03 އޯގަސްޓް

August 03, 2019 3
ގައުމީ ޓީމަށް އިސްކަންދޭންޖެހޭ: ސުޒޭން

ގަތަރުގައި 2022 ބާއްވާ ފީފާ ވޯލްޑް ކަޕާއި 2023 ވަނަ އަހަރު ޗައިނާގައި އޮންނަ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ކުޅޭ ޖޮއިންޓް ކޮލިފައިންގައި ރާއްޖެ އޮތީ އުއްމީދީ ގްރޫޕެއް ކަމަށާއި އެހެންވެ ގައުމީ ޓީމަށް އިސްކަންދޭންޖެހޭ ކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

24 ޖޫން

June 24, 2019 30
ބައްސާމްގެ ބަހުގެ ހަމަލާއެއް ސުޒޭނަށް

ގަލޮޅު ދަނޑުގައި ކޯޗުން ނޫސްވެރިންނަށް މައުލޫމާތުދޭއިރު ބޭނުންކުރާ ބެކްޑްރޮޕުގައި ހުރި މައްސަލަތަކެއް ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ފާހަގަކުރުމުން، އެކަން ހައްލުކުރުމަށް...

June 24, 2019 8
ފާޑުކިޔަނީ ފުޓްބޯޅަ އަށް ރަނގަޅަކަށް: ސުޒޭން

ކަންތައްތައް ރަނގަޅުކުރަން އޭނާ ފާޑުކިޔަނީ ވަކި ބަޔަކަށް އަމާޒުކޮށް އުނދަގުލެއް ޖެއްސުމުގެ ބޭނުމުގައި ނޫން ކަމަށާއި އެއީ ފުޓްބޯޅަ އަށް ރަނގަޅަކަށް ކުރާކަމެއް ކަމަށް ގްރީން...

19 ޖޫން

June 19, 2019 12
ލީގުގެ ތައްޔާރީތަކަށް ސުޒޭންގެ ފާޑުކިޔުން

ރާއްޖޭގެ ފުޓްބޯޅަ ސީޒަން އަށް މަސް ދުވަހަށް ފަހު އަލުން ފެށިއިރު ހާލަތު އޮތްގޮތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި އަދި ފުޓްބޯޅަ އަށް އިހުލާސްތެރިކަމެއްނެތި އެއްވެސް ކަމެއް ރަނގަޅުނުކުރެވޭނެ ކަމަށް ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

23 އެޕްރީލް

April 23, 2019 11
ގްރީންގެ އަމާޒު ހުރީ ތަށްޓަށް: ސުޒޭން

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ގްރީން ސްޓްރީޓްސް އިން ވަރުގަދަ ސްކޮޑަކާ އެކު ނުކުންނަނީ ތަށްޓަށް އަމާޒުކޮށްގެން ކަމަށް އެ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

17 ޖެނުއަރީ

January 17, 2019 5
ސުޒޭން ގްރީންސްޓްރީޓްސްގައި މަޑުކޮށްފި

އަންނަ ސީޒަނުގައި ވެސް ގްރީންސްޓްރީޓްސް އަށް ކޯޗުކޮށްދޭން އަލީ ސުޒޭން ނިންމައިފި އެވެ.

09 ނޮވެމްބަރ

November 09, 2018 12
"ފެންނަނީ ފުޓްބޯޅައިގައި މިސްރާބެއް ނެތް މަންޒަރު"

މި އަހަރުގެ ފުޓްބޯޅަ ސީޒަނުގެ ދެ މުބާރާތް ކަމަށްވާ ގައުމީ މުބާރާތާއި އެފްއޭ ކަޕް ނުބާއްވަން އެފްއޭއެމުން ނިންމި ނިންމުމާ އެކު ފެންނަ އެންމެ ބޮޑު މަންޒަރަކީ އަދިވެސް ފުޓްބޯޅައިގައި ހެޔޮ މިސްރާބެއް ނެތްކަން ކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

30 ސެޕްޓެމްބަރ

September 30, 2018 15
ކްލަބްތައް މާލީ މައްސަލަތަކެއްގެ ތެރޭގައި!

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގިނަ ކްލަބްތައް އޮތީ މާލީ މައްސަލަތަކެއްގެ ތެރޭގައި ކަމަށާއި ސީޒަނުގެ މިހާ ކުރީކޮޅު މި ހާލަތައް ކްލަބްތައް ވެއްޓުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ތަޖުރިބާކާރު ދެ ކޯޗުން ކަމަށްވާ ކްލަބް އީގަލްސްގެ މުހައްމަދު ޝިޔާޒް (މޯހަން) އަދި ކްލަބް ގްރީންސްޓްރީޓްސްގެ އަލީ ސުޒޭން ބުނެފި އެވެ.

24 ޖުލައި

July 24, 2018 8
އޭޝިއަން ގޭމްސްގައި ބައިވެރިނުވުމުން ސުޒޭން ފާޑުކިޔައިފި

އިންޑޮނީޝިއާގައި އަންނަ މަހު އޮންނަ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖޭގެ ފިރިހެން ޓީމު ބައިވެރިނުވާތީ އެފްއޭއެމްގެ ކުރީގެ ޑިރެކްޓާ އޮފް ނެޝަނަލް ޓީމްސް އަދި ކްލަބް ގްރީންސްޓްރީޓްސްގެ މިހާރުގެ ކޯޗު އަލީ ސުޒޭން ފާޑުކިޔައިފި އެވެ.

02 ޖުލައި

July 02, 2018 26
ވެލެންސިއާގެ އުފާވެރި އަދި ތާރީޚު ބަދަލުކޮށްލި މާޒީ

ގަލޮޅު ދަނޑު ފުރި ބަންޑުން ދަނީ އެވެ. ކްލަބް ލޯބި ދޫކޮށް ހުރިހާ ދިވެހިން އެއް އަޑަކުން ސަޕޯޓްކުރަނީ އެވެ. ވާދަވެރިކަން ބޮޑު ސްރީ ލަންކާގެ ސައުންޑާސް އަތުން އެންމެ ކުޑަވެގެން ވެސް 3-0 އިން މޮޅުވާން ޖެހެ އެވެ. އޭރު ދެ ލަނޑު ޖަހައިފި އެވެ. ތިން ވަނަ ލަނޑު އައީ މެޗުގެ އެންމެ ފަހު ވަގުތުކޮޅެވެ. އެހާ ހިސާބުން އޭރު ރާއްޖެ ދުށް އެންމެ ފޯރިގަދަ...

22 މެއި

May 22, 2018 5
ވިކްޓަރީއާ ދެކޮޅަށް ސުޒޭންގެ ގްރީން މުހިއްމު މެޗަކަށް

އެސްޓީއޯ މާލޭ ލީގުގެ ތާވަލް މިހާރު އޮތްގޮތުން، ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ހޯދަން އެންމެ ބޮޑަށް ވާދަކުރާ އެއް ޓީމަކީ އަލީ ސުޒޭންގެ ކޯޗުކަމުގައި ކުޅެމުން އަންނަ ގްރީން ސްޓްރީޓްސް އެވެ. މިރޭ ވިކްޓަރީއާ ދެކޮޅާށް ގްރީންސްޓްރީޓްސް ކުޅޭ މެޗަކީ އެކަން ހާސިލްކުރަން އެ ޓީމަށް ވަރަށް މުހިއްމު މެޗެވެ. ލީގަށް ކޮލިފައިވުމަށް ޔުނައިޓެޑް...

19 އެޕްރީލް

April 19, 2018 6
ގްރީން އާއި ވެލެންސިއާ: ދެ ޓީމަށް ވެސް ޕްރެޝަރު ބޮޑު

އެސްޓީއޯ މާލޭ ލީގުގައި މާދަމާ ހަވީރު ކްލަބް ވެލެންސިއާ އާއި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރާއިރު މި ވަގުތު އޮތް ހާލަތުގެ ގޮތުން މިއީ މި ދެ ޓީމަށް ވެސް ޕްރެޝަރު ބޮޑު މެޗެކެވެ.

16 އެޕްރީލް

April 16, 2018 22
ނިއުއާ ގުޅެން ދެ ފަހަރު ފުރުސަތު ލިބުނު: ސުޒޭން

ނިއު ރޭޑިއަންޓާ އޮންނަނީ ޒާތީ ވާދަވެރިކަމެއް ނޫން ކަމަށާއި އެ ކްލަބާ ގުޅެން ދެ ފަހަރެއްގެ މަތިން ލިބުނު ފުރުސަތުގެ ބޭނުން ނުހިފީ ހާލަތުގެ ގޮތުން ކަމަށް އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ނިއުއާ ދެކޮޅަށް ނުކުންނަ ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

05 އެޕްރީލް

April 05, 2018 97
ގައުމީ ކޯޗާ ހަވާލުކުރީ ރަސްކަމެއް ނޫން: ސުޒޭން

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އަންނަ މީހަކާ ހަވާލުކުރަނީ ދިވެހިރާއްޖޭގެ ރަސްކަން ނޫން ކަމަށާއި ހުރިހާ ކަމެއްގެ ތަރުތީބު އޮޅުވާލައި ދިވެހި ފުޓްބޯޅައިގެ ބަތަލުންނާ މެދު ހިތު ހުރި ގޮތަކަށް އަމަލުކުރުމުގެ ހައްގު އެ ކޯޗަކަށް ނޯންނާނެ ކަމަށް ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

20 މާޗް

March 20, 2018 4
އެންމެ މޮޅީ ސުޒޭން، އެ ހިސާބަށް ނުދެވޭނެ: ނަޒީހު

ކްލަބް ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭނަކީ ރާއްޖޭގެ އެންމެ މޮޅު ކޯޗު ކަމަށާއި އޭނާ ހުރި ހިސާބަށް ނުދެވޭނެ ކަމަށް ސުޒޭނުގެ ކޮއްކޮ އަދި އެސްޓީއޯ މާލޭ ލީގުގައި މިރޭ އެ ޓީމާ ދެކޮޅަށް ނުކުންނަ ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނެފި އެވެ.

08 މާޗް

March 08, 2018 10
"ކުޅުންތެރިން ބިނާކުރީމޭ؟ ނެތް ފެންނާކަށް!"

ކުޅުންތެރިން އުފައްދައި ބިނާކުރީމޭ ބުނުމުގެ ފުރުސަތު އޭނާ އަށް އެބައޮތް ކަމަށާއި އެކަމަކު ބައެއް ކޯޗުން އެ ވާހަކަ ދައްކަނީ އެފަދަ އެއްވެސް ކަމެއް ނުކޮށް، ހަމަ ތިބެލާފައި ކަމަށް ކްލަބް ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

03 މާޗް

March 03, 2018 10
"ނިއު އާއި މާޒިޔާއާ އެއް ލެވެލެއްގައި ޓީސީ ނުގުނާނެ"

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނައިރު އެ ޓީމަކީ ނިއު ރޭޑިއަންޓާއި މާޒިޔާއާ އެއް ލެވެލްގެ ޓީމެއްގެ ގޮތުގައި އަދި ދިވެހި ސަޕޯޓަރުން ނުގުނާނެ ކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

27 ފެބުރުއަރީ

February 27, 2018 14
ނިއު ހެވިލާފައި އެއޮތީ މާލީ ދަތިކަމެއް ނެތީމަ: ސުޒޭން

ނިއު ރޭޑިއަންޓް ހެވިލާފައި އެ އޮންނަނީ އެ ޓީމަށް މާލީ އެއްވެސް ބޮލުގެ ރިއްސުމެއް ނެތުމުން ކަމަށާއި އެހެން ޓީމުތަކަށް މިވަގުތު އެންމެ ރަނގަޅު ޗެލެންޖަކީ މާލީ ގޮތުން އެ އަންނަ ދަތިކަމުގެ ތެރެއިން ލާފައި ރަނގަޅު ކާމިޔާބެއް ހާސިލްކުރުން ކަމަށް ކްލަބް ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

25 ފެބުރުއަރީ

February 25, 2018 12
ސުޒޭން މި ފަހަރު މަސް ބާނާނީ ކަނިފަށްލީ ބުޅިއަކުން!

ކަނޑުމަސް އުކާލާހެން އުކާލަން ނިއު ރޭޑިއަންޓަށް ފުރުސަތު އޮތަސް އެހެން ޓީމުތަކަށް މަސް ބޭނެން އޮތީ އެއަށް ވުރެ ބޮޑަށް ވިސްނައިގެން ފަރުވާތެރިވެގެން ކަމަށް ކްލަބް ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

03 ޖެނުއަރީ

January 03, 2018 3
ގްރީން ސްޓްރީޓްސްގެ ކޯޗަކަށް ސުޒޭން ހަމަޖައްސައިފި

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ކޯޗު އަލީ ސުޒޭން އަންނަ ސީޒަނުގައި ކްލަބް ގްރީން ސްޓްރީޓްސް އަށް ކޯޗުކޮށްދޭން ނިންމައި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

21 ނޮވެމްބަރ

November 21, 2017 16
ފުޓްބޯޅަ ހަލާކުކުރަންޏާ ސަޕޯޓަރުން ނާންނާނެ: ސުޒޭން

މެޗު ލަސްކޮށްގެން ވަކި ކަމެއް ހާސިލްކުރަން ވެގެން ފުޓްބޯޅަ ހަލާކުކުރަންޏާ ސަޕޯޓަރުން ދަނޑަށް އަންނަންވީ އެއްވެސް ސަބަބެއް ނެތް ކަމަށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގދ. ތިނަދޫގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.