04 އެޕްރީލް

April 04, 2019 6
ވެލެންސިއާ އިން ޒިދާންގެ ރެއާލް ބަލިކޮށްފި

މެޑްރިޑް، ސްޕެއިން (އޭޕްރީލް 4) - ސްޕެނިޝް ލީގުގައި ރޭ 2-1 އިން ވެލެންސިއާ އަތުން ބަލިވެ، ޒައިނުއްދީން ޒިދާން އަލުން އަލުން ހަވާލުވި ފަހުން ރެއާލް މެޑްރިޑް ފުރަތަމަ ފަހަރަށް ބަލިވެއްޖެ އެވެ.

25 ޑިސެމްބަރ

December 25, 2018 14
އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަން ފަށާނީ ޖޫން މަހު؟

އަންނަ އަހަރުން ފެށިގެން ފުޓްބޯޅަ ސީޒަން ޖޫން މަހު ފަށަން އެފްއޭއެމުން ހުށަހެޅި ހުށަހެޅުމަށް ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކުން ތާއީދުކޮށްފި އެވެ.

18 ޑިސެމްބަރ

December 18, 2018 2
ދެ އަހަރަށް ފަހު ވެލެންސިއާ އިން މުނޯޒްގެ މުސާރަދީފި

ކްލަބް ވެލެންސިއާ އަށް 2016 ވަނަ އަހަރު ކުޅުނު ސްޕެއިންގެ މިޑްފީލްޑަރު އެންހެލް މުނޯޒަށް ނުދީ އޮތް މުސާރަ ދެ އަހަރަށް ފަހު މިދިޔަ މަހު އެ ކްލަބުން ދީފި އެވެ.

06 ޖުލައި

July 06, 2018 6
ސޮބާ: ކޯޗިންގެ ޅަފަތުގައި ތަފާތު ތިން ޗެޕްޓަރެއް!

މީގެ ހަަތަރު އަހަރު ކުރިއަށް ބަލާއިރު ކުރީގެ އެއް ވަނަ ޑިފެންޑަރު ސޮބާހު މުހައްމަދު (ސޮބާ) އަކީ އެންމެ އުއްމީދީ އެއް ކޯޗެވެ. އެކަމަކު ކޯޗިންގައި ވޭތުވެދިޔަ ހަތަރު އަހަރަށް ބަލާނަމަ ތަފާތު ތިން ތަޖުރިބާއެއް ކޮށްފި އެވެ. އެކި ލެވެލްގެ ޓީމުތަކުގަ އެވެ. ފުރަތަމަ ފެށީ އެންމެ ކާމިޔާބު ކްލަބް ނިއު ރޭޑިއަންޓުގެ ޕްލޭޔާ ކޯޗެއްގެ ރޯލުންނެވެ....

02 ޖުލައި

July 02, 2018 7
އެންމެ ދެރަވި ދުވަހު ހުރިހާ ޒިންމާއެއް ސޮބާ އަށް!

ރާއްޖޭގެ އެންމެ ކާމިޔާބު ތިން ކްލަބުގެ ތެރޭގައި ހިމެނޭ ކްލަބް ވެލެންސިއާ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވުމުން ކޯޗެއްގެ ގޮތުން ޒިންމާ ނަގާނެ ކަމަށާއި މިއީ އޭނާގެ ފުޓްބޯޅަ ހަޔާތުގައި...

July 02, 2018 26
ވެލެންސިއާގެ އުފާވެރި އަދި ތާރީޚު ބަދަލުކޮށްލި މާޒީ

ގަލޮޅު ދަނޑު ފުރި ބަންޑުން ދަނީ އެވެ. ކްލަބް ލޯބި ދޫކޮށް ހުރިހާ ދިވެހިން އެއް އަޑަކުން ސަޕޯޓްކުރަނީ އެވެ. ވާދަވެރިކަން ބޮޑު ސްރީ ލަންކާގެ ސައުންޑާސް އަތުން އެންމެ ކުޑަވެގެން ވެސް 3-0...

01 ޖުލައި

July 01, 2018 20
ވެލެންސިއާ ދެ ވަނަ ޑިވިޝަނަށް ވެއްޓިއްޖެ!

ރާއްޖޭގެ ފުޓްބޯޅަ ތާރީހު ދުށް އެންމެ ކާމިޔާބު ތިން ކްލަބުގެ ތެރޭގައި ހިމެނޭ ކްލަބް ވެލެންސިއާ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެ އެ ކްލަބުގެ 39 އަހަރުވީ ހަޔާތުގައި ކަޅު ލައްގަނޑެއް ޖެހިއްޖެ އެވެ.

26 ޖޫން

June 26, 2018 10
ރެލިގޭޓްވެދާނެ ކަމުގެ ބިރާ އެކު ވެލެންސިއާ ނޭވާހޮޅިއަށް

ރެލިގޭޝަން ޕްލޭއޮފްގެ ފުރަތަމަ ލެގުގައި މިއަދު ޔުނައިޓެޑް ވިކްޓަރީ އަތުން 2-0 އިން ބަލިވެ ރާއްޖޭގެ އެންމެ މަޝްހޫރު އެއް ކްލަބް ކަމަށްވާ ވެލެންސިއާ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވުމުގެ ބިރާ ކުރިމަތިވެއްޖެ އެވެ.

25 ޖޫން

June 25, 2018 7
ވެލެންސިއާ ގޮވައިގެން ސޮބާ މަރުގެ ދެ މެޗަށް

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ ވެލެންސިއާ ފާއިތުވި ގިނަ އަހަރުތަކެއްގައި އޮތީ އަޑިގަޑެއްގެ ތެރޭގަ އެވެ. ދެ ފަހަރެއްގެ މަތިން ވެލެންސިއާ މީގެ ކުރިން ރެލިގޭޝަނުގައި ކުޅެ ސަލާމަތްވެފައިވާއިރު، އަނެއްކާ ވެސް އެ ޓީމަށް މި އަހަރު ވަނީ ފުރަތަމަ ޑިވިޝަނުގައި އޮންނަން ރެލިގޭޝަނުގައި ކުޅެން ޖެހިފަ އެވެ. އުއްމީދީ ކޯޗު ސޮބާހު...

20 ޖޫން

June 20, 2018 1
ޖޭޖޭ ބައިވެރިނުވޭ، ޔޫވީ އާއި ވެލެންސިއާ ގަދަހިފުމަކަށް

އަންނަ އަހަރު ފުރަތަމަ ޑިވިޝަނުގެ ޖާގަ އަށް ކުޅޭ ރެލިގޭޝަން ޕްލޭއޮފް (މާލޭ ލީގު ކޮލިފިކޭޝަން) ގައި ދެ ވަނަަ ޑިވިޝަނުގެ ރަނަރަޕް ޖޭޖޭ ސްޕޯޓްސް ކްލަބް ބައިވެރިނުވާން ނިންމުމުން އެ ޖާގަ އަށް ވާދަކުރާނީ މާލޭ ލީގުގެ ފުލަށްދިޔަ ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީންނެވެ.

18 ޖޫން

June 18, 2018 2
ޔޫވީ ބަލިކޮށް ވެލެންސިއާ އަށް ހިތްހަަމަޖެހުމެއް

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން 3-1 އިން ހޯދި މޮޅާ އެކު ވެލެންސިއާ އިން ރެލިގޭޝަނުގެ ކުރިން ހިތްހަމަޖެހުމެއް ހޯދައިފި އެވެ.

13 ޖޫން

June 13, 2018 7
ވެެލެންސިއާ އިން ވެޓެރަންސް ކަޕް ކާމިޔާބުކޮށްފި

ތަށި މިލްކުކުރަން ނުކުތް ނިއު ރޭޑިއަންޓް 4-0 ބަލިކޮށް ސައްތައިން ސައްތަ ރެކޯޑަކާ އެކު ކްލަބް ވެލެންސިއާ އިން ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

12 ޖޫން

June 12, 2018 11
އެންމެ ފަހުން ވެލެންސިއާ މޮޅެއް ހޯދައިފި

އެސްޓީއޯ މާލޭ ލީގުގައި މިހާތަނަށް މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމު ކަމަށްވާ ކްލަބް ވެލެންސިއާ އިން މިރޭ ކްލަބް ގްރީންސްޓްރީޓްސް 2-1 އިން ބަލިކޮށް ފުރަތަމަ މޮޅު ހޯދައިފި އެވެ.

08 ޖޫން

June 08, 2018 3
ވެޓްރަންސް ކަޕް: މާޒިޔާ ބަލިކޮށް ވެލެންސިއާ ފައިނަލަށް

ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކުރިއަށްދާ ވެޓްރަންސް ކަޕްގައި މިއަދު ކުޅުނު މެޗުން 2-1 އިން މާޒިޔާ ބަލިކޮށް މުބާރާތުގެ ފައިނަލުގެ ޖާގައެއް ވެލެންސިއާ ކަށަވަރުކޮށްފި އެވެ.

05 ޖޫން

June 05, 2018 5
ވެޓްރަންސް ކަޕް: ވެލެންސިއާ ފައިނަލާ ގާތަށް

ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކުރިއަށްދާ ވެޓްރަންސް ކަޕްގައި މިއަދު ކުޅުނު މެޗުން ނިއު ރޭޑިއަންޓް އަތުން 3-0 އިން މޮޅުވެ ވެލެންސިއާ މުބާރާތުގެ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.

04 ޖޫން

June 04, 2018 5
ރެލިގޭޝަނަށް ނުކުންނާނީ ދޭތިން އެކައްޗަށް: ސޮބާ

ރެލިގޭޝަނުގައި ކުޅެން ޖެހުމަކީ ވަކި އޭނާގެ ސަބަބުން ކްލަބް ވެލެންސިއާ އަށް ލިބުނު ދެރައެއް ނޫން ކަމަށާއި އެކަމަކު މިވަގުތު ހުރިހާ ވިސްނުމެއް ހުރީ އެ ކްލަބް އެ އަނދަވަޅުން...

June 04, 2018 14
ދަގަނޑޭގެ ހެޓްރިކާ އެކު ނިއު މާލޭ ލީގު ކާމިޔާބުކޮށްފި

އަލީ އަޝްފާގް (ދަގަނޑޭ) ގެ ހެޓްރިކާ އެކު ކްލަބް ވެލެންސިއާ އަތުން 5-0 އިން މޮޅުވެ އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން ބާކީ ދެ މެޗު އޮއްވާ ނިއު ރޭޑިއަންޓުން ހޯދައިފި އެވެ.

03 ޖޫން

June 03, 2018 15
މިރޭ ނިއު އަށް ލީގު ކަށަވަރުކުރެވިދާނެ

އެސްޓީއޯ މާލޭ ލީގުގައި މިރޭ ކްލަބް ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުން ލީގު ޗެމްޕިއަންކަން ކަށަވަރުކުރަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.

June 03, 2018 1
ވެޓްރަންސް ކަޕް: ވެލެންސިއާ ރެކޯޑް ދަމަހައްޓައިފި

މިހާރު ކުރިޔަށްދާ ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުން ޕޮލިސް ކްލަބް އަތުން 2-0 އިން ހޯދި މޮޅާ އެކު ވެލެންސިއާ އިން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި އެވެ.

31 މެއި

May 31, 2018 4
ބޮޑު މޮޅަކާ އެކު ވެލެންސިއާ ދެ ވަނަ ބުރު ފަށައިފި

މިހާރު ކުރިއަށްދާ ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗުން ދިވެހި ސިފައިންގެ ކްލަބްގެ މައްޗަށް 5-0 އިން ހޯދި ބޮޑު މޮޅާ އެކު ވެލެންސިއާ އިން ރެކޯޑް ދަމަހައްޓައިފި އެވެ.

27 މެއި

May 27, 2018 6
ވިކްޓަރީން ޕްރިމިއާ ލީގުގެ ފުރުސަތު ބޮޑުކޮށްފި

ކްލަބް ވެލެންސިއާ އަތުން 3-1 އިން މޮޅުވެ އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ މަގާމަށް އަރައި ދިވެހި ޕްރިމިއާ ލީގުގެ ޖާގަ އެއް ހޯދުމާ ގާތަށް ވިކްޓަރީން ޖެހިލައިފި އެވެ.

26 މެއި

May 26, 2018 4
ފުރުސަތު ކުޑަ ވިޔަސް ވެލެންސިއާ ދުލެއްނުދޭނެ: ލައްޗޭ

އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަޔެއްގެ ތެރޭގައި ހިމެނި ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ ކިތަންމެ ކުޑަ ފުރުސަތެއް އޮތް ނަމަވެސް ވެލެންސިއާ އިން ދުލެއް ނުދޭނެ ކަމަށް އެ ޓީމުގެ އެސިސްޓަންޓް ކޯޗު އާދަމް އަބްދުލް ލަތީފް (ލައްޗޭ) ބުނެފި އެވެ.

22 މެއި

May 22, 2018 6
ފޭދޫ އިއްބެގެ ހެޓްރިކާ އެކު ޓީސީ ތިން ވަނަ އަށް

އެސްޓީއޯ މާލޭ ލީގުގައި މިރޭ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)ގެ ހެޓްރިކާ އެކު 4-0 އިން ކްލަބް ވެލެންސިއާ ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.