްގެ ފަހު ޖާގަ ގްރީން ސްޓްރީޓްސް އަށް ކަށަވަރުވެއްޖެ އެވެ.

06 ޖޫން

June 06, 2018 3
ދިވެހި ޕްރިމިއާ ލީގަށް އީގަލްސް ވަރުގަދަކުރަނީ

މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގުގެ ފުރުސަތު އީގަލްސް އަށް ގެއްލުނީ ފަހު މެޗުން ގްރީން ސްޓްރީޓްސް އަތުން ބަލިވުމުންނެވެ. މި ފަހަރުގެ މާލޭ ލީގުގައި ބާކީ ތިން މެޗު ނުކުޅެ އޮއްވައި އީގަލްސް އަށް ވަނީ ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުވެފަ އެވެ. އެއާ އެކު އީގަލްސް އިން ވަނީ ދިވެހި ޕްރިމިއާ ލީގަށް ޓީމު ވަރުގަދަ ކުރަން ނިންމައިފަ...

05 ޖޫން

June 05, 2018 1
ވިކްޓަރީ ބަލިކޮށް އީގަލްސް ތިން ވަނަ އަށް

އެސްޓީއޯ މާލޭ ލީގުގައި މިރޭ 2-1 އިން ވިކްޓަރީ ބަލިކޮށް ކްލަބް އީގަލްސް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

28 މެއި

May 28, 2018 27
ސެންޓޭގެ ހެޓްރިކާ އެކު ނިއު ޗެމްޕިއަންކަމާ ގާތަށް

އަލީ ފާސިރު (ސެންޓޭ) ގެ ހެޓްރިކާ އެކު ކްލަބް އީގަލްސް އަތުން 4-1 އިން މޮޅުވެ އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދުމާ ތިން ޕޮއިންޓް ގާތަށް ނިއު ރޭޑިއަންޓް މިރޭ ޖެހިލައިފި އެވެ.

26 މެއި

May 26, 2018 2
ބޭނުންވަނީ ކޯޗުގެ އިތުބާރު ހޯދަން: ޖުމައިލް

އެސްޓީއޯ މާލޭ ލީގުގައި މިދިޔަ ހަފުތާގައި މާޒިޔާ އަތުން 1-0 އިން އީގަލްސް މޮޅުވީ ބަދަލު ކުޅުންތެރިޔާ ޖުމައިލް ޖަލީލް އިތުރު ވަގުތުގެ ތެރޭ ޖެހި ލަނޑުންނެވެ. މި ސީޒަނުގައި ކުޅުމުގެ ފުރުސަތު ގިނައިން ލިބެމުން އަންނަ ޖުމައިލް އަކީ ޒުވާން ކުޅުންތެރިންނަށް ބަލާއިރު މި އަހަރު ކުރިއެރުން ހޯދަމުން އަންނަ ކުޅުންތެރިއެކެވެ.

25 މެއި

May 25, 2018 2
މައްސަލަ އަށް ހައްލެއް، މޯހަން އަށް ހިތްހަމަޖެހުން

އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރުގައި އީގަލްސް އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އެ ޓީމު ކޮޅަށް ވަންނަ ލަނޑު ގިނަވުމެވެ. ލީގުގެ ކުރިއަށް އަރަން އީގަލްސް އަށް އެންމެ ބޮޑު ހުރަހަކީ ވެސް ޕޮއިންޓުގެ ގޮތުން ވާދަކުރާ ޓީމުތަކާ އެއްވަރުވާއިރު، ފައިދާ ގޯލު މަދުވުމެވެ. އެކަމަކު ދެ ވަނަ ބުރު ފެށިގެން އީގަލްސްގެ ޑިފެންސް...

21 މެއި

May 21, 2018 7
މާޒިޔާ ބަލިކޮށް އީގަލްސް ދެ ވަނަ އަށް

އެސްޓީއޯ މާލޭ ލީގުގައި މިރޭ ފަހު ވަގުތު ޖުމައިލް ޖަލީލް ވައްދާލި ގޯލުން 1-0 އިން މާޒިޔާ ބަލިކޮށް ކްލަބް އީގަލްސް ލީގުގެ ދެ ވަނަ އަށް އަރައިފި އެވެ.

13 މެއި

May 13, 2018 5
ލުއިޒް އެޑުއާޑޯ: ލަނޑަކަށް ފަހު ލަނޑެއް!

ބިދޭސީ ފޯވާޑުން ގެނައުމުގައި ކްލަބް އީގަލްސް އިން މިދިޔަ ސީޒަނުގައި ކުރި ހިތި ތަޖުރިބާގެ ބަދަލު މިހާރު ވެސް އެ ޓީމަށް ލިބިއްޖެ އެވެ. މި ސީޒަނަށް ގެނައި ބްރެޒިލް ފޯވާޑް ލުއިޒް އެޑުއާޑޯ ޕުރްޗީނޯ މިވަނީ ނުވަ މެޗުން 15 ގޯލް ޖަހައިދީފަ އެވެ. އެސްޓީއޯ މާލޭ ލީގުގެ ތިން ވަނައިގައި އީގަލްސް އޮތުމުގެ އެންމެ ބޮޑު ޝުކުރެއް ހައްގުވާ އެއް...

12 މެއި

May 12, 2018 3
ވެލެންސިއާ އަތުން އީގަލްސް އަށް ތަފާތު ބޮޑު މޮޅެއް

ބްރެޒިލް ފޯވާޑް ލުއިޒް އެޑުއާޑޯގެ ހެޓްރިކާ އެކު ކްލަބް ވެލެންސިއާ އަތުން 6-1 އިން މޮޅުވެ ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުކުރުމާ ގާތަށް ޖެހިލިއިރު ވެލެންސިއާ ހާސްކަމުގެ ތެރޭގައި އިތުރު މެޗެއް ނިންމާލަން ޖެހިއްޖެ އެވެ.

06 މެއި

May 06, 2018 1
ޓީސީ އާއި އީގަލްސް އަށް ޕޮއިންޓެއް

އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުން މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

22 އެޕްރީލް

April 22, 2018
އީގަލްސް ބަލިކޮށް މާޒިޔާ ދެ ވަނަ އަށް

ސެއިން ވިންސެންޓުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ޖެހި ދެ ގޯލުން 2-0 އިން ކްލަބް އީގަލްސް ބަލިކޮށް އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ އަށް މިރޭ މާޒިޔާ ޖެހިލައިފި އެވެ.